ގަލޮޅު ދަނޑުގައި މިދިޔަ މަހު ހިންގި ޔޯގާ ހަރަކާތް ހުއްްޓުވައި އަދި ހަމަނުޖެހުން ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދީނީ އިލްމުވެރިޔާ އައްޝައިހް ފަޒްލޫން މުހައްމަދު މިއަދު ދޫކޮށްލުމުން، ހުރިހާ އެންމެންގެ ދުއާގައި ވެސް ބަންދުގައި ތިބި މީހުން ހިމަނައިދިނުމަށް އޭނާ އެދިއްޖެއެވެ.

ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގައި ގިނަ ބަޔަކު ހައްޔަރުކުރިއެވެ. އޭގެތެރެއިން ބައެއް މީހުން މިހާރު ދޫކޮށްލާފައި ވީނަމަވެސް އަދިވެސް ބަންދުގައި ބައެއް މީހުން އެބަތިއްބެވެ. މިހާރު ބަންދުގައި ތިބި މީހުންގެ ތެރޭގައި އައްޝައިހް އާދަމް ނިޝާން އާއި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހިމެނެއެވެ.

ޝައިހް ފަޒްލޫން ބަންދުން ދޫކޮށްލުމުން އޭނާ ކުރި ޓްވީޓެއްގައި ވިދާޅުވީ ހައްގަކާއިނުލައި ހައްޔަރުކޮށްފައިވާ އަހަރެމެންގެ މުސްލިމް އަހުން ތިޔަ އެންމެހައި އަހުންނާއި އުހުތުންގެ ދުއާގައި ޝާމިލް ކޮށްދިނުން އެދޭކަމަށެވެ.

ޝައިހް ފަޒްލޫނާއި ޝައިހް ނިޝާނަށް ފުލުހުން ކުރަނީ ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކަށް ހިތްވަރުދީ ހަމަނުޖްހުންތައް ރޭވި ކަމުގެ ތުހުމަތެވެ. އެކި ފަހަރު މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު އެންމެ ފަހުން އިތުރުކުރީ ޝައިހް ފަޒްލޫންގެ ބަންދަށް 16 ދުވަސް އަދި ޝައިހް ނިޝާންގެ ބަންދަށް 13 ދުވަހެވެ. ޝައިހް ފަޒްލޫން ދޫކޮށްލިއިރު އޭނާގެ ބަންދު އިތުރުކުރި މައްސަލަ އޮތީ ހައިކޯޓުގައި މިހާރު އިސްތިއުނާފު ވެސް ކޮށްފައެވެ.

ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގައި ގިނަ ބަޔަކު ހައްޔަރުކޮށްގެން ގެންގުޅޭއިރު އެއްޖިންސުން ގުޅުން ހިންގި އެތައް ބަޔަކު ދޫކޮށްލާފައި ތިބި މައްސަލައިގައި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    މުޒާހަރާ ކުރާވަރަކަށްް ހައްޔަރު ކުރާމީހުން ގިނަވާނެ ދެންވެސް ރަނގަޅުވާނޭ މަޑުން ތިބިއްޔާ

    2
    18
    • Anonymous

      އޯކޭ

  2. ދިވެހިން

    ހައްދަވާ ގެންގުޅުއްވާ އިލާހު މިވެރިކަން ހިތިގޮތަކަށް ނިމުން ދައްކަވާންދޭވެ އިސްލާމްދީނާ ބިރައްޓެހި ލިވާތުކުޅި އަންހެންކުޅި ސިރުކު ދިފާއުކޮށް ހައްގުބަސްބުނާ އިލްމުވެރިންނާ އިއި މުސްލިމު އަހުންނާ އުހުތުންނަށް ހައްގަކާނުލާ ޖަލަށްލާ އިންޑިޔާ ރުއްސަން ކުރަމަސްއްކަތުގެ ހިތިރަހަ ވޭންދެނިވި ގޮތަކަށް މިސަރުކާރުގެ ނިމުން ދައްކަވާންދޭވެ

    36
    2
    • ހުކުރު

      އާމީން

      21
      2
  3. އިބުރާހީމު

    ﷲ އިޖާބަ ކުރަށް ވަނީ އަނިޔާ ވެރިންގެ ދުޢާ އެއް ނޫން އަނިޔާ ލިބުނު މިހުން ގެ ދުއާ،ކަލޭމެން ތީ އަނިޔާ ލިބުނު މީހުންމުގައި ހެދެން ކިތަންމެ ވަރަށް އުޅުނަސް ،ﷲ އަކަށް އޮޅުވައެއް ނުލެވޭނެ

    4
    25
    • Anonymous

      ހަޖަމް ނުވާނެ މުނާފިގުންނަކައް

      19
      1
  4. އަބުދުﷲ

    މިޝޭހު މިވަގުތައް ރަނގަޅު. އެއްބަޔަކައް އެއްމެންގެ ވޭން އިހުސާސްނުވެ ނުފެނި އިލްމުވެރިޔަކު ހައްޔަރުވުން އެއީ ގޯހެއްކަމުގެ އިހުސާސް ވުމަކީ ؟؟؟؟؟؟