ގިނަ އަހަރުތަކަކަށް އެމްޑީޕީއަށް ހިދުމަތް ކުރި ރ.އަލިފުށީ މުންއިމް (ޗިކާ) އެމްޑީއޭއަށް ސޮއިކޮށްފި އެވެ.

އެމްޑީއޭއިން ބުނީ ޗިކާ އެމްޑީއޭ އާއި ގުޅުނީ 17 އަހަރު ވަންދުން އެމްޑީޕީގައި އުޅުމަށް ފަހުގައި ކަމަށެވެ. އަދި ޗިކާ އަކީ އަލިފުށި އެމްޑީޕީގެ ނަގާކިޔާ ވަރުގަދަ ޒުވާން ލީޑަރެއް ކަމަށެވެ.

އެމްޑީއޭއިން ބުނީ ޗިކާ އެ ޕާޓީއާއި އާ ގުޅުނީ ޤައުމުގެ ހާލަތާއި އެމްޑީޕީގެ ތެރެއިން ފެންނަމުދާ މަންޒަރުތަކާއި ރައްޔިތުން ކަންބޮޑުވުން ތަކަށް ނިމުން ގެނައުމުގެ އަޒުމް ކަނޑައަޅާ ގެން ކަމަށެވެ. އެމްޑީއޭގެ ރައީސް އަޙުމަދު ސިޔާމް މުޙައްމަދު ރާއްޖޭގެ ރައީސްކަމަށް 2023 ގަ ގެނައުމުގެ ވަރުގަދަ ޤައުމީ މަސައްކަތުގައި ބައިވެރި ވުމަށް ކަމަށެވެ.

ރާއްޖޭގެ ވެރިކަމަށް ސިޔާމް ގެނައުމަށް ޗިކާ ބޭނުންވަނީ ގައުމުގެ ހާލަތު ބަދަލު ކުރެވޭވަރުގެ ގާބިލް ހިޔާނާތުގެ ތުހުމަތު އެޅިފައިނުވާ ގާބިލް ލީޑަރަކަށް ޝިއާމް ވާތީ ކަމަށް ވެސް އެމްޑީއޭއިން ބުނެ އެވެ.

އެމްޑީއޭއިން މިހާރު އަންނަނީ ފޯރިއާއެކު ސިޔާސީ ހަރަކާތްތައް ހިންގަމުންނެވެ. ފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު އަންނަނީ އެމްޑީއޭއަށް ސޮއި ކުރަމުންނެވެ. އެމްޑީއޭ އިން ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައެވެ.