ހުޅުމާލެ އިން ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ބިން ހައްގު ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މޭޔަރު ނިޒާރު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިން ނިސްބަތްވަނީ އެއް ނަސްލަކަށް, އެއް ދީނަކަށް ކަމަށާއި، ހުރި ހަމައެކަނި ތަފާތަކީ އުޅޭ މާހައުލުގައި ހުރި ތަފާތެއް ކަމަށެވެ.

އެ ތަފާތު ކުޑަކުރެވޭނީ ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އަތޮޅުތެރޭ ރައްޔިތުން މާލެއަށް ހިޖުރަކުރުމަށް މަޖުބޫރު ކުރުވީ އޭރު ރާއްޖޭގެ އިގްތިސާދީ ހާލަތުގެ ސަބަބުންނެވެ.

ނިޒާރު ވިދާޅުވީ މިހާރު އެހާލަތު ބަދަލު ވެއްޖެ ކަމަށާއި އަތޮޅުތެރޭ ރައްޔިތުންނަށް ހައްގުވާ މިންވަރު ލިބެން ޖެހޭ ކަމަށެވެ.

"ގާނޫނުތަށް މިހާރަށް ވުރެ ފުރިހަމަވާން ޖެހޭ. ކައުންސިލްތަކަށް އިގްތިސާދީ ބާރުވެެރިކަން ދޭން ޖެހޭ. އެއްޗެއް ދީފާނެކަމަށް އިންތިޒާރުގައި ތިބުމަށް ވުރެ ލިބޭ އެއްޗެއް ޔަގީން ވާން ޖެހޭ. މާލެ އާއި މާލެ ސަރަހައްދު ތަރައްގީ ކުރީ އަޅުގަނޑުމެން އެންމެންގެ މަސައްކަތުން. އެންމެންގެ ފައިސާއިން." ނިޒާރު ވިދާޅުވިއެވެ.

ހުޅުމާލޭ ހިއްކަން ހަރަދު ކުރީ ދިވެހިންގެ ފައިސާ ކަމަށާއި ނެގި ލޯނުތަކާއި ދަރަނި އެންމެން ބޮލުގަ އެޅޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ހުޅުމާލެއިން ބިން ހުރިހާ ދިވެހިންނަށް ލިބެން ޖެހޭ ކަމަށާއި ވަކި ބަޔަކަށް ވަކި ގޮތެއް ކަޑައަޅާ ސިޔާސަތުން އުފެދޭނީ ނަފްރަތު ކަމަށެވެ. ފެންނަމުން އަދި އަޑު މި އިވެނީ އެވާހަކަތައް ކަމަށް ނިޒާރު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ސ.ފޭދޫ އެމްޑީޕީ މީހާ

    ބިމޭ ބިމޭ ނުކިޔާ ފުރަތަމަ އައްޑޫގައި ހިއްކާފަ ހުރި ބިންތަކުން އައްޑޫ ރައްޔިތުންނަށް ގޯތި ދީބަލަ އެކަން ނުކުރަން ވެގެން އައްޑޫ މޭޔަރާއި ގދ.ހަވަރު ތިނަދޫ މޭޔަރު މިއުޅެނީ ކީކޭ ހިތަށް އަރައިގެންތަ. 2024ގެ މަޖުލިސް އިންތިހާބަށް ކަލޯމްނެ ދެމީހުން ހޮވިއްޖެ ދެން ލުލް.

    22
    3
  2. އަހުމަދުކަ

    މާލޭ މީހުންނަށް އައްޑޫ އިން ކީއްވެހޭ ބިން ނުދެނީ ނޫނީ އެހެން ރައްރަށުން ވެސް މާލޭ މީހުންނަށް ބިން ފުލެޓް ނުދެނީ ކީއްވެހޭ؟ އައްޑޫގަ އާއި އެހެން ރައްތަކުގަ ވެސް ހަމަ އެންމެންގެ ބޮލުގަ ދަރަނި އަޅުވައިގެންނޭ ހިއްކާ ފުލެޓު އަޅާ ހަދަނީ، މާލެއާ ޖެހުނީމަ އެހެން ވިސްނުމެއް، ދެކޮޅު ޖެހޭ ގޮތަކަށް މޭޔަރު ފެންވަރު ބޭކަލުން ވާހަކަ ބެހެއްޓުން ބުއްދިވެރި. އަޅުގަނޑަކީ 4ފުއް މާލޭ މީހެއް އަޅުގަނޑު އެދެނީ ގާނޫނު އަސާސީގަ އޮންނަހެން ދިވެހި ކޮންމެ ރައްޔިތަކު ދިރިއުޅެން ބޭނުން ކޮންމެ ތާކު އުޅެވެން ވާނެކަމަށް އެކަމަށް ދައުލަތުން ވެސް ފަހިކޮއްދޭން ޖެހޭނެކަމަށް ބިންވެސް ހަމަޖައްސައި ދޭން ވާނެކަމަށް

    21
    3
    • ކަތީބު

      ތީ ވަރަށް ބޮޑު އޮޅުމެކޭ މާލޭ މީހުންނަށް އެތަށް ސަތޭކަ ގޯއްޗެއް ލ ގަން ފޮނަދޫއިން މިހާރުވެސް ވަނީ ދީފައޭ އަދި ރ ފައިނު ކިޔާ ރާއްޖެތެރޭ ރަށެއްވެސް ވަނީ މާލޭ މީހުންނަށް ދީފައޭ އަދި މިނޫނަސް އެތަށް ރަށަކުން މާލޭ ބޭފުޅުން ވަނީ ގޯތި ހިލޭ ހޯދާފައޭ މަޖިލީހުގެ ރައީސް ނަސީދުގެ ގޯޗެއް ކ ތުލުސްދޫގަވެސް ލ ގަމުގަވެސް އޮވެޔޭ މިވަރުންވެސް ނުފުދޭތޯ؟

  3. އެމްޓޭޝަންގެ

    ޔަގީނޭ މި ކަލޭގެއަށް ބިމެއް ލިބިފަ އޮތީމަކަން މި މޭރުމުން ވާހަކަ ދައްކަން ކެރޭނީ!!!

    17
  4. ބީތާވެދާނެ

    ހުރިހާ ދިވެހިންނަށް އައްޑޫއިންވެސް ބިން ހައްްޤު އެކަމްކަލޭމެން ނުދޭ.. މާލޭ މީހުންނަށް ހިލޭ ވިޔަސް ފައިސާދީފަވެސް ބިމެއް ނުލިބޭ.. އެކަމް އެހެން ރަށްރަށުން އެރަށެއްގެ ރަށްވެއްސަކަށް ލިބެނީ.. ސަެުކޜުމް ފައިސާ ޙަރަދުކޮށް ހިއްކާފަ ހިލޭ.. ކޮންކަހަލަ އިންސާފެއް...

    14
    2
  5. ޑައެލޯގް

    ނިޒާރު ދެންކަލޭ އިބޫކައިރީ އެވާހަކަބުނަންވީނޫންހެއްޔެވެ. ކަލޭމެންގެ ސަރުކާރެއްނޫންހެއްޔެވެ. ކީއްކުރަން މީޑިޔާތަކުގައި ތިދައްކަނީ

    15
  6. ކޮއްކޮ

    އައްޑޫ އިން ދީބަލަ ހުރިހާ ރައްޔިތުންނަށް ބިން ފުރަތަމަ.

    20
  7. ހަވާސާ ހާދިސާ

    އެއްޑޫ މޭޔަރުތަ މިހާރު ބިންދޫކުރުމުގެ ސަރުތު ހަމަކުރާ މީހަކީ!

    • ޙަަަހަ

      ޝައްކެއްނެތް ލިބެންޖެހޭ ، ކުރީގައި މާލޭމީހުން މިހާވަރެއް ނާރޭ ބިމަކަށް ، މިހާރު ކުށްޔަށްދީގެން ރާއްޖެތެރޭމީހާ ފެލާލެވޭކަށް އެނގެތީ މިހާ ވަރުއަރަނީ ، ކުރީގައި އެތަށް ފަހަރަކު ސަރުކާރުން މާލެއިން ބިންދިންއިރު މާލެމީހުން އަޅައެއްވެސް ނުލާ ، ކަންނެތްވެފަތިބީ ،

  8. Anonymous

    މާލޭ މީހުންނޭ ކިޔާފަ ހުޅުމާލެއިން ގޯތި ދޭކަށް ނުޖެހޭ. ދިވެހި ކޮންމެ ރައްޔިތަކަށް ގޯތި ލިބެންޖެހޭނެ ހުޅުމާލެއިން. އެއީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން މާލެއާ ވަކިން އެހެން ފަޅަކުން ހިއްކާފަވާ ބިމަކަށް ވާތީ.

    12
    12
    • އުފަން މާލޭގެ ރެފިއުޖީއެއް..

      އެހެން ރަށްރަށް ހިއްކަނީ އެރަށެއްގެ ރައްޔިތުންތަ؟ ހަމަ ސަރުކާރުން ބިން ހިއްކާދީފައި ހިލޭދެނީ.. އެވެސް އެރަށެއްގެ ވަޒަންވެރިއަކަށް.. މާލޭގެ ރަށްވެހިންނަށް ބިން ނުދޭތާ 40 އަހަރުވީ..

  9. ހަލިގަމު

    މީދެން ވަރެއް ހުރި ކަމެއްނު ބައެއް މީސްމީހުން ހާދަ މޭކަރައޭ މާލޭ މީހަކަށް ބިންކޮޅެއް ލިބިދާނެތީ.... ދުނިޔެ މުށުތެރެއަށް ލެވޭނެބާ... މިމީހުނަށް ރަށުން ގޯތި ދީފަ މާލެއިން ގޯއްޗާ ފްލެޓް ދޭން ޖެހޭ.. ރަށުގަ އޮންނަ ގޯތި އެއީ ޗުއްޓީ ހޭދަކޮށް، ދަނޑުބިން ހައްދާ، ގެސްޓްހައުސް ހެދުމަށް..
    ބަލަ މާލެއިން ގޯތިދޭން ޖެހޭނީ މާލޭގެ ރައްޔިތުންނަށޭ މާލެއިން ފްލެޓެއް، ގޯއްޗެއްގެ ވާހަކަ ބުނާއިރަށް ދުވަހަކު މާލެ ނާރާ މީހާވެސް އިންނާނީ ދަފްތަރުގަ ޖެހިފަ މިފަހަރު ދަފްތަރަށް އަތް ނުބޭނުނީމަ އެނބުރެނީ...
    ސާބަހޭ ރައީސް ސޯލިހް.. މި ގަވާއިދު ބަދަލް ނުކުރަށް ވެވުން އެދެން.. އެރަށެއްގެ ބަޔަކަށް ގޯތި ދޭން ޖެހޭނީ އެބައެއްގެ ރަށުން

  10. ހުރިހައި އިންސާނުންނަށް....

    ތިހެންވީރު، ހުރިހައި އިންސާނުންނަށް ދުނިޔެއިން އެމީހުން ބޭނުން ކޮންމެ ތަނަކުންވެސް ބިން ޙައްޤެވެ.

  11. އަޙްމަދު

    ހިތަދޫ އިކްއަޓޯރިއަލް ހޮސްޕިޓަލް ކާރީގައި ހުރި ބިންތައް ރައްޔިތުން އަތުން ނަގާފައި ދެންކޮންބިމެކޭ ތިކިޔަނީ! ތިމާމީހާ ބޭހޭހިސާބުގައި ހުރިކަންކަން ރަނގަޅުކޮށްބަލަ! އެހެންމީހުންގެ ކަންކަން ރަނގަޅު ކުރާނީ އެބަޔަކާއި ޙަވާލުބެގެން އުޅޭބައެއް! ތީ އައްޑޫ ސިޓީ މޭޔާރު! އައްޑޫ ސިޓީއައިގެން އުޅެބަލަ!!!!

  12. ރަން ރީނދޫ

    ޔަގީން. ފާތިންދައްތައަށް ބިމެއް ހުޅުމާލެއިން ދޭން ހަމަޖެހިފައި އޮތީ.

  13. ހުސައިން803

    މާލޭމީހުންނަށް މާލެއިން ގޯތިދީ. އެގޯތިތައް ބާރަބުރި މައްޗަށްއަރިފި. ކާފައަށް ބުރިއެއް މަންމައަށް ބުރިއެއް، ދަރިންނާއީ ދަރިންގެ ދަރިންނަށްވެސް ބުރިބުރި. މިތަންތަނުން ރާއްޖެތެރޭގެ މީހުން އަތުން ބޮޑުކުލިނަގައިގެން އިގިރޭސި ވިލާތުގައި. ނުވީ ޑުބާއީގައި. އަނެއްކާވެސް މިއުޅެނީ މާލެކައިރީގަ އޮތްހުރިހާ ފަޅަކުންވެސް ބިންތައްނަގައި ހަޒާނާ ވަޅުތަކެއްހަދަން. އެއީ މާލޭމީހުންގެ އެކަނި ހައްގެއްނޫން. ރާއްޖެތެރޭގެ މީހުން އަސާސީ ހިދުމަތްތައްހޯދަން މާލޭގައި ބޮޑުކުލިދައްކައިގެ އުޅެއުޅެ މުޅިހަޔާތްދަނީ.. ހުރިހާރައްޔިތުންނަށްވެސް ހަމަހަމަ އުސޫލުން ގޯތިދޭންވީ.. ކުރީގަ ރާއްޖޭގެ ފަޅުރަށްތައްވެސް މާލޭގެ ބޮޑުންނާއި ޢައިލާތަކަށް ބަހާލާފައޮތީ.

  14. މއކ

    ހުރިހާ ދިވެހިންނަށް އައްޑޫ ބިންހިއްކާ ސަރަހައްދުން ބިން ހައްގު

  15. މެކުނު

    ނިޒާރު މޮޔަނުގޮވާ އައްޑޫއިން ވެސް ހުރިހާ ދިވެހިރައްޔިތުނަނަށް ގޯތިދޭންވީނުން

  16. އަހުމަދު

    ނިޒާރުގެ ވާހަ ކަ ވ ބަރާބަރު. ރާއްޖެ ތެރޭ މީހުނަށް ގޯތި ހިލޭ ދޭތީޔޭ ކިޔާފަ ހުޅުމާލެ އިން މާލޭ މީހުނަށް ގޯތި ދޭން އެ އުޅެނީ އަމިއްލަ ފައިދާ އަށް ގައުމަ ފަސާދަ ކޮށް ރައްޔިތުންގެ މެދުގަ ނަފްރަތު އުފައްދަން..
    ހަމައެކަނި ސިއްހީނިޒާމަށް ބެލިޔަސް މިޖެހެނީ ކިތައްމެ ވިއްސާރަ ވިޔަސް މާލެއަށް ގޮސް ކޮޓަރިޔެއް ކުއްޔަށް ހިފައިގެން ސަލާން ޖަހައިގެން އެމީހަކަށް ފަރުވާ ކުރަން.
    އެކަމު މާލޭ މީހާ....؟
    ރާއްްޖެ ތެރޭގެ ބިމާ ހުޅުމާލެގެ ބިމާ އެއްގޮތް ކުރަން އުޅޭނީ ތަނެއް ދޮރެއް ނުދައްނަ ގަމާރުން..

  17. ފަލާޙް

    އަޅުގަނޑު މިހުރީ ހުޅުމާލެ ބަދަލުވަން ތައްޔާރަށް! އެފޯޑަބަލް އެއް ނޫން! ފުރުސަތެއް ނުދޭ!

  18. ގުބްސް

    އައްޑޫ މީހުން ރުއްސަން ބުނި ބަހެއް..