ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެންގެވުމުގެ މަތިން ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެއް މިލިއަން ރުފިޔާ ހަވާލުކުރި ކަމަށް އަދީބުގެ ޑްރައިވަރެއްގެ ގޮތުގައި އޭރު އުޅުނު މުހައްމަދު ހުސައިން (އޮއިއްޓޭ) ބުނެފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ވ. އާރަށް މައްސަލާގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދެމުން އޮއިއްޓޭ ބުނީ، އެންމެ ފުރަތަމަ ޔާމީނާ ދިމާވީ 2013 ވަނަ އަހަރު ކަމަށެވެ. އަދި އަދީބު ބުނެގެން ޔާމީނަށް ރުފިޔާ ހަވާލު ކުރުމަށް އޭނާ ދިޔަ ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ޔާމީން ދިރިއުޅުއްވާ ގެކޮޅަށް ގޮސް، ފުރަތަމަ އެއް ލައްކަ ރުފިޔާ ހަވާލު ކުރި ކަމަށާއި ނަމަވެސް އެ ރުފިޔާ ފެނި ޔާމީނުގެ މޫނުފުޅުން ނުތަނަވަސްކަން ފެނުމުން އަދީބާ ހިއްސާކޮށް އިތުރަށް ނުވަ ލައްކަ ރުފިޔާ އަދީބުގެ އެންގުމުގެ މަތިން ޔާމީނާއި ހަވާލު ކުރި ކަމަށް އޮއިއްޓޭ ބުންޏެވެ.

އޮއިއްޓޭ ބުނިގޮތުގައި ޔާމީނާ ފައިސާ ހަވާލުކުރީ ކަރުދާސް ކޮތަޅެއްގައެވެ. އަދި ފައިސާ ހުންނާނީ މުޅިން ވެސް 500 ރުފިޔާގެ ނޫޓުގައި ކަމަށެވެ.

2014 އަދި 2015 ވަނަ އަހަރު އަހަރު އަދީބުގެ ޑްރައިވަރެއްގެ ގޮތުގައި އުޅުނު އަދި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އޮއިއްޓޭ ބުނެފައިވަނީ އަދީބު އޭރު އެކި ތަންތަނުގައި ފައިސާ ބަހައްޓާފައި ހުންނަ ކަމަށެވެ. އަދީބު ބުނާ ކަންކަންކުރާކަން ފާހަގަކޮށް އޮއިއްޓޭ ބުނީ، ވިޔަފާރި ވެރިން ކައިރިއަށް ފައިސާ ބަލާ ދާންޖެހޭ ކަމަށާއި އަދީބު އޮފީހަށް ލުމާ އޮފީހުން ގެނައުމުގެ އިތުރުން އަދީބު ބުނެގެން ބައެއް މީހުންނަށް ފައިސާ ގެންގޮސްދީފައިވާނެ ކަމަށެވެ.

އޭނާ ބުނީ ފައިސާ ގެންދަން ޖެހޭ ފަހަރުތަކުގައި ގިނަ އަދަދަކަށް ފައިސާ ހަވާލު ކުރާނަމަ އޭގެ ތަފްސީލް ފޯނުގައި ލިޔާ ކަމަށެވެ. އަދި އަދީބުއާއި ކޮށްފަ ހުންނަ މެސެޖުތަކުން ވެސް އެކަން އެނގޭނެ ކަމަށެވެ.

އޮއިއްޓޭގެ ހެކިބަސް މިއަދު ނަގާފައިވަނީ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް އޭނާ ހާޒިރުކޮށް އޮންލައިންކޮށް ޝަރީއަތް ބާއްވައިގެންނެވެ.

އޮއިއްޓެގެ ވާހަކަތަކާއި ގުޅިގެން ޔާމީންގެ ވަކީލުން ވަނީ އެއީ މައްސަލައާ ނުގުޅޭ ކަންތައްތަކެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އާރަށުގެ މައްސަލައަކީ ޗެކަކުން ޖަމާވި ފައިސާތަކެއްގެ މައްސަލައެއް ކަމަށްވާއިރު، ނަގުދު ފައިސާއިން ދިން ފައިސާތަކެއްގެ ވާހަކަ މި މައްސަލައާ ގުޅުމެއް ނެތް ކަމަށް ވަކީލުން ވަނީ ފާހަގަ ކޮށްފައެވެ.

ޔާމީންގެ ވަކީލުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެމުން ދައުލަތުން ބުނެފައިވަނީ އެއީ މައްސަލައާ ގުޅޭ ސުވާލުތަކެއް ކަމަށެވެ. އަދި އެ ސުވާލުތައް ކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭ ކަންކަން ސާބިތު ކުރަން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް ޔާމީންގެ ވަކީލުން ވަނީ އޮންލައިންކޮށް އޮއިއްޓޭގެ ހެކިބަސް ނެގުން ކުރިއަށް ގެންދިއުމަށް ނިންމުމުން އެކަމަށް ދެކޮޅު ހަދާފައެވެ. އެގޮތުން ޔާމީންގެ ވަކީލް ކުރީގެ ނައިބު ރައިސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ އޮންލައިންކޮށް ހެކިބަސް ނަގާނަމަ ބައެއް ކަހަލަ ސުވާލު ކުރުމަށް އުނދަގޫވާނެކަމަށް ފާހަގަކޮށްފައެވެ.

މިސާލެއްގެ ގޮތުގައި ޖަމީލު ފާހަގަ ކުރީ ޑޮކިއުމެންޓް ބަދަލުކޮށްގެން ހެކިވެރިޔާއާ ސުވާލު ކުރުމުގެ ފުރުސަތު ގެއްލޭ ކަމަށެވެ. ނަމަވެސް ދައުލަތުން ވަނީ ހެކިވެރިއާ ދިރިއުޅެނީ ރާއްޖެއަކު ނޫން ކަމަށާއި، އޭނަގެ ހެކިބަސް ނެގުމުގެ އިންތިޒާމު ހަމަޖައްސާގައި ވަނީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ކަމަށް ބުނެފައެވެ.

އެކަންކަމަށް ރިއާޔަތްކޮށް މައްސަލަ ބައްލަވާ ގާޒީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވަނީ އޮންލައިންކޮށް ހެކިބަސް ނެގުމަށް އިޖުރާއަތުގެ ޤާނޫނުގެ ހުރަހެއް އޮތްކަމަށް ނުދެކޭ ކަމަށް ވިދާޅުވެ އޮއިއްޓޭގެ ހެކިބަސް ނެގުން ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ނަސީ

    2023 ކައިރިވީ ދޯ

    12
  2. ކޮރަލް

    ފުރަތަމަ އޮއިއްޓޭގެ މައްސަލަ ބަލަން ޖެހެ އެވެ. ދޭމީހެކޭ ހިފާ މީހެކޭ ތަފާތެއް ނެތެވެ.

    16
  3. ޢަލީ

    އޮއިއްޓެއަށް އެނގޭތަ އެއީ ކޮން ފައިސާއެއްކަމެއް އަދީބު ކާކު އަތުން ހޯދި ނުވަތަ ގެނައި ފައިސާއެއްކަމެއް؟ ފޭކް ފޭކް އަނެއްކާ ކުރިއަށް އޮތް ދަޢުވާއެއްގެ ހެކިބަސް އެހެން މައްސަލައެއްގެ ތެރޭގައި ނެގުން، މީ ކޮންކަހަލަ ޝަރީޢަތެއް؟ ސުބުޙާނަﷲ

    20
    1
  4. ނާހިދާ

    އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ޔާމީން މައްޗަށް ހަރާން ހުކުމެއް ޖަހާތި

    16
  5. ޕޮގުބާ

    އޮއިއްޓޭއަށް ސަރުކާރުންވެސް އެއްމިލިޔަން ރުފިޔާދިން ކޯޓްގަތިހެން ބުނެލާމަތިން

    13
    1
  6. އަލީ

    ތި އޮއިއްޓޭ އަކީ އަދީބު ބުރޯގެ ލާރިގަނޑުގައި ހޭކި އަދީބުގެ ގޮނޑި ކޮއްކޮއަކަށްވެގެން ހުރި މީހެއް. އަދީބު ހައްޔަރު ކުރި ހިސާބުން ތަޙްޤީޤުތަކަށް ފިލައިގެން ހުރި މީހެއް. އޭނާގެ ބަސް ތެދުވާނެކަމަަކަށް އުއްމިދެއް ނުކުރެވޭ.

    17
  7. ހއ

    ﷲ ގަންދީ ހުވާ ލާނުދީ ތިޔދެއްކި ވާހަކަތަކުން އްއިއްޓޭ ރާއްޖެގެންނަން ރެޑް ނޯޓިސް ނެރެންޖެހޭ އަނެއްކާ އަދީބުކުރި ފައިސާ އާއި ބެހޭ ހުރިހާ މެސެޖެއް ކޮއްފަހުންނާނީ ފޯނުންކަމައް އެބުނާއިރު އޮއިއްޓޭގެ ފޯނު ޖަހައި ނުގަނޭތޯ ހަމަ އަތައް ގޮވަނީ ގާޒީ ބުނިހާވެސް އެއްޗަކީ މިހާރު މި ސާފުކުރަނީ އެމްއެމްޕީއާރުސީއާ ބެހޭ ކަންކަމޭ ރައީސްޔާމީންގެ މައްސަލައެއްނޫނޭ ހީހީ ހަލާކު މަވެސް ވަކީލުންވެސް ގާޒީންވެސް

    12
    1
  8. Anonymous

    ޚުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މަނައްސަލަ އޮންލައިންކޮށް ނުބެލޭ ޔާމިނު ގެ މައްސަލަ ވީމަ އޮންލައިންކޮށް ބެލޭ

    15
  9. ޭއަހުމަދު

    ދައުވާ ކޮއްފަ އިނީ 1 މިލިއަން ޑޮލަރު އޮއިއްޓެ އެ ކިޔަނީ 500 ނޫޓުން 1މިލިއަން ރުފިޔާ. މީތި ހަމަޖެހޭބާ

    12
    1
  10. ނާހަމަ ތެދެއް

    ތި ހެކި އެފެއްދުން އެއީ އެއްވެސް ކަމެއް ނޫން މިސަރުކާރަކަށް އަދީބަކީ މިވެރިންގެ މީހެއް އެހެން ވީމާ ބުނި ކޮންމެ ގޮތަކަށް ބުނާނެ

    11
  11. މޕ

    މިސަރުކާރު ބަދަލްވީމަ އަސްލު އިގޭނީ ހަގީގަތް

    10
  12. ޑައެލޯގް

    ބަލަ ތިބުނާއޮއިއްޓޭ ނުގެނީ ކީއްވެބާއެވެ. ތިޔައޮއިއްޓޭ ހުންނާނީ އިގިރޭސިވިލާތުގަހުންނަ ރާއްޖޭގެ އެއްބަސީން ފިސާރި ރީލޯޑްކޮށްފައެވެ. ދެންގާޒީހުންނާނީ ރައީސްއޮފިހުން ލިޔެފައިދިން ހުކުމް އިއްވާށެވެ.

    11
  13. Anonymous

    މިއީ ޔާމީނު ވެރިކަމަށް އައުމުގެ ކުރީ ތާރީޚެއްގައި ހިނގާފައިވާ މުއާމަލާތެއް 2013ގެ ތާރީޚެއްގެ ވާހަަ، ސުޕުރިންކޯޓްގައި ނިންމާފައިވާ ޝަރީއަތަކާއި ގުޅުވައިގެން މި ސަރުކާރުން މިއުޅެނީ، އެޝޜީއަތް ހިންގިއިރު މި އޮއިއްޓޭކާރިން މިހެކިބަސް ނުނެގީ ކީއްވެގެންބާއޭ ހިތައްއަރާ؟؟ބޭނުމަކީ ކޮންމެގޮތެއް ހަދާފަވެސް 2023ގެ އިންތިޚާބުގެ ކުރިން ރ ޔާމީނު ޖަލަށްލެވޭތޯ، އެމަނިކުފާނަށް ރައްޔިތުންގެ ސަޕޯޓް ބޮޑުވަރުފެނި މި ލިވާތު ސަރުކާރު ބިރުން ތުރުތުރު އަޅަނީ ވިއްޔާ

    13
    1
  14. އަޙުމަދު

    މިއަދު ބޭނުން ގޮތަަކަށް ހެކި ބަސް ދެވިދާނެ އެކަމަކު ޙައްޤު ނޫން ދޮގު ހެކި ބަހެއް ނަމަ ﷲޙަޟަރަތުގައި ޒިންމާ އުފުލަންޖެހޭނެ، ދުނިޔެވީ ވަގުތީ އުފަލަށްޓަކައި އާޚިރަތް ދުވަސް ނަގާނުލަމާތޯ؟

    13
  15. މަރީ

    އަހަރެން އޮއިއްޓޭ އަށް ދިން 1 މިލިޔަން ރުފިޔާވެސް އަނބުރާ ގެނެ.

    10
  16. ދިވެހިރާއްޖެ

    ހަމަބުއްދިސާލާމަތުން ތިބިއެންމެންވެސް ގަބޫލްކުރާނެ ޔާމިނަކިިީ ވަގެއްކަމަށް

    3
    20
  17. ނާޒިމް

    ޓިޔައީވާ މޮޅުގޮތެއް މަށައް ބުނެވިދާނެދޯ އޮއިއްޓޭއާ 6 މިލިއަން ރުފިޔާ ހަވާލުކުރީމޭ ހުންނާނީ ހުސް 100 ރުފިޔާއިންނޭ، މީނަ މިއޮތްހުރިހާދުވަހު ކޮބާ ތިޔަކަލަ އަކުންބަކުން އަބަދުކުޅެނީ ބަލާވެރިކަމެއް މާދަން ބުނާނެ އޮއިއްޓޭ ފޯނު ފޭރިގަނެފިޔޭ ބޮޑިސަކަރާތްގަނޑެއް ކޮންމެފަހަރަކު ކުޅެނީ…..

    12
  18. ޙުސެން

    ޚޮބާ ކަޅުދަބަސް އާޒިމް އެކަމަކާ ނޫޅޭތަ ދިޔާއެއްޗިހި އުލިސޮރު..

    12
  19. Anonymous

    މި ފައިސާތައް ޔާމީނަށްވެސް އަދި އެހެންބަޔަކަށްވިޔަސް ދިން މީހާ (އަދީބު) އާއި ދައުލަތުން އެއްވެސް ސުވާލެއް ކުރަން ނުޖެހޭބާ (އޭނަ އެފައިސާ ހޯދިގޮތަކާއި ލިބުނު ގޮތަކާއި ބެހޭގޮތުންވެސް)؟؟ ހަމައެކަނި އެފައިސާ ދިން ޔާމީނު އަށް ޝަރީއަށް ހިންގުމުން އިންސާފު ވެރިވޭތޯ،؟ އިތުރު އެތަށްބައަކަށްވެސް އެފައިސާތައްދީ އެމީހުންވެސް ބޭނުންކޮށްފައިވާއިރު؟؟؟

    11
    1
  20. ޙަަަހަ

    އޮއިއްޓޭ ހެކިބަސް ކީއްވެތޯ ނެގެންވީ ، އޮއިއްޓޭއަކީވެސް އެމްއެންޕީއާރުސީގެ މައްސަލައިގައި ދައުލަތުން ހޯދަން ރެޑްނޯޓިސް ނެރެފައިވާ މީހެއް ، މިކަހަލަ ކަންކަންވެސް ކުރާއިރު ކޯޓުތަކުގެ ބޭނުންކޮބާ

    14
  21. Anonymous

    ބައެއް ނޫސްތަކުގައި ހުރި ގޮތުންވިއްޔާ އަދީބުގެ ޑުރައިވަރަކަށް އޮއިއްޓޭ ހުރިއިރު އޭނައަށް މުސާރަ ދޭވަރެއް އޭނަ ހަނދާނެއްނެތޯ، ވީއިރު އެދުވަސްވަރުގައި ހިނގި އެހެން ހުރިހާ މުއާމަލާތެއް ވަރަށް ސާފުކޮށް ކިޔާދޭން ހަނދާން ހުރުން މިއީ އަރަތެއްބާ؟؟

    12
  22. ދަރަނި ދަންތުރަ

    އެއްމިލިއަން ރުފިޔާ ދިންކަމަށް އެ ބުނަނީ ، އެކަމަކު ދައުވާކުރި އެއްމިލިއަން ޑޮލަރު މައްސަލާގައި ، ހައްގަކާ ނުލާ ރައީސް ޔާމީނަށް ތިޔަދިނީ ކޮންފަދަ ބޮޑު އަނިޔާއެއް

    12
  23. އަހްމަދު

    މިސަރުކާރުން ރެޑްނޯޓިސްނެރަތިބިމީހުން ރައްޔިތުންގެޓެކްސްލާރިން ޚަރަދުކޮށްގެން ގެންގުޅެނީ މިކަހަލަހެކިބަސް ހޯދަންތޯ ދިވެހިރައްޔިތުންނައް އޮޅުވާލިއަސް މީދެންބޮޑުވަރު

    12
  24. ވގތ ޕޕމ ޖގހ

    ކޮބާ ކޮމެންޓްތައް
    ފޮރުވީ؟

  25. ވގތ ޕޕމ ޖގހ

    ކޮބާ ކޮމެންޓްތައް
    ފޮރުވީ؟
    އަނެއްކާ ހޮވާ…ބާކީ ބައި ކާންދޭން

    6
    3
  26. ާާާޢަލީ

    މަހީކުރީ އަދުރޭ އެކަނި ކަމަށް ހިސާބުހަދަން އެހާމޮޅީ..
    ހެހެހެ މީނަވެސް ހަމައެހާމޮޅުދޯ..،؟؟؟
    ސާބަހޭ އިނގޭ..
    ކިޔާލަބަލަ
    500،000 މީކިހާވަރެއް؟؟؟

    13
  27. Anonymous

    އިޖްރާއާތުގެ ޤާނޫނާ ޚިލާފު. ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުނުވެވޭގޮތަށް ހެކިބަސް ނެގޭނީ ދެ ޚަޞުމުން ރުހޭ ހާލަތުގައި

  28. ޙަަަހަ

    އަދީބުގެ ޝަރީއަތް މިޤައުމުގައި ނުބާއްވާ ކުރެވޭނެ އިތުރު ޝަރީއަތެއް އޮތްކަމަކަށް ނުދެކެން ، މިއަދު އަދީބު އެވަނީ އޭނާ ކުށްވެރިކަން އެނގިހުރެ ، އޭނައާއި ދެކޮޅަށް ތެދުވާން މީހުންނާއި ދެކޮޅަށް ވަރުގަދަ ހަސަދަވެރި މަސައްކަތް ތަކެއް ފަށާފަ ، މިއަދު އިއްތިފާގުން މި ދިމާވީވެސް މިސަރުކާރުން ގެއްލުވާލަން ބޭނުންވާ ރ.ޔާމީންއަކީ އަދީބުގެ ވެސް ޓާގެޓްކަމަށްވެފައި ، ހެޔޮނުވާނެ އަދީބު ހައްޔަރުކުރޭ

  29. ސަދޫމުތިޖޫރި

    ދިން މީހާ ކުށްވެރި ނުވެ، ފައިސާ ގޯނި އުފުލި މީހާ ކުށްވެރި ނުވެ ފައިސާ ލިބުނު މީހާދޯ މި ކުށްވެރިވަނީ