ހ. ޝީރީންވިލާގައި ރޭ ދަންވަރު އަނިޔާވެރި ގޮތަކަށް މަރާލި ޏ. ފުވައްމުލަކު، ކުރި، ޝިއާއު މުހައްމަދު ސައީދު (ޝިއާ) ގެ މަރުގެ ތަހުގީގުގެ ކަންކަން އަވަސްކޮށް، ވަގުތުން ވަގުތަށް އިސްލާމީ ޝަރީއަތް ގާއިމް ކުރުމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ޖާބިރު "ވަގުތު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އަނިޔާވެރިކަމާއެކު މާލޭ ސިޓީގައި މަރާލާފައިވާ ޒުވާނާއަށާއި އާއިލާއަށް އިންސާފު ހޯދައިދީ، ލާއިންސާނީ އަމަލު ހިންގި ފަރާތަށް ހައްގު އަދަބު ދިނުމަށް ގޮވާލައްވާ ކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ޖާބިރު ވިދާޅުވީ އިސްލާމީ ޝަރީއަތް ގާއިމް ކުރަންވީ ވަގުތު ޖެހިއްޖެ ކަމަށާއި އެކަން ކުރަން ލަސް ވެސް ވެއްްޖެ ކަމަށެވެ.

ޝިއާ މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ސްކޭޓާ އަދި ފ. ނިލަންދޫ އަށް އުފަން އަލީ ޝާހިލް، 23އެވެ.

ޝިއާ މަރާލާފައި ވަނީ ޝީރީންވިލާގެ ނުވަ ވަނަ ބުރީގައެވެ. ޝިއާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް އޮތީ ބުރިކޮށްލާފައި ކަން ވަނީ ކަށަވަރުވެފައެވެ.

ޝިއާގެ ހަށިގަނޑު އެމްބިއުލާންސް އަށް އަރުވައިގެން ގަލޮޅު މޯޗަރީ އަށް ގެންދިޔައީ ވެސް ދެ ބޮޑީ ބޭގަކަށް ލައިގެންނެވެ.

ޝިއާގެ ގަތުލާ ގުޅިގެން ކުރިން ނޭނގޭ ގިނަ ވާހަކަތަކެއް!

ޖާބިރު ވިދާޅުވީ އެއީ ވަރަށް ވެސް އަނިޔާވެރި ގަތުލެއް ކަމަށާއި އެކަމާ ގުޅިގެން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އަދި، ގައުމުގެ ހާލަތު އޮތް ހިސާބާ މެދުގައި އިންތިހާއަށް ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވަގުތުން ވަގުތަށް އިސްލާމީ ޝަރީއަތް ގާއިމް ކުރާށޭ، ވަގުތު ސަލާމަތް ކޮށްފައި. މިއީ ވަރަށް ވެސް އަނިޔާވެރި މަރެއް. މިކަމަށް އިންސާފު ލިބެންޖެހޭނެ" ޖާބިރު ވިދާޅުވިއެވެ.

އަދި، އިސްލާމީ ޝަރީއަތް ގާއިމް ނުކުރާނަމަ މިފަދަ ޖަރީމާތައް އިތުރުވާނެ ކަމަށާއި މިކަމަށް އޮތް ހަމައެކަނި ހައްލަކީ އިސްލާމީ ޝަރީއަތް ގާއިމް ކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެންމެން ތެރޭގައި ގާތިލް މަރާލަން ޖެހޭ. އިސްލާމީ ޝަރީއަތް ގާއިމްކުރަން ޖެހޭ. އެހެންނޫނީ މިފަދަ ކަންކަން ހައްތަހާ އިތުރު ވާނީ. މިހާރު ވެސް އިސްލާމީ ޝަރީއަތް ގާއިމް ނުކުރާތީ މިފަދަ ކަންތައްތައް އިންތިހާއަށް އިތުރު ވެގެން މިއުޅެނީ" ޖާބިރު ވިދާޅުވިއެވެ.

ޝާހިލްއަކީ 23، ވަރަށް ކުރީއްސުރެ، ސްކޭޓް ކުރުމުގައި އުޅޭ ޒުވާނެކެވެ. އޭނާ އަކީ ބައިނަލްއަގުވާމީ ބައެއް މުބާރާތްތަކުގައި ވެސް ރާއްޖެ ތަމްސީލްކޮށްފައިވާ މަޝްހޫރު ސްކޭޓާއެކެވެ

ޝިއާއަކީ މިއުޒިކަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ޒުވާނެކެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ވެސް މިއުޒިކް ކުޅެ، ލަވަ ކިއާފައިވާ ވީޑިއޯތައް ވެސް ފެންނަން އެބަހުއްޓެވެ.

މި މައްސަލައިގާ ކުށުގެ ވެށިން މީހަކު ހައްޔަރުކުރިކަން ފިޔަވާ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަށް ހިއްސާ ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަބްދޫ

    އިސްލާމީ ސަރީއަތަށް ފިލި މީހެއް ޖާބިރަކީ ވެސް. ރަށެއްގެ ގޮނޑުދޮށުގަ ތިއްބާ އަތުލައިގަތް މީހުންގތެރޭގަ ހުރި އެ ވެސް އިސްލާމީ ސަރީއަތް ހިންގަންޖެހުނު ކަމެއް.އެއީ ހޮޑައިދޫ ތަ؟

    36
    2
    • ފަގުޑި

      އޭ ކޮއްކޯ. ތީ ސާބިތުވެފައޮތް މައްސަލައެއް ނޫން. މޮޔަ ނުގޮވާ މިސްކިތައް އަރާ!

  2. Anonymous

    ރަނގަޅު ވާހަކައެއް ، އަދި ތިމާ މީހާވެސް އިސްލާމީ ޝަރީއަތާ އެއް ގޮތައް އުޅޭ ވޭތޯ ބަލަންއެބަޖެހޭ. އަބަދު ކޭބަލް ކާރުގަ ނުހުރެ ހޭވެރިވާންވެސްޖެހޭދޮއްތޯ

    32
  3. ލައްޓި

    ރަނގަޅު ވާހަކައެއް....

    23
  4. ހުސޭނުބޭ

    ޖާބެ ....... ބުނަން އޭރުން ފެންނާނެ ދެ ދުވަހުން އެއް ދުވަހު ޖަސްޓިސް ބިލްޑިންގ ކައިރީގައި ޖާބެ ފޫކޮޅުގައި އައްޑިހަ އެތިފަހަރުގެ ހައްދެއް ޖަހާތަން.

    31
    2
    • މަ

      އަސްތަޤްފިރުﷲ. 🤫

  5. ޢަދުރޭ

    ދަރުސް ނުދީގެން އިސްލާމިކް މިނިސްޓްރީ އެއް ނެތިގެން ނޭ ކުރިން ކީ މިހާރު އިސްލާމީ ޝަރީޢަތުގެ ވާހަކަ. ދުނިޔޭން މާޔޫސްވެފަ ހުރި ގޭންގު މީހަކު މީހަކު މަރަންވެސް އަދި ތިމާ މަރުވާންވެސް ޖެހިލުމެއް ނުވާނެ

    1
    1
  6. Anonymous

    މާލޭގެ ވެށި މިވަނީ ޝިރުކާއި ބޮޑުފާފަ ކުރުން ގިނަވެ ތަޢައްޔަރުވެފައި، ވެށި ތާހިރުވާނީ ﷲ އެއްކައުވަންތަކޮށް އިސްލާމް ދީނުގައި ﷲ އެންގެވި ގޮތަށް އުޅެގެން !

    12
  7. ރައްޔިތުން

    މިހާރު ސިޔާސީ ހުރިހާ އެންމެން ދީނަށް އަރާ ދުވަސްވަރު އައީ ދޯ

  8. Anonymous

    ޖާބިރެއް ކަމަކު ތިޔަ ބުނީ މަވެސް ޤަބޫލުކުރާ ވާހަކައެއް. ނަމަވެސް ތިމާގެ ނަފްސު ހަނދާންނައްތާ ނުލުމަށް އިލްތިމާސްކޮށް އަރުވަން.
    އަހަރެން ހަމަ ދުޢާ މިކުރަނީ ޖާބިރަށް ވެސް ހެޔޮ ވިސްނުން ދެއްވާ ޢަމަލުތައް އިސްލާހުކޮށް މީހުން ބަލައިގަންނަ މީހަކަށް ވޭތޯ.

  9. ތެދު ބަސް

    ޖާބިރު ތިފަދަ ވާހަ ދައްކީމާ ވާނީ ގުދޯގުދޯ ގޮވަނީ ކަމަށް

  10. ސާބިތު

    ޖާބިރަކީ ކާކު ކަމާއި ކުރަނީ ކޮން ކަމެއް ކަން ނޭނގޭ މީހުން މިޤައުމުގައި ވަރަށް މަގު ވާނެ، އަނގައެއް އޮތީމާ އަނގައަރުވާތި