ރާއްޖޭގެ ޑްރައިވިން ލައިސަންސް، މެލޭޝިއާގައި ބޭނުންކުރަން ފަށަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ ވީ ކާ ސިއޮންގް ވަނީ ސޮއިކޮށްފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން މެލޭޝިއާގައި އުޅޭ ދިވެހިންނަށް، ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން އެ ގައުމުގައި އެއްގަމު އުޅަނދުފަހަރު ދުއްވޭނެ ކަމަށާއި މެލޭޝިއާގައި ރައްޔިތުންނަށް އެ ގައުމުގެ ލައިސެންސް ބޭނުންކޮށްގެން ރާއްޖޭގައި އެއްގަމު އުޅަނދު ފަހަރު ދުއްވޭނެ ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ނަހުލާ ވަނީ މިކަމުގެ ސަބަބުން މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ދަތުރުފަތުރުކުރުމުގައި ލުއިތަކެއް ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ.

“މިކަމުން ރަމްޒުކޮށްދެނީ ދެ ގައުމުގެ ގުޅުމުގެ ބަދަހިކަން” މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޕ

    އިންޑިޔާގަ ދުއްވޭގޮތް ހަދާ ބަލަ ރާއްޖެ ލައިސަންސުން ނުހެދޭނެ އިންޑިޔާއިން އެކަމަކު ބޭނުން ގޮތެއް ހަދާނީ.
    މިހާރު ވެސް އިންޑިޔާ މީހުންނަށް ދުއްވޭ ރާއްޖެގަ އިންޑިޔާ ލައިސަން ބަދަލުކޮއްގެން