ހުޅުމާލެ އިން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން އެކިއެކި ކުންފުނިތަކުން 6،187 ހައުސިން ޔުނިޓް އަޅަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ހަތަރު އަހަރުގައި ހުޅުމާލޭގައި ފަށާފައިވާ ހައުސިން ޔުނިޓްތަކުގެ ތަފާސް ހިސާބުތައް އެޗްޑީސީން ވަނީ އާންމުކޮށްފައެވެ.

މާލޭގައި ދިރިއުޅޭ މީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދައިދީ، އާންމުންނަށް ފުއްދުންތެރި ދިރިއުޅުމެއް ފޯރުކޮށްދިނުމަށް ހުޅުމާލޭގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެޗްޑީސީއިން ބުނެއެވެ.

މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:

  • އެޕޯލޯ ހޯލްޑިންގްސްއިން - 1،042 ހައުސިން ޔުނިޓް
  • ރީތިގަސް ރެސިޑެންސް - 459 ހައުސިން ޔުނިޓް
  • ފަހި ދިރިއުޅުން ކޯޕަރޭޝަނުން - 4،000 ހައުސިން ޔުނިޓް
  • ބްލޫ ހެވަން - 116 ހައުސިން ޔުނިޓް
  • އެސްޖޭ ކްރީކް - 105 ހައުސިން ޔުނިޓް
  • ކްރީކް ވިއު ރެސިޑެންސް - 129 ހައުސިން ޔުނިޓް
  • ފެޑޯ ޕްރައިވެޓް ލިމިޑެޓް - 53 ފްލެޓް
  • ރެއިންކޮރަލް - 162 ފްލެޓް
  • ނިއުމާކް ޕްރައިވެޓް ލިމިޓެޑް - 121 ހައުސިން ޔުނިޓް

އެ މަޝްރޫއުތަކުގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން 2،000 ހައުސިން ޔުނިޓާއި މިޑް ޓު ހައި ލެވެލް އިން މިކްސް ޔޫސް ރެސިޑެންޝިއަލް ޔުނިޓްގެ 1،031 ޔުނިޓްގެ މަސައްކަތް ވެސް ހުޅުމާލޭގައި ކުރިއަށްދާ ކަމަށް އެޗްޑީސީއިން ބުނެއެވެ.

އަދި ލޯކަލް ޑިވެލޮޕަރުންގެ 12 ޕްލޮޓުން 156 ޔުނިޓާއި މެރީނާ ވިއު އެޕާޓްމެންޓުން 863 ހައުސިން ޔުނިޓްްގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލޭގައި މިހާރު 6،187 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދާއިރު ކުރިއަށް އޮތް ތަނުގައި 4،050 ޔުނިޓް އިމާރާތްކުރަން ނިންމާފައިވާ ކަމަށެވެ. އޭރުން މިހާރު އިމާރާތްކުރާ ފްލެޓްތަކުގެ އަދަދު 11،581 އަށް އިތުރުވެގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިވެހި ރައްޔިތުން

    ސާބަސް! ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ގެ ސަރުކާރު، މަރުހަބާ ރައީސް!

  2. ޖޫލޭ

    ހިންނަވަރު ކޮހާ ފެންވަރުން އުޅެބަލަ، ކަލެއަށް އެޅޭނެ ފްލެޓެއްވެސް ނެތް، ފްލެޓް އެޅޭނެ ފެންވަރު މީހުން ފްލެޓް އަޅާފަ މީހުން ވައްދާފަ އެހެރީ

    5
    1
  3. އަހަރެން

    ބޭކާރު ވާހަކަ ނުދައްކާ ކަންނިންމާ

  4. އަހްމދުު

    ކޮބާ މަންޑޭ އަޅާތަން