ހުޅުމާލޭގެ ގޮނޑުދޮށުން ނުރައްކާތެރި ޖެލީފިޝް ތަކެއް ފެންނަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީއިން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ހުޅުމާލެ ބީޗުން ނުރައްކާތެރި ޖެލީފިޝްގެ ބާވަތެއް ގިނަ އަދަދަކަށް ފެންނަމުންދާ ކަމަށެވެ.

އެހެންކަމުން އެ ބީޗް ސަރަހައްދަށާއި މޫދަށް ގޮސްއުޅޭ ހުރިހާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެޗްޑީސީއިން ވަނީ އެދިފަ އެވެ.

ހުޅުމާލޭ ގޮނޑުދޮށުން ފެނިގެން އުޅެނީ "ބްލޫ ބަޓަން ޖެލީފިޝް" އަދި "ބްލޫ ބޮޓަލް ޖެލީފިޝް" ކަމަށް ބެލެވެ އެވެ. މީގެ ކުރިން ވެސް އެ ބާވަތުގެ ޖެލީ ފިޝް ވަނީ ހުޅުމާލޭ ގޮނޑުދޮށުން ފެނިފަ އެވެ.

އެ ޖެލީފިޝް ތަކަކީ ސްޓިންގް ކުރާ (ކަށި ޖަހާ) އެއްޗެކެވެ. އަދި އޭގެ ސަބަބުން ބައެއް ބޭފުޅުންނަށް އެލާޖިކް ރިކެއްޝަނެއް މެދުވެރިވުން އެކަށީގެން ވެއެވެ. ހާއްސަކޮށް ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ މީހުނަށް އެލާޖިސްވުން އެކަޝީގެން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރެދަން ހަންޑި

    ރެދަން ލާން ކައިރިވީތަ؟

    9
    1
  2. ހސން

    މާމިގިލީގަ ތި އުޅޭ ބައިވަރު، އަހަރުން އަތުންވެސް ނަގަން ތި ޖެލީ ފިސް.

    7
    8
    • ސަޓޯ

      ބުރުމާ ގާސިމްވެސް އަތައްލައިގެނެއްނު ކަލޭ މެން ތިއުޅެނީ

    • އަލީ

      ކިހިނެއް ވަނީ ރަހަގަނޑު؟؟ ކެއިންތަ؟؟

  3. ޙަަަހަ

    އަހަރެމެންވެސް ދަން ހުޅުމާލެ ޓްރެކަށް ، އަދި ނުފެނޭ ތީގެ އެއްޗެއއ

  4. ރަނޭ

    ހީނަރުވަމުންދާ ބައިތުލްމާލަށް ލާރިކޮޅެއް ހޯދާލަން ގެސްޓުން ގެނެސްގެން ދައްކާލަން ފެންނަނީ.

  5. ޙަސަން

    މަމެން ރަށު މީހުން ތިޔައް ކިޔަނީ ގިނިރޮދި ނުރައް ކަލީ އެއް ނޫނެވެ. ޜޮދީގަ ޖެހުމުން ފިއްގަނޑު ނަގާފަ ފިސާރި ދިލަނަގާނެއެވެ. ނަމަވެސް ރަނގަޅު ވާނެއެވެ. އެލާޖިކު ވުން އެއީ މުޅިން އެހެން ކަމެކެވެ ރިހާކުރު ކައިގެންވެން އެލާޖިކުވެއެވެ ސީފުޑު ކައިގެންވެސް އެލާޖިކުވެއެވެ.އެހެނެއް ކަމަކު މިބުނި އެއްޗިހި ނުރައްކަލީ އެއް ނޫނެވެ.

  6. ހެހެ

    އެވާނީ ދަނބު ކާން އައި އެއްޗެހި ތަކަކަށް

  7. ފާތު

    ސަމާލު ބޯޑު ޖަހަންޖެހޭނެނު.... ގެސްޓުން ނަށްވެސް އެގޭނެހެން

  8. ސަޓޯ

    ތިފާޑެއްގެ ޖެލީފިޝް އެއް އެއްގަމުގަވެސް އެބައުޅޭ.. އެޔަށް އަހަރެމެން ކިޔަނީ އަލަމްގިރި.