އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫގެ ބެލެނިވެރިންނަށް ހާއްސަކޮށްގެން އައްޝައިހް އަހްމަދު ސަމީރާއި އައްޝެއިހް މުޖުތަބާ ހަމީދުގެ ދީނީ ސެޝަނެއް މިރޭ ބާއްވާ ގޮތައް ހަމަޖައްސައިފި އެވެ.

"މަގޭ ދަރިފުޅާ"ނަމުގައި ބާއްވާ މި ސެޝަނަކީ އައްޑޫ ސިޓީގެ މީދޫގައި ހަރަކާތްތެރިވާ ހިލާލު ޖަމިއްޔާއިން އައްޑޫގެ އެކި މުވައްސަސާތަކާ ގުޅިގެން ބާއްވާ ހަރަކާތެކެވެ.

މިރޭ 8.30ގައި ފަށާ މި ސެޝަން އޮންނާނީ ހުޅުމީދޫ އެސްޓީއޯ އިމާރާތުގައެވެ.

ޝެއިހް ސަމީރުގެ ބޮޑު ދަރުހެއް މާދަމާ ރޭ ބާއްވަން ވަނީ ހަމަ ޖައްސާފައެވެ. އެ ދަރުސް ބާއްވަން ހަމަ ޖައްސާފައިވަނީ ހުޅުމީދޫ ޕޮލިސް ދަނޑުގައެވެ. މީގެ އިތުރުން ހުޅުދޫ އާއި މީދޫގެ ޒުވާނުންނަށް ހާއްސަކޮށްގެން ވަކިން އަދި މުވައްސަސާތަކަށް ވަކިންވެސް ދީނީ ސެޝަންތަކެއް ބާއްވަނީ ހަމަ ޖައްސާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު