ކުރީގެ ސަރުކާރަށް ވުރެ ގިނަ ތައުލީމީ މަޝްރޫއުތައް ހިންގިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ޑރ. އައިޝަތު އެގޮތަށް ވިދާޅުވީ މިހާރު ކުރިއަށް އެމްޑީޕީގެ ކޮންގްރެސްގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކައިގައި ވަނީ ކުރީ ސަރުކާރުން ހިންގި މަޝްރޫއުތަކާއި މި ސަރުކާރުން ހިންގި މަޝްރޫއުތަކާ އަޅާ ކިޔައި ހިސާބުތައް ވެސް ދެއްވައިފައެވެ.
އެގޮތުން ކްލާސްރޫމާއި، މަލްޓި ޕާޕަސް ހޯލުތައް އެޅުމާއި އެހެނިހެން މަޝްރޫއުތަކުގެ އަދަދު ވެސް މާބޮޑުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ނިމިގެން ދިޔަ ސަރުކާރުން އެކި ސްކޫލުތަކުގައި 135 ކްލާސްރޫމް އެޅިއިރު މި ސަރުކާރުގެ ދައުރު ނުނިމެނީސް 1288 ކްލާސްރޫމްގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަމަ އެހެންމެ 15 މަލްޓި ޕާޕަސް ހޯލު ކުރީގެ ސަރުކާރުން އެޅިއިރު މި ސަރުކާރުން 81 ހޯލު އަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޕީއެސްއައިޕީ ބަޖެޓުން ނިމިގެން ދިޔަ ސަރުކާރުގައި 2014 އިން 2018 އަށް 941.6 މިލިއަން ރުފިޔާ ހަރަދުކުރި އިރު މި ސަރުކާރުން އެއް ބިލިއަނަށް ވުރެ ގިނަ ފައިސާ މި ހަަތަރު އަހަރުގެ ތެރޭގައި ވެސް ހޭދަ ކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން 2014 އިން 2018 އަށް ކުރިއަށް ގެންދިޔައީ ތައުލީމާ ގުޅޭ 64 މަޝްރޫއު ކަމަށާއި ނަމަވެސް މި ސަރުކާރުން 338 މަޝްރޫއު ކުރިއަށް ގެންދާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރުގެ ވާހަކައިގައި ބ. ފުޅަދޫ، ގދ. ކޮނޑޭ އަދި އއ. ދިއްދޫގެ ކުދިން ވެސް ރަށުގައި ތިބެގެން ސެޓެލައިޓް ސްކޫލު މެދުވެރިކޮށް ކިޔެވޭނެ ގޮތް މި ސަރުކާރުން ހެދިކަން ފާހަގަ ކުރެއްވިއެވެ.
އަބަދުވެސް ކުރީ ސަރުކާރު ކުރީ ސަރުކާރު. ބަލަ މިސަރުކާރުން ކޮށްދިން ކަންކަމުގެ ވާހަކަ ދައްކަބަލަ. ކޮބާ ނާސްތާ ޕްރޮގްރާމް އަތަށްގޮވީ. ކޮންމެ އަހަރަކު އިސްލާމްފޮތްތަކުގަ ލާދީނީ ވާހަކަ. ޓީޗަރުން ހަމނުވޭ ސްކޫލުހުޅުވެގެން އަނެއްއަތަށް އަޅާއިރުވެސް. ކުދިން ނަމާދަށް ދިއުމަކީ ހައްދުފަހަނަޅާ ދިއުންކަމަށް ކަނޑައެޅި. ގްރުޢާން މުބާރާޓެއް ނުބޭއްވޭ. ވަނަތައް ހޯދާ ތުއްތުކުދިންނަށް ހަނދާނީ ފިލައެއްނުދެވޭ.
ނައިބުރައީސް ލައިގެން ކަލޭ ހެލީ
އެނޫން ކަމެއް.ނުވޭ
2023#ޔާމީން..އިންޝާﷲ..އާމީން
941 މިލިއަން ކުރީސަރުކާރު މިސަރުކާރުން 1000 މިލިއަނައްވުރެ ގިނަ ކިހަސވަރެއްތޯ ތަންތަނައް އަރާފަ އަގައޮތީތީ އެއްޗެކެކިއަނީ....ވާކަމެއްހަމަހަރާން
އާ ޔޫ ޖޯކިންގ،
ހުރިހާ ޓީޗަރުން ސްކޫލް ގަޑީ ގައި ޓިއުޝަން ދިނުމައި އަވަދި ނެތި އުޅޭ މަޝްރޫއު ހިންގިއްޖެ. ސްކޫލް އަކީ ހަމައެކަނި ޕާރޓްޓައިމް ޖޮބް. އަދި އެންޓްރީ ވިސާ ،މެނޭޖްމަންޓް އޮންނަނީ ނިދާފައި. ސްކޫލް ގައި ލީޑިންގް ކޮށް އުޅެނީ އިންޑިއާ އެޗް.އޯ.ޑީސް، އެމީުން ބޭނުންގޮތެއް އޮންނަނީ، އިން ކޮށްލާފައި ޓިއުޝަންގައި، ދޭރެއަކުން އައިސް އައުޓްކާޑް ޖަހާލީމަ ނިމުނީ ސްކޫލް ސެލަރީ 25000 ރ އަށްވުރެ މަތި.4000 ރ އަށް ހަޕްތާކު 2 ގަޑި އިރު ޓިއުޝަން، ކުދިންނާއި ޕޭރެންޓުން ނަށް ޓިއުޝަން އަށް އެންކަރޭޖް ކުރުމަށް ހިންގާ މަޝްރޫއު ކާމިޔާބުވެއްޖެ.( މަސްނިމެންވާއިރަށް ޓިއުޝަން ފީ ގެ ގޮތުގައި 100000 ރ) ވޭކް އަޕް މޯލްޑިވިއަން، ބޮޑުވިއަފާރިއެއް
މި ލިއުމުގެ ހެޑިންއަށް ބަލާއިރު ހީވަނީ މި ވަޒީރުން ރައްޔިތުންނަށް ފައިދާއަށް ކަމެއް ކޮށްދިނުމުގެ އިޚުލާސްތެރި ނިޔަތައްވުރެ ވަޒީރުންގެ ނިޔައްހުރީ ވަކި ސަރުކާރަކާއި އަޅާކިއުމަށް ނުވަތަ ވަކި ސަރުކާރަކާއި ޖައްސާލައިގެން ކަންދައްކަން ކުޅޭ ކުޅިވަރެއްގޮތަށް، ތައުލީ މީ މަޝްރޫއެއްވިޔަސް އެއްވެސް މަޝްރޫއެއްވިޔަސް ހިނގާ ނިމޭއި އެއިގެ %75 ކަލޭމެންގެ އަޑިނެއެނގޭ ގޮހޮރުގެތރެއަށް ވައްދާ ޚަލާސްކޮށްފައިވަނީ، މިސާލަކަށް ކޮވިޑު ވެންޓިލޭޓަރގެ މަޝްރޫއަށް ބަލާލަމާ؟؟ދެން މަޝްރޫޢޭކިޔާފަ ކޮންއަނގައެއް ފުޅާކުރާކަށް؟؟؟
ވަރަށް ގިނަ މަޝްރޫއު ތައް ހިންގިއްޖެ ލާދީނިއްޔާތު ފެތުރުމަށް.
ގާތަށްވެސް ނުކުރެވެއި ފަށާކަމެއްވިއްޔާ ފެއިލްވީ ވަޢުދުގެ ލިސްޓް ދިގުވިޔަސް ކުރެވުނީ މަދުކަމެއް ކޮބާ ނާސްތާ ޕޮރޮގްރާމް ކަފުން ކޮށްފިދޯ
ކެކެކެކެކެ ........ ޔާމީނު ފަށާފައި ހުރި މަސައްކަތް ނިންމައި ރިބަންފަށް ކެނޑި އަދަދު ބުނެލިނަމަ ތި ގޮވާ ބަނދިހާރު ފުރިހަމަވީސް
ހަހަހަ އަލަމްގިރި ކައިރީން ޑިގްރީ ހެދި ކުދިން ގިނައީ ލޮލް
ކޮންކުރިޔެއް ފަހަތެއް ކިޔާކަށް ތިކަންކުރަން ހަވާލުވީ ނަމަވެސް ދާއިރާކުރީއޮރިޔާން ކުދިން ކިޔަވަމުން ދަނީ މައިންބަފައިންގެ ލޯބޯކޮށައިގެން ލިބޭ މަދުފައިސާ ކޮޅުންކަން ނޭންގޭތަ ގަމާރުކަމަނާ ތިޔަތަން އިތުރަށް ކުރީ ހަލާކު މިސްޓަރު އުޅުއްވަނީ ފޮނިކޮޅު ބޮއިގެން ރިސޯޓްތަކުގައި ގެސްޓްހެދިގެން ތެޔޮދެމުން އެނޫން ކުރިއެރުމެއް ތިޔަ ދާއިރާޔަކަށް ނެތްގެނެވިފައެއް އެހުރީ މީޑިއާތަކުން ފެންނަން
ގުދޯ ގުދޯ ތިކިޔަނީ. ކަމެއް ވާބަޔަކު އަނެކަކަށް ވުރު މޮޅުވާހަކަ ނުދައްކާނެ. ތިމާމެން ކުރަން ލަޒިމް ކަންތައް ކުރަންޖެހޭނެ. މިންއަޅަނީ އެ ލިބޭމީހުން. މިން އަޅާމީހުން އެބުނަނީ ކަމަކު ނުދެއޭ . ދެންވެސް މަޑުތިބެ ކަންކަން ކޮއްބަލަ.
ހިންގުނު ކަމުންނެއްނު ސްކޫލްތަކުގައި ޕްރިންސިޕަލުން އަދި ޓީޗަރުން ހަމަ ނުވަނީ. ކުރެވޭ ކަންތައްތައް އެނގޭބާ