ފިހާރައެއްގެ ތެރޭގައި ދިހަ އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފިއެެވެ.

މާލޭގެ ފިހާރައެއްގައި ދިހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހުއެވެ.

އެމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 24 އަހަރުގެ ބިދޭސީއަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އޭނާ ހައްޔަރު ކުރީ އިއްޔެ އެވެ.

މިމައްސަލަ ފުލުހުން ގެންދަނީ ތަހްގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވި، އެ މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ތިކަހަލަ ކަންކަން ކުރަނީ އިބިލީހަށް އަޅުކަންކުރާ މީހުން. އޭގެ ބަޔަކު މިގައުމުގައި އުޅޭހެން ހާދަހާ ހީވެޔޭ. އެއީ ކުޑަކުދިންނާ ބެހޭ މީހުން ގިނަވުމާއި ރުހުމުގައި ތިމާ މަރާލަން އެހެން މީހަކާ ހަވާލުވާ މީހުން އުޅޭކަމުގެ އަޑު އިވޭތީ. އަދި އަތްތިލައިގެ ދެ އިނގިލިން އިބިލީހުގެ ދެ ދަޅު ދައްކައި އެގޮތަށް ސަލާންކުރާ މީހުން ވެސް އުޅޭތީ.

  2. ޢަޝްރަފް

    މިފަހަރު ކުޑަކުއްޖެއް އާއްމުކޮށް ފިހާރަތަކުގަ މަސައްކަތް ކުރާ އަންހެން ކުދިންނަށް ބޭރު ބިދޭސީން ޖިންސީ ގޯނާ ކުރޭ ފެނިފަ އެބަހުރި ބައެއްފަހަރު ރުހުމުގަހެން ހީވަނީ

    • ކޭ

      ކެމެރާވެސް ހުންނަ ފިހާރަތަކެއް ނޫންތަ އެކަހަލަ ކަންކަންކުރަން ކެރެނީ؟

      • އަހަންމަދު

        އެތަންތާގެ ވެރިން އަޅާނުލާތީ!