ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް މިއަދު އޮތް އެންމެ ބޮޑު ނުރައްކަލަކީ އިންޑިއާ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގަތުމުން އެކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ޝިޔާމް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ޤައުމީ ސަލާމަތަށް މިއަދުއޮތް އެންމެބޮޑު ނުރައްކަލަކީ ޤައުމުގެ ދާޚިލީ އަދި ޚާރިޖީ ކަންކަމަށް އަވަށްޓެރި އިންޑިޔާގެ ނުފޫޒު އިމެއް މިނެއްނެތި ވަދެފައިވުން ކަމަށެވެ. އަދި މިކަމާ ބަހެއްބުނަން ސަރުކާރު ނުކުޅެދި ހުރިހާގޮތަކުން ކަސްތޮޅު އެޅިފައިވުން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ނަޝީދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅާއި ގުޅޭ އެއްވެސް ތަފްސީލެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ނަޝީދުގެ ދަތުރުފުޅުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކަންކުރަން އިންޑިއާ ސަރުކާރަށް ފެންނަ ގޮތް ނަޝީދަށް އިންޑިއާ ސަރުކާރުން "އަންގާނެއެވެ."

ރައީސް ސޯލިހްގެ ވެރިކަމުގައި ރާއްޖެ އަށް އިންޑިއާގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާ ކަމުގެ ތުހުމަތު ވަނީ އެޅިފައެވެ. އަދި އޭގެ ކުރިން 2018 ވަނަ އަހަރު ރައީސް ސޯލިހަށް ވެރިކަމަށް ލިބިވަޑައިގެންނެވީ ވެސް އިންޑިއާ އިން ހުޅުވައިދިން "ކުޑަކުޑަ ދޮރަކުން" ކަމަށް ނަޝީދު ވަނީ ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރައީސް ސޯލިހް އިއުލާން ކުރައްވާފައި ވާއިރު ނަޝީދު ވެސް ވަނީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ދުވަހެއް މިހަފްތާތެރޭގައި ނިންމުމުގެ ފުރުސަތު ބޮޑު ކަމަށް "ވަގުތު" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. 1234

    ވެރިކންލިބުނީމަވެސް ތިހެން ބުނަންކެރިދާނެތަ؟

    2
    1
  2. އަލްޖިބްރާ

    ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ކަލެއާއި ޔާމީނު !

    2
    2
  3. ޢިންޖިނިއަރ އެޑިލް

    ދެން ބޮން އަޅާ ގޮސް

    1
    1
  4. ގޮއިދޫ

    ރައިސް ނަޝީދުވެސް ތަބަކެއް ހިފާއިގެން އިންޑިއާއަށް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ސޯލިހުވެސް ނާށިގަނޑު ހިފައިގެން އިންޑިއާއަށް ...އިންޑިއާއިން މިގައުމުގެ ކޮންސްޓްރަކްޝަން ސެކްޓަރ ބަކަ އަޅައިފި ، ދިވެހި ކުންފިނަތަކަށް ކޮރަޕްޝަން ތެރެއިން ފުރުސަތެއް ނުލިބޭ، އެމްޓީސީސީ ލައްވާ އިންޑިއާ މުދަލުގަ ވެސް ކަންކަން ކުރުވަނީ ތިބާހެނަކަށެއްނޫން

  5. އާދަމް268

    ހޮޅިން ރާއްޖެ ހިފީ އިންޑިއާ މަލާބާރުން ކުލީ ސިފައިން ގެނެސް ކަންނަންނޫރު އަލީ ރާޖާ ގެ ރޭވުމެއް. ދެ ދިވެހިންގެ ދަހިވެތިކަމާހުރެ. ޕޯޗުގީޒުންގެ އަޅުވެތިކަމަ އިންޑިއާގައި ތިބި ބަޔަކާ ގުޅިގެން އިންޑިއާގެ ކަންނަންނޫރު ވެރިކަމާ ކޮޗިން ވެރިކަމާ ގުޅިގެން ހިންގި ކަމެއް. ދިވެހި ދެތިން ބައެއްގެ އަމިއްލަ އެދުމާހުރެ. ތަމަޅައިން ރާއްޖެއަށް އަރައިގަތީ އިންޑިއާ އުފެއްދި ހަނގުރާމަވެރިން، އިންޑިއާގެ ހަތިޔާރުވެސް ހިފައިގެން އައިސް. މި އަންނި އައުލާދުގެ ދަހިވެތިންނާހުރެ. ވޯރާއިންނަކީ ދިވެހިންނަށް ހުތްލައިގެން އަރައިގަތް ނުރައްކާތެރި ބައެއް. މިއަދު ސީދާ އިންޑިއާ ސަރުކާރު އަޑީގައި އޮވެ ރާއްޖެ އަޅުވެތިކުރަމަށް ބާރާ ބިމާ ޤާނޫނު އެ ހިފަނީ. ނުވިތާކަށް ބޭސްފަރުވާވެސް އެ ހިފަނީ. މުޅި ރާއްޖޭގައި އެ ތަނުގެ ސިފައިން. ޑޮކްޓަރުންނޭ ކިޔައިގެން، މުދައްރިސުންނޭ ކިޔައިގެން، އަދި ލޭބާ ފޯސްގެ ގޮތުގައިވެސް ހަމަ ސިއްރު ސިފައިން ތިބިކަމުގައި އެބަ ބުނޭ. މިހިރަ ކަންކަމަށް ބަލާއިރު ދިވެހިން ވިސްނަންޖެހޭނެ ރާއްޖޭގެ ކުރިމަގާމެދު

  6. ގައުމު

    ނުރައްކާ ދަތުރަކަށް މެނުވީ ނުވާނެ. ގިނަފަހަރު މިހެން ގެންގޮސް ޗިޕު ޖަހައި ފައި ފޮނުވަނީ ޖީބުވެސް ފުރާލައިފައި.

  7. ސުންކޫ

    އަބުދުﷲޝާހިދު ރަނިންމޭޓް އަކަށް ނަޝީދު ރައީސް އަކަށް 2023 ގައި ރިޔާސީ އިންތިހާބުގައި ވާދަ ކޮށްފާނެ ބާ؟

  8. އިންޑިޔާއައުޓް

    އެހެން އިންޑިޔާ އެއީ އޭޝިޔާގެ އިޒުރޭލު.. ހާއްސަކޮށް ނާތަހުޒީބު ހަރުކަށި ހިންދޫ ޕީޖޭޕީ ވެރިކަމުގަ އޮންނަ އިރު..އެމީހުން އެބަ މަސައްކަތްކުރޭ އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރަކަށްވެ ވީޓޯގެ ބާރު ހޯދަން.. އެއީ ވަރަށް ބޮޑު ނުރަައްކަލެއް އަދި އެމީހުންގެ އަސްލު ނުލަފާ ޔަހޫދީކަން ފެންނާނެކަމެއް..

  9. ޒާ

    އިންޑިއާއިން އަބަދުވެސް ދެކެނީ ދިވެހިރާއްޖެއަކީ އެމީހުން ބޭނުންއިރަކު ބޭނުންވާ ގޮތަކަށް ކަންކުރެވޭނެ ވެރިކަމެއް އޮތް އެމީހުންގެ ނުފޫޒުގެ ދަށުގައި އޮންނަންޖެހޭ ގައުމެއްކަމަށް. އެފުރުސަތު ވަނީ އަދުގެ ނާގާބިލް ސަރުކާރުން ދީފަ. ދިވެހިން ވަނީ ނުދަނެ ތިއްބާ އަޅުވެތި ވެފަ. އިންޑިއާ ނުރުހޭ އެއްކަމެއްވެސް ނުކުރެވޭނެ. ތަރައްގީއެއް ތަހުޒީބެއް ނެތި އިންޑިއާގެ ކުނިބިހާއި ފިޔާ ކައިގެން ތިބެންޖެހޭނީ.

  10. ރަންރީނދޫލަޝްކަރު

    ތިހެން ބުނެފައި ބޭސް ފަރުވާކުރަން ޕޕމ އެންމެން ތި ފޮނުވަނީ އިންޑިޔާއަށް..

    1
    1
  11. މޯދީ

    ޔާމީން ޖަލަށްލާފަވެސް މޑޕއަށް ވެރިކަން ހޯދާދޭނަން..