ދުނިޔެ ނިމި ޤިޔާމަތް ގާއިމްވުމުން އެންމެނަށް އިންސާފް ލިބޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވި ލިއުމެއްގައި ވިދާޅުވެފައި ވަނީ އަދުލު އިންސާފަކީ އެކި މީހުން އެކި ގޮތްގޮތައް މާނަކުރާ އެއްޗެއް ކަމަށެވެ. އެކި މީސްމީހުންނަށް އިންޞާފު ލިބިގެން (ނުވަތަ) ނުލިބިގެން އުޅޭ މައްސަލައަކީ، މިހާރު އަދާކުރަން ޖެހިފައިވާ ވަޒީފާގެ ސަބަބުން ވަރަށް ވިސްނާ ފިކުރުކުރާ މައްސަލައެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ރައްޔިތުންގެ އިޙްސާސްތައް ދެނެގަނެ، ރައްޔިތުންގެ ބޭނުންވާ ގޮތަށް، ޤާނޫނު ހެދުމުގެ މަސައްކަތް، ރައްޔިތުން ޙަވާލުކުރީ ރައްޔިތުންގެ މަޖިލީހާކަން ފާހަގަކޮށް އޭނާ ވިދާޅުވީ، ރައްޔިތުންގެ ފަރާތުން، ޤާއިމުކުރަންވީ 'އިންޞާފަ'ކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހުގައިކަމަށެވެ.

"ޤާނޫނު ތަންފީޒުކުރާ މީހުންގެ ޒިންމާއަކީ ރައްޔިތުންގެ މަޖިލީހުން، އިންޞާފުކަމަށް ކަނޑައެޅި ޤާނޫނު ތަންފީޒުކުރުމެވެ. އެ 'އިންޞާފަކީ' އަޅުގަނޑު، ނުވަތަ ފުލުހުން، ނުވަތަ ފަނޑިޔާރު، ނުވަތަ ޤާނޫނު ތަންފީޒުކުރާ އެހެން މީހަކު ވިޔަސް، އެމީހާގެ ހިތުގައި އިންޞާފުކަމަށް ޤަބޫލުކުރާ ގޮތަށް ކޮންމެހެން ވުން ލާޒިމެއް ނޫނެވެ. ނުވެވެސް ހިނގައިދާނެއެވެ. އެކަމަކީ އަޅުގަނޑުމެން މިހާރު ވިސްނަންޖެހޭ ކަމެއް ނޫނެވެ. އިންޞާފަކީ ކޮބައިކަން ޤާނޫނުގައި އެއޮތީ ލިޔެފައެވެ. ޤާނޫނުލްޢުޤޫބާތާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، އެހެނިހެން ޚާއްޞަ އަދި ޢާންމު ޤާނޫނުތަކުގައެވެ." ޝަމީމްގެ ލިއުމުގައި ވަނީ ވިދާޅުވެފައެވެ.

އިންސާފަކީ ބަދަލުވެސް ވާއެއްޗެއްކަން ފާޙަގަކޮށް ޝަމީމް ވިދާޅުވެފައި ވަނީ، ވަކި ކަމެއް، އެއީ، ކުރީގައި 'އިންޞާފު' ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައި އޮވެފައި، އެކަން މިހާރު 'އިންޞާފު' އަށް ނުވާނަމަ، ރައްޔިތުންގެ މަޖިލީހުން ޤާނޫނަށް ގެންނަ ބަދަލާއެކު 'އިންޞާފު' ބަދަލުވެގެން ދާނެ ކަމަށެވެ.

އިންޞާފަކީ، ނިސްބީ އެއްޗަކަށްވާތީ، މީގެ އަހަރުތަކެއް ކުރިން އިންޞާފުކަމަށް ޤަބޫލުކުރި ކަންތައް، މިހާރު އިންޞާފެއް ކަމަށް ރައްޔިތުން ޤަބޫލުނުކުރާތީ، އިންޞާފު ބަދަލުވާކަމަށާއި، އެހިސާބުން، ޤާނޫނު ތަންފީޒުކުރާ މީހުންގެ މަސައްކަތަކަށް ވާނީ، މިހާރުގެ 'އިންޞާފު' ޤާއިމުކުރުން ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކަށް ބަދަލު އަންނަ ކަމަށާއި، ނަމަވެސް އިސްލާމީ ޝަރީޢަތުގައި އޮތް ޙުކުމްތަކަށް ބަދަލެއް ނާންނާނެކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި މިޙާލަތުގައި އިސްލާމީ ޝަރީޢަތުން ސާބިތުވާން އޮތް ކަންކަން ތަންފީޒުނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދާފައި ވެސް ވެއެވެ.

"ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) ގައި އޮތީ، "ޤާނޫނެއް ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހަދާ ޤަވާޢިދެއްގެ ދަށުން ވިޔަސް އެއްވެސް މީހަކަށް އަދަބެއް ދޭންވާނީ، އެ ޤާނޫނެއް ނުވަތަ އެޤަވާޢިދަކީ ޢާންމުކޮށް ޝާއިޢުކޮށްފައިވާ އެއްޗަކަށް ވާނަމައެވެ. އަދި މަނާ ކުރެވޭ ކަންތަކާއި، އެއިން ކަމެއް ކޮށްފި މީހަކަށް ދެވޭނޭ އަދަބު ސާފުކޮށް ބަޔާން ކޮށްފައި އޮވެގެންނެވެ." އެހެންކަމުން، ޤާނޫނު ތަންފީޒުކުރާ މީހުން ޢަމަލުކުރަންޖެހެނީ ޤާނޫނުގައި ލިޔެފައިވާ ކުށްތަކަށް އަދަބު ދިނުމަށެވެ." ޝަމީމްގެ ލިއުމުގައި ފާހަގަކޮށްފައި ވެއެވެ.

ޝަމީމް ވިދާޅުވީ އިންސާފު ޤާއިމުވުމުގެ ވަޢުދަކީ ޤުރުއާނުގެ އެތައް އެތައް އާޔަތެއްގައި ބަޔާންކޮށްފައިވާ ވަޢުދަކަށްވާތީ، އިންސާފު ޤާއިމުވާނެކަމާމެދަކު މުއުމިނުންގެ ހިތުގައި ޝައްކެއް ނުހިނގާ ކަމަށެވެ. އަދި ދުނިޔެ ނިމި، ޤިޔާމަތް ޤާއިމުވެ ނިމޭނީ، އެންމެނަށް ފުރިހަމައަށް، އިންސާފު ޤާއިމުވެގެންކަމަށް ޝަމީމް ވިދާޅުވިއެވެ.

ދުނިޔެ ނިމި ޤިޔާމަތް ގާއިމްވުމުން އެންމެނަށް އިންސާފް ލިބޭނެ ކަމަށް ޝަމީމް ވިދާޅުވެފައި މިވަނީ އިންސާފު ނުލިބޭ ކަމަށް ބުނެ ކުށުގެ ތުހުމަތު ކުރެވޭ މީހުންނަށް އާއްމުން އަނިޔާ ކުރުމުގެ މައްސަލަތައް ވެސް ބޮޑުވެފައިވާ ދުވަސްވަރެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ދިދަ ދަނޑި

    ތިކަން އިނގޭ.. މިވެރިކަމުގަ އިންސާފު ލިބެންވާ އެއްވެސް މީހަކަށް ނުލިބޭނެކަން ވެސް އިނގޭ.. އެހެންވީމާ ރަނގަޅުވާނީ ބޭކާރު އަނގަނުތަޅުވާ އިސްތިއުފާ ދީފަ ގޭގަ އޮތީއްޔާ.. ކަމެއް ނުވާތާ ކީއްކުރަން ބޮޑުމުސާރަ ނަގަނީ..

    66
    1
  2. އަހުމަދު

    އިންސާފަކީ އެކި މީހުން އެކި ގޮތައް މާނަ ކުރާއެއްޗަކައް ވިޔަސް އަސްލު އިންސާފަކީ އެކައްޗެެއް. އިންސާފަކީ އަދި ގާނޫނުގައި ލިޔެފައިވާ ކޮންމެ އެއްޗެއްވެސް ނޫން. އިންސާފަކީ ގުރުއާނާއި ސުންނަތައް ތަބާވުން. ލާދީނީ އެމްޑީއެން ޝަމީމް މެން މިކަން ގަބޫލު ނުކުރަނީ

    46
    1
  3. ކެހުރި

    އޮފީހެއްގެ ތެރެއަށްވދެ ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ނެގުމުގެ އެއްވެސް ބޭނުމެއްނެތް. ޤިޔާމަތް ދުވަސް ޖެހެންދެން މަޑުކޮށްފާނަށް.

    60
    1
  4. އަލީ މައުސޫމް

    ވާއު. ޔޫއާ ޖީނިއަސް

    25
    3
  5. މަގޭޚިޔާލުމީ

    ތިހެން ވިދާޅުވެފަ ދޫކޮށްލެވޭކަށް ނެތެވެ. ދުނިޔެމަތީގައި އިންސާފު ޤާއިމް ކުރުމުގެ ބޮޑު ޒިންމާ މާތްﷲ ވަނީ އިންސާނާއާ ޙަވާލުކުރައްވާފައެވެ. އެޒިންމާ އޮތީ ތިފަދަ ބޭފުޅުންގެ ކޮނޑުފުޅުގައެވެ. ޕީޖީއަކީ ތަޙުޤީޤުތަކާއި، ދަޢުވާތަކާ ސީދާގޮތުން ބެހެންޖެހޭ މަޤާމެކެވެ. އެމަޤާމުގައި ހުންނަވައިގެން އިންސާފު ޤާއިމު ކޮށް ނުދެވޭނަމަ އެވާހަކަ ދައްކާނެއެވެ. ޒިންމާދާރު ފަރާތްތަކުން ކުށްކުށަށް އަދަބު ނުދޭނަމަ ހަމަހޭގައި ތިބި ބަޔަކު އެކަން ކުރާނެއެވެ.

    30
    1
  6. Anonymous

    އެހެންވީމަ ޝަމީމް ތިޔަ ބުނަނީ ކުށްކުރިއަސް އަޅާނުލާށޭ. ދޫކޮށްލާށޭ، އަދަބެއް ނުދޭށޭ. ޤިޔާމަތްވަންދެން މަޑުކުރާށޭ. ޝަމީމް މިވާހަކަ މިދެއްކީ ކުޑަކުއްޖަކާއި ބެހުނު މީހެއްގެ ގައިގާ ބަޔަކު ތަޅައިގަތުމުން އެކަމާއި ހިތްހަމަ ނުޖެހިގެން. ޝަމީމް އަކީ ކުށުގެ ޢަމަލުކުރާ މީހުންނަށް ދަޢުވާނުކޮށް ދޫކޮށްލާމީހެއް. ޚާއްޞަކޮށް ބަދުއަޙްލާޤީ މައްސަލަތަކުގައި. މިހެން ވާންޖެހުމުން އެމީހުން ޝަމީމްގެ ކައިރިން ހިތްވަރުލި މީހުންގެ ޅަދަރިންވެސް ފަޅަމުންދާން ފެށީމަ ޢާންމުން ނުކުމެ ޤާނޫނު ތަންފީޛު ކުރަން ފެށީމަ ޝަމީމް ތިޔަ ބުނަނީ އެންމެނެއް ބޭނުންވާ ގޮތެއް ނުވާނެއޭ. ކުށް ކުރިޔަސް އަޅާނުލާށޭ، ޤިޔާމަތްވަންދެން މަޑުކުރާށޭ.

    ދެން ކީއްކުރަންވަންތޯ ބޮޑު މުސާރަ ނަންގަވައިގެން ޝަމީމް ތިހުންނަވަނީ ތިޔަ މަޤާމުގައި. ރައްޔިތުންގެ ފައިސާއިން ޤާނޫނު ހަދައިގެން ތަންފީޛު ކުރާނެ ކަމެއްނެތް. ޕީޖީ އޭޖީ ފުލުހުން ސިފައިން ކޯޓުތަކާއި ކަރެކްޝަންފަދަ ތަންތަން އުވައިލާންވީ. ހަމައެކަނި ފައިސާ ޚަރަދުކުރަންވީ ކާތަކެތި ގެނައުމަށާއި، ބޭސްފަރުވާކުރުމަށާއި، އިމާރާތްތައް ކުރުމާއި، މިނޫންވެސް ރައްޔިތުންގެ ލުއިފަސޭހައަށް ކުރަންޖެހޭ ކަންކަންކުރުމަށް. އެއްގޮތަކަށްވެސް ކުށްކުރާމީހުން ހިފާހައްޔަރުކޮށް ތަހުޤީޤުކޮށް ޕްރޮސެކިއުޓްކޮށް ޙުކުމްކޮށް ތަންފީޛުކުރުމަށް ހުންނަ ތަންތަނަށް ޚަރަދުކުރާނެ ކަމެއްނެތް. އެތަންތަން އުވައިލާންވީ.

  7. ަސދަސދ

    "...އެހެންކަމުން، ޤާނޫނު ތަންފީޒުކުރާ މީހުން ޢަމަލުކުރަންޖެހެނީ ޤާނޫނުގައި ލިޔެފައިވާ ކުށްތަކަށް އަދަބު ދިނުމަށެވެ"
    ގާނޫނުގައި ވަކި މީހެއް ކުރި ކުށެއް އޭނާގެ ނަމާއި އެޑްރެސް ޖަހާފައި ނެހެދެނެ. ގާނޫނު ހަދަނީ ޖަމްއުކޮށް.

    ވާން އުޅޭގޮތަކީ ނާޒިމް ސައްތާރުގެ މައްސަލަ ބެލެން ނެތީ އެގޮތަށް ގާނޫނުގައި ނެތޭބުނެ އޭނާ ދޫކޮށްލަން ޖަހާ މަޅިއެއް.

    26
    1
  8. އަކީ

    މައްސަލަ އަކީ ވެރިކަން ނޫނީ ތިކަހަލަ މަގާމުތަށް ލިބުމުގެ ކުރިން ތިކަން ނުވިސްނޭތީ. އޭރުވެސް މިހާރުވެސް އިންސާފަކީ ޤާނުނުގައި އޮންނަގޮތަށް ދެވޭ އެއްޗެއްކަމާ، ޤާނޫނު ހަދަނީ މަޖިލީހުން. އެކަމަކު ވެސް ވެރިކަމާ ބާރުގެ ދަހިވެތި ކަމުގައި އަބަދުވެސް ކިޔަނީ ތިމަންނާމެންގެ ވެރިކަމެއްގައި އިންސާފު ކަށަވަރު ކޮއްދޭނަމޭ. ވެރިކަން ދިނީމަ ބޮލުން ނައްޓާލަނީ.

  9. އައްލާގެ އަފީފް

    ކަލޭ ތިހެން ބުނީމަ ތިޔަކަން އަހަރުމެންނަށް އެނގެނީ މިހާރު ކަލޭމެން ނާއިންސާފުން ކަންތައް ކުރަނީ އެދުވަހަކުން އިންސާފު ލިބޭނެކަން އެގޮތައް އޮތީމަދަޯ؟

    35
    1
  10. އިނަފް.

    މިއަދަށް ފުދިއްޖެ.

    29
    1
  11. ޒުހޫ

    ދެން އެހެންވީ އިރު ތިގޮނޑީގަ ކޮއްމެހެން އިއްނާނެ ކަމެއް ނެތެއްނު

    46
    1
  12. ބަނީ

    ކަލޭ ވީނުން އަސްތިއުފާ ދޭން...... ކަލޭބޮލުގަ އެޅިފަވާ ޒިންމާ ނުނަގާ އަނގަ ނުތަޅާ

    40
    1
  13. ކިޔުންތެރިޔާ

    ކަލޭ ތިމަސްއޫލިއްޔަތާއި ޙަވާލުވެގެންހުރެ ރައްޔިތުންގެ ފައިސާއިން މުސާރަ ނުނެގިޔަސް ޤިޔާމަތް ގާއިމްވުމުން އެންމެނަށް އިންސާފް ލިބޭނެއެއްނު. އެހެންވީމާ، ރައްޔިތުންނަށް ދުއްޕާން ނުކޮށް އަވަހަށް އިސްތިއުފާދީފަ ގެޔަށްދާންއުޅޭ.

    26
  14. ކަމަކުނުދެ

    އަހަރެންގެ އެންމެ ސުވާލެއް. ޑްރަގް ވިޔަފާރިވެރިންނާ އިންސާފު އަރާހަމަނުކުރަނީ ކޮން ގާނޫނެއް ނެތިގެންތޯ. އެމީހުނާހެދި އެތައް ޖީލެއް ފަނާވެގެން އެދަނީ. އެމީހުންނާ އިންސާފު އަރާހަމަކޮށް، އަތުލެވޭ ޑްރަގްތައް 1 ގަޑިއިރުތެރޭ ނައްތާލާނަމަ، ޑްރަގް ބޭނުންކުރާ އިސާހިތަކު މަދުވެގެން ހިނގައިދާނެ. އެކަމަކު ޑްރަގުވެސް ނައްތާލެވެނީ 5 އަހަރުފަހުން. އެހެންވީމާ، އަހަރެމެން ގަބޫލުކުރަނީ އެއީ ގޮދަންފުށްކަމަށް.

  15. ލަދު

    އެހެންވެ އެކަންދަނެގެން ތިއުޅެނީ ތިބޭފުޅުން. ޢެދުވަސް އޮތްކަމާ، އަންނާނެކަން އެނގޭތީ އެދުވަހަށް ތައްޔާރެއްނު ތިވަނީ.

    23
  16. މަރީ

    ދެން އިންސާފު ނުދެވެންޏާ ކަލޭމެން އެންމެނަށް ބޮޑު މުސާރަ ދީފަ ކީއްކުރަން ބައިތިއްބަނީ. ގިޔާމަތް ދުވަހު އިންސާފު ހޯދަން ހުރިހާ ތަނެއް އުވާލަން ވީނު

    28
  17. Anonymous

    ސަމީމު އަށް ދޯ މިކަން ނޭނގިގެން ތިއުޅެނީ
    ތިބުނީ މިގައުމުގަ އެންމެން އިންސާފު ހޯދަން މަރުވާށޭ

    29
  18. ފާތުމާ

    ސާބަހޭ ސަމީމޫ ތިޔަ ތިބެނީ ޕީޖީން ނަކީ

    20
    5
  19. ޙަަަހަ

    ބޭފުޅާއަށް އެކަން އެނގުނީ ކިހިނެއްތޯ ، ޤުރުއާނުންތޯ ، ނޫނީ ކޮންގޮތަކުންތޯ ، އެކަން ޤަބޫލުކުރައްވާނަމަ އިލާހީ ޤާނޫނުން ޚަރާމްކުރައްވާ ކަންކަންވެސް ބައްލަވާލެއްވިނަމަ އެނގޭނެ ފާހިސްއަމަލުތަކުގެ އަޒާބަކީ ކޮބާތޯ

    30
    1
  20. އަސްލަމް

    ތިޔައީ ކާކަށް އޮޅިފައި އޮތްކަމެއް؟ ދެން ތިބުނަނީ ކައެމެން އެއްވެސް ކަމެއްކޮށްނުދޭނަމޭތަ؟ ދެން އިންސާފް ލިބޭނެކަމަށް އަހަރެމެން ދައުވާ ކުރާނެކަމެއްވެސް ނެތެއްނު؟

    20
  21. މަގޭހިޔާލު

    އެހެންވީމާ ޕީޖީ އުވާލާފަ އެދުވަސް އަންނަންދެން ތިބެންވީނުން. ރައްޔިތުން ނިކުމެ އަމިއްލައަށް އިންސާފުހޯދަފާނަން. ރައްޔިތުންނުއުޅެއޭ އެކްންކުރާނެގޮތް ނޭނގިގެން. ކަލޭމެން އޮޅިގެން ތިއުޅެނީ.

    21
  22. ސާދުނާ

    އެހެންވީމާ ޕީޖީ އުވާލާފަ އެދުވަސް އަންނަންދެން ތިބެންވީނުން. ރައްޔިތުން ނިކުމެ އަމިއްލައަށް އިންސާފުހޯދަފާނަން. ރައްޔިތުންނުއުޅެއޭ އެކްންކުރާނެގޮތް ނޭނގިގެން. ކަލޭމެން އޮޅިގެން ތިއުޅެނީ.

    19
  23. Anonymous

    ރައްޔިތުންގެ ބޭނުންވާ ގޮތަށް، ޤާނޫނު ނެހެ ދޭނެ ﷲ ވަނީ އެކަލާގެ ފޮތުގައި ހުކުމް ބަޔާންކޮށްދެއްވާފަ

    14
  24. މުޙައްމަދު

    ދައުލަތުން ބޮޑު މުސާރަ ދީފައި މިމީހާ އެތާ ގޮނޑިއެއްގައި ވަޑުވާފައި އޮތުމުގެ ބޭނުމެއް އެބައޮތްބާ؟ ފާއިތުވެ ދިޔަތަނާ ކުރިޔަށް އަންނަންއޮތް ތަނަށް މިއޮތީ ޙައްލު ބުނެދީފައި. ދެން މިމަޤާމްގެ ބޭނުމެއްނެތް.

  25. ކަމަނަ

    އިސްލާމީ ޝަރީއަތް ތަންފީޒު ކޮާބަލަ ޭރުން އިންސާފު ލިބޭނެ

  26. ސަމްކުޅިބޭ

    މީނާމީ ހާދަ މޮޅު މީހެކޭ. މިހާތަނަށް އެއްވެސް އިންސާނަކަށް އެނގިފައި ނުވާކަމެއް މީނާ އެބުނެދިނީ. އެހެންވީމާ މީނާއަށް އެކަން އެގޭތީ މައްސަލަތައްފައިލްކޮށް ދައުވާ ނުކުރަން އެނިންމަނީ އެމައްސަލަތައް އެތަނަށް ފޮނުވާފައި. ކިހާރަނގަޅު

  27. އަބުޅޯ

    ޤިޔާމަތް ޤާއިމް ވުމުން އެންމެންނަށް އިންސާފު ލިބޭނެކަމާއި،އެކަމުގައި ކުޑަނަމަވެސް ބޭއިންސާފެއްނުވާނެކަން ޝަމީމް ނުބުންޏަސް މުސްލިމަކަށް ވަންޏާ އެނގޭނެ. އަދި ޤަބޫލުވެސް ކުރާނެ. އެހެނޭކިޔާފަ އެމީހަކު އުޅޭނެ ގޮތަކަށް އުޅެން 'އެގޮތަށް އުޅެން ބޭނުންނުވާ މީހުން' ދުލެއް ނުކުރާނެ. ޤާނޫނުތައް ތަންފީޒު ކުރަން ތިބޭ މީހުން ފެއިލްވީމަ ބަހަނާ ދައްކާފަ އެކަމުން ރެކިއެއް ނުގަނެވޭނެ. ޝަމީމް ތިބުނާ ދުވަހު އެންމެ ފުރަތަމަ ސުވާލުކުރެވޭނެ ބަޔަކީ އެކަމުގައި އިހުމާލުވި މީހުން. އެދުވަހު ދޭނެ ޖަވާބަކީވެސް ތިއީތޯ ސުވާލު އުފެދޭ.

  28. މުހައްމަދު

    ކޮންވެރިކަމެއްގައި ލިބުނީ

  29. އުންސުރު

    ހުކުމެއް ނުކޮށް ވާނުވާގަ ޖަލުގެ ގޮޅިތަކުގަ މީހުން ބޭތިއްބުމަކީ ޔާމިނު ސަރުކާރުން ރައްޔިތުންނަށްދިން އެންމެބޮޑު އަނިޔާ ކަމަށާއި ތިމަންނަ މަސައްކަތް ކުރާނީ ވާނުވާގަ މީހުން ނުބޭތިއްބޭނެގޮތް ހަދާށޭ ކިޔާފަ ފޮނިކެޑި މަމޮޅޭ އަށްވީ ވަރަކީ ވާނުވާ ސަގާފަތް ދެމެހެއްޓުން. ޝަމީމު ޕީޖީ އަކަށް ވީފަހުން 600 އަށްވުރެގިނަ މީހުން މިހާރުވެސް ވާނުވާޖަހާފަ ޖަލުގަ ހައްޔަރުކޮށްފި.

  30. ޤާސިމް

    ދުނިޔެ ގިޔާމަތްވުމުން އިންސާފް ލިބެންޔާ ކިއްކުރަންބާ ޕީޖީ އޮފީހުގެ ވެރިއަކަށް ތި ހުންނަވަނީ. ބުނަން ވީނޫންތޯ ދުނިޔެ ގިޔާމަތްވުމުން ހުރިހާ މައްސަލައެއްގައި ދަޢުވާ ކުރެވޭނޭ ކިޔާފަ ރީތިކޮށް ގޭގަ މަޑުކރަންވީނޫންތޯ

  31. ޟުމާ

    ކިހާ ބޮޑުބަލާއެއް. ކަލޭ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ކައިގެން ތިޔަ ފަދަ ދަށުދަރަޖައިގެ ވާހަކަ ތި ދައްކަނީ ރައްޔިތުންނަށް ފުރައްސާރަ ކޮށް މަލާމާތްކުރަން. ތި ކަމުގެ ހައްގު ޖަޒާ މަހަޝަރު ދުވަހުން ލިބޭނެ.