ހދ. .އަތޮޅަށް ޓޫރިޒަމް ގެނައުމަށް ބޮޑު މާސްޓަރ ޕްލޭނަކާއެކު މަސައްކަތްކުރުމަކީ އެމްޑީއޭގެ އެއް އަމާޒުކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީއޭގެ ހާއްސަ ޓީމެއް މިދިޔަ ހުކުރު ދުވާހާއި ހޮނިހިރު ދުވަހު ވަނީ ކުޅުދުއްފުށީ ސިޓީއަށް ޒިޔާރަތްކޮށް ކުޅުދުއްފުށި ސިޓީގައި އެމްޑީއޭ ގެ ރަސްމީ އޮފީސް ހުޅުވައިފައެވެ.

އެ ޕާޓީގެ ލީޑަރޝިޕްގެ ޓީމުން ކުޅުދުއްފުށްޓަށް ކުރި ދަތުރަށްފަހު އެ ޕާޓީގެ ނައިބު ރައީސް އަލީ މައުރޫފު "ވަގުތު"އަށް ވިދާޅުވީ އެ ޕާޓީގެ ވެރިކަމެއްގައި ޓޫރިޒަމް ހދ.އަތޮޅުގައި ފުޅާކުރުމަށް ހާއްސަ މަސައްކަތްކުރައްވާނެ ކަމަށެވެ.

"ހދ.އަތޮޅުގައި އެންމެ ރިސޯޓެއްވެސް އަދި ހުޅުވިގެން ނުހިނގާ. އަޅުގަނޑުމެންގެ ޕާޓީގެ ވެރިކަމެއްގައި މާސްޓަރ ޕްލޭނެއް ހަދައި މި އަތޮޅަށް ޓޫރިޒަމް ގެނައުމަކީ ބޮޑު އަމާޒެއް. އެހެނިހެން ގޮތްގޮތުންވެސް ތަރައްގީގެ މަސައްކަތްތައް މި އަތޮޅާއި މި ސިޓީގައި ކުރިއަށްގެންދާނެ،" މައުރޫފު ވިދާޅުވި އެވެ.

މައުރޫފު ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި ހުޅުވި އެ ޕާޓީގެ އޮފީހުގެ ސަބަބުން އެމްޑީއޭގެ މަސައްކަތް މުޅި ރާއްޖޭގެ އެކި ރަށްތަކުގައި ފުޅާކުރުމަށްޓަކައި ޕާޓީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޮޑު ތިލަދުންމަތީގެ މަސައްކަތް އިތުރަށް ބާރަށް ކުރިއަށްދާނެ ކަމަށެވެ.

"މި ބޮޑު ތިލަދުންމައްޗަކީ އެންމެ އިހުންފެށިގެންވެސް ވެރިކަން ބަދަލުކުރުމުގައި ނުވަތަ ވެރިކަން ގެނައުމުގައި އަބަދުވެސް އިސް ދައުރެއް އަދާކުރާ ބައެއް. އެމްޑީއޭއަށްވެސް ސިޔާސީ ގޮތުން ވަރަށް ހާއްސަވާނެ މި ބޮޑު ތިލަދުންމަތި،" އޭނާ ވިދާޅުވި އެވެ.

އެމްޑީއޭ އިން ކުޅުދުއްފުށީ ސިޓީއަށްކުރި ދަތުރުގެ ތެރެއިން

އޭގެ އިތުރުން މައުރޫފު ވިދާޅުވީ މިކުރި ދަތުރުގެ ތެރެއިން 200 މީހުން އަލަށް ކުޅުދުއްފުށީ ސީޓީން އެ ޕާޓީއާ ގުޅުނު ކަމަށެވެ. އޭގެ ތެރޭގައި އެ ސިޓީގެ ޒުވާނުންނާއި ދޮށީ އުމުރުގެ މީހުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަސައްކަތް އައްޑޫ ސިޓީ އާއި ފުވަމުއްލަކު ސިޓީގައިވެސް އެބަ ކުރިއަށްދޭ، މިހާރު މި ކުޅުދުއްށީގައި ފެށުނު މަސައްކަތަކީ ބޮޑު ތިލަދުންމަމަތީ ޕާޓީގެ ހަރަކާތް ފުޅާކުރަން ފެށި މަސައްކަތުގެ ބައެއް. މި ޕާޓީން މި ކުރި ދަތުރުގެ ތެރޭގައި ޕާޓީއަށް ޒުވާނުންނާ ބައްލަދުކޮށް ޕާޓީގެ މެންބަރޝިޕް އިތުރު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކޮށް އަމަލީ މަސައްކަތް ވަނީ ފައްޓަވާފައި. ގިނަ އަދަދެއްގެ ޒުވާނުންނާ މަސްވެރިންނާ ވިޔަފާރިވެރިންގެ އަދި ހަރުދަނާ އާއިލާތަކުން ޕާޓީއަށް ސޮއިކުރެއްވި. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހާ އެކަން ކަމަށް ވަގުތުން ގެނެސްދެވެން ހުރި ހައްގުތަކުގެ ހިޔާލު ބަދަލު ކުރެވިގެން ދިޔަ،" މައުރޫފު ވިދާޅުވި އެވެ.

އެމްޑީއޭގެ އަމާޒަކީ އަންނަ ޑިސެމްބަރު މަހު އެ ޕާޓީން ބާއްވާ ބޮޑު ޖަލްސާގެ ކުރިން މެމްބަރުންގެ އަދަދު 25،000 އަށް ހަމަކުރުމެވެ. އެ ޕާޓީން އަންނަނީ މާލޭގައި އެ ޕާޓީގެ ޖަގަހައެއް އަންނަ މަސް ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަބްދޫ

    2020 ގެ ތަސައްވުރުގަ ވެސް ތިޔަ މާސްޓަރ ޕްލޭން އޮތް. ހަނިމަދޫގަ އެއާޕޯޓް ހެދި އިރުވެސް ޓޫރިޒަމް ގެ ވާހަކަ އޮތް. އެމްޑީޕީ ގެ 10 އަހަރުގެ ވެރިކަން ނިމޭ އިރުވެސް ތިޔަ މާސްޓަރ ޕްލޭނުން އެންމެ ރިސޯޓއްވެސް ވުޖޫދަށް ނައީ ކީއްވެ؟

    19
    2
    • ާއަލަމް

      ވެރިކަން ކުރެއްވި ބޭފުޅުން ފެއިލްވެފަތިބީ ސިޔާމަކީ ތިކަން ކުރެވޭނެ ހައެކަނި ބޭފުޅާ... 2023ގައި ސިޔާމް ހޮވާނީ ބޮޑުތަނުން.

      1
      2
    • އަހުމަދު

      ބަލަގަ އަބްދޫ.. މިއީ އެމްޑީޕީ އެއްނޫނޭ އެމްޑީއޭ ބިލިޔަނަރުގެ ޕީޓީއެވެ. އެބޭފުޅާ އެވިދާޅުވަނީ އެބޭފުޅާގެ އަމަލީ ތަޖުރިބާއިން ދައްކުވައިދީފައިވާ ކަންތަކުގެވާހަކައެވެ. އެބޭފުޅާއަށް މިކަންވާނެ އިންޝާﷲ.

      1
      2
  2. ރަޝީދު

    ތިޔައީ ކޯލިޝަން ހަދައިގެން ވެރިކަންކުރާ ޕާޓީގަ އެލެންވެގެން އުޅޭ ބައިގަނޑެއް

    4
    1
  3. މަޖުބޫރީހާލަތް.

    ސިޔާމުމެން ނައްވުރެ މާބޮޑެތި ޕާޓީގެ ވެރިން ތިޔަދަޅަދައްކައިފި ކުޑަމިނުން އެއާޕޯޓުގަ ރަނގަޅު ފެންސްއެއްނުޖެ ހި މަގެއްނުހެދި ކޮޗިން ފެރީ ޗޮކުން ގޮސްފަ ވާތަން ނުފެނޭތަ ކޮންމެ މީ ހަކުވެސް އުޑުން ތަރިބާލާނެ ވެރިކަން ނުލިބޭއިރު ބަލާބަލަ މިވެރިކަމުންވެސް ހދ ބާކީކޮއްފަ އޮތްވަރު

  4. ޙަަަހަ

    މާސްޓަރޕްލޭން ހަދައިގެންވިޔަސް ނޫނީ ދެންހުރި ޕްލޭނަކުންވެސް ފުރަތަމަ ބަލާބަލަ ފަރުވާތެރިކަމާއިއެކު ރ.މީދޫ މެމްބަރު މަޖިލީސްއަށް ހާޒިރުކުރެވޭތޯ

    1
    1
  5. ޮކޮބަޑި

    ވޯޓެއް ނުލިބޭނެ..ބާވަހަކައެއްތި...ނަތީޖާ ދައކާލީމަ ވޯޓު ދެވިދާނެ..ރައްޔިތުން ކިޔޔާހާ އެއްޗަކަށް ނުބަލާނެ މިހާރު

  6. Anonymous

    އެކަމަކުވާ ޝިޔާމު އެމީހާއާ ދިމާލަށް އެޔޮށްގޮވި އަވަގުރާނައެއްދޯ! އަހަރެން ދުވަހަކުވެސް ނާހަން މަގޭ ކަންފަތުން އެވަރުގެ ނުބައި ހަޑިހުތުރު އެއްޗިއްސެއް

  7. ޢެޑަމް

    ސަރުކާރައް އެންމެރުފިޔާއެއްދޭން
    ޢޮތްމީހަކުވެސް އަދިއެފަދަމަސް
    ޢަލައެއް ކޯޓުގައި ނުވަތަ ތަހުޤީޤީ
    ޢިދާރާއެއްގަމަސްއަލަހިގަމުންދާ
    މީހަކައްވެސް،ރައީސްކަމައްކުރިމަތި
    ލެވިގެންނުވާނެ!!

  8. ކެޔޮޅު

    އަމާޒު ހަނދާންވީ ފަސްއަހަރުގެ ދައުރެއް ނިމުނީމަތޯ؟

  9. ނަޝީދު

    އޭރުން ޤައުމު މިއައްވުރެ ބޮޑު ހާލަތައް cެއްޓޭނެ

  10. އަލިފުޅު

    އެމްޑީއޭ ގެ ލީޑަރު ބޮޑައް ވައްތަރީ ޖާދޫ ހަދާ ބޭފުޅަކާ! ތޮފި ދަށުން ކޮތަރު ފަދަ ދިރޭ ތަކެތި ނެރުމުގެ ކުޅަދާނަކަން ހުރި ކަމަށް ފެންނަނީ. އަދި ކޮބާތޯ އަސް ފަދަ ތަކެތި ވެސް ތޮފި ދަށުން ނެރެނެ ކަމަށް ބެލެވޭ! އެމްޑީއޭ އަށް ކުރިއެރުން އެދެން...

    1
    1