މި ސަރުކާރުގެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހިލޭ ޑިގްރީގެ ފުރުސަތު ފަހި ކުރުމަށް ދައުލަތުން 454 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ހަންގޭރިކަމް ސްކޯލަރޝިޕް ލިބުނު ދަރިވަރުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ކޮވިޑްގެ އެންމެ ނާޒުކު ދުވަސްވަރު އެހެން ދާއިރާތައް ކޮންމެވެސް ވަރަކަށް މަޑުޖައްސާލަން މަޖުބޫރުވީ ނަމަވެސް ގައުމަށް ބޭނުންވާ މީހުން ބިނާކުރުމުގެ ދާއިރާ އެންމެ ތަންފުކެއް ވެސް ފަހަތަށް ނުޖައްސާ ކަމަށެވެ. އަދި، އެއީ ސަރުކާރުން އެންމެ އިސްކަމެއްދޭ ދާއިރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ސަރުކާރަށްވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 15،000 ދަރިވަރުންނަށް ފުރަތަމަ ޑިގްރީ ހިލޭ ކިޔަވައިދެވިއްޖެ ކަމަށާއި އަދި، އެކަމަށްޓަކައި 454 މިލިއަން ރުފިޔާ ހޭދަ ކުރެވިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން

މިނިސްޓަރު ވިދާޅުވީ ކޯވިޑްގެ އެންމެ ދަތި ދުވަސްވަރު ރާއްޖޭގެ އުމްރަނީ ތަރައްޤީގެ ބައެއް މަޝްރޫއުތައް ވެސް މަޑުޖައްސާލަން މަޖުބޫރުވި ދުވަސްވަރެއް ކުރިމަތިވި ކަމަށެވެ. އެކަމަކު، އެދުވަސްވަރު ވެސް ތައުލީމީ ދާއިރާގައި ދެމުންއައި އެއްވެސް ފުރުސަތެއް ހަނިކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ގައުމުތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ސްކޯލާޝިޕްތަކަށް އެކަނި ވެސް ސަރުކާރުން 480 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 48 މިލިއަނަކީ މިއަހަރުގެ މިހާތަނަށް ހަރަދުކޮށްފައިވާ އަދަދު ކަމަށެވެ.

ފުރަތަމަ ޑިގްރީއާ ހިސާބަށް ހިލޭ ކިޔެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ މި ސަރުކާރުގެ މުހިއްމު ވައުދެކެވެ. އެކަމަކު، ފުރަތަމަ ޑިގްރީ ފީއިން ސަރުކާރުން ދައްކައިދެނީ އެއްބައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަވާސާ ހާދިސާ

    މި 15،000 ދަރިވަރުން ކޮބާބާ މިއަދު ދޮގުހެދިޔަސް ބޮޑުވަރު!

  2. ހުށީ

    ރ ޔާމީން ވެރިކަމުން ފޭބިއިރު ބެހެއްޓި ފައިސާއިން ތިޔަހުރިހާކަމެއް ކުރީ ދެން ފައިސާހުސްވުމުން 4 އަހަރޭ 3 އަހަރޭ ކިޔާނެކަމެއްނެތް ގައުމު 4 އަހަރުތެރޭ ދަރުވާލާ ރަށްޔަތުން ބަނޑުހައި ހޫނުކަމުގަ ހޭދަކުރަމުން މިދަނީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެއްޖެ ރަށްޔަތުން ބިކަވެއްޖެ.

  3. ޑައެލޯގް

    ތިޔައީ ސޯލިހުދިންއެއްޗެއްނޫނެވެ. ތިޔަދިނީ ދިވެހިރައްޔިތުންނެވެ. މިސަރުކާރުން އެއްޗެއްދޭނަމަ ދެގުނަ ރައްޔިތުންފެލާނެއެވެ. ވެންމަސް ވެނަށްކާންދެނީއެވެ. ޖީއެސްޓީ ބޮޑުކޮށް އިންކަމްޓެކްސް 25000 ލިބޭމީހުންއަތުންއަތުލައިގެންނެވެ. ޔާމީން ކަންކަންކުރީ އިތުރު ޓެކްސްއެއްނުނަގައެވެ،