އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑްގައި އެކަށީގެންވާ ވަރަށް އެނދު ނެތް ކަމަށާއި، އަތޮޅު ތެރެއިން ފަރުވާ ނުދެވިގެން މާލޭގެ އައިޖީއެމްއެޗް ހޮސްޕިޓަލަށް އަންނަ ކުޑަކުދިންވެސް މި ޖެހެނީ އެމާޖެންސީ ޑިޕާޓްމެންޓް (އީއާރް)ގެ ކިއުއަށް އަރަން ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވިއެވެ.

މީސް މީޑިއާ މެދުވެރިކޮށް ސިއްހީ ދާއިރާގައި ހުރި ކަންބޮޑުވުންތަކާއި، ސިއްހީ އެތައް މައްސަލަަތަކާއި ގުޅުން ހުރި މައުލޫމާތުތައް ހިއްސާ ކުރަމުން އަންނަ ޑރ. ފައިސަލް މިގޮތަށް ވިދާޅުވީ މާލޭގެ ސްކޫލްތަކަށް އަތޮޅު ތެރެއިން ދަރިވަރުން މި އަހަރުވެސް އައިސްފައިވާ ކަމަށް ނޫހަކުން ލިޔެފައިވާ ހަބަރެއް ޓްވިޓާގައި ރީޓްވީޓް ކުރައްވަމުންނެވެ.

ޑރ. ފައިސަލް ވިދާޅުވީ، މިހާ ގިނަ އާއިލާތައް ދަރިންނާއެކު މާލެއަށް ބަދަލުވާއިރު، އެ މީހުންވެސް ބަލިވާނެ ކަން ވިސްނަން ޖެހޭ ކަމަށެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް

އޭނާ ފާހަގަކުރެއްވިގޮތުގައި، މާލޭގައި ހޮސްޕިޓަލް /އައިޖީއެމްއެޗް/ އެޅިއިރުވެސް ކުޑަކުދިންގެ ވޯޑްގައި ހުރީ 32 އެނދު ކަމަށާއި، މިހާރުވެސް އެނދު ހުރި ހަމަ އެވަރަށެވެ.

"އެހެންވެ މި ވާގޮތަކީ އެނދުތައް ނުލިބިގެން އީއާރްގައި ކިޔޫ ހަދާފައި ބައިތިއްބަނީ، އަނެއްކާ ރަށުން ފަރުވާ ނުދެވިގެން އަންނަ ކުޑަކުދިންވެސް ހަމަ އެ ކިޔޫއަށް".ޑރ. ފައިސަލް ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ، އިތުރު ހޮސްޕިޓަލެއް ނޫނީ ރަށު ތަރައްގީއަށް ބޭނުން ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުންނު

    އެކަމަކު އިންޑިއާއަށް ސޯލިހާއި ޝާހިދު ގޮސް އެބުނީނު ރަށްޔަތުންނަށް ހުރިހާކަމެއް ބަރާބަރަށް ރަހައިން ރަހަޔަށް ކޮށްދޭތީ ރަށްޔަތުން ތިބީ އުފަލުން ވެރިކަންބަލައިގެންފައޭ ލަދުކޮބާ ސަރުކާރުގެ ބޭސްފަރުވާގެ ހުރިހާ ކަމެއް މިސަރުކާރުން އޮތީ ގަސްތުގަ ފެއިލްކޮށްލާފަ.

  2. މާމީ

    ދަރުމަ ވަންތަ ހޮސްޕިޓަލް އެޅީ އިންޑިއާ އިން އެޅިތަނެއްވީމަ އެ ހޮސްޕިޓަލުގެ ވާހަކަ ނުދައްކާނެ

  3. Anonymous

    މާލޭގެ މަގުތަކަށް އައިސްފައިވާ ތޮއްޖެހުމަށް ބެލިޔަސް އެގިގެންދަނީ މާލެޔަށް މިއަހަރު އެތަކެއް ހާސް އާއިލާ ހިޖުރަކުރިކަން ރައްރަށުން ތައުލީމާއި ސިއްހީ ފަރުވާޔާއި އަސާސީ ހިދުމަތްތަށް ނުލިބިގެން !

  4. ހުސޭނުބޭ

    ބައެއް ޑަކްޓަރުން އެމީހުން ކުރާ މަސައްކަތް ހަދަނީ އާންމުންނަށް ނުހޮރުއްޕާނަކަށް. އެހައިވެސް ފަރުވާކުޑަ