ދިވެހިރާއްޖޭގެ ޕަބްލިކް ސެންޓާގެ ފައިނޭންޝިއަލް މެނޭޖުމެންޓް ސިސްޓަމް ހަރުދަނާ ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 12 މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ.
މިއަދު ފިނޭންސް މިނިސްޓްރީގައި އެކަމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ ވޯލްޑް ބޭންކުން ރާއްޖެއަށް ދޭ 12 މިލިއަން ޑޮލަރުގެ ދެބައިކުޅަ އެއްބަޔަށްވާ 6 މިލިއަން ޑޮލަރަކީ ސަރުކާރަށް ލޯނުގެ ގޮތުގައި ލިބޭ 6 މިލިއަން ޑޮލަރު ކަމަށާއި އަނެއް 6 މިލިއަން ޑޮލަރަކީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ލިބޭ ފައިސާ ކަމަށެވެ.
އަދި އެ ފައިސާ ހަރަދު ކުރާނީ ރާއްޖޭގެ ޕަބްލިކް މެނޭޖުމެންޓް ސިސްޓަމް ހަރުދަނާކޮށް ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި ސަރުކާރުގެ ތެރެއިން ހިނގާ ފައިސާގެ މުއާމަލާތްތަށް ފެންނާނެ ގޮތަކަށް ކަންކަން ރާވާ ހިންގުމަށް ކަމަށްވެސް މުނައްވަރު ވަނީ ވިދާޅުވެފައެވެ.
އަދި ފައިނޭންސް ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުން ތަމްރީން ކުރުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރަމުން މިނިސްޓަރ މުނައްވަރު ވިދާޅުވީ ވޯލްޑް ބޭންކުން ރާއްޖެއަށް ލިބޭ ފައިސާގެ ބޮޑު އިންސައްތައެއް މުވައްޒަފުން ތަމްރީން ކުރުމަށް ހަރަދު ކުރާނެ ކަމަށެވެ.
އަދި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ދެފުށް ފެންނަ ގޮތަށް ގިނަ ބަޔަކަށް ސާފުވާނެ ހެން ފައިސާ އާއި ގުޅުން ހުރި މުއާމަލާތްތަކުގެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރެވިގެންދާނެ ކަމުގައިވެސް މުނައްވަރު ވިދާޅުވިއެވެ.
"ފައިނޭންޝިއަލް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީން ކުރުމަކީ މުހިންމު ކަމެއް. އަދި ވޯލްޑް ބޭންކުން ދޭ އެހީގެ ބޮޑު އިންސައްތައެއް މުވައްޒަފުން ތަމްރީން ކުރުމަށާއި ދެފުށް ފެންނަ ގޮތެއްގައި ފައިސާގެ މުއާމަލާތްތަށް ފެންނަން ހުންނާނެ ގޮތަށް ކަންކަން ރާވާ ހިންގުމަށް ހަރަދު ކުރެވިގެން ދާނެ" މުވައްވަރު ވިދާޅުވިއެވެ.
އަދި އިންޓަގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް މެދުވެރިކޮށް، ފިނޭންސް މިނިސްޓްރީން ބަޖެޓާއި ފައިނޭންޝަލް މައުލޫމާތުތައް، ދެ ފުށް ފެންނަ ސިޔާސަތެއްގެ ދަށުން ބަލަހައްޓަން ފަށާފައިވާ ކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.
މިއަދު ރާއްޖެއާއި ވޯލްޑްބޭންކާއި ދެމެދު ވެވުނު ފައިސާގެ އެއްބަސް ވުމަކީ މީގެ މަހެއްހާ ދުވަސް ކުރިން ވޯލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްގެން ރާއްޖެއަށް ދޭން ނިންމި ފައިނޭންޝަލް ޕެކޭޖެކެވެ،
ރާއްޖޭގެ ފިސްކަލް ދަރަނި ފާއިތުވި އަހަރު ދަށްވެފައިވާއިރު ، 2016 ވަނަ އަހަރު ޑެފިސިޓުގެ ގޮތުގައި، ޖީޑީޕީގެ 10.6 ޕަސެންޓް ހުރި ނަމަވެސް ފާއިތުވި އަހަރު އެ އަދަދު 2.5 އަށް ވަނީ ދަށްވެފައެވެ.
ކޮބާ އިދިކޮޅޭންނޭ ކަލޭމެނަށް ހީވޭތަ ތިއުޅޭ އީޔޫއަކުން ތިބުނާ ފިޔަވަޅެއް އަޅާނެހެން އެއީ ހަމަ ތިސޮރޭމެން ހައްދަން ދައްކާދަޅަ މިފެންނަ ބޮޑު މަންޒަރު ނިކަން ދެކެބަލަ އަސަރުކުރޭ ތޭ؟
ތިޔަ 12 މިލިޔަން ޑޮލަރު މިގައުމުގެ މާލީ ބެންކަން ވަންނާނެބާ މީ ސުވާލަކީ