އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ މޯލްޑިވިއަން ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހުމަދު ސިޔާމް މުހައްމަދަކީ އިކޮނަމިސްޓެއް ކަމަށް އެޕާޓީގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މައުރޫފް ވަނީ ސިޔާމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

ރޭ މައުރޫފް ވިދާޅުވީ އެ ޕާޓީގެ ރައީސް ސިޔާމަކީ އިކޮނަމިސްޓެއް ކަމަށާއި 2013 ވަނަ އަހަރު ކުރި ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މި ގައުމަށް ތަރައްގީ ގެނައީ ސިޔާމްގެ ވިސްނުންފުޅާއި ކުޅަދާނަކަން ޔާމީނަށް ދެއްވައިގެން ކަމަށެވެ.

"ސިޔާމަކީ އިކޮނަމިސްޓެއް. އޭގެ ތަޖުރިބާ ހުރި އެމނިކުފާނު ގާބިލުކަން އެމަނިކުފާނުގެ އަމަލުން ދައްކާފަހުރި ބޭފުޅެއް. އެ ގާބިލްކަމާއި އެ ވިސްނުންފުޅާ ކުޅަދާނަކަން ރައީސް ޔާމީނަށް ދެއްވައިގެން އެ މަސައްކަތް ކުރެއްވީ." ސިޔާމަށް ތައުރީފު ކުރައްވަމުން މައުރޫފް ވިދާޅުވިއެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ސިޔާމަކީ ވިޔަފާރިވެރިއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އޭނާ ވަނީ މަދު މީހަކަށް ނޫނީ ނުދެވޭ މިންވަރަށް ކުރިޔަށް ޖެހިލާފައެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީއޭއިން ގެންދަނީ އެޕާޓީއަށް މީހުން އިތުރުކުރުމުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިޔަށް ގެންދަމުންނެވެ.

މިގޮތުން މިފަހުން އެޕާޓީއަށް ގިނަ އަދަދެއްގެ މީހުން މުޅި ރާއްޖެއިން ވަނީ ސޮއިކޮށްފައެވެ.

މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާނުކުރައްވާފައިވަނީ ސިޔާމްގެ އިތުރުން އިދިކޮޅު ލީޑަރ އަބްދުﷲ ޔާމީނާއި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި، ޑީއާރްޕީގެ ލީޑަރ އަބްދުﷲ ޖާބިރެވެ.

އޭގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިންތިހާބަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ދެން އޮތް ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީން ވެސް ވަނީ ރިޔާސީ ރޭހަށް ކެނޑިޑޭޓަކު ނެރޭނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޢހ

    🤣🤣🤣

    22
    2
  2. ޖީހާން

    ސިޔާމު ހާދަ މޮޅޭ ދޯ ..... ދެން ނިކަން އިބޫ ސޯލިހަށް ތިޔަ ކިޔައިދީބަލަ ، އިބޫ އެއީ ދުނިޔެން ބޭރުން މަތީ ފާސް ނެގި ދިވެހި މީހާ

    30
  3. އިކޮނޮމިސްޓެއްކަމަށް ޤަބޫލު ކުރަން

    ސަން ޝިޔާމަކީ ކުޅަދާނަ އިކޮނުމިސްޓެއްކަމަށް ޓަސްލާފައި ޤަބޫލު ކުރަމެވެ. އެހެންނޫންނަމަ ފައިސާޔާ މުދާ އެހާގިނައެއް ނުކުރެއްވުނީހެވެ. ވަރަށް ކާމިޔާބު ވިޔަފާރިވެރިއަކަށް ނުވީހެވެ.

    6
    17
  4. އޭނާ

    އޭނާ އެބަ ހަނާ އަޅާ!!

    19
  5. Anonymous

    ހުސް މޮޔައިން

    23
  6. Anonymous

    ތީ ހަމަ ތެދުވާހަކަ . ޔާމީންގެ ޓީޗަރު.!

    9
    4
  7. ލަވް

    ކަލޯ އޭނާ ހޮވިއްޖެ!! ދެން ހުއްޓާލާ!!

    26
  8. Anonymous

    ކައި އަކީ ދީނީ ޢިލްމުވެރިއެއް. މަޢުރޫފަށް ދީން ދަސްކޮށްދިނުމަށް ރިސޯރޓަށް ގެންދަވާ ކޮޓަރީގައި ދީންއުގަންނައިދިނީވެސް ކައި

  9. ޑައެލޯގް

    ގާސިމުބުނީ ބްރިޖްއަކީ ގާސިމުގެ ތަރައްގީއެކޯއެވެ. މައުރޫފް އެބުނީ ޝިޔާމުގެ ވިސްނުން ބޭނުންކޮށްގެން ޔާމީނު ރާއްޖެތަރައްގީކުރިކަމެވެ. ވިސްނާބަޔަކަށް މިއިންއެގެނީ ޔާމީނަކީ ރާއްޖެއަށް ތަރައްގީގެނައި ބާނީކަމެވެ. މިއެންމެންވެސް އެއްބަސްވޭ ޔާމީނުގެ އިރުގައި ތަރައްގީއައިސްފިކަމެވެ. ނަމަވެސް އެންމެންވެސް އަމިއްލައެދުމާހެދި ޔާމީނާދިމާލަށް އެއްޗެތިގޮވަނީއެވެ. ޝުކުރިއްޔާ ތަރައްގީގެބާނީ ޔާމީން. އިންޝާ ﷲ 2023 ޔާމީން

    2
    2
  10. އަނދޭ

    އިކޮނޮމިސްޓް އެއީ އިނގިރޭސި ބަހުގެ ލަފުޒެއް. އޭގެ މާނަ އަކީ ސޮސައިޓީއެއްގަ ހުންނަ ވަސީލަތްތަކާއި، އެވަސީލަތްތަކުން ނެރެވޭ އުފެއްދުންތެރިކަން ދިރާސާކޮށް ދަސްކުރާ ތަޖުރިބާކާރުން ނަށް ކިޔާ ނަމެއް. ރިސޯޓް ހަދާ ހިންގާ ހެސްކިޔާފަ ފައިސާ އިން މުއްސަދިވުމަކުން އިކޮނޮމިސްޓް އަކަށް ނުވެވޭނެ.

  11. މޯދި

    ކޮސްނުގޮވާ؟ ޝިޔާމައް ވޯޓުދޭނެބަޔަކު މިގައުމުގައި ނެތެވެ.

  12. އަފީ

    ސިޔާމަކީ އިކޮނޮމިސްޓެއް ކަމަށްވަންޏާ ރިސޯޓްގެ ވުވައްޒަފުންނަށް މުސާރަ ބޮޑުކޮށް ސާވިސްޗާރޖް ބޮޑުވާނެ! ތި ބުނާ އިކޮނޮމިސްޓް ގެ ރިސޯޓްތަކަކީ ރާއްޖޭގެ އެންމެ މުސާރަ ކުޑަ އަދި ސާވިސްޗާރޖް އެންމެ މަދުން ދޭ ރިސޯޓްތަށް. ތަފާތު ހިސާބުތަކުން އެހެރީ މިކަން ފެންނަން. މިކަމެއް ދޮގެއް ނުކުރެވޭނެ. ރިސޯޓެއް ހިންގާ ކޮންމެ މީހަކީ އިކޮނޮމިސްޓެއް ނޫން! އިކޮނޮމިސްޓުން ގައުމުތަކަށް ގެނެސްފައިވާ އިންގިލާބީ ބަދަލްތަށް ރައީސް ޔާމީންގެ 05 އަހަރު ތެރޭ މިވަނީ ދިވެހި ރައްޔިތުންނަށް އަމަލުން ދައްކުވައިދީފަ! ރައީސް ޔާމީނަކީ އިކޮނޮމިސްޓޭކޭ ބުނީމަ މުޅިގައުމަށް ނަޒަރު ހިންގާލީމާ އެކަމަށް ހެކިއެބަދޭ!

  13. ރާކަނި

    ކޮންތާކުންބާ ކިޔެވީ މަވެސްބޭނުން ކިޔަވަން

  14. ނާާޗަރަންގީ

    ސިޔާމު އިކޮނަމީ ކިޔެވީ ވަކަރުގެއިން

  15. ޤާދިރު

    އެކަން އެނގޭ ދެމީހުންގެ އަތުގައި ހުރި ތަޢުލީމީ ފާސްތަކަށް ބަލާލުމުން ވެސް.

  16. އަލީ

    ސިޔާމު އިކޮނޮމިކްސް ކިޔަވަން ނައިފަރު މަދަރުސަތުލް އިފްތިތާހުގަ އުޅެމުން ކިޔަވަން ހުރިގޭ އަންހެން ކުއްޖަކު ފެންވަރަން ހުއްޓާ ގިފިލި ބެލިކަން ފަޅާއެރި ހިސާބުން ގްރެޖުއޭޓްވީ