އައްޑޫ ސިޓީ ހިތަދޫގެ ފިހާރައެއްގައި ރޯކޮށްލި މީހަކު ދެނެގަންނަން ވީޑިއޯއާއެކު ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން މިއަދު އާއްމުކުރި ވީޑިއޯގައި ފެންނަނީ މީހަކު އިމާރާތެއްގެ ބޭރުގައި ހުރެ އެތަނުގެ ދޮރު ބޭރުން ތަޅާލުމަށްފަހު އެތަނުގައި ހުޅުޖަހާފައި ދުއްވައިގެންނަ މަންޒަރެވެ. ސީސީޓީވީގެ އެ ވީޑިއޯއިން ފެންނަމީހާ ހުރީ މޫނު ނިވާކޮށްގެނެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އެއީ މި މަހުގެ ފަސް ވަނަ ދުވަހު ހިތަދޫގެ "ބްލޮސަމް" ނަމަކަށް ކިޔާ ފިހާރައިގައި އަލިފާން ރޯށްލާފައިވާ މައްސަލައާ ގުޅިގެން ހޯދާ މީހެއް ކަމަށެވެ.

 

އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ އެ މައްސަލައިގައި ވީޑިއޯގައި ފެންނަ މީހަކީ ކާކުކަމެއް މިހާތަނަށް ކުރި މަސައްކަތުން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"ވީމާ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ" ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދި ބުނެފައިވެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަލުދޮރާސި.

    ތީ ވަގުންގެ އިންޓެލިޖެންސެއް. ޕޮލިހުންގެ އިންޓެލިޖަންސައް ނެއގުނުކަމެއް އަހރުމެން ހޯދަން އަހރުމެން ދޮ މި އިންލިޖަންސު މަސަކަތުގައި އުލެނި. ތި މީހަކު އެގެނި ހަމަ އެކަނި އެމީހާ ތިމެންނަ އޭ އެކަންކުރީ ބުނިދުވަހަކުން.

  2. Anonymous

    ހުރިގޮތް ބަލާފަ ވައްތަރީ ކުލޭއާ