ރައްޔިތުން މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ 12 މެންބަރުން މާދަމާ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވާނެ ކަމަށް އެމެންބަރުން ވިދާޅުވެއްޖެއެވެ.

އެމެންބަރުން މަޖިލީހަށް ވަޑައިގަންނަވަނީ ދާދިފަހުން ސުޕްރީމް ކޯޓުން ކުރި ޙުކުމުގެ ސަބަބުން މެންބަރުންގެ ގޮނޑި ގެއްލިފައި ނުވާކަން ސާފުވެފައިވާ ކަމަށް ވިދާޅުވެއެވެ.

މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކަކީ ވަކިވަކިން ސުޕްރީމް ކޯޓްގެ ބެންޗުން ބަލައި މަޖިލިސް މެންބަރުންގެ ގޮނޑިތަކާ މެދު ގޮތެއް ނިންމަން ޖެހޭ ފަދަ މައްސަލަތަކެއް ކަމަށް މިމަހުގެ 25 ވަނަ ދުވަހު ސުޕްރީމް ކޯޓުން އިއްވި ޙުކުމުގައި ވިދާޅުވެފައިވެއެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، "ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުންގެ ގޮނޑިތައް ސަލާމަތުން ދިރި އެބަހުރިކަން" ސުޕްރީމް ކޯޓުން ކަށަވަރުކޮށް ދީފައިވާ ކަމަށެވެ.

މާދަމާ މަޖިލިސް ޖަލްސާ ފަށަން ހަމަޖެހިފައި ވަނީ މެންދުރު ފަހު 13:00 ގައެވެ.

މާދަމާ މަޖިލިސް ޖަލްސާ އަށް ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުން ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި ވީނަމަވެސް އެމެންބަރުންނަށް މަޖިލީހުގެ އިދާރާ އަށް ވަނުމުގެ ފުރުސަތު ދޭނެކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

އިދިކޮޅު ފަރާތްތަކުން މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މަޖިލިސް ޖަލްސާތަކުގައި ބައިވެރިއެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ބުރާންތި

    ބަލަގަ ތިޔަ ހުކުމެއް އިއްވި ކޯޓުންނޭ އެންގީ

    ކަލޭމެންގެ ގޮނޑި ގެއްލިއްޖެ ކަމައްވެސް. ދެން

    އޭރު ކުރި ހުކުމަށް ތަބާ ވަންޏާ، މިހާރު ކީއްވެ

    ތަބާ ނުވަންވީ.

  2. ކޮލެޖް

    ދާންވާނެ 12 މެމްބަރުންވެސް އެކަމަކު ޗެމްބަރު މަތިން ހަނދާން ނައްތާލާ ކޭރިޝްވަތުމަތިން ހަނދާންކުރޭ.

  3. ހުސޭނުބެ

    ގޮއްސިއްޔާ މާދަމާ ވަރަށް ހޫނު ސައި ތަށްޓެއްލިބޭނެ.

  4. އަބްދުއްލާ

    ގާނޫނުގާއޮތް ގޮތުން 12 މެމްބަރުން ވަނީ ވަކިވެފާ . މަޖިލީހަށް ވަންނަން އުޅެފިނަމަ އެކުރެވެނީ ޖިނާއީ ކުށެއް. ކޯޓް މަރުހަލާއިން ޕާޓީން ވަކިވެފައިވަނީ ގާނޫނުގެ ބުނާ ތާރީހްގެ ކުރިން ޕާޓީން ވަކިވެފައިވާކަން ސާބިތު ކޮށް ދެވިގެން މެނުވީ އަލުން މަޖިލީހަކަށްނުވަދެވޭނެ.

  5. ނުރަބޯ

    ގަދަބަދަވިކަމުން ޙާޞިލްކުރެވޭނެ ކަމެއް ނޯންނާނެ މިދައުރަކު. ހަމަ 10 ބާޣީން ތިޔަހެން ތެޅިތެޅި ތިބެން ޖެހޭނީ އިންޝާﷲ.....!!!

  6. މާސްޓަރ

    އެ މެމްބަރުން މަޖްލިސް އަށް ނުދާން ނިންމި އިރެއް ދިޔަހެއްޔެވެ. އެހެންވީމަ މީ ދެން މިހާރު މީ ޚަބަރަކަށް ވެގެން ނޫހުގައި ޖަހަންޖެހޭ ސުރުޚީއެއް ހެއްޔެވެ

  7. ނަަސީމު

    ތިޔަދެވެނީ މަޖިލީހަކަށްނޫން ތިޔަދެވެނީ ޖަލަށްކަން ހަނދާން ކުރާތި އިނގެތިބެ ތިއަރައި ގައްނަނީ ޖިނާއީ ކުށަކަށް ހަނދާންކުރާތި......

  8. އަލީ

    ހުކުމަށް ތަބާނުވާ މީހުންނަށްވެސް ހަރުކަށި އަދަބު ދޭންޖެހޭ މިހާރު މިރާއްޖޭގައި.

  9. ހުވަދޫ

    ހައްދުފަހަނަ އަޅާފައިވާ މީހުން މަޖްލީހަށް
    ވައްދައިގެން ނުވާނެއެވެ އެމީހުންނަކީ ވައްކަމާއި
    ރިޝްވަތުގެ ހުތުރުއަމަލްތައް ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންނެވެ

  10. ބިއުރު

    ނުވަދެވޭނެ! ލަލަލާ

  11. ބުރުމާ

    މަޖިލިސް ޗެމްބަރަކީ ބޭނުންހާ ބަޔަކަށްގޮސް ވަދެވޭނެ ތަނެއްނޫން، މަޖިލީހަށޭކިޔާފަ އެހިސާބުގަނޑަށް ދެވިދާނެ، ކިތަންމެ ދާހިތްވިޔަސް ތިމީހުންނަށް އެތަނަށް ނުވަދެވޭނެ، މަސްވެރިންވެސް ބުނަންވީދޯ ތިމަންނަމެން މިއަދު މަސްވިއްކާނީ މަޖިލީސްތެރޭގައޭ ބަލަ އެހެނެއްނުވާނެ ބޯގޯސް މީހުންނޭ

  12. ލައިލާ

    ނުވަދެވޭނެ ވ.ސަލަމް

  13. މުޙައްމަދު

    ތިކަންހުއްޓާލަންވެއްޖެއެއްނު.ތިމީހުންނަނަކީ މަޖްލީސްތެރޭގައި ތިއްބަކަސް ސަރުކާރަށް އެއްބާރުލުން ދީގެން ދާއިރާގެ ކަންތައްކުރުމަށް ބަޖެޓަށް ވޯޓްދިން ބައެއްވެސްނޫން. ފަސްދޮޅސް ހާހެކޭ ތިކިޔަނީ. ތިޔަމީހުންނަކީ ދާއިރާއަށް އޮންނަކަންވެސް ދަންނަބައެއްނޫން.،ދެން ކޮނަވާހަކައެއްދައްކާކަށް.މިހާރު މަޖްލީސްތެރެއަށް ނުވަދެވިގެން ދައްކާ ވާހަކަ އެއްތީ.