ލ. އަތޮޅު ދަނބިދޫ ރައްޔިތުންނަށް ހިތާމަވެރި ދުވަހެކެވެ. އެރަށު ރައްޔިތުން ދަންނަ އެރަށުގެ ދެ މީހަކު، މި ދުނިޔެއާ ވަކިވެގެން ދިޔައެވެ. ދެ މީހުންވެސް ނިޔާވީ ކައިރި ކައިރީގައެވެ. އެއްބަޔަކު ބުނާގޮތުން ވާނީ ހަތް މިނިޓެވެ. ލ. އަތޮޅު ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ ދެ މީހުން ނިޔާވި ހަބަރު ލިބުނީ 2-3 މިނިޓް ތެރޭގައެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެރަށުން ނިޔާވެފައިވަނީ އުމުރުން ދުވަސްވީ އަންހެނަކާއި މެދު އުމުރުގެ ފިރިހެނެކެވެ. މި ދެމީހުންގެ ތެރެއިން ފިރިހެން މީހާއަކީ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު އެރަށުން ނިޔާވި ދެމީހުންނާއި ގުޅޭގޮތުން ވާހަކަ ދައްކަމުން، އެ ދެ މީހުންވެސް ވެސް ދަންނަ މީހަކު "ވަގުތަށް" ބުނީ، އަންހެން މީހާއަކީ އުމުރުން 106 އަހަރުގެ މީހެއް ކަމަށެވެ. އަދި ފިރިހެން މީހާގެ އުމުރުން ގާތްގަނޑަކަށް ވާނީ 58 އަހަރު ކަމަށް އޭނާ ކިޔާދިނެވެ.

އޭނާ ކިޔާދިންގޮތުގައި، ދެ މީހުން ވެސް މިއަދު ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ ކުއްލިއަކަށް ބަލި ވެގެންނެވެ. އެތަނުން އެކަކު ނިޔާވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަނެކަކު ވެސް ނިޔާވީ ކަމަށް އޭބާ ކިޔާދިނެވެ.

"އަހަރުމެން ރަށުގައި ތިއްބާ ދެ މީހުން ވެސް ގެނައީ މަރުކަޒަށް. ދެން އެތަނުން އެކަކު ނިޔާވިތާ 2-3 މިނެޓު ތެރޭގައި އަނެކަކު ވެސް ނިޔާވި ކަމަށް އަޅުގަނޑުމެން ކައިރީ ބުނީ" ނިޔާވި ދެމީހުން ވެސް ދަންނަ އެރަށު މީހަކު ބުންޏެވެ.

އޭނާ ބުނީ، އެ ދެމީހުންގެ ތެރެއިން ފިރިހެން މީހާއަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށާއި، އޭނާ ފަރުވާއަށް ރާއްޖޭން ބޭރުގައި އުޅެފައި މާލެ އައުމަށްފަހު، ރަށަށް އައިސްފައިވަނީ ދާދި ފަހުން ކަމަށެވެ. އަދި ނިޔާވީ ފަރުވާ ހޯދަން އަނެއްކާ ވެސް މާލޭ ފުރަން ތައްޔާރުވެފައިވަނިކޮށް ކަމަށް އޭނާ ބުންޏެވެ.

"ފިރިހެން މީހާ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ފަތިހު ކުޑަކޮށް ސަކަރާތް ވެގެން. ގެންދިޔައިރު، ކަރުންނާއި އަނގައިންނާއި ނޭފަތުން ލޭ އައިސްފައި ހުރި ކަމަށް ވަނީ" އޭނާ ބުންޏެވެ.

ދެމީހުންގެ އުމުރަށް ބަލާއިރު، ދެމީހުންނަކީ ވެސް ރަށުގެ ކުދިން ބޮޑު އެންމެންނަށް ވެސް އެނގޭ ހެޔޮލަފާ ދެމީހުން ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ކިޔާދިނެވެ.

އެހެންކަމުން ދެމީހުންގެ މަރާއި އެކީ މުޅި ދަނބިދޫގެ ރޮއްވާލާފައިވާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އޭނާ ބުނީ، ދެމީހުންގެ ޖަނާޒާގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ...

    ތަހުގީގެއް ކުރަން ވާނެ. ކާކު ޑޮކްޓަރަކަށް ހުރީ އަދި ނަރުސް އެނެއްކާ ރަގަޅު އެއްޗެއްތަ ދިނީ

    25
    25
    • މަރު

      މަރުވާނެ ކަން ޤަބޫލު ނުކުރާހެން ވަރަށް ހީވޭ. 🤦‍♀️🤦‍♀️

    • އެ

      ކޮންމެ ކަމެއްވެސް އެހެން މީހުން ބޮލަށް ކަނޑާތި.

    • ޥވވވ

      ކޮމެންޓް ލިޔާއިރު ރަނގަޅަށް ލިޔުން ކިޔާލާފަ ވާނުވާ އެނގިހުރެ ކޮމެންޓް ލިޔެބަލަ….

  2. Anonymous

    ވެކްސިން

    26
    16
  3. Anonymous

    މަރްޙޫމުންގެ ފާފަތައް ފުއްސަވައި ދާއިމީ ސުވަރުގެ މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން
    ހުކުރުދުވަހަކީ ކިހާރަނގަޅު

    10
  4. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް

    ހަމަހުރެލާފައި ޒުވާނުން ވެސް މިހާރަކަށް އައިސް އެބަ މަރުވެއެވެ. މަރުވާ ސަބަބެއް ނޭންގެއެވެ. ހުރިހާ ވެކްސިން އަކުންވެސް ރިއެކްޝަން އައިސް، ގޮތްގޮތް މެދުވެރިވެއެވެ. ނަމަވެސް ފައިޒާ ވެކްސިންއަކީ ރިއެކްޝަން މަދު ވެކްސިންއެކެވެ. ރާއްޖޭގައި ޖަހާފައިވަނީ ކޮރޯނާ ވެކްސިންގެ އެންމެ އަގުހެޔޮ ވައްތަރު ކަމުގައިވާ ކޮވިޝީލްޑް އެވެ. މިއީ ރާމާމަކުނުގެ އާލާތްވަރު ނަގައިގެން ހަދާފައިވާ އެއްޗެއްކަން އިންޖެކްޝަން ވިއްކާއިރު ދޭ ކުޑަކުޑަ ކަރުދާސް ކޮޅުގައި ކަނޑައެޅިގެން ލިޔެފައި އޮންނާނެއެވެ. ޤަބޫލް ކުރަން ދަތިކަމުގައި ވިޔަސް މިއީ ޙަޤީޤަތެވެ. ތިންވަނަ ޑޯޒް، ނުވަތަ ބޫސްޓަރ ޑޯޒް ރާއްޖޭގައި ޖަހާފައިވަނީ ފައިޒާ ވެކްސިން އިންނެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ދެވައްތަރެއްގެ ވެކްސިން ޖެހިޔަސް އޯކޭ ވާނެއެވެ. ނަމަވެސް ފުރަތަމަ ފަހަރަށް އަދި ދެވަނަ ފަހަރަށް ކޮވިޝީލް ޖަހާފައި، ތިންވަނަ ފަހަރު ފައިޒާ ވެކްސިން ޖަހަން ކޮންމެ މީހަކުވެސް ޖެހިލުން ވާނެއެވެ. ނަމަވެސް ރައްޔިތުންނަށް ލިބޭނީ އިބޫ ސަރުކާރުން ދިން އެއްޗެއް ތާއެވެ. މިހިރަ މިހިރަ ސަބަބު ތަކަށްޓަކައި 2023 ގައި ޔާމީން ހޮވަމާ ހެއްޔެވެ! ޔާމީން ހުންނެވިނަމަ ރައްޔިތުންނަށް އިންޑިއާއިން ހަދިޔާކުރި، މުޅި ދުނިޔޭގައިވެސް ހުރި އެންމެ ފެންވަރުދަށް ވެކްސިން ކަމުގައިވާ، ކޮވިޝީލްޑް ވެކްސިންއެއް ނުޖަހާނެއެވެ. އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. މިފަދަ ކަންކަމުން އިބޫ ސަރުކާރު ފެއިލް ވެފައިވާތީ ގިނަރައްޔިތުން މިހާރު ބޭނުންވަނީ ޔާމީން އެވެ. ވީމާ ޔާމީން ދެން ޖަލަށްލައިފިނަމަ މިސަރުކާރު "މަޅި" އަރާނެއެވެ. ޤައުމުގައި އެއް އަޑަކުން "ޔާމީން ޔާމީން ޔާމީން" ކިޔާތީއެވެ.

  5. ވެކްސިން

    ވެކްސިންގ

  6. ޢަލީބޭބެ

    މިދެން ހަބަރެއްތަ. ޙެހެހެ.

    2
    1