ގދ. ހޯނޑެއްދޫން ފުލުހުން ހައްޔަރުކޮށްގެން އުޅެނިކޮށް ނިޔާވި މީހާ, ހޯނޑެއްދޫ ސިއްހީ މަރުކަޒަށް ލުމަށްފަހު ފުލުހުން ފިލައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ، އަބްދު ރަޝީދު ނަމަކަށް ކިޔާ އެމީހާ ހޯނޑެއްދޫން ހައްޔަރު ކޮށްފައިވަނީ މިއަދު މެންދުރު 12 ޖަހާކަންހާއިރު ކަމަށެވެ. އެނާ ހައްޔަރު ކޮށްފައިވަނީ މާލޭން އެރަށަށް ދިޔަ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ) ޓީމަކުންނެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު ފުލުހުން ވަނީ ލޯންޗަކަށް އަރުވައިގެން ރަށުން ގޮސްފައެވެ. އޭގެ ފަހުން ގެންދިޔ ތަނެއް ނޭނގިގެން އާންމުން އުޅެނިކޮށް އަޑު އިވިގެން ދިޔައީ އޭނާ ނިޔާވެގެން ހަވީރު މަޑަވެލި ސިއްހީ މަރުކަޒަށް ގެންދިޔަ އަޑެވެ.

އެރަށުން މައުލޫމާތު ދިން މީހަކު ބުނީ އޭނާ ސިއްހީ މަރުކަޒަށް ލުމަށްފަހު ފުލުހުން އެރަށުން ގޮސްފައިވާ ކަމަށެވެ.

އޭނާ ނިޔާވުމާއި ފުލުހުން މަރުކަޒަށް ލުމަށްފަހު ރަށުން ދިއުމުން ގިނަ ބަޔަކު ތުހުމަތު ކޮށްފައިވަނީ ފުލުހުން ގަސްތުގައި އޭނާ މަރާލީ ކަމަށެވެ.

ނަމަވެސް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު މެއަށް ތަދެއް އަރައި، ފިޓް ޖެހުމުން ފަދަ އަލާމާތްތަކެއް ފެނުމާއި ގުޅިގެން މަޑަވެލީ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ. ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާ އާއި ގުޅޭ މައުލޫމާތު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ހިއްސާކޮށް ތަހްގީގު ކޮށްދެއްވުމަށް މިހާރު ވާނީ އެދިފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަން

    ކޮބާ މިލިއަން ޑޮލަރުން ޙަރަދު ކޮއްގެން ގެނާ ބޮޑީކެމް. ރާއްޖޭގެ ފެއިލް މުވަސާތަކުގެ ޓޮޕް 3 ހިމެނޭ ތަނެއް. ކުރެވޭކަމެއް ނެތް ސިޔާސީ މީހުންގެ އައުވާން ކަމާ ޓްރެފިކް ޖޫރިމަނާނުނީ. ޤައުމު ޚަރަދު ކުޑަކުރަން ތިތަން އުވާލަންވީ.

    46
    2
    • ލޮލް

      ނޫނޭ، ތަންތަން އުވާލައިގެން ޚަރަދު ކުޑައެއް ނުވާނެ. ބޭކާރު ޚަރަދުކުރާ މީހުންއަތުން ބާރުތައް ނަގަންވީ.

      20
      1
  2. ސަރަގު

    ކިހާ ޗަލު ރައްޔިތުންގެ ޓެކްސްފައުސާއިން ކައިގެން ބޮއެގެން ކުރާކަންކަން މިހިރީ މަރުތައް ތަހުޤީގުނުކުރެވޭތަނުގަ އިތުރައް މީހުން ކައްވަޅައްމިލަނީ މީހުންގިނަވެގެންބާ މިއުޅެނީ ނުނީ ބަޔަކައް އަނިޔާކުރެވުނީ މަ ހިތްމަޖެހެނީބާ

    29
    1
  3. ސޫއޫދު

    މިއަދުވިސްނަންވީ މިގައުމުގެ ހާލަތުދައްވެފަ އޮތްމިނވަރު ރައީސުންފެޝިގެން ޖަވާބުދާރީ ވާމީހަކުނުފެނޭ ފިލާތިބެނީ ޔުކުރެއިން ހަނގު ރާމަސިފަވަނީ މިހަބަރުކިޔާލީމަ މިހާލަތުބަދަލް ކުރަންވީ 2023ގަ މިހުރި ރިއެއްކުޓް ނުކުރާ ގޮނޑިކޮއްކޮގެ ވަކިން

    18
    1
  4. ޖެރީ

    މަށަށް ހީވަނީ ފުލުހުންނަށް ގަބުރުސްތާނުގައި ވަޅުލާފައި ހުރި މީހުން މަދީހެން

    15
  5. މުހަންމަދު

    އެމްދީ.ޕީ މީހުން ދިޔަހެން މަރުވި މީހާގެ އާއިލާގޮވައިގެން ޕީ.ޕީއެމް މީހުންވެސް އަވަހަށް އެމްބަސީތަކަސް ދޭބަލަ

    10
    1
    • ކޮޔާ

      ސަމާސާ ކުރާވަރައްވުރެ މާ ސީރިއަސް ކަމެއްމީ މީހެއްގެ ފުރާނަ އެއްވެސް ބައެއްގެ އިހްމާލުން މިދުނިޔެއާއި ވަކިވެގެން ދިއުމަކީ ވ ހިތާމަހުރި ކަމެއް ފުލުހުން ވިޔަސް އިބޫ ވިޔަސް ޢިމްރާނު ވިޔަސް މީ ޣައްދާރުވުން

  6. ކޮޔާ

    ސަމާސާ ކުރާވަރައްވުރެ މާ ސީރިއަސް ކަމެއްމީ މީހެއްގެ ފުރާނަ އެއްވެސް ބައެއްގެ އިހްމާލުން މިދުނިޔެއާއި ވަކިވެގެން ދިއުމަކީ ވ ހިތާމަހުރި ކަމެއް ފުލުހުން ވިޔަސް އިބޫ ވިޔަސް ޢިމްރާނު ވިޔަސް މީ ޣައްދާރުވުން