މާލެ އަތޮޅު ބަނޑޮސްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ދަށުން ބޭރުތޮށީގެ ޕްރޮފައިލިންގެ މަސައްކަތް މިހާރު ނިންމާފައިވާ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ ބަނޑޮސް ދެކުނު އިރުމަތީ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށީގެ ޕްރޮފައިލިން މަސަައްކަތްތައް ވަނީ މިހާރު ނިމިފައިވާ ކަމަށެވެ.

މިއީ އޯރކިޑް ހޯލްޑިންގގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެމްޓީސީސީން ދިން މައުލޫމާތަށް ބަލާއިރު، މި މަޝްރޫއުގެ ދަށުން އެރަށުގެ 557 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެެވެ.

އެމްޓީސީސީއަކީ ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި އުމްރާނީ ތަރައްގީގެ މަޝްރޫއުތައްވެސް ހިންގާ ކުންފުންޏެކެވެ. މިގޮތުން މިދިޔަ އަހަރު އެ ކުންފުނިން ނިންމާ ހަވާލުކޮށްފައިވާ "ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސް: ރެކްލެމޭޝަން އޮފް 3 ޑިފަރެންޓް އައިލެންޑްސް" އަކީ މިފަދަ ފާހަގަކޮށްލެވޭ އެއް މަޝްރޫއެވެ.

މި މަޝްރޫޢުގެ ދަށުން އެކުންފުނިން ވައްޓަރުފަޅު ފަރުގައި އޮންނަ ތިން އަރޓިފިޝަލް ރަށެއްގެ ބިން ހިއްކާއި ގޮނޑުދޮށް ހިމާޔަތްކުރިއެވެ.

ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    ޝުކުރިއްޔާ ރައީސް ޔާމީން މަނިކުފާނުގެމޭސްތިރިކަމުގެދަށުން އެމްޓީސީސީ އެސްޓީއޯ ފަދަކުންފުނިތަކުގެ ކުރިމަގުއަލިކޮށްދެއްވިކަމަށްޓަކާ އަދިވެސް ފައްފަށުން ޝުކުރުއަދާކުރަން ޝުކުރިއްޔާ ރައީސް ޔާމީން