އިދިކޮޅަށް ޕީޕީއެމަށް ވަދެގެން ތިބި ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެމީހުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ މައްސަލައިގައި، އެކަމަށް ހައްލެއް ހޯދުމަށް އެޕާޓީގެ އިސް ބޭފުޅުން މިއަދު އިލެކްޝަންސް ކޮމިޝަންގެ މެންބަރުނާއެކު ބައްދަލުކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގައި އޮތް ބައްދަލު ވުމަށް ފަހުގައި ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ޕީޕީއެމްގެ ނާއިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ނޫސްވެރީންނަށް މައުލޫމާތު ދެއްވާފައެވެ. އެބޭފުޅުން ވަނީ ޕާޓީތަކަށް ޕީޕީއެމްގެ މެންބަރުން ވަގަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރައްވާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"މި އަދަދު ފިތްކަނޑައިގެންދާ މިންވަރުގައި މިއުޅެނީ. އެތައް ހާސް ބައެއް އަޅުގަނޑުމެން މިހާރު އެހުރީ ސާފުކޮށްފައި." މުންދު ވިދާޅުވިއެވެ.

"ގާތްގަނޑަކަށް އަޅުގަނޑުމެންގެ ޕާޓީން މެންބަރުން ވަގަށް ނަގާފައި އެބަހުރި ރާއްޖޭގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ ހުރިހާ ޕާޓީތަކުންވެސް. އެހެން ނަމަވެސް ތިން ޕާޓީއެއް އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވެނީ ވަރަށް ބޮޑެތި އަދަދުތަކުން އަޅުގަނޑުމެންގެ މެންބަރުން ނަގާފައިވާ ކަމަށް."

އޭނާ ވިދާޅުވީ ޕީޕީއެމްގެ މެންބަރުން "ވަގަށް" ގެންދިއުމުގައި ފާހަގަ ކުރެވޭ ޕާޓީތައް އެބަހުރި ކަމަށެވެ. އެކަމަކު، ޕާޓީތަކުގެ ނަން ދަންނަވަން އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ.

އެ ޕާޓީން ވަނީ އެކަން ހައްލުކޮށްދީ ޕީޕީއެމްގެ ދަފްތަރުގައި އަލުން އެ މެންބަރުންގެ ނަންތައް ހިމަނައިދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިފައެވެ. އަދި މެންބަރުންގެ ނަންތައް ހިމަނާއިރު އެންމެ ފުރަތަމަ އެ މެންބަރުން ގުޅުނު ތާރީހުގައި ޕީޕީއެމްގެ ދަފްތަރުގައި ހިމަނައިދޭންވެސް އެޕާޓީން ވަނީ އެދިފައެވެ.

"ދެތިން ޕާޓީއެއް އެބައުޅޭ، މުޅި ޕާޓީގެ ގާނޫނީ އަދަދުވެސް ހަގީގަތުގައި ހަމަކޮށްފައި އެހެރީ ޕީޕީއެމުން ވައްކަން ކޮށްގެން. އެމިންވަރަށް އެބަހުރި ވައްކަން ކޮށްފައި" މުންދު ވިދާޅުވިއެވެ.

ބައްދަލުވުން ނިންމަވާލެއްވުމަށް ފަހުގައި އެޕާޓީގެ ލީޑާޝިޕުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ޝުކުރު ދަންނަވާފައެވެ. އަދި، ޕާޓީތަކުން ކުރާ ވައްކަންތައް ހުއްޓުވުމަށް އެކޮމިޝަނުން އަޅާ ފިޔަވަޅުތަކަށް އެޕާޓީން ވަނީ މަރުހަބާ ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވަގު ޓިން ޓިނު

    ފިތް ކަނޑާއިގެން ވަގަށް ގެންދިޔަ ލާރި ކޮބާ؟

    17
    37
    • ލޮގު

      ކޮބާތޯ ފިއްކަޑާގެން ދާވަރަށް ލިވާތު އެބަކުރޭ ދީނަށް ފުރައްސާރަކުރޭ މިސްކިއްތަކަށް ނަޖިސް އެބަކުރޭ ގައުމު ލާދީނި އެބަކުރޭ ގައުމު ބަގުރޫޓުވެ އިންޑިޔާއަށް ގައުމު ވިއްކާލާފި މީ ފިއްކަދާގެންދާ ގައުމު ލޫޓުވާ ރީދޫ ބާގަނޑު

      16
      2
  2. އުމަރުބެ ބނޑދ

    ސަން ސިޔާމުގެ ޕާޓީން ޕޕމގެ ކުދިން ކޮޅު މިގެންދަނީ 500 ރުފިޔާ ދޭއިރަށް ފޯމެއްލިބޭ އެއުޅޭ ފުރަހަނަ ސުވައިބު މަމެން ޕާޓީ ހަލާކުކޮއްފި މިތަނައްކޮފިގަނެގެން..........

    18
    1
  3. ޫދޮރު

    ގަޓުކޮބާަ

    6
    3
  4. Mohamed

    އަހަރެން ޖުމްހުރީ ޕާޓީއަށް. ނޭގެ ކިހިނެއް ކަމެއް ސޮއި ހޯދީ.

    4
    1
  5. އަސް

    އެންމެން ވެސް ކަން ކުރާ ގޮތް. އާ ކަމެއް ނެތް

  6. ޥަގު

    ފިތް ކަނޑާއިގެން ވަގަށް ގެންދިޔަ ލާރި ކޮބާ؟

    2
    6
  7. ގެރި ކުޑޭ

    އަދާލަތު1، މައުމޫނު ޕާޓީ2، ނާޒިމް ޕާޓީ3

    5
    1
  8. ދޮންބެ

    ވެރިކަމުގައި ތިބިއިރު ފިތްކަނޑައިގެންދާ ވަރަށް ވަގަށް ނެގި ލާރިތައް ކޮބައިހޭ؟