ސްކޫލަކަށް ނުގޮސް ގޭގައި ކިޔެވުން ނުވަތަ ހޯމް ސްކޫލިން ރާއްޖޭގައި ހުއްދަ ކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ.

އެ ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ތައުލީމީ ނިޒާމްއާ މެދު ވަރަށް ގިނަ ބެލެނިވެރިން ހިތް ހަމައެއް ނުޖެހެ އެވެ.

އަދި ގަނާކުރުމާއި އަދި ކުދިންނަށް ކުރިމަތިވާ އެކި ޕްރެޝަރުތަކާ ހެދި ސްކޫލަށް ދާން ހުރިހާ ކުދިން ބޭނުމެއް ނުވެއެވެ.

ހޯމް ސްކޫލްކުރާ އިރު އެ ކުދިންގެ ކިޔެވުމާއި އަދި ކަރިކިއުލަން މޮނީޓާ ކޮށް އަދި އިމްތިހާންތައް ވެސް ދެވިދާނެ ކަމަށް ބުނެފައި ވެއެވެ.

"ބައެއް މީހުންނަށް ހީވަނީ ހޯމް ސްކޫލިންއަކީ ހަރުކަށި ފިކުރުގެ ބަޔަކު ކުރާ ކަމެއް ހެން. އެކަމަކު މިއީ ވެސް ތައުލީމު އުނގެނިދާނެ ގޮތެއް" ޕެޓިޝަންގައި ބުނެފައި ވެއެވެ.

އެ ޕެޓިޝަންގައި މިހާރުވެސް 1000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ އިރު 5000 މީހުންގެ ސޮއި ހަމަވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ހުށަހަޅާނެކަމަށް ބުނެފައި ވެއެވެ.

https://opinion.plus.mv/petitions/5

ރާއްޖޭގައި ކުރިން ހޯމް ސްކޫލިންއާ ގުޅޭ ގޮތުން ގާނޫނެއް ނެތް ނަމަވެސް ރިޔާސީ މި ދައުރުގައި ވަނީ ތައުލީމީ އާ ގާނޫނެއް ފާސްކޮށް ހޯމް ސްކޫލިން މަނާކޮށްފަ އެވެ.

ހޯމް ސްކޫލިންއަކީ ދުނިޔޭގެ އެންމެ ބޮޑަށް ކުރި އަަރާފައިވާ ގައުމުތަކާއި ގިނަ ގައުމުތަކުގައި ގާނޫނީ ގޮތުން ހުއްދަ ކަމެކެވެ. އަދި މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިންޑިއާ، ޕާކިސްތާން، މެލޭޝިއާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި ހޯމް ސްކޫލިން ހުއްދަ އެވެ.

ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ހޯމް ސްކޫލިންއަށް ވަކި ގާނޫނެއް ހަދާފައި ނުވާ އިރު ހޯމް ސްކޫލިން ކުރާނަމަ ގާނޫނީ ގޮތުން ފިޔަވަޅެއް ނާޅަ އެވެ. އެހެން ނަމަވެސް ރާއްޖޭގައި ހޯމް ސްކޫލް ކުރުން ގާނޫނީ ގޮތުން މަނާކޮށްފައިވާތީ ހޯމް ސްކޫލުކުރާ ބެލެނިވެރިން ދަނީ ޖަލަށް ލަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ައާދަމް ޒާހިރު

    ކޮބާ؟ އަޅުގަނޑުގެ ސޮއި ލިބޭނެ 7776715
    ތިޔައީ އަބަދު އަޅުގަނޑު ގޮވާ ވާހަކައެއް. މައިންބަފައިން ކުދިންނަށް ކިޔަވައިދޭނަމަ އެ ނިމުނީ. ކޮންމެހެން ސްކޫލަކަށް ފޮނުވާކަށް ނުޖެހޭނެ.

    10
    2
  2. ހަސަން

    ތިއެން ވާނެކަމެއް ހަރާން.

  3. ރަދީފުލް ކުމާރު

    ވަކިވަރަކަށްވުރެ ގިނައިން ލާރިލިބޭކަމަށްވަންޏާ ހޯމް ސްކޫލިން ހަމަ ހަދަންވީ. ކޮންމެހެން ކިޔަވާކަށް ސްކޫލަކަށް ދިއުމަކީ ލާޒިމްކަމެއްނޫން.

  4. ދިވެހި ދިދަ

    ތިކަ ކުރީމަ ފައިދޮށަށް ވެއްޓި ސަލާމް ޖަހާމީހުން މަދުވާނެ..ވޯޓް ތައް ގެއްލޭނެ