އިއްޒުއްދީން ފާލަން ހަލާކުވަމުން ދަނީ އެތައް ހަދާފައި ހުރިލެއް ފެންވަރު ދަށްކަމުން ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ނިމިގެން ދިޔަ ސަރުކާރުގައި 2015 ވަނަ އަހަރު ޑިޒައިންކޮށް ހެދި އިއްޒުއްދީން ފާލަން މިހާރު ދަނީ ވަރަށް ބޮޑަށް ހަލާކުވަމުންނެވެ. އަދި އެ ފާލަމުގައި ބޭނުންކޮށްފައިވާ ދަގަނޑުތައް ވަނީ ދަބަރު ޖަހައިފައެވެ.

އެ ފާލަން ބެލެހެއްޓުމަށް ހަވާލުކޮށްފައި އޮންނަނީ އެމްޓީސީސީއާއެވެ.

އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް "ވަގުތަށް" ވިދާޅުވީ، އިއްޒުއްދީން ފާލަމުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެތަން ހަދާފައި ހުރިލެއް ފެންވަރު ދަށް ކަމުން މާ ބޮޑަށް ހަލާކުވަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މައްސަލަ މިހާރު ޕްލޭނިން މިނިސްޓްރީއަށް ވެސް އަންގާފައިވާ ކަމަށެވެ.

އަދި އެ ފާލަން އަލުން ހެދެން ފެށޭނީ ޕްލޭނިން މިނިސްޓްރީން ކޮންޓްރެކްޓް ހަވާލުކުރުމުން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އިއްޒުއްދީން ފާލަމުގައި ހުރި ދަގަނޑު ސްޓްރަކްޗާގައި ވެސް މިހާރު ހުރީ ދަބަރު ޖަހައިފައެވެ. އެހެންވެ އެތަން މިހާރު އޮތީ ހަލާކުވުމުގެ މަގުމަތީގައެވެ. އެ ފާލަމުގައި ހުރި ސަތަރިގަނޑު ވެސް މިހާރު ހުރީ ހަލާކުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. Anonymous

    2023 ކައިރި ވާ ވަރަކަށް މިކަހަލަ ވާހަކަ ގިނަ ވާނެ އެވެ..

    50
  2. ހުސޭނުބޭ

    ޔާމީނު ހެދި ތަނަކަށް ވާތީ ފާލަމާމެދު ހަސަދަވެރިވަނީ. އެހެންވެ އެތަން ނުބަލަހައްޓަނީ

    64
    2
  3. ފެންވަރު

    އަހަރެންނަކީ ސިވިލް އިންޖިނޭރެއް. އެތަން ހަދާނިމުނު ދުވަހުވެސް އަހަރެން ބުނެފިން އެތަނުގެ ކޮލިޓީއެއް ނެއްވާހަކަ އަދި ހައެއްކަ އަހަރުތެރޭގައި ހަލާކުވެގެން ދާނެކަމަށް. އެއްވެސް ވަރަކަށް މެޓީރިއަލް ކޮލިޓީ ބެލެހެއްޓިފައެއްނެއް.

    10
    46
    • ކިނބޫ

      ކަލޭ އިންޖިނޭރަކަށްވިޔަސް ކަލޭވެސް ހަލާކުވާނެ. ކޮންމެ އެއްޗަކަށްވެސް މުއްދަތެއް ވޭ.

      35
      1
    • ވިސްނާލުމަށް އެދެމޭ

      ކިތައް މެ ކޮލިޓީކޮށް ހަދާއެއްޗެވެސް މަރާ މާތް ނުކޮށް އަޅާނުލާއިފިއްޔާ ވީރާނާވާކަށް ދިގު މުއްދަތެނުލިބޭނެ....ގަދަ ދަގަނޑު ދަބަރަށްވަނީ ކޮލިޓީނެތިގެންތަ....ރަސްރަނިބަގީޗާ ރަސްފަންނު ބީޗް ހަލާކުވެނެތި އެއޮއްގެންދަނީ ކޮލިޓީނެތިގެންދޯ.....މިއީ ފަނާކުރާ ސަރުކާރެއް....ފިނިހަކަ ސަރުކާރު..

  4. ފަހަރި

    އާޒިމް އައިނުއަޅަނީ ކީއްވެބާ ފެންވަރު ދައްވީމަބާ ؟

    30
  5. ބުރާންތި

    މަހާޖައްރާފު ވެސް ވީރާނާވާން ދޫކޮށްކާފަ އޮތީ ހެދިލެއް ފެންވަރު ދައްކަމުންތޯ ، ދިވެހި ރުފިޔާ ވެސް ހެސްކިޔާފަ ޗާޕު ތިކުރަނީ ޔާމީނު ދިވެހި ރުފިޔާ ޗާޕު ކުރިލެއް ފެންވަރު ދެރަވީމަތޯ ބުރާންޗާ

    41
  6. ޑިފެންސް

    މިސަރުކާރުން ހަނިމާދޫ މަގުތަކުގައި އެޅީ ވަރަށް ކޮލިޓީ ތާރެއް ވާއްސަރީ

    33
    1
  7. ފެންވަރު 2

    ސިވިލް އިންޖީނޭރުންނަށް މެޓީރިއަލްގެ ކޮލިޓީއެއް ނޭނގޭނެ.އެކަން އެނގޭނީ ސްޓްރަކްޗުރަލް އިންޖީނޭރުންނަށް. ރާއްޖޭގައި މިފަދަ ކޮންމެ މަސައްކަތެއް ކުރިއަސް ތިބޭނީ ސިވިލް އިންޖީނޭރުން. ނަމަވެސް ބޭރުގެ ހުރިހާ ގައުމުތަކެއްގއި މިފަދަ މަސައްކަތުގައި ތިބެނީ ސްޓްރަކްޗުރަލް އިންޖީނޭރުން. އިންޑިޔާ ލަންކާގެ ގޮތެއް ނޭނގޭ.

    24
  8. ވާންޗޯ

    މަށަކީ ކައްކާ އެށް! މަވެސް އޭރު ބުނިން މަސްބުރި ރިހަ ކައިފިއްޔާ ތި ހަލާކު ނުވާނެ ޔޭ! ހަމަ ހިލާ ކާ ގޮތެއް ނުވި

    20
  9. ކޮމެންޓްކުރާމީހާ

    ދެއުޅިއެއްނުވާ މީހުން މަޤާމުތަކަށް އިސްވެގެންދާވަރަކަށް މިފަދަ ވާހަކަތައް އިވޭލެއް ގިނަވާނެ

    31
    1
  10. މުހައްމަދު

    ތަންތަން ދިގު މުއްދަތައް ބެހެއްޓުމަށްޓަކައި ޤަވާއިދުން މަރާމާތުކޮށް ބެލެހެއްޓުމަކީ ވަރަށް މުހިންމުކަމެއް. އެކަމު އެއީ ޔާމީންގެ ވެރިކަމުގައި ހެދި ތަަނެއްވީމަ އެތަނަށް އެއްވެސް އަޅާލުމެއް ނުބަހައްޓާ. ތިގޮތަށް މާލޭގެ އެތައްތަނެއް ހަލާކުވާން މިސަރުކާރުން އަޅާނުލާ އޮއްވާ ކަމުގެ ތަޖުރިބާ ހުރި ބަޔަކު މާލޭސިޓީ ކައުންސިލަަށް ހޮވުމުން އެތަންތަން މިހާރު ހާދަ ޗާލޭ

    29
  11. މަހާ

    އެމްޓީސީސީން ހަދާތަނެއް ދުވަހަކުވެސް ހަލާކެއްނުވޭތޯ އަހަރެމެން ބަލަންތިބޭނަން،

    28
  12. ކިއްލާ

    ވިލިމާލޭ ބުރިޖު ނޭޅިގެންއުޅެނީ ފެންވަރު ރަނގަޅު ބުރިޖެއް މިސަރުކާރަށް އަޅަން ނޭގޭތީ

    33
  13. ފާތުން

    އާޒިމްމެން ކުރާނީ ފެންވަރުގަ.ބަލައިގެން. އެހެންވެ އޭނަގެ ފެމެލީ ކުންފުނިން އިއްޔެގަ މީހަކަ އަނިޔާވީ. އަދި މޮޅެތި ވާހަކަ ދައްކަޔޭ އެއްބަ.

    9
    1
  14. އަހްމަދު

    2015 އިން 2022 އަށް މަރާމާތުނުކޮށް ހަލާކުކޮށްލާފަ މަސައްކަތުގެފެންވަރުދައްވާގަކަން އާދަމް ލަދެއްނުގަނޭތަ؟

    10
  15. ސުމަޅޭ

    އެމްޓީސީސީން ތިތަން ހެދީވެސް.ކޯއްޗެކޭ ތިކިޔަނީ.މެޑަލް ޖަހަން ނޫޅޭ...

  16. Anonymous

    ފާލަންވެސް ސިޓީކައުންސިލުގެ ބެލުމުގެ ދަށަށްގެންދަންވީ.

  17. ބަޅިދު

    ކޮއްމެވެސް އެއްޗެކޭ ކިޔާފައި ޔާމިންކޮށްފައި ހުރިކަމެއްވީމަ ތަޅައި ނަގައި ފޮހެލަން ޖަހާ ރޮކެޓެއް

  18. ބޮލި މުލައް

    މަހާޖައްރާފުވެސް އިސްރާފެކޭ އާޒިމު ބުނި

    10
  19. އިލްޔާސް ވަހީދު

    އެމްޓީސީސީން ހަދާތަނެއް ދުވަހަކުވެސް ހަލާކެއްނުވޭތޯ އަހަރެމެން ޢަޑުއެހިން ތިތަންވެސް ހެދީ އެމްޓީސީސީ ހަވާލުކޮގެން އަދިތިތަނުގެ މެއިންޓަނަސްވެސް އެމްޓީސީސީ ބަލަހައްޓަމުން ދިޔައީ މިހާރުތިކިޔަނީ ދަރިމަރުވެއްޖެޔޭ ޑޮކުޓަރަދައްކަންހުޓާ......

  20. Anonymous

    އަޅެ ގަދަ ފަދަ ދަގަނޑުވެސް ބަލިވެދޭ. އެކަތަވެސް ބަލިވެދޭ. މިބުރާންތިތަކަށް މިވަރުވެސް ނޭނގެނީކަން ނޭނގެ. އަސްުލު އުފެދުމުގައި ބަލިމީހުން އެންމެ ގިނައީ އެމް.ޑީ.ޕީ ގައި. އެހެންވީމާ އެފަދަ ތާކުންތާކު ނުޖެހޭ ތަކެތި ކިޔަނީ ކަމަށް ބެލެވެނީ.

  21. އަލީ

    އެފާލަން އެޅީއެމްޓީސީސީން ނުންތޯ؟

  22. އިބްރާ

    ތަންތަން މަރާމާތުކޮށް ބަލަހައްޓުމުގެ ޤާބިލްކަން އެމްޑީޕީ ސަރުކާރުގައި ނެތް

  23. ލުޠުފީ

    އަހަރެންގެ ކާފަ އެއްދުވަހަކު އަހަރެންނާ ވާހަކަދައްކަމުން ބުނި އެއްޗެއް މިހާރުވެސް ދެންމެ ބުނި އެއްޗެއްހެން ހަނދާން އެބަހުރި. ދަރިފުޅާއޭ ކާފަ ބުނަންހޭ ވާހަކައެއް. ދަގަނޑަކީ ދަބަރުޖަހާ އެއްޗެއް ނޫން. ދަބަރުޖަހާނީ މީހުންގެ އަތުގަ. ކާފަ އެހެން ބުނުމުން އެދުވަހު އަހަރެން ވަރަށް ހައިރާންވި. އެކަމަކު މަސައްކަތުގެ މާހައުލަށް ނުކުމެ ކަންކަން ކުރަންފެށި ހިސާބުން އެވާހަކައިގެ ޙަޤީޤަތް އެނގިގެންދިޔަ.