ރާއްޖޭގެ ވެރިކަން ކުރުމަށް އެންމެ ރަނގަޅު ނިޒަމަކާ ގުޅޭ ގޮތުން ވޯޓަކަށް ނުގޮސްފިނަމަ, އައްޑޫ ސިޓީން އެމްޑީޕީއަށް ގިނަ ވޯޓުތަކެއް ގެއްލިގެންދާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ހުންނަވައިގެން "ވަގުތު" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ, ނިޒާމީ ވޯޓަކަށް ކޮންމެހެން ވެސް ދާންޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ގިނަ ވޯޓުތަކެއް އެމްޑީޕީ މެންބަރުންގެ ތެރެއިން ގެއްލިގެންދާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

އެހެން ކަމުން ނިޒާމީ ވޯޓަކަށް ދިއުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ވަރަށް މުހިންމު ކަމަށް ވިދާޅުވިއެވެ.

"ބައެއް މީހުން ހިތައް އަރާފާނެ ރާއްޖޭގެ ރައްޔިތުން ބަރުލަމާނީ ނިޒާމަކަށް ތާއީދެއް ނުކުރެއޭ. ވެދާނެ. ރާއްޖޭގެ މުޅި ރައްޔިތުންނަށް އަދި ސާފުނުވެ އޮވެދާނެ މި ކޮން ނިޒާމެއްކަމެއް. އެކަމު އެމީހުނަށް ސާފުކޮން އެބަ ފެނޭ އަޅުގަނޑު ތާއަބަދު މި ވާހަކަ ދައްކާކަން. އަޅުގަނޑަށް ފެންނަ ތަނުގައި އަޅުގަނޑަށް ތާއީދުކުރާ ބަޔަކު ރާއްޖޭގައި އެބަ އުޅޭ. އައްޑޫގައިވެސް އެބަ އުޅޭ އެމީހުނަށް އެބަ ވިސްނޭ އެބަ ފެނޭ އަޅުގަނޑު މިހެން ބުނެ ބުނެ އޮއްވާ އެކަން ނުކޮށް ރައީސުލް ޖުމްހޫރިއްޔާވެސް ސަރުކާރުވެސް އެހެން ބަޔަކު، މާ ބާރަށް ދާތަނަށް ނުދެވޭނެއޭ." ނަޝީދު ވިދާޅުވިއެވެ.

ދެ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީން ބޮޑު އަގުލަބިއްޔަތެއް ލިބިވަޑައިގެންނެވި ނަޝީދު ދެކިވަޑައިގެންނަވާ ގޮތުގައި ނިޒާމީ ވޯޓަކަށް ނުގޮސްފިނަމަ އެމަނިކުފާނަށް ތާއީދުކުރާ ގިނަ ބަޔަކު އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކަށް ވޯޓެއް ނުދޭނެއެވެ.

"(ނިޒާމީ ވޯޓަކަށް ނުގޮސްފިނަމަ) ހަމަ ގައިމުވެސް އައްޑޫގެ އެމްޑީޕީގެ ބޮޑު ބައެއް ތާއީދު ގެއްލޭނެ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ނިޒާމީ ވޯޓު އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ނަގާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި އޭގެ ނަތީޖާ ވެސް ރަނގަޅުވާނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވައެވެ.

ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށާއި އަދި ލާމަރުކަޒީ ނިޒާމް މިހާރަށްވުރެ ބޮޑަށް ބަދަލުވެ ހިނގުމަށް އައްޑޫގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ބޭނުންވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު "ވަގުތު"އަށް މިއަދު އިންޓަވިއު ދެއްވަނީ

 

ރާއްޖޭގެ ނިޒާމީ ވޯޓަށް ދާން ރައީސް ނަޝީދު ބޭނުންފުޅުވިއަސް އެކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް ސޯލިހް އެކަމަށް ތާއީދެއް ނުކުރައްވަ އެވެ. އަދި ނިޒާމީ ވޯޓަކަށް ދިއުމަށް އެމްޑީޕީގެ ކޮންގްރެސްއިން ފާސްކުރަން ރައީސް ނަޝީދު ހުށައެޅުއްވި ގަރާރު އެމަނިކުފާނު ފަހު ވަގުތު އަނބުރާ ގެންދެވިއެވެ.

އޭރު ރައީސް ނަޝީދު ވިދާޅުވީ، އެގޮތައް ކަންކުރެއްވީ އެކަމާ ގުޅޭ ގޮތުން ފަހުން މަޝްވަރާކުރައްވަން ރައީސް ސޯލިހާ އެކު ވެވުނު އެއްބަސްވުމަކަށްފަހު ކަމަށެވެ. ނިޒާމީ ވޯޓަކަށް ދިއުމަށް އަދި ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރައްވާ ކަމަށް އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން އަދި އިކްނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ލާދީނީ އައުޓް

    އައްޑޫއިން ނަޝީދުގެ ޖަލްސާތަކަށް ދިޔަ ދެމީހުނާއި ފަޅީގެ ވާހަކަތޯ ތިދައްކަވަނީ؟ ނަޝީދުގެ ބަހަކަށް މީހުން މިހާރު ނުހެއްލޭ. ނޮވެންބަރު 3ގެ ބާގީ ކެރަފާ އާއިލާ ރައްޔިތުން ބޭނުމެއްނޫން

    40
  2. ޏަޖަނ

    ނަޝީދުއާއި މައުމޫނުގެ ސިޔާސީ ހަނދު އޮއްސިއްޖެ. ދެންކިތަންމެ ގޮތަކަށް ކުޅިބައި ރޭވިޔަސް ރައްޔިތުން ބަލައިނުގަންނާނެ.

    37
  3. Anonymous

    ދެން އައްޑޫ އައްޑޫއަކުން ނާރާނެ

    29
  4. ކަދީދެ

    އައްޑޫގަ ދިރިއުޅެންވީނުންތޯ ބޮނޑިބަތްކައްކާ މިއުޅޭ ދައްތަމެން ބުނާ ކަންތައްކޮއްދީގެން

    34
    • ބޮނޑިބަތް

      އެމްޑީޕީން މިހުރިހާ ދުވަހު ރައްޔިތުން ހިފަހައްޓައިގެން އުޅުނީ ސިހުރުހަދާފަ ކާންދިން ބޮޑިބަތް ކާންދީގެންކަން މިހާރު ގިނަ ރައްޔިތުންނަށް އެނގޭ،. އެތައް ބަޔަކު ރުގްޔާ ކޮށްގެން އެމްޑީޕީން ކާންދިން ސިހުރު ބޮޑިބަތުގެ ސިހުރުން ސަލާމަތްވެސް ވެއްޖެ. އެއީ އަންނިއަށް އޮތް ތާޢީދު ގެއްލެމުންދާ އަސްލު ސަބަބަކީ...

      28
    • ހަބީބަ

      ތި ތިގޯސްވީއޭ

      11
      4
  5. Anonymous

    ތިހެން ބުނެ ބަލަ އިބޫކާރީ

    22
  6. މަރީ

    ތިއުޅެނީ އައްޑުއައް ދެވުނީމާ އެތަނަށް ނުކުތްމީހުން ފެނިގެން ހަމަ ތިމާ ބުނާހާ ގޮތަކައް މީހުންތިބޭނެ ކަމައްހިތާ

    33
  7. ގަންނި

    ކަލޭ ލާންވީނު އިނގެރޭސި ބޮޑު ވަޒީރުކަމަށް

    17
  8. ޔެލޯ

    ރަނގަޅީވެސް ވީހާ ގިނަ ވޯޓެއް ރީނދޫ ބައިގަނޑަށް ގެއްލުނިއްޔާ މިކަލޭގެ އެ ޕާޓީގައި ހުރިާ ހިނދަކު.

    20
  9. އައްޑޫ

    ވެރިކަމާހެދި މޮޔަވަނީ

  10. ޠމ

    ގޮހޮރޭތަ އަންނި ތިކިޔަނީ ފަހެ

  11. ޔމ

    ނޫހަށް އަރާހިތްވާ ސޮރެއް

  12. ބަރުގޮނު

    މީނާ މީހުންގެ ބޯ ކާލަން ހަދާ ދޮގުތަކާ މަކަރުވެރި އުކުޅުތައް މީނާ ނިސްބަތްވާ ޕާޓީ ގެ ގިނަ މެމްބަރުންނަށް މިހާރު ވިސްނޭ. އަމިއްލަ ޕޮރޮޕެގެންޑާ ފޭލްވީވީހެން މި މަސައްކަތް ކުރަނީ އެމް.ޑީ.ޕީ ސަރުކާރު ބިރު ގަންނަވައިގެން އެކަން ވޭތޯ ބަލަން.

  13. ލަވް

    ނަސީދު މަ ބުނަން އޮތް އެތި ބޮޑު!! އައްޑޫ މީހުން ނޫޅޭ ބަރުލަމާނީ ނުގެނެވިގެން!! ޔާ ރައްބި މީނާ ވެރިކަން ބޭނުން ވަރު ބަލާލަބަލަ މޮޔައިންގެ ކޮޅުން އެ ފެށީ!!

  14. ހައް ހައް ހާ.

    ނަޝީދު ބުނާ އެއްޗެތި ދިމާވާނީ އިދިކޮޅަށް. އަބަދުވެސް އެކަންވަނީ އެހެން.