ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އިނގިރޭސިވިލާތުގެ ތަޙުތުގައި 70 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވި، އަދި އެޤައުމުގައި އެންމެ ދިގުމުއްދަތަކަށް ރަނިކަން ކުރެއްވި އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނައަށް އެންމެފަހުގެ އިޙްތިރާމު އަދާކުރައްވައިފިއެވެ.

ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވީ މިމަހުގެ 8 ވީ ބުރާސްފަތި ދުވަހުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.

ރާނީއަށް އެންމެފަހުގެ އިޙްތިރާމު އަދާކުރެއްވުމުގެ ކުރިން ރައީސްގެ ދެކަނބަލުން، ރާނީ އަވަހާރަވުމާއި ގުޅިގެން ލަންޑަނުގެ ލަންކަސްޓަރ ހައުސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ތަޢުޒިޔާގެ ދެ މެސެޖު ލިއުއްވާފައެވެ. މި ދެ މެސެޖުގައި ރައީސްގެ ދެކަނބަލުން ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާރލްސް 3 އަށާއި، ޝާހީ ޢާއިލާއަށާއި، އިނގިރޭސިވިލާތާއި އަދި ކޮމަންވެލްތް ޤައުމުތަކުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސް ލިއުއްވި މެސެޖުގައި ރާނީ އެލިޒަބަތު 2 އަވަހާރަވުމާ ގުޅިގެން މުޅި ދުނިޔެ ހިތާމަ ފާޅުކުރަމުންދާއިރު، އެކަމަނާގެ ޤައުމުގައި، އެކަމަނާގެ އެންމެ ގާތްބޭފުޅުންނާއެކު، އެންމެ ފަހުގެ އިޙްތިރާމް އަދާކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމަށް ވިދާޅުވެފައިވެއެވެ.

އަދި ރާނީ އެލިޒަބަތު 2 ގެ ހަނދާންތަކަކީ ހިތްތަކުގައި ބިންވަޅުނެގިފައިވާ އެތައް ޖީލުތަކަށް ދެމި އޮންނާނެ ހަނދާންތަކެއްކަމުގައި ވެސް ފާހަގަކުރައްވާފައިވެއެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސްގެ އަނބިކަނބަލުން ލިއުއްވާފައިވާ މެސެޖުގައި، އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމަކީ، އެކަމަނާއަށާއި މުޅި ދުނިޔޭގެ އެތައް ބަޔަކަށް ފުން ހިތާމައެއް ގެނުވި ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެކަމަނާގެ އަމިއްލަފުޅު ނަންފުޅުގައާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެހާ މައިންގެ ފަރާތުން، އިނގިރޭސި ރާނީ، މައެއްގެ ގޮތުގައި، އެކަމަނާގެ ޤައުމަށާއި ރައްޔިތުންނަށްޓަކައި ކޮށްދެއްވި ޚިދުމަތްތަކަށް ތަޢުރީފު އަދާކުރައްވާފައެވެ.

ރާނީ އެލިޒަބަރު 2 ވަނައިގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސްޓްމިންސްޓަރ އެބީގައި މިމަހުގެ 19 ވާ ހޯމަ ދުވަހު އިނގިރޭސިވިލާތުގެ ގަޑިން ހެނދުނު 11 ޖަހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޖަބު

    އިސްލާމީ ގައުމެއްގެ ރައީސެއް؟

    7
    1
    • ޭއރ

      ނަމުން

  2. ޝާފީ ރ

    ކަޅު ޓައީ އަޅާފަ އިބޫ ހުރީ. ހެހެ

  3. އާދަން

    އިއްޔެ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި އާދަމް ނަސީމް (ބީއޭ ނަސީމް) ގެ ފުރާނަފުޅަށް ރަޙްމަތްލައްވާ ، ސުވަރުގޭ ދާއިމީ ނިޢުމަތް ދެއްވުމަށް އެދި ދުޢާކުރަން.
    ފަޟީލަތުއް ޝައިޚް އާދަމް ނަސީމަކީ ދިވެހިރާއްޖެއަށް ދީނީ ރޮނގުން ނުހަނު ގިނަ ޚިދުމަތްތަކެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި ކިޔަވައިދިނުމުގެ ރޮނގުންވެސް އެތަކެއް ޚިދުމަތްތަކެއް އަދާކޮށްދެއްވިއެވެ.އަދި މައުމޫނުގެ އަނިޔާވެރި ވެރިކަމުގައި ޚައްޤުބަސް ބުނެގެން ޖަލަށް ލެވި ބަންދުވެވުނު ޢިލްމުވެރިއެއްްވެސް މެއެވެ.
    ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އިނގިރޭސިބަހުން ބީއޭ ފާސް ހޯއްދެވުމާއި މަދީނާގެ ޔުނިވަސިޓީން އެންމެ ފުރަތަމަ ދަރިވަރުވި ދިވެހީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އަދި ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް ޢިލްމުވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، "ދީނީ ރޮނގުން ﷲ ގެ މަގުގައި ޖިހާދުކުރެއްވި މުޖާހިދެކެވެ."