ގައުމީ ދުވަސް އައި އިރު ލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ޔާމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ ދުވަސް މިހާރު ފާހަގަ ކުރަމުން ދަނީ ބަނަވެ ނާމާން ވަމުންދާ ދުވަސްތަކެއްގެ ހިތްދަތިކަމާއެކު ކަމަށވެ.

ނަމަވެސް ގައުމީ ދުވަހުގެ ހެޔޮ އެދުންތައް ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނު އަރިސް ކުރެއްވިއެވެ.

"ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދެވެ. ނަމަވެސް މިއަދު ލޮލުން ފާއްދާލަނީ ފުންއަސަރުގެ ކަރުނައެވެ" ޔާމީން ވިދާޅުވިއެވެ.

މިއަދު ގައުމީ ދުވަސް ފާހަގަ ކުރަމުންދާ އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ އެ ދުވަސް ފާހަގަކުރެއްވުމަށް ހއ. އުތީމުގައެވެ. އަދި އެ ދުވަހުގެ ރަސްމީ ޖަލްސާ ވެސް ބާއްވާފައި ވަނީ އުތީމުގައެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި 2015 ވަނަ އަހަރު ވެސް ގައުމީ ދުވަހުގެ މުނާސަބަތުގައި ރަސްމީ ޖަލްސާއެއް އުތީމުގައި ބޭއްވިއެވެ.

އެ ޖަލްސާއަށް އުތީމަށް ވަޑައިގަންނަވައި ރައީސް ޔާމީން ވަނީ ވަނީ އުތީމުގައި ހަދާފައިވާ ކަޅުއޮއްފުންމީގެ ހަނދާނީ ބިނާ ހުޅުއްވައި ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ނޭޅުނު ބުރިޖު

    ވައްކަން ކުރިޔަސް ހެވޭ ރައްޔިތުންގެ ލާރިންވެސް ގައުމު ތަރައްޤީ ކުރެއްވި ރައީސޭތީ ދެންވެސް އެހެންވެގެންނޭ މިބުނަނީ ބޭނުމީ ހަމަ މުލުވަގު ރައީސްޔާމީނޭ ސާފު

    23
    12
  2. Anonymous

    މުލުވަގައްގޮވި މީހުން ގެނައި ސަރުކާރުން ކުރަނީ ހުސް ވައްކަން. ރައްޔިތުންގެ ފައިސާއިން ވެސް ކުރެވުނު ކަމެއްނެތް. އެކަމަކު އަދިވެސް މުލުވަގޭ އެބަކިޔާ ކޮބާ މިހާރުމުލުމުލުވަގުން ފެނޭތަ

    32
    6
  3. ގައުމު އަސްލު ދަވާލިމީހުން ފެނޭތަ

    ކިހާވަރެއް ކުރި ތަ މަނިކުފާނުގެ ވެރިކަން ވައްޓާލަނީ. އައިރުގާނޫނީ އަމުރު ނެރެ އަވަހާރަކޮއްލަން ވެސް މަސައްކަތްކުރި. މިއަދު އެބަފެނޭ އެއް ނޫންތަ ވައްކަމާ ކޮރަޕްޝަނާއި އަނިޔާވެރިކަން ނައްތާލައި ޢަދުލުވެރިކަން އިންސާފުވެރި ކަން އައިސްފަވާމިންވަރު. މިއަދު މިއޮތީ އަޅުވެތިވެފަ ގައުމު ދަވާލާ ރޯނުގަ ހިއްކަން އަޅާފަ

    29
    2
  4. ނަނަނަނަ

    ބުރިޖު
    ދަރުމަވަންތަ މިސްކިތް
    ފުލެޓު
    މިސްކިތް
    އެއަރޕޯޓު
    އޯވަރއޯލް މިރާއްޖެއަށް އައިސްފަވާ ހުރިހާ ތަރައްޤީ އެއް ގެނައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެމަނިކުފާނާއި ފަސްޓް ލޭޑީ އަދި މާރިދީދީގެ ލޮލުން މިއަދު އޮހޮރެނީ ރަން ކަރުނައެވެ. 2023 އިބޫސޯލިހު އަށް

    9
    27
  5. Anonymous

    ކޭކުދައްތަމެން ރުޅިއަޔަސް ޔާނު ވަރެއްނެތޭ ވައްކަންކުރިޔަސް ހެވޭ ކޮންސަރުކާރަކުންތަ ތިބުނާވައްކަމެއްނުކުރަނީ މިސަރުކާރުނުކުރޭތަ

    25
    4
  6. މަރީ

    ކަޓުވާލެވުނު ވަރު މަދުވެގެން ކަރުނައައީ

    15
    31
    • މަރީ ޗަރީ

      ކަލޭ ތިއަރާ ބުރިޖު އެޅީ އެލާރިން ، ސާފުވެއްޖެ

      11
      1
  7. ހައްގު

    ﷲ ގެ ނަސްރު ވަނީ ދާދި ގާތުގަ އިންޝާﷲ

    29
    2
  8. ފިކުނު

    ގައުމީ ދުވަސް އައިއިރު މިގައުމުގެ ތަންތަނަށް ވެރިވެގެންތިބީ ލާދީނީ ސެކިއުލަރިސްޓުންނެވެ ޒިނޭކުރިމީހުންނާއި، ރަބޯމީހުްނާއި، ލިވާތުމީހުންނާއި، ގައްދާރުންނެވެ

    29
    1
    • ޢަހުމަދުވަގާރު

      ކަލޭ ތީ އޭގެ އެކަކަު ބާ

      11
  9. ދިވެހި ޒުވާނުން

    ބަނަވެ ނާމާންވެ ޖަލުގެ ތޭރިތަކުގައި ޔާމީން އޮންނަން ނުޖެހިއްޖެ ނަމަ މިގައުމުގެ އިންސާފު ގެއްލި ނިމިއްޖެކަން ކަށަވަރެވެ. ޔާމިން އަށް ޖަލުތައް އެދަނީ މަރިހަބާ ކިޔަމުންނެވެ. އެތަނުގައި ދުވަސްތަކަކަށް ފަހު އެނބުރި އައިސް ވެރިކަމާ ދިމާނުކޮށް މަޑުމަޑުން ހުރެވޭތޯ ބެލުން އައުލާކަން ބޮޑެވެ. ގައުމު އެދި ގޮވަނީ މަކަރާއި ހީލަތާއި އޮޅުވާލުމާ ލޫޓުވުމާއި ފޭރުމާއި މޭރުމާއި ޚިޔާނަތާއި ވައްކަންކުރާމީހުންގެ އަތްދަށުން ގައުމު ސަލާމަތްކޮށް ނަގަހައްްޓާ ދެމެހެއްޓުަމަށެވެ.

    3
    16
  10. މިކޮމެންޓްޖަހާދީ

    ވައްކަން ނުކޮއް ކުރެވުނުކަމެއް ދައްކަބަލަ މިއޮއް ދައުރެއް ހަމަވަނީ ނަހީ ކުރެއްވި ކުޅިވަރުތައް ކުޅުވުމާ ޢައުވާނުންނައް ބެހުމާ ރައްޔިތުން ފެލުމާ ރައްޔިތުންނައް ބިރުދެއްކުމާ ދަޅަދެ އްކުމާ ޤަ ުމިއްޔަތުވިއްކުމާ ވައްކަން ކުރުންނޫން ކަމެއް މިސަރުކާރައް ކުރެވިއްޖެތަ ދެންކޮންޤައުމިއްޔަތެކޭ ކިޔާކައް
    މިކޮމެންޓް ޖަހާދޭން ވަޤުތުކުދިންނައް ކެރޭނެތަ

    20
    • ޢަހުމަދުވަގާރު

      އެއީކޮންޗެއް ނަހީ ކުރެއްވި ކުޅިވަރު

      1
      6
  11. Anonymous

    ކަލޭ ކަރުނަ އަޅާ ރޯނެތަ ޤައުމިއްޔަތަށްޓަކާ. ޑޮލަރު ކެވުނުވަރު މަދުވެގެން ރޮއިފާނެ ތޯއްޗެ.

    5
    18
  12. ބޭނުމެއްނޫން

    ކޮންމެ ބޭފުޅަކު ވިޔަސް، ދީނުގައި ޙަރާމް ކުރައްވާފައިވާ ކަންކަން ކުރައްވައިގެން ޤައުމާއި، އަމިއްލަ ނަފްސު ވެސް ތަރައްޤީ ވާކަށެއް ބޭނުމެއް ނޫނެވެ! އެފަދަ ކަންކަން ކުރާމީހުން އަބަދުމެ ތިބެންޖެހޭނީ ލޮލުން ފުން އަސަރުގެ ކަރުނަ ފޭއްދިފަ އެވެ. ކިތަންމެ ހިތްގައިމު މާހައުލެއްގައި، ކިތަންމެ އުސް ބިނާއެއްގައި، ކިތަންމެގިނަ ފައިސާއެއް އޮހުނަސްވެހެވެ.

    3
    4
  13. އިބޫ

    ކަރުނަ ހުރީ ޔާމީނާއި އޭނާބެހި ލާރީން އުފާވެރި ދިރިއުޅުމެއް އުޅުނު މީހުން.

    4
    18
  14. މެކުނު

    ޑޮލަރުތައް ނުލިބުނީމަ އައި ކަެރުނަ. ގަ

    7
    14
  15. ޑައެލޯގް

    ޔާމީނު ވައްކަންކުރިކަމަށް އަދިސާބިތެއްނުވެއެވެ. ނަމަވެސް އިބޫ ރާލުގެ މައްސަލައެއްސާބިތުވެފަވެއެވެ. ދެންއޮތީ ތުހުމަތެވެ. ހަމަގައިމުވެސް ޔާމީނުގެ އިރަށްވުރެ މިދައުރުގައި ގެއްލުނުފައިސާ އިތުރުވެއްޖެއެވެ. ލޯނުނެގިވަރު 10 ގުނައިތުރުވެއްޖެއެވެ. އެކަމަކު އިބޫއަށް ހިންގުނު މެގަޕްރޮޖެކްޓެއްނެތެވެ. މުޅިންވެސް ފެނާނަރުދަމާއެޅުން ކާޑާއި ތެޔޮ އެސްޓީއޯއިންގެނައި ވާހަކައާއި އާންމުކަންކަމެވެ. އެކަންކަމަކީ ހުރުހައި ސަރުކާރަކުންވެސް ކުރަމުންއައިކަންކަމެވެ.

  16. ސައީދު

    މަނިކުފާނުގެ ވެރިކަމުގައި އެތައް ބައެއްގެ ލޮލުން ކަރުނަ އޮހޮރުނު މަންޒަރު ދުށިން.

    2
    1