ހުއްޓުމެއްނެތި މަދުވަމުން އަންނަ ރާއްޖޭގެ ރިޒާވުން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް 70 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1 ބިލިއަން ދިވެހި ރުފިޔާ) މަދުވެފައިވާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއީ ޑިސެމްބަރު 2020ގެ ފަހުން ރާއްޖޭގެ ރިޒާވް 700 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. މިގޮތުން، އެ އަހަރުގެ ޑިސެންބަރު މަހު ރާއްޖޭގެ ރިޒާވްގައި 984.9 މިލިއަން ޑޮލަރު ހުއްޓެވެ.

މޭ މަހުން ފެށިގެން ރާއްޖޭގެ ރިޒާވް އަންނަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ. މިގޮތުން:

  • މޭ މަހު- 800 މިލިއަން ޑޮލަރު
  • ޖޫން މަހު- 750 މިލިއަން ޑޮލަރު
  • ޖުލައި މަހު- 728 މިލިއަން ޑޮލަރު
  • އޮގަސްޓް މަހު- 657 މިލިއަން ޑޮލަރު

މަރުކަޒީ ބޭންކުން ބުނި ގޮތުގައި ޖުމްލަ ހުރީ 657,966,087.02 މިލިއަން ޑޮލަރެވެ. ނުވަތަ 10 ބިލިއަން ރުފިޔާއެވެ. ރާއްޖޭގެ ޖުމުލަ ރިޒާވް މަރުކަޒީ ބޭންކުން އާންމުކުރި ނަމަވެސް ޔޫސެބަލް ރިޒާވް މިހާރު އާމެއް ނުކުރެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް ސޯލިހު
ފޮޓޯީ: ރައީސް އޮފީސް

ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު އުފުލެމުން ދިޔުމާ އެކީ މުޅީންހެން އެކްސްޕޯޓަށް ބަރޯސާވާ ދިވެހި އިގުތިސޯދަށާއި ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ފިއްތުންތަކެއް އެބަހުއްޓެވެ.

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށަށް ދިއުމާއި ދަރަނި ބޮޑުވުމުގެ ނުރައްކާ އިގްތިސާދަށް އެބައޮތް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މީގެ ކުރިން ވަނީ އިންޒާރުވެސް ދީފައެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަތުމަށް އައިއެމްއެފްގެ ވަފުދެއް މިދިޔަ ޖޫން މަހު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެ ވަފުދުގެ ހޯދުންތަކާއި ދެކޭ ގޮތް ހާމަކޮށް މިދިޔަ މަހު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ އިގްތިސާދީ ގޮތުން ލަފާ ވެސް އަރުވާފައެވެ.

މި ރިޕޯޓުގައި އައިއެމްއެފުން ވަނީ ރާއްޖޭގެ އިގްތިސާދީ ދުވެލި ބާރުވަމުން އަޔަސް، ބޭރު ފައިސާގެ ރިޒާވް ދަށަށް ދާތީ އާއި ދަރަނި ބޮޑުވަމުން ދިޔުމާއި ގުޅިގެން އެކަމުގެ ނުރައްކާ ރާއްޖެއަށް ވަރަށް ބޮޑަށް އޮތްކަން ފާހަގަކޮށްފައެވެ.

މިގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް މައްޗަށް ދިއުމާ ގުޅިގެން ރާއްޖޭގެ އިންފްލޭޝަން ރޭޓް މި އަހަރު %3.1 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި، ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ސަބްސިޑީއަށް ކުރަން ޖެހޭ ހަރަދު އިތުރުވާނެ ކަމަށާއި އަންނަ އަހަރުގެ ރިޔާސީ އިންތިހާބާއެކު އިތުރު ހަރަދުތައް ކުރަން ޖެހޭނެކަން ވަނީ ފާހަގަކޮށްފައެވެ.

އަދި، ދުނިޔޭގެ އިގްތިސާދަށް އަންނަ ބޮޑެތި ލޮޅުންތަކާއެކު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ އިގްތިސާދު ދަށަށް ދިއުމާ ގުޅިގެން، އެ ގައުމުތަކުން ރާއްޖެ ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު މަދުވުމުގެ ބިރު އޮތްކަން ވެސް އައިއެމްއެފްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ލަވް

    ޓޫ: އިބްރާހިން ސާލިހް
    ކެޔޮކޭވަރު އިނގޭނީ ބިތުފަންގި ނެގީމާއެވެ.
    ފްރޮމް:ލަވް

    21
    • ދޯ

      މުޅީންހެން އެކްސްޕޯޓަށް ބަރޯސާވާ ދިވެހި އިގުތިސާ ދޯ....އޮތީ

  2. Anonymous

    ރިބާ ލޯނުގެ ނަތީޖާ ނުންތޯ ދަރަނި ބޮޑުވާ ސަބަބަކީވެސް ރިބާ ލޯނު ނެގުން ދަރަނީގެ ބޮޑު ބަޔަކީވެސް ރިބާ !

    18
  3. ޖަޒުބާތް

    މިހާ ގިނަ ރުފިޔާ މަދުވީއިރުވެސް ގައުމުގެ އިސްވެރިޔާގެ އަނބިކަބަލުން ތުރުކުރައްވާނެ ކަނޑިކިބުރިއެއްވެސް ނޯވޭ!!

  4. މާމި

    ބާރައް އަތް ޖަހާ

  5. ސޭޑް

    ވިންޓާރ އިސް ކަމިންގ...
    ގެޓް ރެޑީ..
    ދަ އެލީޓްސް އެންޑް ރޯޔަލްސް އާރ އޯލްރެޑީ ޕްރިޕެއާރޑް..

  6. ޑައެލޯގް

    އިބޫބުނީ ޔާމީނު ލޯނުދަންތުރައެއްގައި ޖައްސާފިޔޭ އިބޫއެއްލޯނެއް ނުނަގާނެކަމެވެ. އެކަމަކު ޔާމީނުގެ އިރުގައި މިކަހަލަ އަޑެއްނީވޭ ރިޒާވްދިޔައީ މައްޗަށެވެ. ޔާމީނުނެގީވެސް 17 ބިލިޔަނެވެ. އެދެއްކޭނެގޮތްވެސް އޮތީ ދައްކާފައެވެ. މިހާރު 51 ބިލިޔަން އިބޫނަގައިފިއެވެ. އަދި ބާކީ 1 އަހަރުއެބައޮތެވެ. އިބޫނަގާލޯނުތައް ދައްކަންޖެހެނީ އަދި 5 އަހަރުފަހުންނޯލައެވެ. ހުރިހައި ނޮހޮރޮއްޕާނެއް އަންނަންއޮތް ޖީލަކަށެވެ.

  7. އިގްތިސޯދީ މާހިރު

    ދުނިޔޭގެ ގައުމުތަކުން އެއްޗެހި ގަތުމަށް އޮތް ހަމަ އެކަނި މަގަކީ ޑޮލަރު ، ސެންޓްރަލް ބޭންކްތަކުން ގައުމުތަކަށް ބޭނުންވާ ތަކެތި ގަތުމަށް އެހެންވެ ޑޮލަރު ގަނެފައި ބަހައްޓަންޖެހެ .ކަން މިހެން ހުރުމާއެކު ޔުކްރޭން ރަޝިޔާ ހަނގުރާމަ ފެށުމާއެކީ އެމެރިކާއިން ވަނީ ޑޮލަރުގެ އިންޓަރެސްޓް ރޭޓް މަތިކުރަން ފަށާފައި ، ދުނިޔޭގެ 60 ޕަސެންޓްގެ ވިޔަފާރި އަކީ ޑޮލަރުން މުޢާމަލާތު ކުރަން ޖެހޭ ވިޔަފާރިތައް ، މިކަން އޮތީ މިހެން ކަން އެނގޭތީ އެމެރިކާ ގެންދަނީ ޑޮލަރު އަގުބޮޑު ކުރަމުން ޑޮލަރާ ނުލާ އުޅެވޭނެ ގޮތެއް ހުރިހާ ޤައުމަކުންވެސް ވީހާ އަވަހަކަށް ހޯދުން މިކަމުގެ ޙައްލަކީ ، ސަބަބަކީ ޔޫރޯ އާ ޕައުންޑްވެސް އެމެރިކާއިން މި ކުޅޭ ކުޅިގަނޑުގައި ޖެހި ފުނޑުފުނޑުވަމުން އެދަނީ ،ދިވެހި ސެންޓްރަލް ބޭންކުން މިވަގުތު ކުރަންވީ ކަމަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޤައުމުތަކާ އެކީ ކަރަންސީ ސްވޮޕެއް ހަދަންވީ . މާނައަކީ އެގައުމުތަކުގެ ބޭންކުތަކުގައި ދިވެހި ފައިސާ ބަހައްޓާނީ މިކޮޅަށް ގެސްޓުން އަންނަ އިރު ދިވެހި ފައިސާ ގަނެގެން އަންނަން ޖެހޭގޮތަށް މިކޮޅުން އެ ގައުމުތަކުގެ ފައިސާ މަނިޓަރީ އޮތޯރިޓީގައި ބަހައްޓާނީ މިކޮޅުން އެގައުމުތަކުން އެއްޗިހި ގަންނަ އިރު އެފައިސާ ވިއްކާނީ . ކޭސް ކްލޯސް . ޑޮލަރާ ނުލާ އުޅެވޭނެ ގޮތެއް އަވަހަށް އެބަ ހޯދަން ޖެހޭ މައްޗަށް ެެެ އަރުވަމުން އަރުވަމުން ގޮސް ޑޮލަރު ބަބުލް ފަޅައިގެންދާނީ އެއަށް ތަބާވެގެން އުޅޭ ހުރިހާ ގައުމެއް ހިފައިގެން. ބިޓުކޮއިން އަށް ވީގޮތް ބަލާބަލަ

  8. ކޮނޑުހުޅު

    އަތްޖަހާ

  9. Anonymous

    ބޮޑަށް ތިބި ގަމާރުން ބިރެއް ނުގަނެއޭ،

  10. އަލީ

    ގައުމެއް ހަލާކުވާނީ މިވަރަށް 12.85ރ އަށް ހުރި ޑޮލަރު އެމްޑީޕީ ސަރުކާރުން 15.42ރ އަށް ހެދީ އެވަރުގައިވެސް ނުހިފެހެއްޓި 19 ،20ރ އަށް އަރައިގެންގޮސް ކެއްނުވާވަރު ވެފައި ހުއްޓާ ޔާމީން 15.42ރ އަށް ތިރިކޮއްފަ ހުއްޓާ އެމްޑީޕީ ސަރުކާރުން 17 ، 18ރ އަށް މިހާރު ލިބޭކަމާއި ޑިސެމްބަރު 2020ގެ ފަހުން ރާއްޖޭގެ ރިޒާވް 700 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ދަށަށް ދިޔަ ފުރަތަމަ ފަހަރު ކަމަށް ވުމަކީ ކުފޫހަމަނުވާ އެމްޑީޕީ ލަދުގަނެ ރާއްޖެ ނިކަމެތިވެ ރައްޔީތުން މަޑުން ނުތިބެ ކަންކުރަންވީ ވަގުވަދެއްޖެ ކަމަށް ވިސްނަންވެއްޖެ ކަމުގެ ހެކި.