ރާއްޖޭގެ ފަސް ރަށެއްގައި އާ ސިއްހީ މަރުކަޒެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ހެލްތް މިނިސްޓްރީން ޓެންޑަރއަށް ފޮނުވައިފި އެވެ.

ހެލްތް މިނިސްޓްރީ ދަނީ ރާއްޖޭގެ އެކި ރަށްރަށުގައި ޒަމާނީ ފެންވަރުގެ ހިދުމަތްދެވޭ ސިއްހީ މަރުކަޒުތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރާއްޖޭގެ ފަސް ރަށެއްގައި އާ ސިއްހީ މަރުކަޒުތައް އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް މިއަދު ޓެންޑާ އަށް ފޮނުވާފައިވާ ކަމަށެވެ.

އެ ފަސް ރަށަކީ:

  • ހއ. މޮޅަދޫ
  • ށ. މާއުނގޫދޫ
  • ނ. ފޮއްދޫ
  • ނ. ކުޑަފަރި
  • މ. ނާލާފުށި

ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅައި ދޭނެ ބަޔަކު ހޯދަމަށް މި އަހަރުގެ ކުރީކޮޅުގައި ފިނޭންސް މިނިސްޓްރީން އިއުލާނު ކުރި އެވެ. އެ ރަށްތަކުގައި ހޮސްޕިޓަލް އަޅަނީ ކުވެއިތު ފަންޑުގެ އެހީގަ އެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަނދުކޭތަ

    މީގެ ދުވަސްކޮޅެއްކުރިންވެސް މުޅިން އާ ސިއްހީ މަރުކަޒު ތަކެއް އަޅަން ފޮޓޯ އާއެކު ކުރެހުންތަކެއް ދެއްކި އަދި އަދައް ދާންދެންވެސް ކުރެހުންތައް ވީތަނެއްވެސް ނޭންގެ ޖަމަލު ފޮޑި ވަޔައް އަރާގެން ގޮސްވީ ހަމަ އިންތިހާބު ކައިރިވާވަރަކައް މީހުން ގުނބޯހައްދާލަނީ ސޯލިހަކައް އިސްތައްޓެއް ނުވޭލޭނެ މީހަކު އިސްތަށި ބޭލިއަކަސް ެެެ