ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ އާ ސީއީއޯއަކަށް ސ. މަރަދޫފޭދޫ، އެވަރެސްޓް، އިމާދު ސޯލިހް އައްޔަންކޮށްފި އެވެ.

އެއޭޖެންސީއަށް ސީއީއޯއެއް އައްޔަންކޮށްފައި މިވަނީ މިދިޔަ އަހަރު ޖެނުއަރީ 18 ގައި އައްޔަންކުރި ސީއީއޯ މަގާމުން ވަކިކުރެއްވުމާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އެ މަގާމު ހުސްކޮށް އޮތުމަށް ފަހުގައި ކަމަށެވެ.

އާ ސީއޯއަކު ހޯދުމަށް އެ އޭޖެންސީއިން ކުރި އިއުލާނަށް އެކަށީގެންދާ ތަރުހީބެއް ނުލިބި ގިނަ ދުވަސްތަކެއްވި ކަމަށާއި އެ މަގާމަށް އެންމެ ފަހުން އިއުލާންކުރީ ޓީއޯއާރ އިސްލާހްކުރުމަށްފަހު، މުސާރައާއި އިނާޔަތްތަކަށް ޕޭކޮމިޝަން މެދުވެރިކޮށް ބަތަލުތަކެއް ގެނެސްފައި ކަމަށް އެންޑީއޭ އިން ބުނެފައި ވެއެވެ. އެ އިއުލާނަށް 12 ފަރާތަކުން ކުރިމަތިލިއެވެ.

އަދި ކުރިމަތިލި ހުރިހާ ފަރާތްތަކެއް އިންޓަވިއު ކުރިއިރު، އޭގެ ތެރެއިން ސީއީއޯއަކު އައްޔަންކޮށްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކަމަށް އެ އިއުލާނުގައި ވެއެވެ.

އެގޮތުން އެ މަގާމަށް އިމާދު ވަނީ އައްޔަން ކޮށްފައެވެ. އޭނާ އެ މަގާމުގެ މަސްއޫލިއްޔަތަކާއި ހަވާލުވާނީ އަންނަ މަހު އެއްވަނަ ދުވަހުއެވެ.

އިމާދު ސޯލިހަކީ ވިލާ ކޮލެޖުން މާސްޓާ އޮރް ޝަރީއާ އެންޑް ލޯ، މެލޭޝިއާގެ އޯޕަން ޔުނިވާސިޓީއިން މާސްޓާ އޮފް ބިޒްނެސް އެޑްމިނިސްޓްރޭޝަން އަދި ޔުނިވާސިޓީ އޮތް ނޮޓިންގހަމް އިން މާސްޓާޒް އިން އެޑިއުކޭޝަނަލް މެނޭޖްމެންޓް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާއަކީ ތައުލީމީ ދާއިރާއަށް ދިގު މުއްދަތަކަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން މުއްދަރިސުކަމުން ފެށިގެން ތައުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމް އަދާކުރައްވާފައި ވެއެވެ. އަދި އެ އޭނާ ވަނީ ރައްޔިތުން މަޖިލީހުގެ މެމްބަރަކަށް ވެސް އުޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢީސަ

    ޢިމާދަކީ ވަރަށް ކޮރަޕްޓް މީހެއް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އުޅުނު އިރު، ކޮންމެ ބިދޭސީ ޓީޗަރެއްގެ އަތުން 200 ޑޮލަރު ނެގިމީހާ!

    21
    2
    • ަައަހި

      ތިކަމެއް އެކަނި ނޫނޭ. އަޑު އިވޭގޮތުން މީނަ ވަކީލުކަން ކުރާއިރު މީނާ ވަކީލުކަން ކޮށްދޭ މީހާގެ ބުރަކައްޓަށް ވަޅި ހަރާފަ އެންމެ ގިނައިން ލާރި ދޭ މީހެއްހެ ކޮޅަށް ހުކުމް އިއްވޭ ގޮތަށް މީނާގެމުވައްކިލަށް ސިއްރުން އެކި އެކި ޑީލްތައް ހަދާކަމަށް ވަނީ

  2. ސަނީފް

    އަޅުގަނޑު ގެ ނަޒަރުގައި ތި ކަހަކަ ތަނަކާ ހަވާލު ކުރަންވާނީ ނަފްސާނީ ބަލިތަކުގެ ދާއިރާއިން މާސްޓާރސް ހެދުމުގެ އިތުރަށް މެނޭޖްމަންޓު ޑިގްތީއެއް ހައްދަވައި ޕަބްލިކް އެޑްމިނިސްޓުރާޝަންގެ ވެސް ކޮންމެވެސް ތަޖުރިބާތަކެއް ހުރި މެޗުއާ ޕާސަނަލިޓީއެކެވެ. އަދި މިފަދަ މީހަކު ހޯދޭނީ އިއުލާން ކުރުމުގެ ބަދަލުގައި ހެޑް ހަންޓުކޮއްގެން ކޮއްގެން އެެކުލަވާލެވޭ ޝޯޓްލިސްޓަކުންނެވެ. އެހެން ނޫނީ އަނެއްކާވެސް ތިތަނައް ހަމަ ލެވޭނީ ބޭކާރު އެކުސްޕެރިމެންޓަލް މީހަކަށްވުންގާތެވެ.

    16
  3. ހުވަދޫމީހާ

    ހެހެހެ، އައްޑޫއަށް ވަރައް ޑުރަގު ތިޔާގިވާނެދެން! ތިޔަތަނަށް ތިޔަ އައްޔަންކުރީ އޭގެ ބޮޑެއް! ދެން ޕަކާސް!!!

    1
    1
  4. ވިކިލީކްސް

    ޢިމާދަަށް ތިދިނީ ސިޔާސީ ކުލަވަރުގެ ނުފޫޒުން.
    އެންޑީއޭ އޭނައާ ހަވާލުކުރިއިރު އޭނާއަކީ މަސްތުވާތަކެތި ސްޓަޑީކުރި މީހެއް ނޫން. އޭގެބަދަލު އިމާދަކީ އަަބަދުވެސް ކަޓުނަގައިގެން ދިރިއުޅެން ދަސްކޮށްފަވާ މީހެއް.

    • ސައްދު

      އެންޑީ އޭގައި މަސްތުވާތަކެތި ކެފޭއެެއް ނުހިންގައިފިއްޔާ ކިތަންމެހާވެސް ރަނގަޅު.

  5. Anonymous

    ފެތެމުންދާ އޮޑިއެއްގެ ދިރުބާ ކޮޅުގައި ހުރެގެން އޮޑީގެ މާލިމީ ކުރާނެ ކަންކަން ކުރާނެ ބޭފުޅަކު ހަމަޖެހިގެން ދިޔަކަމީ އޮޑި އިތުރަށް ދިޔަވެ ފެތެމުން ދިޔަ ދިޔުމަށް ރަގަޅުގޮތެއް ހޯދަދީ މީހުން ސަލާމަތް ކުރަންވެސް ފަސޭހަރަގަޅު ހެޔުފާލެއް !

  6. އރ

    މީއަޅެ ސަރުކާރުތަކަށް ބަލަދުއަރާ މީހެއްތަ؟