އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވެލިދޫއަށް އިއްޔެ ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ކީ ހޫނު މަރުހަބާއިން އެމަނިކުފާނު ރޮއްވާލައިފި އެވެ.

ރޭ ވެލިދޫގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވެސް އެމަނިކުފާނު އެކަން ފާހަގަ ކުރެއްވި އެެވެ. ވަލިދޫން އިއްޔެ ރައީސް ޔާމީނަށް ކީ މަރުހަބާ އެމަނިކުފާނު ފާހަގަ ކުރެއްވީ މީގެ ކުރިން އެއްވެސް ތަނަކުން ފެނިފައި ނުވާފަދަ މަރުހަބާއެއްގެ ގޮތުގަ އެެވެ.

އެ މަރުހަބާއިން ހައިރާންކަން ގެނެސްދިން ކަމަށް ވެސް ވިދާޅުވި އެވެ. "ވެލިދޫއަށް އައުމުން ތި ބެހެއްޓެވި ގާތްކަމާއި، ވިދާޅުވި ހޫނު ވަރުގަދަ މަރުހަބާއަށްޓަކައި އަދި ވެލިދޫގެ ރައްޔިތެއް ކަމުގައި އަޅުގަނޑު ހިމެނޭއިރުވެސް އަޅުގަނޑުވެސް ހަމަ ސަޕްރައިޒްވި، ހައިރާންވި، އުފާވި ހަމަ ލޮލުން ފެން ފާއްދާލި،" ރައީސް ޔާމީން ވިދާޅުވި އެވެ.

ވެލިދޫއަކީ ރައީސް ޔާމީންގެ މަންމާ ފުޅު އުފަން ރަށެވެ. ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 20 އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވިއިރު އެންމެ ގިނަ ދުވަހު ކުރެއްވީ ނ.އަތޮޅު މެންބަރު ކަމެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް ވަޅުޖެހެމުން ދިޔައިރު އެމަނިކުފާނާ ގާތް ގުޅުމެއް ބެހެއްޓެވި އަދި ޕާޓީއަށް އިހުލާސްތެރި ބައެއްގެ މަސައްކަތުން ޕިޕީއެމްއަކީ އަނެއްކާވެސް ވެސް އެންމެ ވަރުގަދަ އެންމެ އުޖާލާ އަދި އެންމެ ބޮޑު މުސްތަގުބަލެއް އޮތް ޕާޓީއަށް ވެގެން ގޮސްފައިވާ ކަމަށެެވެ. އަދި އެކަން ވެލިދޫން ވެސް ދައްކައިދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ވެލިދޫއަށް އަންނަ ލިބޭ ކޮންމެ ފުރުސަތެއް ބަލައިގަންނާނަން. އެކަމަކު ވެލިދޫވެސް އެހެން ރަށްރަށުގެ ވެސް ޝަކުވާ މަދެއް ނޫން. އެއީ މި ރަށްރަށަށް ޒިޔާރަތްކުރެވޭލެއް މަދުކަމުން" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އިއްޔެ ވެލިދުއަށް ވަޑައިގެންނެވީ އެރަށަށް އެންމެ ފަހުން ވަޑައިގެންނެވިތާ ގާތްގަނޑަކަށް ފަސް އަހަރު ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ދިސްވޭ

    ދުނިޔޭގައި ވެސް އުފަލާއި ބާއްޖަވެރިކަން ލިބޭނީ މާތްﷲ އާ ގުޅުން ބަދަހިކޮށްގެން ކަމަށް މުފްތީ މެންކް މެން ވިދާޅުވުން އެއީ ވަރަށް އާދައިގެ ބަހުރުވައިންނޭ އޭނާ ދީނީ ވާހަކަ ދައްކަނީ އެއީ ސީދާ ޕާކިސްތާނުގެ މުފްތީ މެންނަމަ އެއަށް ވުރެން ފަށުވި އިބާރާތުން އެވާހަކަ އެމެން ބުނާނެއޭ ދުނިޔޭގައި އެންމެ މުއްސަނދި ބަހަކީ އަރަބި ބަހޭ ދެވަނައިގައި އުޅޭނީ އެއީ އުރުދޫ ބަހޭ ދެން ފާރިސީ ބަހޭ އުރުދޫ ބަހުން ޕާކިސްތާނު މުފްތީ އަކު ދީނީ ދަރުސް ދެއްވާނަމަ މާބޮޑަށް ފުރިހަމަވާނެއޭ މާބޮޑަށް ފުރިހަމަވާނެއޭ މާބޮޑަށް ފުރިހަމަވާނެއޭ މާބޮޑަށް ފުރިހަމަވާނެއޭ މާބޮޑަށް ފުރިހަމަވާނެއޭ މާބޮޑަށް ފުރިހަމަވާނެއޭ މާބޮޑަށް ފުރިހަމަވާނެއޭ މާބޮޑަށް ފުރިހަމަވާނެއޭ މާބޮޑަށް ފުރިހަމަވާނެއޭ މާބޮޑަށް ފުރިހަމަވާނެއޭ މާބޮޑަށް ފުރިހަމަވާނެއޭ މާބޮޑަށް ފުރިހަމަވާނެއޭ މާބޮޑަށް ފުރިހަމަވާނެއޭ މާބޮޑަށް ފުރިހަމަވާނެއޭ މާބޮޑަށް ފުރިހަމަވާނެއޭ މާބޮޑަށް ފުރިހަމަވާނެއޭ މާބޮޑަށް ފުރިހަމަވާނެއޭ މާބޮޑަށް ފުރިހަމަވާނެއޭ މާބޮޑަށް ފުރިހަމަވާނެއޭ މާބޮޑަށް ފުރިހަމަވާނެއޭ މާބޮޑަށް ފުރިހަމަވާނެއޭ

    3
    3
    • ނީނާ

      ބުނަންތަ މެންކް އެއީ ޕާކިސްތާނު ބޭފުޅެއްނޫން. އެއީ ޒިމްބާބުވޭ ހަރާރޭ އައް އުފަންބޭފުޅެއް. ސައްހަ މައުލޫމާތު ލިޔުނީމަ މާބޮޑައް ފުރިހަމަ ވާނޭ. އެގިއްޖެތޭ!

  2. Anonymous

    2023 ގައި ރައީސް ޔާމީން ހޮވިއްޖެނަމަ އަޅުގަނޑުމެން ބޭނުންވަނީ ތަރައްގީ ކަންތައްތައް
    1.ހުޅުމާލެ ދެވަނަ ފިޔަވައި އިން ކ.ދިއްފުށީގައި ބްރީޖް އެޅުމާއި
    2.ހުޅުމާލެގައި ސެންޓްރަލް ޕާކުގައި އެންމު ދިގު ޓަވަރު އެޅުމާއި
    3.ހއ އަތޮޅުގައި ދެމެދުގައި ބުރިޖު އެޅުން
    މި އަޅުގަނޑުމުން ބޭނުންވަނީ ތަރައްޤީކަންތައްތައް

    16
    2
    • ޔުނެނިމަސް

      ބަލަ ކަލޭ ދެބުމަ ދޭތެރޭ ޓަވަރަކާ ދެކަންފަތް ދޭތެރޭ ޓަނަލެއް އަޅަން ބޭނުމެއް ނޫންތަ؟

      7
      5
  3. އަލިޔާބެއްޔާ

    ހާދަ ތާއިދު ބޮޑުވެގެން މީހުންތަށް ޖަމާވި ގިނަކަމުން ފިތިގެން އެތަށްހާސްބަޔަކު މަރުވެ އަނިޔާލިބުން މީހުން ފަރުވާދޭން އައިޖީ އެމްއެޗު ފުރިގެން ފަރުވާ ނުދެވިގެން އެދަނީ

    6
    48
    • އާދިލް

      ހޭ ޖޭ ނުވެބިޔަދޯ!

  4. ހަނީ

    މިމސަރުކާރުންފަރުވާނުދެވިނޯނަނެމިއީފެލިވެފާވާސަރުކާރެތް

    6
    2
  5. ލަވް

    2023 ޔާމީނު ކާމިޔާބުވުމަށް ފަހު ދެން އެންމެ ބޭނުމީ ކޮންމެ ގެއެއްގައި ބޮޑު އެއާރޕޯރޓް އެއް އެޅުން!! ފޯޅަވައްސާއި އައްޑޫ ގުޅާލެވޭ ބްރިޖެއް! އައްޑޫއާއި ފޯމުލަށް ގުޅާލާ ބްރިޖްއެއް!ވަރިހަމަ ކުދިބިސްކޯދުން ވިޔަސް! މީނޫންތޯ ތަރައްގީއަކީ؟؟

    1
    2
    • ފާާތިން

      ލަވް ކިތައްބުރު އަޅާލަންތަ ބުރިޖް މަތިން ރެޔަކާ ދުވާާލެއް ނިމޭއިރު ލަވް!

  6. ވަހީދު

    މަލާމާތްކުރާއިރުމިހާރު އޮތް ބުރިޖް ގަ ދުވާލަކު ކިތައްހާސް މީހުން ބުރު އަޅާލާ ކަން އެނގޭބާ. ޢެއްގޮތަކަށްވެސް 2023 ގައިރައީސްކަމަށް ހޮވޭނެ ބޭފުޅެއްނޭގޭނެ

  7. ހެމާ

    މި މީސް މީހުން ފާޑުފާޑުގެ ކޮމެންޓް ބުރިޖޭ ޓަނަލްއޭ ކިޔާފަ ކުރަން ލަދެއްވެސް ނުގަނޭ. ބަލަ ރައީސް ޔާމީން އެއޮތީ ބްރިޖް އަޅަންބުނި ތާރީޙައް ބްރިޖްވެސް އަޅާފަ. މިހާރު ނޭގެ އެބްރިޖް މަތިން ދުވާލަކު ކިތައް ބުރު ކަމެއްވެސް އަޅަނީ. ހެހެ ފީލިން ލަދު...

  8. އާދިލް

    ނ.ވެލިދޫ ކައިރި ވިހަފަރު ފަޅުގައި އެއަރޕޯޓެއް އަޅައިދެއްވާނެ ކަމާމެދު މަަަނިކުފާނު ވިދާޅުވެއްޖެނަމަ އެއްވެސް ޝައްކެއްނެތް އެވާވައުދު ފުއްދަ ދެއްވާނެ. ޢިންޝާ ﷲ 2023 ރައީސް ޔާމީން