ނަފުސާނީ ފަރުވާ ދިނުމުގައި ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު ބޭފުޅާ ކަމަށްވާ ޑރ.އައިޝަތު އަލީ ނާޒްގެ ގާތުން ފަރުވާ ހޯދަން މަސައްކަތް ކުރި އެތައް ބަޔަކު ޑރ.ނާޒް އާއި އޭނާ ހިންގަވާ ނަފުސާނީ ފަރުވާދޭ ކްލިނިކް، މިޕްސްޓާއަށް ވަރަށް ބޮޑެތި ތުހުމަތުތަކެއްކޮށް އެމީހުންނަށް ކުރެވިފައިވާ ހިތިތަޖުރިބާތައް މީސް މީޑިއާގައި ހިއްސާ ކޮށްފިއެވެ.

ނާޒް އަށް ބޮޑެތި ތުހުމަތުތަކެއްކޮށް އެކަން ފުރަތަމަ އާއްމު ކުރީ ޓީވީއެމްގެ ޕްރެޒެންޓަރ ޝަމްރާ ޝަމީމް (ކުޑޫ) އެވެ. ކުޑޫގެ ޕޯސްޓާއިއެކު އެތައް ބަޔަކު ވަނީ ފޭސްބުކް އާއި ޓްވިޓާ އަދި ޓިކްޓޮކްގައި ވެސް އެމީހުންގެ ޝަކުވާތައް ބަންޑުން ކޮށްލާފައެވެ.

ކުޑޫ ލިޔުނު ދިހަ ވަރަކަށް ޕެރެގްރާފްގެ ދިގު ލިޔުމުގައި ވަނީ ނާޒް ކައިރިން ފަރުވާ ހޯދަން އޭނާ ކުރި މަސައްކަތާއި ނަމަވެސް އެކަށީގެންވާ ފަރުވާއެއް ނުލިބި އެކަމުގެ ސަބަބުން ހޭދަކުރަން ޖެހުނު ވޭންދެނިވި ދުވަސްތަކުގެ ވާހަކަތައް ކިޔައިދީފައެވެ.

ކުޑޫ ބުނޫ ނާޒް އޭނާގެ މައިންބަފައިންނަށް ވިސްނައިދިނީ ކުޑޫ އަށް ރުގުޔާ ކުރަން ކަމަށާއި ނަމަވެސް ޓީވީ ޕްރޮގްރާމްތަކަށް ނާޒު އަރައި، ނަފުސާނީ ބައްޔާއި އީމާންތެރިކަމާއި ގުޅުމެއް ނޯންނަ ކަމަށް ވިދާޅުވެ އަދި އެއީ ހަމަ ބައްޔެއް ކަމަށް ވިދާޅުވެ، އޭނާގެ އަމަލުތަކުން އާންމުންނަށް އެކަން އޮޅުވާލަމުން އަންނަ ކަމަށް ކުޑޫ ބުންޏެވެ.

ކުޑޫ ބުނީ ނާޒް އޭނާއާއި މެދު އަމަލު ކުރީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް، އަދި ސިއްހީ ހިދުމަތްތެރިއަކު އަމަލު ވެސް ނުކުރާނެ ގޮތަކަށް ކަމަށެވެ. ހަތް އަހަރު ދުވަސް ވަންދެން މިވާހަކަތައް ހިފަހައްޓައިގެން ހުރެ ވާހަކަތައް ދައްކަން އެންމެ ފަހުން މަޖުބޫރުވީ މީހުން ހޭލުންތެރި ކޮށްދިނުމަށް ކަމަށް ކުޑޫ ބުންޏެވެ.

ކުޑޫގެ ޕޯސްޓާއި ގުޅިގެން ނާޒްގެ ވާހަކަތައް އާއްމުކުރި އިތުރު މީހަކު ބުނީ ނާޒްގެ ވާހަކައަކީ ދައްކަން ޖެހޭ ވާހަކައެއް ކަމަށާއި ނަމަވެސް ނާޒްގެ ވާހަކަ ދައްކަން މީހުންނަށް ނުކެރެނީ މުޖުތަމައުގައި އޮންނަ ނާޒްގެ ވަރުގަދަ ނުފޫޒުގެ ސަބަބުން ކަމަށެވެ.

އެހެން މީހަކު ބުނީ ނާޒަށް އޭނާގެ ކޮއްކޮ ދެއްކުމަށްފަހު ހެދި ރިޕޯޓް ހޯދަން ޖެހުނީ ވެސް "ފަހަތުން ދުވެގެން" ކަމަށެވެ.

ނަފްސާނީ ފަރުވާ ހޯދަން މަސައްކަތް ކުރި އިތުރު މީހަކު ބުނީ ނާޒް ފަދަ އެތައް ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށެވެ. އެމީހުންގެ ބޭނުމަކީ އާއްމު ރައްޔިތުންގެ އަތުން ފައިސާ އަތުލުން ކަމަށާއި އިތުރު ކަމެއް އެމީހުން ނުކުރާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ނާޒް އޭނާގެ ކްލިނިކްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދޭ ކަމުގެ ތުހުމަތު ވެސް ކުޑޫ ކޮށްފައި ވެއެވެ.

ނާޒްގެ މައްޗަށް ކުރެވޭ ތުހުމަތުތައް އޭނާ ވަނީ ދޮގުކޮށްފައެވެ. ނާޒް ބުނީ އޭނާ އާއި އަދި ކްލިނިކްގެ ޝަކުވާއެއް ވެސް އޮތްނަމަ ހުށަހަޅަން ޖެހޭނީ ކަމާބެހޭ ފަރާތްތަކަށް ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް މީހަކު އެފަދަ ޝަކުވާއެއް ހުށަހަޅާފައި ނެތް ކަމަށެވެ.

ރާއްޖޭގައި ނަފްސާނީ ފަރުވާ ހޯދުމަކީ ވަރަށް އަގުބޮޑު ކަމަކަށް އޮންނަނީ ވެފައެވެ. އެޝަކުވާތައް ގިނަ ބަޔަކު މީގެ ކުރިން ވެސް އައީ ކުރަމުންނެވެ. ދާދިފަހަކާއި ޖެހެންދެން ނަފްސާނީ ފަރުވާ ލިބެން ހުރީ ވަރަށް މަދު ޕްރައިވެޓް ކްލިނިކްތަކުން އެކަންޏެވެ. ނަމަވެސް މިހާރު އައިޖީއެމްއެޗުން ވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

90 ކޮމެންޓް

  1. ހުވަދޫ އަލިބެއްޔާ

    ވަގެއް.. ވަގެއް..

    76
    3
  2. Anonymous

    ތި ނާޒުއަކީ ވަރަށް ނުބައި މީހެކެވެ. އޭނާގެ ފިރިމީހާއަށް ހަދާލި ގޮތް ބަލާލިޔަސް އޭނާގެ ނުބައިކަން އެނގޭނެއެވެ. ނާޒުއަކީ ފައިސާ ކާން ދަންނަ އަންހެނެކެވެ. ފައިސާ އަތުލުން ނޫން ކަމެއް އޭނައަކަށް ނޭނގެއެވެ. ތީ ވަރަށް މަކަރުގަދަ އަންހެނެކެވެ.

    63
    2
  3. ގަން

    ނާޒްގެ ފއރުވާ ހުރީ ކިހިނެތްކަމެއް ނޭނގެ...އެކަމަކު ނާޒްއަކީ ވަރަށް ހިތްހެޔޮ މީހެއް..ކަމެއް ވެފަ ނެތެކޭ ނުބުނަން...އެކަމަކު އިންސާނުންގެ ގޮތަކީ ހިތްހަމަ ނުޖެހިއްޖެނަމަ ފާހަގަ ކުރާނީ ހުސް ނެގެޓިވް ކަންކަން..

    24
    53
    • އެޑޫ

      އެތައް ބަޔަކު އެއްކަމެއް ފާހަގަ އެކުރަނީ ގެޓުނުވޭތަ ކަލޯ

      51
      2
    • ލާރިލާރި

      ޕީއެޗުޑީއަކީ ޕާމަނަންޓު ހެޑު ޑެމޭޖޭ އަހަރުމެން މަޖަލަކައް ކިޔަނީ މިހެންވެ. ޕީއެޗުޑީ އެއްނޫން އެޗުޑީޑީ އޮތަސް މީހާގެ އިހުލާސްތެރިކަމެއްނެތި މަކަރުވެރިކަމާ އަމިއްލަ އެދުމުން ފޯވީމަ ވާނީ މިހެން. މީނަގެ ލައިސަންސު ހަމަ މިހާރު ބާތިލުކުރޭ މިނުސްޓުރީން! މިކަހަލަ ވާހަކަތައް އަޑު އިވޭތާ އެތައް އަހަރެއް ވެއްޖެ މީނަގެ. މާލޭގެ ބޭފުޅު ފެމިލީއެއްގެ މީހަކައް ވީމަ ފިޔަވަޅެއްނާޅާ ދޫވެފަ އެހެރީ. އެހެން ނޫންނަމަ މީނަ އޮންނާނީ ޖަލުގަ މިހާރު. އެހާ ކެހިދީފި މީހުންނައް

      28
      1
  4. ފެނޭދޯ

    ކޮބާ ނަފްސާންޓޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް...

    20
    6
    • ޢައިޝާ

      ބުނާނެ އެެއްޗެއް ނޭގުނަސް ކޮމެންޓް އެއް ކުރެވޭތޯ ބަލާތި. މީހުންގެ ސަމާލުކަން ހޯދަން ތިވަރަށް އުޅެނީ ކުޑައިރު ސަމާލުކަން ނުލިބުނީމަ ދޯ. ބޭނުންތެރި އެއްޗެކޭ ބުނާ ނަމަވެސް ރަގަޅު ދެން

  5. ޙަަަހަ

    ސަރުކާރަށްވެސް އެނގެނީ ޓެކްސީތަކުގެ ރޭޓް ކަނޑައަޅަން ، ޕވޓ. ކްލިނިކްތަކުން ދުލަށްއަންނަ އަދަދެއް ކިޔަނީ

    61
    2
    • މެޑިކަލް މާފިއާ

      ރާއްޖޭގެ ކުލިނިކުތަކާ ޕުރައިވެޓުކޮއް މަސައްކަތްކުރާ މެޑިކަލް މީހުން މެޑިކަލް މާފިއާއެއް އުފައްދައިގެން ރައްޔިތުން ފެލުން އޮތީ. ފަހަތުގައި ތިބޭނީ ނުފޫޒުގަދަ ސިޔާސީމީހުން. ސަރުކާރުން އަގު ކޮންޓުރޯލެއް ނުކުރާނެ އެހެންވީމަ

      47
      2
  6. އައިމަން

    އަޅުގަނޑުގެ އަންހެނުން މިތަނަށް ދެއްކީމަ ބުނީ އެސައިންމަންޓެއް ހަދަން ގުޅަނަމޭ އަދި އަދަށްވެސް ނުގުޅާ. މިއީ ދަންނަވަންތޯ ނާޒްގެ ކްލިނިކް އެކަނިކުރި ކަމެއްނޫން. މާލޭގައި ހުންނާނެ އަދި މިކަހަލަ ކަންކުރާ ތަނެއް ނާޒް ކްލިނިކް ފުރަގަހުގަ ހުންނާނީވެސް މީސްމީހުންގެ މަޢުލޫމާތު ނަގާފަ ކުރަނީކީއްކަމެއްވެސް ނޭނގެ.ބުނާނެއެއްޗެއްވެސް ހަމަ އަސްލުވެސް

    37
  7. Anonymous

    ނާޒް މި ނޫސަވެރިން ގޮވައިގެން އަބުރުގެ ދައުވާ ކޮށް ލިބުނު ގެއްލުމުގެ ބަދަލު ހޯދާ. މިމީހުން ހިތުހުރި އެއްޗެއް ލިޔަންވީ ހަމަ...މީވެސް ބޮޑު ެަރަތެއް.

    8
    55
    • ވިކްޓިމް

      މީނަ ފަރާތުން އަނިޔާލިބުނު އެންމެންވެސް ދައުވާކުރަންވީ.. އެގިދާނެތާ. ބިރެއް ނުދެއްކޭނެ!!!

      40
  8. ވަގު ހިފާ

    ތިއަ ނާޒުއަކީ އެއުޅޭ ކޮންސްޓުރަކްޝަން މަސީ ޖަމީޔާގެ ޖަނާހުގެ ދައްތައޭ. ލާރިއާ ހެދި ބޫތު ކައިފަ ތިބޭ ބައެއް އެއީ

    37
    1
  9. އައުޓް

    ޑރ. ނާޒް އައުޓް ސަރުކާރު އައުޓް ކެބިނެޓް އައުޓް ޑރ. ނާޒް އައުޓް ސަރުކާރު އައުޓް ކެބިނެޓް އައުޓް ޑރ. ނާޒް އައުޓް ސަރުކާރު އައުޓް ކެބިނެޓް އައުޓް ޑރ. ނާޒް އައުޓް ސަރުކާރު އައުޓް ކެބިނެޓް އައުޓް ޑރ. ނާޒް އައުޓް ސަރުކާރު އައުޓް ކެބިނެޓް އައުޓް ޑރ. ނާޒް އައުޓް ސަރުކާރު އައުޓް ކެބިނެޓް އައުޓް ޑރ. ނާޒް އައުޓް ސަރުކާރު އައުޓް ކެބިނެޓް އައުޓް ޑރ. ނާޒް އައުޓް ސަރުކާރު އައުޓް ކެބިނެޓް އައުޓް ޑރ. ނާޒް އައުޓް ސަރުކާރު އައުޓް ކެބިނެޓް އައުޓް ޑރ. ނާޒް އައުޓް ސަރުކާރު އައުޓް ކެބިނެޓް އައުޓް ޑރ. ނާޒް އައުޓް ސަރުކާރު އައުޓް ކެބިނެޓް އައުޓް ޑރ. ނާޒް އައުޓް ސަރުކާރު އައުޓް ކެބިނެޓް އައުޓް ޑރ. ނާޒް އައުޓް ސަރުކާރު އައުޓް ކެބިނެޓް އައުޓް ޑރ. ނާޒް އައުޓް ސަރުކާރު އައުޓް ކެބިނެޓް އައުޓް ޑރ. ނާޒް އައުޓް ސަރުކާރު އައުޓް ކެބިނެޓް އައުޓް ޑރ. ނާޒް އައުޓް ސަރުކާރު އައުޓް ކެބިނެޓް އައުޓް

    19
    2
  10. ޒާ

    ކުޑޫގެ ޕޯސްޓުން ދޭހަވީ ކުޑޫއަކީ ވަރަށް ބޮޑަށް ފަރުވާ ދޭންޖެހޭ ނަފްސާނީ މީހެއްކަން.

    15
    42
    • ގެޓު ނުވާ

      ކުޑޫ ބުނެފަ އެބޮތް އޭނާ ފަރުވާ ހޯދަމޭ.. ސޯ އޯކޭނު؟؟ މައްސައަކީ ނާޒުމެން ކަހަލަ ނަފުސާނީ މައްސަލަހުރި މީހުން އެކަމައް ފަރުވާ ނުހޯދާ ބަލިމީހުންނާ ކައިރިވާތީ.. ގެޓު ވެއްޖެތާ؟؟؟

      28
      1
  11. ޖެނެޓިކްސް

    މީނަގެ ބޭބެވެސް މީހުން ލައްވާ މަސައްކަތްކުރުވާފަ ލާރި ނުދޭ. އާއިލީ ކަމެއް އުތަ؟

    49
    1
  12. ނާޒު

    ކުޑޫ ބައިޕޯލާ ބަލި ބޮޑުވަރުވެގެން އަހަންނާ ޖައްސާލައިގެން އެއުޅެނީ.

    4
    55
    • Anonymous

      ބައިޕޯލާ މީހަކަށް ނޭގޭނެ ކިޔޭ ނުކިޔޭވެސް

      7
      3
  13. އިތޭ

    ޕީއެޗުޑީ ތާކިހާ އަޅައިގެން އާއްމުން ފެލާ ވަގެއް. ހައްޔަރުކުރޭ..

    42
    5
  14. އިންދިސް

    ބަލި މީހުންނަށް ޑރ.ނާޒް ދިން "އަނިޔާ" ހިފައިގެން އެތައް ބަޔަކު މީޑިއާއަށް ހިނގައްޖެނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ހަމަ އެގޮތަށް ޕީޕީއެމް އިން ޕީޕީއެމްގެ ބޮޑުން ތައް އެބަޖެހެއޭ ރައީސް އިބޫ އާއި ކެނެރީގެ ނަޝީދު ޑީލް ހަދައިގެން ރައްޔިތުންގެ އަތުން ވައްކަން ކުރަން ވެގެން ޓެކްސް އާއި ޓީޖީއެސްޓީ ބޮޑު ކުރަން އެވަގުން ތައް މަޖްލީހުގައި ތިބޭ ވަގުން ތައް މެދުވެރިކޮށް ރައްޔިތުން ފެލާލަން ވެގެން އުޅޭ އުޅުން ވެސް މީޑިއާ ތަކުގެ ސަމާލު ކަމަށް ގެންނަން ކިހިނެއްތޯ ރައްޔިތުން އަތުން ދެން ޓެކްސް ނަގާނީ މިހާރު ވެސް ހޮޓަލުން ސައިތައްޓެއް ދެނީ 25 ރުފިޔާ އަށޭ ދެން ޓެކްސް ބޮޑު ކުރުމުން ސައި ހޮޓާ ތަކުގެ ވަގުން ތައް ސައިތައްޓެއް ދޭނީ 50 ރުފިޔާ އަށޭ ރައްޔިތުން ހަނާވަނީއޭ މިކަން ކާކުގެ ސަމާލު ކަމަށްތޭ އައީ ސޯ ހައުކަމް ވެން ނޯ ވަން ނޯސް ދިސް އިން ދިސް ޓެކްސް ރެޖީމް ނޯ ވަން ކޭން ޓޭކް އަ ބްރެތް އޯލް ގޮނާ ޑައި އިން ޕެއިން އިން ދިސް އަނިޔާވެރި ޓެކްސް ރެޖީމް އިން ދިސް އަނިޔާވެރި ޓެކްސް ރެޖީމް އިން ދިސް އަނިޔާވެރި ޓެކްސް ރެޖީމް މޭބީ އައި އޭމް މޭކިންގް މައި ވޮއިސް ލައުޑް އެން ކްލިއަރ އިން ދިސް އަނިޔާވެރި ޓެކްސް ރެޖީމް ޑާންސް ޑާންސް ޑާންސް ޑާންސް...

    10
    2
  15. ކަމަނަ

    ބައެއް ދީނީޢިލްމް ވެރިންވެސް ވިދާޅު ވޭ ކިތައްމެ އީމާންތެރި މީހަކަށްވެސް ނަފްސާނީ ބައްޔެއްވެސް ޖެހިދާނެ ކަމަށް.

    44
    2
  16. Anonymous

    ޕީއެޗުޑީ އެއްނޫން އެޗުޑީޑީ އޮތަސް މީހާގެ އިހުލާސްތެރިކަމެއްނެތި މަކަރުވެރިކަމާ އަމިއްލަ އެދުމުން ފޯވީމަ ވާނީ މިހެން. މީނަގެ ލައިސަންސު ހަމަ މިހާރު ބާތިލުކުރޭ މިނުސްޓުރީން!
    މިކަހަލަ ވާހަކަތައް އަޑު އިވޭތާ އެތައް އަހަރެއް ވެއްޖެ މީނަގެ. މާލޭގެ ބޭފުޅު ފެމިލީއެއްގެ މީހަކައް ވެގެން ފިޔަވަޅެއްނާޅާ ދޫވެފަ އެހެރީ. އެހެން ނޫންނަމަ މީނަ އޮންނާނީ ޖަލުގަ މިހާރު. އެހާ ކެހިދީފި މީހުންނައް. މާލެ ނިންމާފަ މިހާރު ރާއްޖެތެރޭ މީހުންގެ ބޯކަނީ ރައްރަށަށްގޮސް

    31
    2
  17. މުހައްމދު

    މީވަރަށް ގޮތްކުޑަ އަންހެނެއް

    25
  18. އިންދިސް

    ތިޔާ ނަފްސާނީ ޑޮކޭ އަށް މިހާރު ހުންނާނީ ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމޭ އައި ޑޯން ވޮނާ ސީ ދިސް ޑޮކޭ އޯއް އޯއް އައި ޑޯން ވޮނާ ސީ ދިސް ޑޮކޭ ހޭއް ހޭއް ހޭއް އައި ޑޯން ވޮނާ ސީ ދިސް ޑޮކޭ އިން ދިސް ކޮރަޕްޓް މެޑިކަލް ވޯލްޑް ޓަރން އެރައުންޑް އެން ސީ ދީސް ވަގު މެޑިކަލް ޑޮކޭ އައި ޑޯން ވޮނާ ސީ ދީސް ވަގު މެޑިކަލް ޑޮކޭ މެން ހޭއް ހޭއް ހޭއް އިން ދިސް ކޮރަޕްޓް މެޑިކަލް ވޯލްޑް އިން ދިސް ކޮރަޕްޓް މެޑިކަލް މެޑިކަލް މައި ލަވްލީ ގާރލްސް ލައިފް ގޯން އިން އޭޝެސް އޯއް އޯއް އޯއް އިން ދިސް ކޮރަޕްޓް މެޑިކަލް ވޯލްޑް...

    21
    1
  19. ސިޑް

    ނާޒްގެ ފައިންޕުޅު ނުފެންނާނެ ަަަަަަަަ އަދި އެތަނަށް ގޮސްގެން ފަސޭހަ އަކަށް އެކަމް ހެސްކިޔާފަ ފައިސާ ނަގާލާނެ... ކަޑަ މާ ބޮޑަށްވެސް ...w

    27
    3
  20. އިންދިސް

    ބާއްޖަވެރިކަން ލިބޭނީ ހެއްދެވި ފަރާތުން އަންގަވާފައިވާ ގޮތުގެ މަތިން އިސްލާމް ދީނުގެ ހުރިހާ ރުކުން ތަކަށް ތަބާވެގެންނޭ އެގޮތުން ބަލާއިރު އަންހެނުން ބުރުގާ އެެޅުމަކީ އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކޭ ވަކިން ޚާއްސަ ކޮށް ހުރިހާ އަންހެން މިނިސްޓަރުން ޖެހޭނެއޭ ބުރުގާ އަޅަން އޫމް މީ އެއްގޮތަކަށް ވެސް ނުކޮށް ދޫކޮށްލެވޭނެ ކަމެއް ނޫނޭ އިޓްސް އަ ކާރޓެއިން ބިޓްވީން ޝައިތާނާ އެން އިންސާނާދޯ މިކަން ޖެހޭނެއޭ ކުރަން ދަސްކުރަން ހުރިހާ މިނިސްޓަރުން ވެސް ބުރުގާ އަޅަން ޖެހޭނެއޭ އައި ހޭވް ބީން އެކްސްޕެކްޓިންގް ފޯރ ދިސް އިން ދިސް އިސްލާމިކް ކަންޓްރީ މިނިސްޓަރސް ޝެލް ބީ ދަ ފަސްޓް ވަންސް ޓު ފޯލޯ އިސްލާމިކް ވޭސް އިން ދިސް އިސްލާމިކް ކަންޓްރީ އިން ދިސް އިސްލާމިކް ކަންޓްރީ އިން ދިސް އިސްލާމިކް ކަންޓްރީ ހޭއް ހޭއް ހޭއް ހޭއް ހޭއް އިން ދިސް އިސްލާމިކް ކަންޓްރީ އައި ޑޯން ވޮނާ ސީ ނޭކެޑް ވިމެން އޭޒް މިނިސްޓަރސް މައި އައިޒް ގޮޓް ވެޓަރ އިން ދިސް އިސްލާމިކް ކަންޓްރީ އިން ދިސް އިސްލާމިކް ކަންޓްރީ ޑާންސް ޑާންސް ޑާންސް...

    12
    1
  21. ހަސަނު

    ބޮޑުވަރު މީހުންގެ އަބުރު މިގޮތަށް ކަތިލާން

    14
    30
  22. ޖަވާދު

    ނަފްސާނީ ބަލިތަކަށް ސަރުކާރުން ފަސޭހަ ކަމާއި އެކު ބޭސްފަރުވާ ކުރެވޭނެ ގޮތް ނުހަދަނީ ހަމަ ގަސްތުގައި، އެއީ މިކަހަލަ މީހުންނަށް ގިނަލާރި ހޯދައިދޭން! މިމީޙުންގެ މުޅި ޢާއިލާ އަކީ އަބަދުވެސް ސަރުކާރަށް ބަލަދު އަރާފަ ތިބޭބައެެއް! އެތައް ޕްރޮޖްކްޓެއް އަދި ފައިސާ ލިބޭނެ އެތައް މަގެއް މިމީހުންގެ މުޅި ޢާއިލާ އަށް ފަހިކޮށްދޭ
    މި ޑރ އަކީވެސް ފައިސާ އަށް ބޫތުކަިއފަ ހުންނަ މީހެއް! ހަމައެކަނި ސެޝަނަކަށްވެސް -/2500 ދައްކަން ޖެހޭ!
    އެންމެފަހުން ވާގޮތަކީ ދަރިއަށް ކޮންމެސް ބަދަލެއް އަންނައިރު، ރުފިޔާ ޚަރަދުވިލެއް ގިނަވެ މައިންބަފައިން ތިބެނީ ނަފްސާނީވެ ހަދާނެ ގޮތް ހުސްވެފަ
    މިކަމުގެ ޙައްލަކީ، މިއީ ޢާއްމު ބަލިތަކަށް ދެއްކޭހާ ފަސޭހަކޮށް ފަރުވާ ކުރެވޭގޮތް ސަރުކާރުން ތަނަވަސްކޮށްދިނުން
    އެހެން ނޫނީ މިކަހަލަ މުއްސަދި އެތައް ބާޒެއް އުފެދޭނެ! އެއިގެން ރައްޔިތަކަށް ވީ ފައިދާ އެއް ނޯންނާނެ!

    22
    1
  23. މަރީ

    ނާޒުގެ ރޫޑުވާހަކަޔާ ދޭ ހިދުމަތާ ނުބައްދަލުއަގު ތައް ތިއީ އަހަރުމެނައް އާވާހަކައެއް ނޫން،މީގެއެތައް އަރުކުރީއްސުރެ އަހަރުމެން އަޑުއަހާ ވާހަކަތައް.

    33
    3
  24. ޢަސްލް

    ތީ ހަމަ ރަނގަޅު ޚަބަރެއް، ނާޒްއަށް އެޕޮއިންޓް ހައްދައިގެއް ގޮސް އޭނަ ނުވެއްބަލާ. ޢަޅުގަނޑުގެ ކޮށްކޮ ގޮވައިގެން 2 ފަހަރު ދިޔައިން. ކުއްޖާ އެތެރެއަށް ވަންދާފަ އަޅުގަނޑު އިންނަނީ ބޭރުގަ. ކުއްޖާ ކައިރިން އަހާލީމަ ބުނަނީ އެއްވެސް ކަމެއް ނުކުރެޔޭ، ސުވާލެއްވެސް ނުކުރެޔޭ. ޢެތެރޭގައި ކުޅޭ އެއްޗިސް ދިނީމަ ކުޅުނިއްޔޭ. ނާޒް ގެ ފޮޓޯ ދައްކާފަ މި ދައްތަ އައިހޭ ބުނީމަ ބުނީ ނާދެޔޭ. އަޅުގަނޑު ކޮށްކޮ އަށް ވާނުވާ އެގޭނެ.

    37
  25. Anonymous

    ކީއްވެތޯ ތިމައްސަލަތައް މޯލްޑިވްސް އެލައިޑް ހެލްތު ވޯކާޒް ކައުންސިލްއަށް ރަސްމީކޮށް ހުށަނޭޅީ. ސޯޝަލް މީޑިއާގަ ތިވާހަކަ ދެއްކަންވާނީ މައްސަލަ ހުށައަޅަން ޖެހޭ ފަރާތަށް ހުށައެޅުމަށްފަހު މައްސަލަ ނުބެލިނަމަ. ތިހާ ޒިންމާދާރުކަންކުޑަ މީހުން މިތިބެނީ ޓވ ގެ ޕްތެޒެންޓަރުންނަށާއި ނޫސްވެރިންނަށް. ޏާޒު އެކޭ ތި ކުޑޫ އެކޭ ތަފާތެއްނެތެއްނު..ތިވެސް ހަމަ 5މނޓ ގެ ފޭމްއެއް ހޯދާލީ ދޯ.

    7
    25
    • ވާންޗޯ ބުރާންޗޯ؟

      މިގައުމަ ރަސްމީކޮއް ހުށަހަޅައިން ރަގަޅުވި ކަމެއް ކަލޭ ބުނެބަލަ؟؟؟

      39
  26. ރުހާމް

    ދިވެހިން ގަޅި ކަމުން މިކަހަލަ ޑޮކްޓަރުންނޭ ކިޔައިގެން އުޅޭ ސްކޭމް އާޓިސްޓުންނައް ބޭނުން ކަމެއް ކުރަން ޖާގަ ލިބެނީ. މިހާރުވެސް މި ނާޒު ރައްރަށަށް ގޮސް ރަށްރަށު ބެލެނިވެރިންނާ އާއްމު ރައްޔިތުންގެ ބޮލައް އެރިގެން އެމީހުންގެ ދަރިންނަކީ ކޮންމެސް ނަފްސާނީ ބައްޔެއް ހުރި ކުދިންނައް އެބަ ހަދާ< އޭގެ ބޭނުމަކީ މީނަ ކައިރިއަށް އެމީހުން އެދަރިން ގެންގޮސްގެން މީނަ ރުފިޔާ ހޯދުން.
    ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫން ސައިންޓިފިކަލީ ވެސް އެއަކީ ކޮންމެ ކުއްޖެއްގެ ޑިޕްރެޝަން ނޫނި އޯޓިސަމް ހުރުމަކީ. އެކަމަކު މީނަ ސެޝަނެއް ނަގާލާފައި ބެލެނިވެރިން ވަކިން މީނައާ ވާހަކަ ދައްކާލާ އިރައް އެބަބުނޭ ތި މިވެނި ކަމެކޭ އެވެނި ކަމެކޭ< އޯކޭއޭ ކުއްޖެއްގެ ހުރެދާނެ ނަފްސާނީ ކަމެއް އެކަމަކު ހުރިހާ ކުދިންގެ ނުހުންނާނެ. އަދި ކޮންމެ ފަހަރަކު ކުއްޖަކު ރުޅި ގަދަވެ ދެރަވެފައި ނޫވަތަ ހައިޕަ ވުމަކީ އެއަކީ އަދި އޯޓިސްޓިކް ވެފައި ޑިޕްރެޝަން ވީކީ ނޫން. ދިވެހިން އެބަ ޖެހޭ ތަންކޮޅެއް ވިސްނާ ބަޔަކަށް ވާން

    38
    1
  27. ހައްޖަ

    މި ނާޒުގެ ސަބަބުން ޑިކްރެޝަން ކަހަލަ ނަފްސާނީ ކަންތަކުގައި ބޭސްކާ ހިސާބުގައި ތިބި އެތައް ބަޔަކު ސައިކޭޓުރިސްޓުންނާ ހަމައަށް ނުގޮސް އެބަ ތިބޭ މީނަ ބުނެގެން ތިކަން ރަނގަޅުވާނޭ ތިމަންނާ ކައިރިން ސެޝަން ނެގީމަ ބުނެގެން.
    ހަގީގަތަކީ ޖިސްމާނީ ބަލިތައް ގޮތައް ނަފްސާނީ ބަލިތަކަކީވެސް ވަކި ހިސާބަކުން ބޭސް ވެސް ކާން ޖެހުނީމަ ބޭސް ވެސް ކައިގެން ރަނގަޅުވާ ކަމެއް. .އެކަމަކު އެކަން ބައެއް މީހުންނައް ގަބޫލު ނުކުރެވޭތީ މިކަހަލަ މީހުންގެ ދަޅައިގައި ޖެހެނީ. މީނައަށް ވުރެ ރަނގަޅުވާނެ ކައުންސިލަރެއް ކައިރިއަށް ދަރިން ގެންދިޔަޔަސް.

    24
  28. އެއްކަލަ ގޮލާ

    ނަފްސާނީ ބަލިމަޑުކަން ހުންނަ މީހުން ކުރިން ހުރި ވަރަށް ވުރެ ނަފްސާނީ ކޮށްލައިފަ މި ނާޒް ފޮނުވައިލަނީ 😑
    އަދިވެސް ތަންތަނަށް ގޮސް ފޮނި ކަނޑާތި ނަފްސާނީ އޭ ނަފްސާނީ އޭ ކިޔައިގެން 😑

    22
    1
  29. ސޮލޭ

    މީނައާ ހަވާލު ކުރަންވީ ސޯލިހު ހާހާހާ. ގައުމު ބަގުރޫޓު ވާއިރުވެސް ރުފިޔާ ގިނަވެގެން އުޅެނީ އޭނަ ވިއްޔާ

    24
    1
    • ސޯލިހޫ ލޮލް

      އަސްލުވެސް ހެހެ

  30. މުބީނު މާރނީ

    މީނާ ގެ ބޭބެ ޖަނާޙް އަކީ ވެސް ހަމަ މީނަ ކަހަލަ އަނެކަކު.

    24
    2
  31. ނަޝާ

    އާނ ވަރަށް ހީވޭ ނާޒް އަށް ދައްކާ ކޮންމެ މީހެއްގެ ވެސް އަންނާނެ ނާޒު ކައިރިންހަމަ ބޮޑު އަގު ދީގެން ފަރުވާ ކުރަން ޖެހޭ ކަމެއް މީހުންގެ ބޯ ފުރަތަމަ ކާލަނީ.

    22
  32. Anonymous

    ނަފުސައްޖެހޭ ބަލަތަށް ވަރަށްވެސް ގިނަ
    ހަސަދަ ވެރިކަން، ދަހިވެތިކަން ، ބަފުރަތު ރުޅި !

    20
  33. ޢައިޝާ

    ޑރ ނާޒް ނަފްސާނީ ފަރުވާ ދޭން ފެށީ މިއަދަކު ނޫން. ނާޒް އަކީ ތިބުނާ ކަހަލަ މީހެއް ނޫން ކަން ކެރިގެން ބުނަން ކެރޭ. ޜުގްޔާ ކުރުމަކީ ސުންނަތުން ސާބިތުވާ ކަމެއް. ސައިކޮލޮޖިކަލް އެސެސްމަންޓް ހަދާ މީހަކަށް ޑިޕްރެޝަން އަދި އެއީ ޑިޕްރެޝަން ނޫން ކަންވެސް އިގޭނެ. ސައިކޮލޮޖިކަލް މައްސަލަތަކާއި ރޫހާނީ ކަންތަކުން ދިމާވާ މައްސަލަތައް އެގޭތީ ރުގްޔާ ކުރަން ޑޮރ ނާޒް އިރުޝާދު ދޭނީ. ޢެ ބުނާ މައްސަލަ އަކީ ސައިކޮލޮޖިކަލް ކަމަކަށް ނުވާތީ. ޢިގިރޭސި ބަހުން އެއްޗެއް ބުނަން އެގުނީމަ އަދި އެއީ އެދުރަކަށް ވަނީ އެއްނޫން. ސެންނަތުން ސާބިތުވާ ކަމަކަށް އިރުޝާދު ދިނުން އެއީ މައްސަލައެއްތަ. ރާއްޖޭގެ އެހެން މެންޓަލް ހެލްތް ކްލިނިކް ތަކުން ހިލޭތަ ފަރުވާ ދެނީ. ތީ ހަސަދަވެރިކަން ނޫނީ މަޝްހޫރުވަން އުޅުން އެވެއަރ ކުރުމެއް ނޫން. ޑރ. ނާޒް އާއި ހިސާބަށް ދާން މަސައްކަތްކޮށް ބަލަ ހަސަދަވެރި ނުވެ. ސައިކޮލޮޖީ ގެ ބޭސިކްސް އެގިގެން ސެލްފް އެސެސް ކުރިޔަސް އަދި އެއަި މާ މޮޅުވުނެއް ނޫން.

    11
    41
    • ޙަހަހ

      މަޝަށް ހީވަނިމީ ޑޮކްގެ އައިންތު ކުރި ކޮމެންޓެއް ހެން އެއީ ވެސް ފިސާރި ޑޮކް ވެގެން އެތާއުޅޭ ގޮލައެއް

      10
      • Anonymous

        ތިބުނީވެސް ވަރަށް އަން އެތިކަލް މީހެއްގެ ވާހަކަ..އޭނާވެސް ކްލިނިކް ހިންގާނެ...ގޭ ފުއްޑަނުގަ..އަން ޓްރެއިންޑް މީހުން ލައިގެން...ތިކިޔާ މީހާ..ކޮންމެވެސް އައިމިނަތު އެއް ކިޔާމީހެއް..މީނާގެ ދަރިވަރަކޯއެއީވެސް...ވަރަށް އެގިގެން އުުޅޭ ލިވިންގް ވެލިއުސް އެޑިއުކޭޝަން އޯ އޭނާ ހިންގަނީ...ހަމަ ހުސް ލާރިކާނީ...އެލައިޑް އިން މިހުރިހާކަމެއް ނުބެލެންޔާ އިސްތިއުފާދީފަ ގެއަށް ދޭބަލަ

    • އުމަރު

      ނާޒު އަކީ ހަމަ އެކަހަލަ މީހެއް، އޯކޭ.

      8
      1
  34. ޏ

    ނާޒު ނަގާ އަގުގެ ގޮތެއް ނޭންގެ.މިޕުސްޓާ އަށް ދާހިތެއްވެސް ނުވޭ އަގުގެ ވަހަކަ އޮތީމަ. އެކަމު ރުޤްޔާ ކުރަން ބުނުމަކީ ނަފުސާނީ މައްސަލައެއް ހުރުމެއް އަދި ނެތުމެއްނޫން. ކުޑޫ ކައިރީ.. ނަފްސާނީ + ރޫހާނީ ކަންތައް މިކްސް ވެފަވެސް ހުރޭ. އައި އެމް ޕްރޫފް އޮފް ދެޓް . ނާޒް އަށް ބުނެލަން އޮތީ ރައްޔިތުންއަތުން އެބުނާ ވަރަށް ފައިސާ ނަގާ ކަމައް ވަންޏާ އެކަމާ އެކަށީގެންވާ ފަރުވާ ލިބެންވާނެ.

    15
  35. ޛޖ

    ތީ ވަރަށް ނުލަފާ މީހެއް. އަހަރެން ކިޔަވާދޭ ކުއްޖެއްވެސް މީނައަށް ދެއްކީމަ ބުނީ ބުލީ ކުރާތީ ހަލާކުވެފައޭ.ބުނީރު އެކުއްޖާއާ ދިމާކުރާ އެއްވެސް ކުއްޖަކު ނޫޅޭނެ.ދުވަހަކުވެސް އެކަހަލަ ކަމެއް ދިމާވެސް ނުވެ.ފަހުން މައިންބަފައިން ރުޅިއައީ ކިޔަވައިދޭ މީހުންދެކެ.

    17
  36. ަޖިނާހް

    ނަފްސާނީ ބަލި މީހުން މިސަރުކާރުގައި ކުއްލިއަކަށް އިތުވާންޖެހޭ ސަބަބު އެބަޖެހޭ ދިރާސާކުރަން. މިސަކާރުން ނަފްސާނީ ބަލިއަށްފަރުވާދޭންޖެހޭ މީހުން ގިނަކަމަށް ބުނެ ކުލިނިކުތައް ހުޅުވައިގެން މީހުންނަށް ފަރުވާ ކުރުމުގައި ބާރު އަޅާ ސިއްރަކީ ކޮބައިތޯ؟ ބޮޑުކުށެއް ކުރިކަމުގައި ވިޔަސް ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދާ މީހުންނަކީ އެކުށުން
    ބަރީއަވެގެން ވާ މީހެއް! މިއީތޯ ސިއްރަކީ؟ އައި.ޖީ.އެމްގެ ސައިކޭޓްރިކު ޑޮކްޓަކުރުން އެއްވެސް އެސެސްމަންޓަކާ ނަހަދާ ބަލިމީހުން ބާރުގަދަ ބޭސްކާދޭން މުޅިއުމުރު ދުވަހު ބާރުއަޅަނީ ކީއްވެތޯ؟ އެފަދަ ޑޮކްޓަރުން ކައިރިން ފަރުވާ ހޯދާނެ ބަލިމީހުން ނުލިބި ވަޒީފާ ނެތި އުޅެންޖެހިދާނެތީތޯ؟

    12
    1
  37. ޖަނާހު

    މިސަރުކާރުގއި ނަފްސާނީބަލިމީހުން އިތުރުވުމުގެ ސަބަބުތަކަކީ ކޮބާއިތޯ؟ މިކަަމުގެ ސިއްރު އެބަޖެހޭ ދިރާސާ ކުރަން.... ކުށްކުރާ މީހުން ކުށުން ބަރީއަށް ވުމަށްޓަކައިތޯ؟

    13
  38. އަހުމަދުކަލޯ

    އަހަންނަށް މިހާރު ޔަގީންވީ ކަމަކީ ނާޒު ތީ ނަފުސާނީ ބަލި ޖެހިފައިވާ މީހެއްކަން އޭނާ ގުރާދޫއަށް ގެންގޮސް ފަރުވާކުރަން ޖެހޭކަން، މުޖްތަމަޢަށް ނޮހޮރޮއްޕާން ވަނީ ހަމައެކަނި އައުރު ދައްކާ މަގުތަކަށް ފާހާނާ ކުރީމަކާ ނޫނެވެ. މިކަހަލަ ނޮހޮރޮއްޕާން ކުރާ ސައިކޯސް ތަކުގެ އުނދަގޫ މާ ބޮޑެވެ.

    17
    2
  39. އަހަންމާކަލޯ

    އަހަންނަށް މިހާރު ޔަގީންވީ ކަމަކީ ނާޒު ތީ ނަފުސާނީ ބަލި ޖެހިފައިވާ މީހެއްކަން އޭނާ ގުރާދޫއަށް ގެންގޮސް ފަރުވާކުރަން ޖެހޭކަން، މުޖްތަމަޢަށް ނޮހޮރޮއްޕާން ވަނީ ހަމައެކަނި އައުރު ދައްކާ މަގުތަކަށް ފާހާނާ ކުރީމަކާ ނޫނެވެ. މިކަހަލަ ނޮހޮރޮއްޕާން ކުރާ ސައިކޯސް ތަކުގެ އުނދަގޫ މާ ބޮޑެވެ.

    11
  40. Anonymous

    މީ ވަރަށް ދޮގު ހަދާމީހެއް. ކިތައް މީހުން އަތުން ފައިސާނަގައިގެން މި އަމަލު ހިންގަނީ. ލާރި ކާ މެޝިންތަކެއް މީ . ރައްޔިތުން ހޭއަރާ މިމީހުންގެ މަކަރުގަ ނުޖެހޭ. މިމީހުންނަށް ފުރަތަމަ ނަފްސާނީ ފަރުވާ ދޭންވަނީ.

    20
  41. ބޮޑުބޭބެޖަނާހު

    އައި.ޖީ.އެމް.އެޗް ސައިކޭޓްރިކް ޑޮކްޓަރުން އެއްވެސް އެސެސްމަންޓަކާ ނުލާ ބަލިމީހުންނަށް ބާރުގާދަ ބޭސްކާންދޭން ބާރުއަޅަނީ ކީއްވެގެންތޯ؟ އެފަދަ ޑޮކްޓަރުން ކައިރިޔަށް ފަރުވާ ހޯދާ ބަލިމީހުން މަދު ވުމުގެ ސަބަބުން ވަޒީފާ ގެއްލިދާ ބިރައްޓަކައިތޯ؟

    7
    5
    • އިންޝާ

      އައިޖީއެމުއެޗު ޑޮކްޓަރުންވެސް އެސެސްމަންޓު ހަދާ. ވާހަކަ ދައްކައިގެންވެސް ނަފުސާނީ އެސަސްމަންޓު ހެދޭނެ. އެސަސްމަންޓަކީ ނާޒު ކުރާހެން ވެލް ޓުރޭން މީހަކު ނެތި ކުއްޖާ ތަނެއްގަ ކުޅެން ބޭއްދުމެއް ނޫން ދެތިންގަޑިއިރު. މަގޭ ދަރި ގެންދަނީ އައިޖީއެމްއެޗައް. ވަރަށް ރަގަޅު ޑޮކްޓަ ޝަނޫހާ ހާއްސަކޮއް. އަދިކޮބާ އަހަރެންނައް ގުޅަންވެސް ގުޅާ އެތަނުން. އައިޖީއެމްއެޗު ވިއްޔާ އެތިކްސްވެސް އޮވޭ. އެބުރީޗުވީމަ މައްސަލަވެސް ބަލާ. ނާޒުމެންގެ ކަމެއް ހެލުތުމިނިސްޓުރީއަކުންވެސް ނުބަލާ.

      4
      3
      • ތެދު

        އައިޖީއެމުއެޗު ޑޮކްޓަރުން އެސެސްމަންޓަކާ ނުލާ ބަލިމީހުންނަށް ބާރުގާދަ ބޭސްކާންދޭން ބާރުއަޅާ.

  42. ސަމާލު

    ޑރ.ނާޒް އާ ބެހޭގޮތުން، ނަފްސާނީ ބަލިމީހުން ދައްކާވާހަކަ ތަނެއްދޮރެއް ނުބަލާ ޤަބޫލުކުރާކަށް ނުވާނެ. އެފަދަ ބަލިމީހުންނަކީ އެ ބަލީގެ ސަބަބުން ސިކުނޑިއަށް ކުރާ އަސަރެއްގެ ސަބަބުން ކަންކަން މުޅިން ގޯސްކޮށް ވިސްނޭ، ނެގެޓިވް ޚިޔާލުތައް އަން މީސްމީހުން. ވީމާ ނަފްސާނީ ބަލިމީހުން ކޮންމެފަދަ މީހަކާ ބެހޭގޮތުންވެސް ޙާޤީޤަތާޚިލާފު ވާހަކަ ދެއްކުމަކީ އާކަމެއްނޫން. ވީމާ ކުޑޫ ނޫން އެފަދަ ބަލިމީހުން ދައްކާ ކޮންމެ ވާހަކައެއް އެއީ ޤަބޫލުކޮގެން ނޫސްތަކުގައި ޖަހަންޖެހޭ ވާހަކައެއްނޫން. ޒީންމާދާރުވޭ.

    2
    15
    • ގޯސްކޮށް

      އައި.ޖީ.އެމް.އެޗް ސައިކޭޓްރިކް ޑޮކްޓަރުން އެއްވެސް އެސެސްމަންޓަކާ ނުލާ ބަލިމީހުންނަށް ބާރުގާދަ ބޭސްކާންދޭން ބާރުއަޅަނީ ކީއްވެގެންތޯ؟ އެފަދަ ޑޮކްޓަރުން ކައިރިޔަށް ފަރުވާ ހޯދާ ބަލިމީހުން މަދު ވުމުގެ ސަބަބުން ވަޒީފާ ގެއްލިދާ ބިރައްޓަކައިތޯ؟

      4
      2
    • ޔޫއްޓޭ

      މަށަކީ ނަފްސާނީ މީހެއް ނޫން . މަށަށް ނާޒްގެ އަސްލު ސިފަ ފެނިފަ ހުރީ. އިހްލާސްތެރި މީހެއް ނޫން އެއީ

  43. Anonymous

    އަހަރެންގެ ދަރިފުޅުވެސް މީނަގެ ސަބަބުން ހަލާކުވީ. މީ ހަމަ ވަރަށް ތެދުވާހަތަކެއް.

    19
    1
  44. 2023

    ސިހުރު، ފަންޑިތައް ހަސަދައިގެ ސަބަބުން ވެސް އިންސާނުންގެ ވިސްނުމާ ފިކުރަށް އަދި އުޅޭއުޅުމަށް ބަދަލުތަކެއްއާދޭ. މިފަދަ ބަލިތައްކަށް ނަފްސާނީ ބަލިމީހެއްކަމަށް ލޭބަލްކޮށް ބާރުގަދަ ބޭސްކާން ދިނުމަކީ އެންމެ ރަގަޅުކަމެއް ނޫން. ސާރުކާރުން އެބަޖެހޭ ސިރުހު ފަންޑިތައިގެ ސަބަބުން އިންސާނުންނަށް ޖެހޭ ބަލިތަކަށް އިސްލާމްދީނުގައި އަންގަވާފއިވާގޮތަށް ފަރުވާކުރެވޭ ފަދަ ކުލިކުތައް ހުޅުވަން.

    8
    1
  45. ވަރު

    މިކަންކަން ބަލައި އެލައިޑްހެލްތް ކައުނސިލުން ފިޔަވަޅު އަޅަންޖެހޭ . މީއަސްލު މީނާ ކުރާކަންތަކަކަމަށް ވަރަށް ގިނަމީހުން ބުނޭ. ހެޔޮނުވާނެ މިފަދަ މީހުން ކާރިޔަށް ފަރުވާހޯދަން ދާން.

  46. ޅަކީ

    ޙެހެ ހަމަ ރަންގަޅު ވާހަކައް. ޜައްރަށައް ދަތުރުކޮއް މީހުން ފެލާލަނީ އިހަކައްދުވަހު މިރަށައް އާސަ އިދިޔައި އަހަރުމެން ފެލާލާފަ

    11
  47. ދިސްވޭ

    ނަފްސާނީ ބައްޔަކީ އެއީ ފުރަތަމަ ވެސް އޮންނަ އެއްޗެއް ނޫނޭ އެއީ ޝިރުކުގެ ތެރޭގައި ހިމެނޭ ކަމެކޭ އެއީ އިސްލާމް ދީނާއި ދުރުކުރަން ވެގެން އަބޫޖަހުލު އުފެއްދި އެއްޗެކޭ ހެޔޮނުވާނެއޭ ނަފްސާނީ ބަލިއޭ ކިޔާ މެޑިކަލް ޑޮކްޓަރުން ގާތަށް ދާން އެއިރުން އެވާނީ ޝައިތާނީ އަމަލު ތަކުގެ ތެރޭގައި ހިމެނޭ ކަމަކަށޭ ތިޔާ ކަމަކީ އެއީ ބާތިލް ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކޭ..

    2
    8
  48. ނާޒް

    ހިރިލަންދޫ މީހުން މޮޔަ ހައްދައިގެން މީހުންއަތުން އެތައް ފައިސާއެއް ފޭރުނު .އަދި މިހާރު ރާވަނީ މަސްވެރިކަން ރަނގަޅުވީމަ އަލުން ދާން. ހަމްދަރުދީ ވޯޓް ލިބިގެން ކައުންސިލަރަކަށް ހޮވުނު މިހާގެ ކަމަކީ ނާޒް ކޮންމެ ތަނެއްގަ ހުއްޓަސް ކޮފީ ގިރައިގެން ދިނުން.ކައުންސިލުން ޚަރަދުކޮއްފަ ވަނީ ކޮރަޕްޝަން ހިންގައިގެން.ތިން ދުވަހަށް ގެނައީ ރައްޔިތުންގެ ބަޖެޓުން. އެކަމު ކޮންމެ މިހަކު އަތުން އެތައް ފައިސާއެއް ފޭރުނު ޗުއްޓީ ހޭދަކުރި އިތުރު ދުވަސްތަކަށްވެސް ޚަރަދުކުރީ ކައުންސިލުން ްްުްްްްުްްްްުްްްްުްްިްްުްްްްުްްްްުްްްްު ދެން ތިބޭ ރާކަނިމަސް ކައިގެން

    10
    2
  49. ވިއްޓު

    އޭދަފުށީ ބަތްޕެންގަނޑެއްގެ އަންހެނެއް އޭނަކަމަކީ ހަމަ މީހުންނައް ރީތިކަން ދެއްކުން އަދި އަމިއްލަމީހާގެ ސައިކޯކަން ދެއްކުން

  50. އަތޮޅޭ

    ވަގު ރިޕޯޓު ވެސް ހަދާ،، ރަށެއްގެ ބަޔަކު އަންހެނަކަށް ލާރިދީގެން، ޕޮލިޓިކަލް ބޭނުމެއްގަ މީހަކު ފްރޭމްކޮށް ޖިންސީ ގޯނާގެ ތުހުމަތު އެޅުވީމަ، އެ އަންހެންމީހާއަކީ، އޯޓިސްޓިކް މީހެކޭ އޭނާގެ އިނީ 18 އަހަރު ނުވާ ސިކުނޑީއެކޭ ކިޔާފަ ރިޕޯޓު ހަދައިގެން، ފިރިހެން މީހާ މުޅި ލައިފް ހަލާކު ކޮށް އޭނާ އަށް ބޮޑު ހުކުމެއް އައިއްސި، އާއިލާއެއް ހަލާކުކޮށްފި. އެއްވެސް އޯޓިސްޓިކް އަންހެނެއް ނޫން އެއީ އަދިވެސް އެބަ އުޅޭ ހަމަ ރީއްޗަށް.

    8
    2
  51. Anonymous

    ކީކޭބުނާނީ މީވެސް ދެން މީހުން ދިރިއުޅެން ލާރި ހޯދާގޮތެއްދޯ. އިޚްލާސްތެރިކަމާއި އެކު އޯގާތެރިކޮށް މީހުންނާދެރޭ ކަންތައް ކުރާނަމަ މީހުން ބަސް ނުބުނާނެ.

  52. ކުލަމަޖާ

    ނާޒް ގެ ކަންކަން މިހާރުތާ ފަޅާ އަރަނީ. ޢޭނައަކީ އަބަދުވެސް ފެށުނީއްސުރެ އެތިކަލް.އިޝޫޒް ހުންނަ މީހެއް. ޥަޒީފާގައި މީހުން ގެންގުޅެމުން ލާރި ނުދީ މަސައްކަތް ކުރުވާ މީހެއް. މެޑިކަލް. ޑޮކްޓަރ އެއް ލައްވާ މަސައްކަތް ކުރުވި 6 މަސް . ނުދޭ އެކުއްޖާއަށް ބައިރުފިޔާ އެއްވެސް .
    ޙަދާ އެސެސްމެންޓް ތައް ޓައިޕް ކުރުވަނީ އެޑްމިން ކުދިންނާއި އިންޓަރންސް ލައްވާ ކުރާ އިރު ޑައިގްނޯސިސް ހުންނަނީ ކޮޕީ ޕޭސްޓް ކޮށްފައި ޗެކްނުކޮށް ސޮއިޖަހާލައި ފައި . ކުއްޖާގެ ނެއްބަލިވެސް ހުރޭ .
    ލާރިއާއި ހެދި އުޅޭ އަންހެނެއް ތީ.

    ހަގީގަތުގައި މީނާގެ ނުފޫޒު ބޭނުން ކޮށްގެން ވާނުވާގަތިބޭ މީހުން ހައްދާލާ.

    ކުރީގަ ކޯސް ހިންގާނަމުގައި ފޮތް ފޮތުން ކަޓްޕޭސް ކޮށްފައި ހުންނަ އެއްޗެހި އެއްކޮށް ފޮތް އެކުލަވާލާ މިނަގެ ނަންޖަހާ ( ޕްލޭޖަރިސްމް)
    ކުދިން ލައްވާ ފަހުން ޓޮޕިކް ތަކަށް ފޮތް ހަދުވާ ކޮމްޕައިލް ކޮށް އެފޮތް މީނާގެ ވަރަޝަން އަކަށް ހަދާ.
    ޢަމިއްލަ މީހާ އަކީ ނަފްސާނީ ބަލިމަޑުކަމަށް ބޭސް ކުރަން ވެފައި ހުރި މީހެއް ކަން ގަބޫލު ނުކުރޭ .

    ސެޓްފިކެޓް ތަކުގެ ޓްރާސް ކްރިޕްޓް އާއި އެމް ކިއު އޭ އަށް ގޮވާލަން މީނަގެ ސެޓްފިކެޓްތަކުގެ ކްރެޑިބިލިޓީ ބަލަން . ޑިގްރީ މާސްޓާރސް ހާއްސަކޮށް .

    12
  53. ަސދަ

    އަބުރުގެ ދައުވާ އާއީ އޭނާ މީހުންނަށް ޖެއްސި ނަފުސާނީ ހާލާއި ނުބައްދަލު.
    އޭނައަށް ބަދަލު ދީފިއްޔާ އެތައް ބަޔަކު އޭނާގެ ފަރާތުން ލިބުނު ގެއްލުމުގެ ބަދަލުހޯދަން ދާނެ.

    8
    1
  54. ޙަސަން

    ނާޒު ކާރިން ފަރުވާ ހޯދަނީ ކީއްކުރަން. ﷲ ވަނީ ތިކަމައް ވެސް ފަރުވާ ލައްވަވާފަ. ޙިތްތަކައް ހަމަޖެހުން ވަނީ ތިމަން ރަސްކަލާނގެ ހަނދުމަ ކުރުމުން ނޫންހެއްޔެވެ. އެހެންވީމާ ކީރިތި ޤުރްއާން ކިޔަވާ އޭގެ މާނަ ބަލާ ވިސްނާ ފިކުރުކޮއް ތަސައްވަރު ކޮށް އަމަލު ކުރޭވޭތޯ ބަލާ. ޤުރްއާކުގަ ވާ އިބްރަތްތެރި ވާހަކަތަކާމެދު ވިސްނާ. ހިތައް ހިންހަމަޖެހި ދިރި އުޅުމުގެ މަޤްސަދު ފެނިގެގް ދާނެ. އޭރުން އޮންނާނީ ތި ބަލި ނެތިގެންގޮސް ހަމަޖެހުން ލިބިފަ. ޏިކަން ތަޖުރިބާ ކޮއްލައްވާ.

    11
    1
    • އަލިމުތް

      ހަސަނާ ހޭ ބުއްދި ފިލާަފަތަ؟ ކުދިން ނުވިސްނޭތީ، އަމިއްލަ ސިކުނޑިން ވިސްނާ ކޮންސެންޓްރޭޓް ކުރަން ނޭނގޭތީ ގިނަ ފަހަރު މި ގެންދަނީ. އެފަދަ ކުދިންނަށް ޙަތިމެއް ދީ ތަރުޖަމާ ދިނީމަ ވިސްނާނީ ކިހިނެއް. މި ދައްކަނީ ކަލެއާ މަށާ ކަހަލަ ނޯމަލް މީހުންގެ ވާހަކައެއް ނޫން.

      4
      1
  55. ޢަލީ

    އަހަރެން ދިޔައިން އަހަރެންގެ ދައްތަގެ 7 އަހަރުގެ ދަރިފުޅު ގޮވައިގެނަ މީނައަށް އެޕޮއިންޓްމެންޓް ހައްދައިގެން ހަމަ ސީދާ މީނައަށް ދެއްކޭނެއޭ އެ ކްލިނިކުން ބުނެގެން. ދެބން އެތައް އިރަކު ބައިންދާފަ އެންމެ ފަހުން އެމީހުން އެކުއްޖާ ވައްދާފަ އަހަރެން ނެރެލީ ބޭރަށް، ދެން އެކުައްޖާ އައިމަ އަހަރެން އަހަާލީ ކީއްހޭކުރީ އެތާ، ފޮޓޯ ދައްކާފަ ޑޮކްޓަރު ނާޒް އައިހޭ އެހީމަ ބުނީ ނޫނެކޯ ނާދެއޭ، އެހެން ދައްތައެއް އައިސް ކުރަހަން އެއްޗެއް ދިނީއޯ، ކުރަހާ ނިމުނީމަ ބުންޔޯ ނިމިއްޖެޔޯ ދެން ދިޔަސް އޯކޭއޯ. ދެން އެތާ ކުއްޖެއް ކައިރީގަ އަހާލީމަ ބުނީ މިއަދަށް ނިމުނީއޯ، ދެން ޑޮކްޓަރު ރިޕޯޓް ރެޑީކޮށްފަ ގުޅާނެއޯ، އޭގެ ފަހުން 8 އަހަރުވީ އަދިވެސް ނާޒްއަކަށް ނުދެއްކޭ، އެތައް މަހަކަށްފަހު ރިޕޯޓް ރެޑީކުރި، އޭގަ އޮތީ ކުއްޖާއަކީ އޭ.ޑި.އެޗް.ޑީ ހުންނަ ކުއްޖެކޯ

    7
    1
  56. ޕަރީޒ

    އަަޅުގަނޑުގެ ދަރިފުޅު އޭޑީއެޗުޑީ އެބަހުއްޓޭ ތިނާޒު ބުނެގެން އިތުރު އެސެސްމަންޓް ހަދަން އޮންލައިންކޮށް ދެހާހަށްވުރެ ގިނަ ފައިސާ ޓުރާންސްފަރ ކުރިން.ފައިސާ ހޯދީ ދާއިރާގެ މެމްބަރުންނާ ކައުންސިލްމެމްބަރުންނަށް ގުޅައިގެން. އެހާ ހާލުން. ކުލިނިކްގެ އެންމެން ކޮވިޑާހެދި ގޭގަ ތިބެން ޖެހިފަ އޮވެގެން ކުއްޖާ ބެލީ އޮންލައިންކޮށް. ދެ ދުވަހަކު ގުޅި ދެ އަންހެނަކު އެސެސްމަންޓު ހަދަންށޯ ކިޔާފަ. ތިންވަނަ ސެޝަން ނަގާނީ ނާޒު އޯ.އޭގެ ފަހުންނޯ ފައިނަލް ރިޕޯޓު ލިބޭނީ. އޭގެ ފަހުން މިއޮތީ ތިން އަހަރަށް. އަދިވެސް ނާޒުގެ ހަބަރެއް ނުވޭ. އެތަނަށް ގުޅޭގޮތެއްނުވ؛ޭ. މިއީ ހަމަ ތެދު ހަގީގަތް. އެފައިސާ އަޅުގަނޑު ބޭނުން. ކުރަން ހުރި އެތައްކަމެއް ހުއްޓަ ނާޒުގެ ކުލިނިކަށް އެފައިސާ ދެއްކީ ދަރިފުޅުގެ ހައްގުގަ.ހިދުމަތް ނުދެވުނީތީ މާފަށްއެދިފައި އެ ފައިސާ ރީފަންޑުކޮށްދޭން ޖެހޭނެ. މި މައްސަލަ ކޯޓަށްވެސް ލާނަން.

    10
  57. މުޙައްމަދު

    ނަފްސާނީ ފަރުވާ އެއް ރާއްޖެއަކުން ނުލިބޭ. ތިޔައިން މީހަކަށް އޮޕޮއިންޓްމެންޓެއް ހައްދައިފިއްޔާ ދެއްކެނީ 3 މަސްފަހުން އޭރުއޮންނަނީ ވާނެހަތަރެތިވެފަ. އެމީހުންގެ ކަމަކީ މަނީމޭކުކުރުން.

    މިރާއްޖޭގެ އާބީދީގެ ގިނަމީހުންނަކީ ނަފުސާނީ ފަރުވަހޯދަން މަޖުބޫރުވެފަތިބިބައެއް

  58. Anonymous

    އަޅުގަނޑުގެ ރައްޓެހި މީހެއްގެ ކުއްޖެއްގެ މައްސަލަ ފުލުހުން ބަލާތީ ފުލުހުން އެކުއްޖާ ގެންދިޔަ ނާޒުގެ މިޕްސްޓަރ އަށް އެސެސްމަންޓް ހަދަން. އެތަނުން މިކުރާ ކަމަކީ ފުލުހުންގެ މައްސަލަ ބަލާ މީހާ އަށް ގުޅައިގެން ކުއްޖާ ފުލުހުންނަށް ދިން މައުލޫމާތު ހޯދައިގެން ރިޕޯޓް ދެނީ. ކުއްޖާގެ އެސެސްމަންޓްއެއް ނުހަދަޔޯ. އެތާ ކައުންޓަރުގައި އިން ކުއްޖަކު އެކުއްޖާ ގޮވައިގެން ކުޅެންއުޅެފަ ފޮނުވާލީއޭ ބުނީ. ދެން މި ރިޕޯޓްތަކަށް ބަލާފަ ފުލުހުންނާއި ކޯޓުންމިގޮތް ނިންމަނީ.

  59. ބަޔަސްޑް

    އަހަރެންވެސް ދަރިޔަކު ގޮވައިގެން އެތަނަށް ދިޔައީމެވެ. ފަރުވާގެ އަގު އަހާލުމުން ދަރިޔަށްވުރެ ބޮޑަށް ނަފުސާނީ ވީ މަށެވެ

  60. ހުޅަނގުގެ ފިކުރިއްޔާތު

    އިންސާނަކަށް ނަފްސާނީ ބަލިމަޑުކަމެއް ދިމާވެދާނެ. އެއީ ހުޅަނގުގެ ފިލޯސޮފީގައި އޮންނަ ގޮތަށް ކުރެވޭނެ ކަމެއް ނޫން. ބާވައިލެއްވި ކޮންމެ ދީނެއްގައިވެސް އެއްކައުވަންތަކަން ގަބޫލުކުރޭ. ފުރަތަމަ ކަމަކީ އެކަން ގަބޫލުކުރުން. އެއަށްފަހުގައި ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދުމަށް އޮންނަ މަގުތައް ޚިޔާރުކުރުން. އެއީ ފަހަތަށް ދުވެގެން ކުރިޔަށް ދުވެގެން އަރިއަރިމައްޗަށް ފުންމައިގެން އެކަނި ކުރެވޭނެ ކަމެއްނޫން. މިކަހަލަ ގަމާރު މީހުން މި މުޖުތަމައަށް އައިސް އަގަގަދަކޮށް ހަދައިގެން ދެއްކި ވާހަކަތަކުގެ އަވައިގައި ޖެހިގެން ގޮސް އެތައް ބަޔަކު ހަލާކުވެ ނިމިގެން ދިޔަ ފަހުން މީހުންނަށް ކިރިޔާ އެއްޗެއް ވިސްނިގެން ތިވާހަކަތައް ދައްކަން ތިޔަ ފެށުނީ.

  61. މރީ

    މަގޭ ދަރިފުޅުވެސް މީނައަށް ދައްކަން ދިއުމުން ބަލާވެސްނުލި. ހިތަށް އެރި އެއްޗެއް ލިޔެފަ ރިޕޯޓް ދިނީ 10 މަސް ވަންދެން އާދޭސްކޮށްގެން. ޕޮލިހަށް މައްސަލަ ހުށައަޅަން ތައްޔާރުވީމަ.

  62. އައިންތު ގޮއިދޫ.

    މަމެންނައް މަމެން އަތޮޅު ހޮސްޕިޓަލުގައި ހުރި ސައިކޭޓުރިސްޓު އޯކޭ މިކަހަލަ މީހަކައްވުރެ. އެވަރުން ނުވިއްޔާ ރީޖަނަލް ހޮސްޕިޓަލުވެސް ރަނގަޅު.

    2
    1
  63. Anonymous

    ތިބާ ސައިކޮލޮޖީ ހާދަ ޕްރޮމޯޓް ތި ކުރާނީ...ތިބާ ގަ ތިބޭ މީހުންތިބޭނީ ނާޒުއާ ޖެހިފަ...އެވެސް ވަރަށް ކަނޑަ ބައެއް...މަ ދަންނަން ތިބާގެ މުސްތަފާވެސް..ނަދާވެސް..ޝުޒްނާވެސް...ހަމަ ޕްރޮމޯޓްކުރުމުގަ އުޅޭނީ.. ޙަމަ ހުސް ފެނިގެއްލޭ އެއްޗެހި...އެއްވެސް ކަމެއްގަ ރަގަޅަށް ނުކުރާނެ..ފަހަތުން ދުވެ އާދޭސްކޮށްގެން ކަމެއް ވާނީވެސް އމީހުންލަވާ...ކޮމިޓްމަންޓް ވަރަށް ސަކަރާތް ބައިގަޑެއް

  64. ވާނުވާބެ

    މިހާރު ދަނީ މުއައްސަސާ ތަކާއި ގުޅިގެން ރަށްރަށަށް ކްލާސް ނަގައިދޭ ނަމުގަ، ގޮއްސަ ބަލަނީ ޑިމާންޑް އޮންނަވަރެއް، ދެން ދަނީ ކްލިނިކް ނަމުގަ މީހުންގެ ބޯކައިގެން ލާރި ނަގަން.. މަގޭ ދަރިވެސް 1 އަހަރު ވަންދެން މިޕްސްޓަރ އަށް ގެންދިޔައިން، ވީކަމެއް ހަރާން، މަސް ނިމޭ އިރަށް ފީ ދައްކަން ބުނެ، ކުރިއެރުމެއް ނުލިބޭތީ ނުގެންދިޔަ މަހުވެސް ފީ ދައްކަން ގުޅި، މުޅިން މީހުން އަތުން ލާރި ކާން އުޅޭ އަންހެނެއް.

    2
    1
  65. Anonymous

    ސައިމާ ކެއެރ އަކީވސް ހަމަ ކަޑަ ތަނެއް.. ޙުސް ފޭކު މީހުން.

  66. ޑާންސް

    ކޮވިޑު ހެލްތު މެންޓަލީ ގުޅޭ ހިލޭ ނަމްބަރުން ގުޅޭ މީހުންނަކީ ވެސް ހަމަ ވަރަށް އެން ޕާޓީއެއް ނެތް ބައެއް، އަޑުއަހާފަ އާނ ހޫނ އޭ ކިޔާ ފޯނު ކަނޑާލާނެ. މިވަރު މީހުން ހުސް މިތިބެނީ

  67. ނަފްސު

    ލާރިޖަހާމެޝިނެއްތިއީ

  68. ޑޑ

    ތިޔަައީ ބޮޑުވަރެއް ބޮޑު ފާފައެއް ޑރ ނާޒަކީ އަހަރެންގެ ޑރ ވަރަށް ރަގަޅު

  69. Anonymous

    މޯލްޑިވްސް އެލައިޑް ހެލތް ކައުންސިލް ގެ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާ ކޮންމެ މެމްބަރަކު ނަގައިގެން ކީއްތަ ތިކުރަނީ...މި ކަންތައްތައް ބަލާ އިސްލާހުކޮށްބަލަ..ގޮޑި ހޫނު ކުރިޔަކަސް ނުވާނެ..ކަލޭމެން ބަލާ ރެގިއުލޭޓް ކުރަންޖެހޭ ކަންކަންމީ ހުސް...ނުކުރެވެންޔާ ކުރެވޭ މީހުންނާ ހަވާލުކޮށްބަލަ...މީހުންގެ ޒިންދަގީ ދުއްވާލާއިރުވެސް މަބޮޑޭވެފަ ލާރި ކާލަ ކާލަ ތިތިބެނީ

  70. ހަބަރުބޭ

    ތިޔަބުނާ މީހާ (ނާޒްކިޔާ އަންހެނާ ) ޅ. ނައިފަރަށް އައިސް 3 ދުވަސްވަންދެން ފަދިއްޕޮޅުރައްޔިތުން ގުނބޯހައްދައިގެން ފައިސާ އެއްކުރިވާހަކައަކީވެސް ކުޑަ ވާހަކައެއްނޫނެވެ. ވީކަމެއް، ލިބުނު ކުރިއެރުމެއް ، ރަގަޅުވިމީހެއް ނެތެވެ. މިވާހަކަތައް ނައިފަރުމީހަކު ކިޔައިިނުމުން މަށަށް ހަމަ ރަގަޅަށް ރޮވުނެވެ.

  71. Anonymous

    އަހަރެން މީ މިދާއިރާގަ އުޅޭ މީހެއް. މިވާހަކަތަަައް އަޑު އިވޭތާ ކޮތަންމެ އަހަރެއް. ޢެލައިޑް ހެލްތް ކައުންސިލްގެ މެމްބަރުނަވެސް އެތަކެއް ފަހަރު މިވާހަކަ އަޑު އިވަފަ ހުރީ. އެއްވެސް ހެއްކެއް ނެތޭ..މީހަކު ފްރޮންޓްއަކަށް ނާދޭ ކިޔާފަ އެމީހުންވެސް ދިޔައީ ބީރު ކަންފަތެއް ދެމުން..ހަމަ މި އަނިޔާއަށް ހިތްވަރު ދެމުން. މިދާއިރާގަ މަސައްކަތް ކުރާ އެންމެނަށް ދަންނަ ބޮޑު ސިއްރު މީ. ދެންވެސް އެކްޝަން އެއް އެލައިޑް އިން ނަގާނެކަމާމެދު ޝައްކު.. ޢަަންކޮލިފައިޑް، އަންޓްރެއިންޑް އެތައްބައެއް ފާޑު ފާޑުގެ ވޯކްޝޮޕްތައްވެސް ރުފިޔާ ނަގައިގެން ހިންގާ. މިވެސް ހަމަ އެލައިޑް ހެލްތް އަށް އެގިގެން ހިގާ ކަންކަން..ރެގިއުލޭޓް ކުރަން ބޭނުން ނޫނީ..މިހެން ގޮސް ކިޔާނެކަމެއް ނެތް... ލަދުވެސް ގަނޭ މިދާއިރާއިން ކިޔެވުނީތީވެސް...މީހުން އެބިއިސް ކުރާމީހުން ޓވ ތަކަށް އަރާ އެބިއުސް އާ ދޮކޮޅަށްވެސް މި ވާހަކަ ދައްކަނީ. ފޭސް ބުކް ޕޭޖްތައް ހުންނާނެ މޮޅެތި ވޯކްޝޮޕްތައް..ހަމަ އެއްވެސް ކޮލިފިކޭޝަންއެއް ނެތި..އަނގަ އެއް އޮތީ ތީ ވާހަކަ ދައްކާ މީހުން...ފެންވަރެއް ނެތް...ފެންވަރެއް ހުރިއްޔާ އަން އެތިކަލް..ނާޒްއަށްވެސް އެގޭނެ މިދުވަސް އަެނާ އާ ބައްދަލު ކުރާނެކަން. ޢޭނާގެ އެތިކްސްއާ ހިލާފު ވާހަކަ ފޭސްބުކް ގަވެސް މީހުންއައީ ލިޔަމުން..މިއަދު މީތި ފަޅައިގެން މިދިއައީ..އަހަރެން ވަރަށް ހިތާމަކުރަން. ނާޒް އަށް ކެއްތެރިކަން ދެއްވާ..އަނިޔާ ލިބުނު މީހުންނަށް ފުރިހަމަ ސިއްހަތު ދެއްވާ، ދެން ތިބި މީހުންވެސް ހޭއަރާތޯ ﷲ އަށް ދުޢާކުރަން

  72. Anonymous

    މޮޅު މީހެއް އެކަމު ނޫހުގަ ފާހަގަ ކޮށްފަ އެވަނީ ހަމަ ހަގީގަތް، އަހަރެން ވެސް ހަމަ ތިޔަ ހިތި ތަޖުރިބަާ ކުރިން، އޭނަގެ ވާހަކަ ވަރަށް މޮޅުވާނެ

  73. ގެމަނަ

    މިޕުސުޓަރ އަކީ ވަރަށް އަނިޔާވެރި ލާއިންސާނީ އަމަލުހިންގިތަނެއް މަގޭ ދަރިދެއްކީމަ ފޮތާފަންސޫރާ ފަރުގާލު ކަތުރު ކުޅޭސާމާނުދީފަ އެޔަށްލާރި ދަށްކަންޖެހުނީ އަގުބޮޑުކޮށް މިތަން އުވާލުމަށް ސަރުކާރަށް ގޮވާލަން.