ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ ރައްޔިތުންނަށް ލިބުނު "ރަނެއް މަލެއް" ފަދަ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ، މިހާރު ރާއްޖޭގައި މި ހިނގަނީ ދިވެހި ތާރީހުގައި ވެސް ދެކޭނެ އެންމެ އުޖާލާ އެއް ސަރުކާރު ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް އެންމެ އޯގާތެރި ވެރިޔަކީ ރައީސް ސޯލިހް ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށް ރާއީ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާއަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ރައްޔިތުންނަށް ލިބުނު ރަނެއް މަލެއްފަދަ ބޭފުޅެއް އިނގޭތޯ." ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ ސިޔާސީ މަގުސަދެއް ހާސިލުކުރަންކުރާ ކަމެއްނަމަ ޓެކްސް ބޮޑު ކުރުމަކީ މިވަގުތަކަށް އެންމެ ރަނގަޅު ކަމެއް ނޫން ކަމަށާއި ރައީސް ސޯލިހަށްވެސް އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

އެކަމަކު މިހުރިހާ ކަމަކަށްވުރެ އެމްޑީޕީއަށްވެސް ރައީސް ސޯލިހަށްވެސް ދިވެހި ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދޭންޖެހޭ އަސާސީ ކަންކަން މާމުހިންމު ކަމަށް ރާއީ ވިދާޅުވިއެވެ. މިހުރިހާ ކަމަކަށް ބަލާފައި އަމިއްލަ އެދުމަށްވުރެ މުހިންމުވާނީ ގައުމު ކަމަށް ރައީސަށް ފެނިވަޑައިގަންނަވާތީ ޓެކްސް ބޮޑުކުރުގެ ނިންމެވުން ނެންގެވީ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރާއީ ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލިހަށް ހުށަހަޅަން ގާތްވެފައިވާކަން ފާހަގަކުރައްވާ ރާއީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރަމުންދާ އެމްޑީޕީގެ މެމްބަރުންނާ އަދި ވާދަވެރި އެހެން މެމްބަރުން ވެސް، އެ ބަޖެޓްގައި އެބޭފުޅުން ނިސްބަތްވާ ދާއިރާތަކަށް ބޭނުންވާ ކަންކަން ބަޖެޓްގައި ޖަހަން ބޭނުންފުޅުވާނެ ކަމަށެވެ. އަދި ރައްޔިތުންވެސް އެބައެއްގެ ދާއިރާއަށް ބޭނުންވާ ޕްރޮޖެކްޓްތައް އެ ދާއިރާއެއްގެ މެމްބަރު ބަޖެޓްގައި ޖަހައިދޭން ބޭނުންވާ ކަމަށެވެ.

މީގެއިން އެއްވެސް ކަމެއް ބަޖެޓުން އުނިކުރަންވެސް ބޭނުން ނުވާ ކަމަށާއި، މި ޕްރޮޖެކްތެއް ކުރިއަށް ގެންދަަން ބޭނުންވާ ކަމަށާ އެހެންކަމުން އެފައިސާވެސް ހޯދަންޖެހޭ ކަމަށް ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ ކޮވިޑްގެ ދުވަސްވަރު، މިއަދު މިތިބަ ހާލަތަށް އައިސްދާނެ ކަމަށް ބަޔަކަށް ގަބޫލުވެސް ނުކުރެވޭނެ ކަމަށާއި މިހިސާބަށް އާދެވުނީ ވަރަށް ވިސްނުންތެރިކަމާއެކު ކަންކަން ކުރިއަށް ގެންދެވުނީތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. އަން

    ބޮޑު ދޮގެއް.
    ވަރަށް އަނިޔާވެރި އިންސާނެއް.
    ﷲގެ ހަޟްރަތުގައި ކޮށްޅައް ތިބެންޖެހޭނީ ދުވަހު އޭނާގެ މައްޗަށް ދައުވާ ކުރާނަން.
    ޕީޖީ ޝަމީމު ބުނާފަދައިން އިންސާފް ލިބޭނީ އެދުވަހުން.

    35
  2. އަންނިބެ

    ޥަޅޯވެ ވަނދުވެފައި އިން ސުންޕާމަލެއް. ޥެއްޓެން މާގިނަ ދުވަހެއްނެތް ދެން!!

    33
  3. ހުސޭނުބޭ

    ގަރަޑަމަލެއް ދޯ! ދުވާ ވަހުންވެސް ނޯއްދަމާލަން ނުކުރޭ!

    31
  4. ނޯސެކްރިފައިޒް

    މުފްތީ މެންކްގެ ދަރުސް ގައި އަންހެން މީހާގެ އައުރަ އަކީ ކޮބައި ކަމާއި އަންހެނުންގެ ބުރުގާ އެޅުމުގެ މުހިއްމު ކަން ރައްޔިތުންނަށް ސާފުކޮށް ދީނުގައި އޮންނަ ގޮތް ބުނެދޭން އެބަޖެހެއޭ އިސްލާމް ދީނުގައި މަމެންނަށް އިނގޭ ގޮތުގައި އަންހެނުން ބުރުގާ އެޅުން އެއީ މަޖްބޫރު ކަމެއްގެ ގޮތުގައި ވަނީ ފާޅުވެފައޭ މީއޭ އިލާހީ ގާނޫނާއި ގާތް ގުޅުން ބާއްވަން ދިވެހި އުއްމަތް އުޅެން ޖެހޭ ގޮތަކީ މިކަން ކަން އޮންނަ ގޮތް މުފްތީ މެންކް ކިޔާދޭށޭ ބިފޯރ ދޭ ލޫޒް ޑައިރެކްޝަން ތަމެން ޑިޖިޓަލޭ މެން ބުރުގާ ނާޅާ ރޯ އޮރިޔާމުން ޓީވީ ތަކަށް އަރާ ތަމެން ފެލޭ ފެލުން އެއީ އިޓްސް ނޮޓް އަ ސެކްރިފައިޒް ނޯ ސެކްރިފައިޒް އެޓް އޯލް...

    15
  5. ހަގީގަތް

    ބޮޑު ބަލާވެރި ކަމެއް

    25
  6. ބަބުރު

    ދެން ކަލޭ ތިމަލުގެ ފޮނިބޮއެގެން މަކުނު ދިއްގާގަހަށް އަރާއިންނަހެން ވެރިކަންނިމެންދެން އިންނަންވީނު.

    31
  7. ޢަލިފް

    2023 ޔާމީން...އިންޝާﷲ..އާމީން

    43
    1
  8. އހ

    އުދަގުލެއް

    28
  9. ގަލަން

    އެހެން ހަމަ މިލަމުންދާ މަލެއް އެކަށީގެން ނުވާވަރައް ލޯންނަގައިފި ގައުމުގެ އުތުރާއި ދެކުނު ވިއްކައިލައިފި އެވަރުން ނުވެގެން ރައްޔިތުން އެހާދަތިހާލުގަ އުޅެމުން މިދާދުވަސްވަރު ޓެކޮސް ބޮޑުކޮއްގެން އެވެސް ޖީބައްލާން އެމަސައްކތް އެކުރަނީ.. ހަމަ މިލަމުމްދާ މަލެއް ރައަސްމީހާއަކީ

    29
  10. މަކުނުދޫ މީހާ

    ވަސްނުދުވާ މަލެއް! ރާއީ ކަލޭ ދައްކާވާހަކަ މިހާރު ގަބޫލުޔކުރާ މީހަކުނެތް! އަގަމަޑުންލައިގެންހުރޭ! ތިޔައުޅެނީ ކޮންމެވެސް މަންފާއެއް ހޯދާނަމޭ ހިތަތޯ!ބަލަ މަލަކަށް ވީމައިތޯ ރައްޔިތުންގެ ޖީބުފެލަން މަސައްކަތް އެކުރާނީ! މާރަގަޅުވާނެ ސަރުކާރަށް ދައްކަން ޖެހޭ ތެކުސް ނުދައްކާ މީހުންގެއަތުން ފައިސާ ހޯދިއްޔާ! މިކަހަލަ ގަމާރުންވެސް މަކުނުދޫ ރައްޔިތުން މަޖިހަށް އިބަހޮވައި ހައިރާންވޭ!

    31
  11. Anonymous

    މަލެއް ވެއްޖެއްޔާ ވަހެއްވެސް ހުންނަންވާނެ ،! އެގޮތް މިގޮތަށް މަރުވާ މީހުންވެސް މަދެއްނޫން ! ދެފުއްކެހެރިއެއް އެއްޗެއް ދީފިއްޔާ ހުޝާމަދުކޮށް ހަދާނެ ނުދީފިއްޔާ އެއްޗެހި ގޮވާނެ !

    30
  12. މުނިޔާ

    މަލަކީ ނާޒުކު އެއްޗެއް، ގިނަދުވަހަށް ދެމިހުންނަ އެއްޗެއްނޫން ވަރަށްއަވަހަށް ފިޔަތައް ފައިބާ މޯޅިވެ ހަލާކުވެދާނެ، ސޯލިހު އެހެރީ އެހެންވެފަ. މިގައުމުގެ ރައީސަކަށްބޭނުންވަނީ މަލެއްނޫން! އަދިކިއެއްތަ، ގައުމުގެ އިސްތިގްލާލު އަމިއްލަޔަށް ހިފަހަށްޓާލެވޭނެ ވަރުގަދަ ޝަޚްސިއްޔަތެއް!

    31
  13. Anonymous

    ރާއީ ކަލޭހުރީހަމަހޭގަތަ؟ މިރައްޖޭގަ އެއްވެސް ޒަމާނެއްގަ މިއައްވުރެން ފެންވަރެއްނެތް ދޯދިޔާ މީހަކު ވެރިކަންކޮށްފަނުވޭ!!ކޮބާ؟؟އަޅަން ވަޢުދުވިފުލެޓް. ކޮބާ؟؟ބުރިޖް ކަނޑުގެއަޑީގަތަވީ؟؟ކޮބާ މަރުކޮމިޝަނޭކިޔާފަ ތަޅާހުސްކުރިހާ ލާޜިންވީކަމެއް؟؟ ކޮބާޚަޒާގަހުރިލާރިންކުރިކަމެއް ؟؟މިވަރުގެމީހަކަށްތަ މަލެކޭ ރަނެކޭ ތިކިޔަނީ މީދާކޭ އުނބެކޭ ކިނަމަ މާތާހިރުވީސް!!!

    29
  14. ހނހ

    މިއާޓިކަލްގަ ކޮމެންޓް ލުން މަނައީތަ

    18
  15. Anonymous

    އިބޫ އަކީ ޖަވާހިރެއް ނޫންތަ، ރާއީމެން ޢާފިލުވެފަ ތިބީމަ ނޭނގޭނެ ވާނުވާއެއް،

    23
  16. އަރެންގެ ވަގުތު

    ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ ރައްޔިތުންނަށް ލިބުނު ބޮޑު ވޭނެއް، ދުއްތުރާލެއް، މުޞީބާތެއް، ބޮޑޫ މޮޔައެއް.

    24
  17. Anonymous

    ބޮޑު ދޮގެއް.
    ވަރަށް އަނިޔާވެރި އިންސާނެއް.
    ރާއްޖޭގެ ހަލާކު. މަރުވެފައި އޮންނަ އިންސާނާގެ މަސްގަޑުވެސް ބިޑިއަޅުވައިގެން ފްރިޖައްލައިގެން އުޅޭބަޔެއް. އިލާހީ ގާނޫނު އަރާ ހަމަކުރާނެ ކޮއްމެވެސް ދުވަހަކުން އޭ ޔަގީކަން. މިޔަށްވުރެ އަނިވެރި ސަރުކާރެއް މިގައުމުގެ ތާރީހުގައި ނާދޭ.

    12
  18. ވަހުތާން

    އެމާ މިހާރު އެވަނީ މިލާ މޯޅިވެފާ.

    12
  19. ކިއަން

    ރައްޔިތުން ބޭނުންވަނީ މަލެއްނޫން.

    14
  20. ރަން ރީނދޫ

    ރައްޔިތުންގެ ކުރިއެރުމަށް ކުރިމަތިވި ބިޔަ ގަލެއް.

  21. ަައިބޫ

    ކަލޯ ތިމާ ގެންގޮސް ބާލީސް ދަށަށްލާފަ ބާއްވަންވީނު. އެނދަށް އަރާކޮންމެ ފަހަރަކު ވަސްބަލަން. ސުންޕާއެއް އެއީ

  22. ހުސެންބެ

    އެއީ ބޮޑު ދުއްޕާނެއްް

  23. މުހައްމަދު

    ތިޔީ މުރަގަމަލެއް

  24. ހެހެހ

    އެވެސް މޭވާ ހަރުނުވާ މަލެއް

  25. ހަވާސާ ހާދިސާ

    ގަރަޑަ މަލެއް ހުވަދޫ ބޭފުޅުން ވިދާޅުވާގޮތުން އެއީ ނަޖިސްވަސް ދުވާ މަލެއް މާބުރުވެސް ކައިރިނުވާނެ!

  26. މެކުނު

    އާދެ! އާދެ! ކަށިމަލެއް.. މިޒާތުގެ މާ ވަރަށް ބޭނުން ނުކުރޭ.

  27. Anonymous

    ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ތެރެއިން ޕާޓީ ތަކަށް ނިސްބަތް ވާ މެމްބަރުން އެޕާޓީ އެއްގެ ލީޑަރަށް ސަނާކިއުމަކީ މިހާރު ވަރަށް އާދައިގެ ކަމެކެވެ. ނުވަތަ މަޖުބޫރު ކަމެކެވެ އެހެން ކަމަށްވާއިރު ގިނަފަހަރަށް ލީޑަރުންގެ ނެއް ފެންވަރު ރައްޔިތުންނަށް ދެއްކުމަށްޓަކާ އެބައިމީހުން ރެއާއި ދުވާލު މަސައްކަތް ކުރެއެވެ މިކަންމިހެން ކުރާއިރު މި ބައިމީހުން ކޮށްގެން ތިބިހުވަޔަކަށް މުޅި ރައްޔިތުންން ވާ ގެއްލުމަކަށް ބެލުމެއްނެތެވެ. ހިތާމައިގެ ކޮޅެއްނެތެވެ.