ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަންގާރަ ދުވަހު ކުއްލި ގޮތަކަށް ނިޔާވި އަބްދުﷲ ރަޝީދުގެ އާއިލާއިން އޭނާގެ ހަށިގަނޑު ހޯދަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދަށް ސިވިލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ގދ. ހޯޑެއްދޫއިން އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އެކަމަކު، ލޯންޗަށް އެރުވިތަނުން މެޔަށް ތަދެއް އަރައިގެން އެ ވޭނުގައި އޭނާ ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރުންގެ ރިޕޯޓުގައިވެއެވެ.

މި މައްސަލައިގާ އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއެވެ.

އެހެންވެ، އެ މައްސަލަ ބެލުމަށް ފުލުހުން ވަނީ އޭނާގެ ހަށިގަނޑު ވަޅުނުލާ ބާއްވާފައެވެ. އަދި، އާއިލާގެ ނުގަބޫލުގައި އޭނާގެ ޕޯސްޓްމޯޓަމް އެއް ހަދަން ވެސް ފުލުހުން ވަނީ ނިންމާފައެވެ.

އެކަމާއި ގުޅިގެން އާއިލާއިން ވަނީ އެންމެ ފަހުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު މެންދުރުފަހު 2 ޖަހާއިރަށް އެކޯޓުގައި ވަނީ ތާވަލުކުރެވިފައެވެ.

އާއިލާގެ ނުގަބޫލުގައި ވެސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ގާނޫނުން ފުލުހުންނަށް ލިބިގެންވެއެވެ. އެކަމަކު، އެކަމަށްޓަކައި ކޯޓު އަމުރެއް ބޭނުންވެއެވެ. މި މައްސަލައިގާ ފުލުހުން އަބްދުﷲ ގެ ހަށިގަނޑު ހިފަހައްޓާފައިވަނީ ކޯޓު އަމުރެއްގެ ދަށުންތޯ ސުވާލުކުރުމުން ފުލުހުން މިހާތަނަށް ޖަވާބެއް އަރުވާފައެއް ނުވެއެވެ.

އިހުމާލެއް އޮތްތޯ ބަލަން އެންއައިސީ؛ ބުނީ ޕޯސްޓްމޯޓަމް މުހިއްމު ކަމަށް

ހަށިގަނޑު އާއިލާ އާއި ހަވާލުކޮށްދޭން އާއިލާ އިން ތަކުރާރުކޮށް އާދޭސް ކުރަމުން ގެންދަނިކޮށް ބުރާސްފަތި ދުވަހު އިންޓެގްރިޓީ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައިގާ އިންސާފަށް ވާސިލުވުމަށް ޕޯސްޓްމޯޓަމެއް މުހިއްމު ކަމަށާއި އެހެންވެ، އެކަން ކުރާނެ ކަމަށެވެ.

އަބްދުﷲ ރަޝީދުގެ ހަށިގަނޑު އެމްބިއުލާންސަށް އަރުވަނީ
އަބްދުﷲ ރަޝީދުގެ ހަށިގަނޑު އެމްބިއުލާންސަށް އަރުވަނީ

"މިމައްސަލައިގައި އިންސާފަށް ވާސިލްވުމަށް މުހިއްމު ކަމަކަށް ވާތީ ތަހްގީގު ބޭނުމަށް ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ނިންމާފައިވާ ކަމަށެވެ." ބަޔާނުގައި ވެއެވެ.

އާއިލާ އިން އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހަވާލު ކޮށްދޭން އެދެމުން ބުނެފައި ވަނީ ފުލުހުން އިހުމާލުވީ އަބްދުﷲ ރަޝީދަށް ފަރުވާ ދިނުމުގައި ކަމަށާއި ޕޯސްޓްމޯޓަމް ހެދުމަކުން ފުލުހުންގެ އިހުމާލު ވަކިން ބޮޑަށް ހާމަވާނެ ގޮތެއް ވެސް ނެތް ކަމަށެވެ.

އެހެންވެ، ވީއެންމެ އަވަހަކަށް ހަށިގަނޑު ވަޅުލައި ދިނުމަށް އާއިލާ އިން އެދެއެވެ. އަދި، ޕޯސްޓްމޯޓަމް ހަދައިފި ނަމަ އާއިލާއިން އަބްދުﷲގެ ހަށިގަނޑާއި ހަވާލުނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކަރޯ

    ލަނޑާ ކެއްކުމުގެ ނަމުގައި މީނާ ހަކުރު ވިއްކާތާ އެތައް ދުވަހެއް

    3
    10
  2. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް

    އިބޫ އަށްވުރެ ނުބައިނުލަފާ އިންސާނަކު މިދުނިޔެ މަތިން ދުވަހަކު ވެސް ނުދެކެވެ. ނިމުން ވަރަށް ނުބައި ކޮށް އަންނާނެ ކަމަށް ލަފާކުރެވެއެވެ. ޕޯސްޓް މޯޓަމް ހެދިޔަސް، ނުހެދިޔަސް ދިވެހި ރައްޔިތުންނަށް ޙަޤީޤަތް ދެން އިބޫ އަކަށް އޮޅުވާއެއް ނުލެވޭނެއެވެ. ހަޤީޤަތަކީ އިބޫއަކީ އަނިޔާވެރިޔެއް ކަމެވެ. ޖަލުގައި ގަދައަށް އަނިޔާ ކުރާކަމެވެ. ޢަބްދުﷲ ރަޝީދު ނިޔާވީ އަނިޔާ ކުރިކުރީނުން ލޭމަށްޗަށް ގޮސްގެން، ހާޓް އެޓެއް ޖެހިގެން ކަމެވެ. ލޭމަށްޗަށް ދިޔުމަކީ ހާޓް އެޓެކް ޖެހޭ ކަމެކެވެ. ޕޯސްޓް މޯޓަމް ހަދަނީ އިބޫ ސަރުކާރުން ދެބޯގެރި ދުއްވާށެވެ. އިބޫ ގެ އެއްބަނޑުއެއްބަފާ ބޭބެ ކަމަށް އިބޫ ދެކޭ މޯޑީ ގެ ޤައުމުން ތިބުނާ "މޯޓަމެއް" ހެދީމާ އެ ރިޕޯޓްގައި ލިޔާނީ އިންޑިއާ އެމްބަސީ އިން ބޭނުން އެއްޗެކެވެ. ލަންކާ އިން ހަދަައިފިނަމަ ލިޔާނީ ޝާހިދު ބޭނުން އެއްޗެކެވެ. އޭރުން މަރްޙޫމް ޢަބްދުﷲ ރަޝީދު އޮންނާނީ ނިޔާވިއިރު ޒައްގޫމު ވެސް ބޮއިގެން ހުރިކަމަށް ވެފައެވެ. އެހެން ވުމުން ދެން ރައްޔިތުން ދައްކަންވީ ޢަބްދުﷲ ރަޝީދު ޒައްގޫމު ބޮއިގެން ހުރި ކަމަށެވެ. ބަލަގަ މިހިރަ ވެރިކަމާއިގެން ހޭކުޑާ ވެފާ ހުރި ނުކިޔަވާ، ގަމާރު އިބޫ އެވެ. އިބޫ ގެ ފަސް ކުޅަނދު މަދަކަސް މިހާރު ތަންދޮރު އޮޅުން ފިލާ މީހުން މަދެއް ނޫނެވެ. އިބޫ ހަނދާން ކުރަންވީ ކަމަކީ އިބޫ ކަހަލަ ނުބައިނުލަފާ، ޖައްބާރު އިންސާނުން، އިސްލާޙް ވޭތޯ، ނުބައިކަންތައް ކުރަން ފުރުސަތު މާތް ﷲ ދެއްވަވާކަމެވެ.

    16
    4
    • އަމާ

      އިބޫއަކީ މަލެކޯ ކުމުންދު ސޮރު ރާއީ ބުނީ

  3. ހުސޭނުބޭ

    ދެރަމަކެއް! ހުވާ މިބުނީ! އިމްރާން ގޮވައިގެން ދަޢުވާކޮށްބަލަ

    17
    1
  4. އަހްމަދު

    ތިކަމަކުންވާނެފައިދާއެއްނޯންނާނެ މިސަރުކާރުންބޭނުންވާގިތްނޫންގިތަކަށް ތިޔަކޯޓުން ނުނިންމާނެ އެއީ މިހާރުގާޒީންތިއްބަވަނީ މަގާމުގެއްދާނެކަމުގެ ބިރުވެތިކަމުގަ

    15
    2
  5. ޒަމް ފާރޮށި ބިން އަހްމީމް

    ޙަށިގަނޑު އެތެރޭގައި އާއި ބޭރުގައި ވެސް ހަކުރު...ފަޅާ އަރާފާނެތީ އާއިލާއިން ކޮރަކަލި ތަކެއް ހެން ތެޅެނީ..

    3
    12
  6. ހުށޭނު

    އެއްވެސް އިންސާނެއް، ކުށްވެރިއަކަސް އާދައިގެ މީހަކަސް، ބަލިވީމަ މަރަށް ދޫކޮށްލެވިގެން ނުވާނެ. އަދި މިފަހަރު މި މީހެއް މަރުވެފައި މި ވަނީ ފުލުހުންގެވެސް އިހުމާލު އޮވެގެން ކަން ޖެހޭ ޤަބޫލު ކުރަން. ނަމަވެސް، އޮޓޮޕްސީ މި ޙާލަތުގަ ހެދުން ބުއްދި ވެރިކަމަށް ފެނޭ! މީހާ ފުލުހުން ހައްޔަރު ކުރީ މަސްތުވާ ތަކެތީގެ މައްސަލައެއްގަ. ބޮއެގެނެއް ނޫން. ވިއްކައިގެން. އެހެންވީމާ ހައްޔަރު ކުރި ފަހުން، އަތު ތެރޭ ނުވަތަ ހަށިގަނޑުގައި ހުރި ޕީސްކޮޅެއް މިސާލަކަށް ފަހުން އެއްލާލަން އަނގަޔަށް ލާ ދިރުވާލިޔަސް ލީކެއް ވެ ހާޓް އެޓޭކެއް އައިސްފާނެ. އެހެން ވީމަ ފުލުހުންގެ އިޙުމާލުވެސް ބަލަންވީ. ތި މީހެއްގެ ޕޯސްޓްމޯޓެމް ވެސް ހަދަންވީ. އެއީ ރަނގަޅު ގޮތް ކަމަށް ފެނޭ.

    8
    4
  7. Santhi

    ކޮންމެ ކަމެއްކޮށްފައޮތަސް ކުރިޔަސް ނުކުރިޔަސް މާތްﷲ ޙައްޤު ގޮތުގައި އެމައްޔިތާގެ އަމަލުތަށް ބައްލަވާނެ. ދެން މަސްގަނޑު ހަވާލު ނުކޮށް އާއިލާއަށް ނުދައްކާ ހިފަހައްޓާ ސަބަބެއް އަންގާލަދީބަލަ. 4 ދުވަސް ވީ. އާއިލާއިން ބޭނުންވަނީ ޖަނާޒާ ބާއްވާފަ ވަޅުލަން. ޢެ ޙައްޤުވެސް ނެތީތަ..ކޮމިޔުނިސްޓް ޤައުމެއްނޫން ދެން ކޯންޗެއްމިއީ.

  8. އަހްމަދު

    އިންޑިއާ އާއި ޗައިނާގާ މުސްލިމުންނަށްކުރާ އަނިޔާއެކޭ މިރާއްޖޭގެ ފުލުހުން މުސްލިމުންނަށްކުރާ އަނިޔާއެކޭ ތަފާތެއްކޮބާ؟