ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ބަލައިގަނެ، އެގައުމުގެ ބޮޑު ވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގެ ސަބަބުން ރާއްޖޭގެ ބޮޑު ސަރަހައްދެއް ގެއްލޭނެ ކަމަށާއި އެއީ އެމަނިކުފާނަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވެފައިވަނީ ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެ ކަމަށް ސަރުކާރުން ނިންމާ، އެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު އެއްކޮށް ބަދަލުކުރީ ގާނޫނީ އިމުގެ ތެރެއިންތޯ ކަށަވަރު ކުރަން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

އިލްޔާސް ވިދާޅުވީ އާންމު ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން މި މައްސަލައިގާ ކަންބޮޑުވުން ފާޅުކުރަނީ ކަން ހިނގާ ގޮތް ސަރުކާރުން ސާފުކޮށްނުދޭތީ ކަމަށެވެ. އެހެންވެ، އޭނާ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"މިހާ ބޮޑު މައްސަލައެއް، އެންމެ ބޮޑު މައްސަލައަކަށް ވެގެން އުޅޭ ކަމަކީ، މިކަމާއި ގުޅިގެން ވާނުވާ، ކިހިނެއް ކަމެއް ކަން ހިނގަނީ، ކޮބައިތޯ އެކިއެކި ޑިޒިޝަންސް ނަންގަވާ ސަބަބަކީ ދިވެހި ރައްޔިތުންނަކަށް ސާފެއްނުވޭ. އެ ސާފުނުވާތީ ރައްޔިތުން ކަންބޮޑުވަނީ." އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގާ ކުރީގެ ބަންޑާރަނައިބުން ކަމަށްވާ، ޑރ. މުހައްމަދު މުނައްވަރާއި، ފާތިމަތު ދިޔާނާ ސައީދާއި، އާޒިމާ ޝުކޫރު ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ އެފަދަ ބޭބޭފުޅުންނަށް އެ މައްސަލައިގާ މާގިނަ ކަންކަން ސާފުވެވަޑައިގަންނަވާނެ ކަމަށެވެ. އެހެންވެ، މިވަރުގެ މައްސަލައެއްގައި އެ ދާއިރާގެ ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކުރުމުން މަޖިލީހުންނާއި ސަރުކާރުން ވެސް އެ މައްސަލައިގައި މިއަށްވުރެ ފުންކޮށް ވިސްނަން ޖެހޭނެ ކަމަށެވެ.

"ރާއްޖޭން ބޮޑު މާސިންގާ ކްލެއިމް އެއް ކުރެވެން އޮތް ކަމެއް، މިއީ ކުޑަ ކަމެއް ނޫން. ރާއްޖޭގެ ސަރަހައްދުގެ ބޮޑު މާސިންގާ ތަނެއް ރާއްޖޭގެ ޓެރިޓަރީގެ ބައެއް ގޮތުގައި އަޅުގަނޑުމެން މިއޮއްހާ ދުވަހު ބަލަމުންދިޔަ ބައެއް އަޅުގަނޑުމެން އަތުން ބީވެގެންދާ ވާހަކަ މިދައްކަނީ" އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އިލްޔާސް ލަބީބް / ފޮޓޯ: މަޖިލިސް އިދާރާ

އޭނާ ގަބޫލުކުރައްވާ ގޮތުގައި ގާނޫނު އަސާސީ އޮންނަ ގޮތުން އެ ނިންމުން ނިންމުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެނެއް ނުވެއެވެ. އެހެންވެ، އެ މައްސަލަ މަޖިލީހަށް ނުގެނެސް، ނިންމުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާނޫނު އަސާސީގެ ތިންވަނަ މާއްދާގައި ވެސް ބަޔާންކުރޭ، ރާއްޖޭގެ ސަރަހައްދުން އެއްވެސް ސަރަަހައްދެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެންނޭ." އޭނާ ވިދާޅުވިއެވެ.

"ސިޓީ އަނބުރާ ގެނެސް، އެ މައްސަލަ ދިރާސާކުރަން ޖެހޭ"

އިލްޔާސް ވިދާޅުވީ ގާނޫނު އަސާސީން ލިބިދީފައިނުވާ ބާރެއްގެ ބޭނުންކޮށްގެން ރައީސް ފޮނުއްވާފައިވާ ސިޓީފުޅު އަނބުރާ ގެންނަވަން ޖެހޭ ކަމަށެވެ. އަދި، އެ މައްސަލަ މަޖިލީހަށް ހުށަހެޅި އެކަން ފުރިހަމައަށް ދިރާސާ ކޮށްގެން މަޖިލީހުން ފާސްކޮށްގެން ނޫނީ ގޮތެއް ނިންމިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ސިޓީފުޅުގައި އޮތީ ކޮން ވާހަކައެއް ކަމެއް، ކޮން ކަމެއް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ. މީޑިއާއަށް ހާމަކުރުމަށް ރައީސް އޮފީހުން އުޒުރުވެރިވޭ." އޭނާ ވިދާޅުވިއެވެ.

ސިޓީފުޅެއްގެ ސަބަބުން ރާއްޖޭން ބައެއް ގެއްލިގެންދާއިރު އެކަން ފޮރުވުމަށްޓަކައި ކުރީގެ ސަރުކާރުތަކާއި ކުރީގެ ވެރިންގެ ބޮލުގައި އިލްޒާމްތައް އަޅުވާ ކަމަށް ތުހުމަތު ކުރައްވާ އޭނާ ވިދާޅުވީ މިކަމުގައި ސަރުކާރު ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޗާގޯސްގެ ރަށެއް

އޭނާ ވަނީ ސިޓީފުޅު އަނބުރާ ގެންނަން ގޮވާލާފައެވެ. އަދި، އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވައިގެން ކުރިޔަށް ގެންދެވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑު މިއަދު ގޮވާލަން އޮތީ އެ ސިޓީފުޅު ރިވޯކް [އަނބުރާ ގެނެއުން] ކުރައްވާށޭ. ރިވޯކް ކޮށްފައި މަޖިލީހުގައި ރައްޔިތުންނާއި އެކަން މަޝްވަރާ ކުރައްވާށޭ. ރައްޔިތުންނާ މަޝްވަރާ ކުރެވޭނެ ގޮތަކީ ރައްޔިތުންގެ މަންދޫބުންގެ ކުރިމައްޗަށް އެ މައްސަލަ ގެނައުން." އިލްޔާސް ވިދާޅުވިއެވެ.

އޭނާ އެދިވަޑައިގަތީ މަޖިލީހުގައި ތިބި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭ ގޮތަށް ސިލެކްޓް ކޮމެޓީއެއް އެކުލަވާލާ، ދާއިރާގެ ތަޖުރިބާކާރުން ކޮމެޓީއަށް ހާޒިރުކޮށްގެން ކަމާއިބެހޭ ދިރާސާއެއް ކުރުމަށެވެ. އަދި، އެއަށް ފަހު މަޖިލީހުން އެކަމުގައި ގޮތްތަކެއް ނިންމެވުމަށެވެ.

ޗާގޯސް މައްސަލައިގެ ފަސްފަހަތް

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައި ރާއްޖޭން އިމުގެ މައްސަލާގައި ސިޔާސަތު ބަދަލުކޮށް، އިމުގެ ބައެއް މޮރިޝަސްއަށް ދޫކޮށްލަން ނިންމީ ކަމަށް ތުހުމަތުވާން ފެށުމާއެކު، ސަރުކާރު ތެރެއިންނާއި ބޭރުން ބައެއް ސިޔާސީ ފަރާތްތަކުން ގެންދަނީ އެކަމަށް ފާޑު ވިދާޅުވަމުންނެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނިންމާފައި ވަނީ ޗާގޯސް އިސްތިއުމާރު ކޮށްފައިވާ ކުރުން ނިމުމަކަށް ގެންނާށެވެ. އަދި، އެތަން ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރުމަށެވެ.

މިގޮތުން، އެ ނިންމުން ހަ މަސް ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ޗާގޯސް މޮރިޝްސްއާ ހަވާލުކުރަން، މެއި 22، 2019 އދ. އިން ފާސްކުރި ގަރާރަށް 116 ގައުމުން ތާއީދުކުރިއެވެ. އެކަމަކު، އޭރު ރާއްޖޭން އައީ އެ ގަރާރާއި ދެކޮޅު ހަދަމުންނެވެ. އެއީ، ބައިންޑިން އެއްޗަކަށް ނުވާތީއެވެ. ޗާގޯސްގެ ދަރިކޮޅުގެ މީހުން ވެސް ބުނެފައިވަނީ އެމީހުންނާއި މޮރިޝަސް އާއި ގުޅުމެއް ނެތް ކަމަށާއި އެމީހުންގެ ބިން، މޮރިޝަސް އަށް ހަވާލުކުރަން ހުދު އެމީހުން ވެސް ތާއީދުނުކުރާ ކަމަށެވެ.

ޗާގޯސް މައްސަލައިގާ ފުށުއަރާ ކަނޑުގެ ސަރަހައްދު

މިކަމާ ގުޅިގެން ކަންބޮޑުވާ ގިނަ ފަރާތްތަކުން ބުނަމުން އަންނަނީ ޗާގޯސް، މޮރިޝަސް އާއި ހަވާލުކުރުމުން އެމީހުންގެ ކަނޑުގެ އިން ކުރަހާ އިރު ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެންދާނެ ކަމަށެވެ. އަދި، ރާއްޖޭން އެފަދައިން ތާއީދު ކުރުމަކީ މޮރިޝަސް ކޮޅަށް އިމުގެ މައްސަލަ ނިންމުމަށް އޮތް ފުރުސަތެއް ކަމަށް ފާހަގަ ކުރެއްވިއެވެ.

މިގޮތުން، މޮރިޝަސް އަށް ޗާގޯސް ލިބުމުން އެކަމުގެ ފައިދާ ކުރާނީ އިންޑިއާއަށް ކަމަށާއި ކުއްލިއަކަށް ރާއްޖޭގެ ސްޓޭންޑް ބަދަލުވެގެން އުޅެނީ އެ ސަބަބަށްޓަކައި ކަމަށް ކުރީގެ ބަންޑާރަނައިބު އަދި ކުރިން ރާއްޖޭގެ އިން ކުރެހުމުގައި އިސްކޮށް އުޅުއްވި ޑރ. މުނައްވަރު ވެސް ވަނީ ތުހުމަތުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޑައެލޯގް

    އިބޫއަކީ ވެރިކަމަށް ކުފޫހަމަވާމީހެއްނޫނެވެ. ނަމަވެސް ކޯލިޝަނުގެ ބައިވެރިންނާއި ބައެއްމެންބަރުން ބޭނުންވަނީ އިބޫވެރިކަމުގައި ބަހައްޓާށެވެ. ސަބަބަކީ އެއްޗެއްނޭގޭ މީހެއް ހުރުމުން ދައުލަތުގެ ޚަޒާނާއިން ދަވާލެވޭނެވަރު ބޮޑުވާނެތީއެވެ. އިންޑިޔާއިން ބޭނުންވަނީ އިންޑިޔާގެ ސިފައިން މިގައުމުގައި ބަހައްޓައިގެން އެމީހުންގެބާރު ގަދަކުރާށެވެ. ޗާގޯސްވެސް ދޭން އެނިންމަނީ އިންޑީޔާގެ ބާރުގައެވެ.

    18
    1
  2. ޡުމާ

    އޭނާ އަތުގަ ނެތް ބާރެއްގަ ޗާޓުން ބޭރުން އެއްވެސް ގައުމަކަށް ރާއްޖޭގެ ކަނޑުން ބަޔެއްލިބިދާނެ ފަދަ ނިންމުމެއްގެ ނިންމުން ޕާލަމަންޓުގެހުއްދަނެތި އަދި މަޝްވަރާއެއްނެތި ލިޔުމަކުން ދިނުމަކީ ޖިނާއީ ކުށެއް ކަމުގައި ބެލެވިދާނެ. އެއީ ސިޓީ ކައުންސިލުގެ ރައީސް ސިޓީއަކުން އެހެން ގައުމަކަށް މާލޭގެ ގަލޮޅުދަނޑު ލިއްބައިދޭފަދަ ނިންމުމެއް އަމިއްލައަށް ނަގައިފައި ލިޔުމަކުން ދިނުން ފަަދަކަމެކެވެ.

    10
  3. ޔަގީނޭ

    ރައީސް މޮރިޝަސް އަށް ފޮނުއްވި ސިޓީފުޅު ހޯދަން ނަޝީދުގެ ފެކްޝަނުން ގޮވާލައިފި ސިޓީ ފުޅޭ އެއީ ކީއްވެތޭ ރައީސް އަށް ވީމާ އޭނާ ފޮނުވާ ސިޓީ ތައް ސިޓީ ފުޅަށް ވެފައި އޭނާ އެމަގާމަށް ގެނައި ރައްޔިތުން ފޮނުވާ ސިޓީ ކައްޕަޅި ސިޓީ ތަކަށް ވާންވީ އެގޮތަށް އެކަން ވެގެން ނުވާނެއޭ ރައީސް ވެސް ފޮނުވާނީ ސިޓީއޭ ކޮން ފުޅެއްތޭ ފުޅު ތަމެން އޮޅާލަބަލަ ދެން އަނެއް ކޮޅުން ރައީސް އިބޫ އާއި މިހާރު ޑިޖިޓަލޭ މިނިސްޓަރު މެން މޮރިޝަސް އަށް ކުރި ދަތުރު ގައި ޑިޖިޓަލޭ ބުނެގެން ކުރިކަމެކޭ ޑިޖިޓަލޭ މެން ފަދަ ގަމާރު ބީތާ އިސްލާމް ދީން ގަބޫލުނުކުރާ ހަރުބީ ކާފަރުން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެންނަށް ލުމުން އެމެން މިގައުމު ވިއްކާލަން ފަސްނުޖެހޭނެ ކަން މަމެންނަށް އަބަދުވެސް އިނގެއޭ އިނގޭތޭ ތަމެން ޑިޖިޓަލޭ ފައިބަންވީއޭ ފައިބާ އޮރިޔާމުން ބުރުގާ ނާޅާ އޮފީހަށް ދާ މިނިސްޓަރުން ގައުމު ދެކެ ލޯބިނުވާނެ ކަން އެއީ ޔަގީން ކަމެކޭ...

  4. Anonymous

    ޗާގޯސް ވިއްކުމާއިބެހޭސިޓީ އެކަންޏެއް ނޫނެއްނޫންތޯ ރައްޔިތުންނަށް ސިއްރު ކޮށްގެން އުޅެނީ އިންޑިއާއަށް މިގައުމު ވިއްކައިގެންއުޅޭ އެގުރެމެންޓްވެސް ސިއްރުކޮށްގެންނޫންތޯ ކަލޭމެންގެ މިސަރުކާރުންއުޅެނީ؟؟މިދެމައްސަލައަކީވެސް ރައްޔިތުންނަށް ފާޅުކަންބޮޑުގޮތަކަށް ހާމަކުރަންޖެހޭ އަދި ރައްޔިތުން ހޮވާފައިތިބި ތިޔަ ހުރިހާ މަމްދޫބުންގެ ރުހުން ލިބިގެން ނިންމަންޖެހޭ މައްސަލަތައް، މިއީ ހުރިހާ ދިވެހި ރައްޔިތުންގެ ގައުމަކަށްވާއިރު ރ.އިބޫސާލިހު އާއި ކާޕެޓް ފޮރެންމިނިސްޓަރ ޝާހިދު އާއި ޑ.މިނިސްޓަރ މާރިޔާ ފަދަ އަމިއްލަ އެދުމަށް ދަހިވެތިވެގެންއުޅޭ އައްދާރުން ހަދައިގެން އުޅެނީ މިގައުމަކީ ތިމެންނަމެންގެ އެކަނި ތަރިކަ މުދާގަނޑެއްކަމަށް، ރައްޔިތުން ކަރުފިއްތާލާފަ ނާޖާއިޒު ފައިދާ ނަގަމުންދަނީ، ރައްުޔިތުންގެ ވޯޓެއް ތިޔަ އެމްޑީޕީއަކަށް ނުލިބޭނެ،

    1
    1
  5. ކައްޕަޅިސަރުކާރުދޯ

    ތަމެންގެ ކައްޕަޅި ސަރުކާރު އިސްތިއުފާ ކައްޕަޅި ސަރުކާރު އިސްތިއުފާ ކައްޕަޅި ސަރުކާރު އިސްތިއުފާ ކައްޕަޅި ސަރުކާރު އިސްތިއުފާ ކައްޕަޅި ސަރުކާރު އިސްތިއުފާ ކައްޕަޅި ސަރުކާރު އިސްތިއުފާ ކައްޕަޅި ސަރުކާރު އިސްތިއުފާ ކައްޕަޅި ސަރުކާރު އިސްތިއުފާ ކައްޕަޅި ސަރުކާރު އިސްތިއުފާ ކައްޕަޅި ސަރުކާރު އިސްތިއުފާ ކައްޕަޅި ސަރުކާރު އިސްތިއުފާ ކައްޕަޅި ސަރުކާރު އިސްތިއުފާ ކައްޕަޅި ސަރުކާރު އިސްތިއުފާ ކައްޕަޅި ސަރުކާރު އިސްތިއުފާ ކައްޕަޅި ސަރުކާރު އިސްތިއުފާ

  6. ހުސޭނުބޭ

    އަޅެ ދޫކޮށްލީއެއްނޫނޭ! ލާރިގަނޑަކަށް ވިއްކާލިއްޔޭ

  7. ރަބަރޭ

    ވެރިޔަކަށް ހުންނަ މީހަކަށް ވިޔަސް ރާއްޖޭގެ ބަޔެއް ބޭރުގެ ފަރާތްތަކަށް ނުދެވޭނެ އެކުރެވެނީ ވަށްކަން ހަރާމުކޯރު ޔާމީނު އެކަޏެއް ނޫން ވަށްކަން ކުރަނީ ކީއެއް ރާއްޖޭގެ ރަސްގެފާނަށް ވެސް އެބާރު އޮވެގެނެއް ނުވާނެ