މިއަދު މެންދުރު ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލްގެ ދެ ދަރިވަރެއްގެ މެދުގައި ހިންގި މާރާމާރީއެއް ހުއްޓުވަން އުޅުނު ޓީޗަރެއްގެ ބޯފަޅާލައިފި އެވެ.

މިއީ ކުޑަކުދިން ހިމެނޭ މައްސަލައަކަށް ވާތީ ހާދިސާ ހިނގި ރަށެއް ފުލުހުން ރަސްމީކޮށް ހާމައެއް ނުކުރެއެވެ. ނަމަވެސް ފުލުހުން ވަނީ ދެކުނުގެ ރަށެއްގެ ސްކޫލުގައި ކުދިންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލައެއްގެ ރިޕޯޓު ލިބިފައިވާކަން ކަށަވަރު ކޮށްދީފައެވެ.

އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަން ފިޔަވައި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މާރާމާރީގައި އަނިޔާވި ޓީޗަރަށް ފުވައްމުލަކު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މާރާމާރީ ހިންގީ އެ ސްކޫލްގެ ގްރޭޑް 8 އަދި ގްރޭޑް 9 ގައި ކިޔަވަމުން އަންނަ ދެފިރިހެން ކުދިންގެ މެދުގަ އެވެ. ގްރޭޑް 9 ގައި ކިޔަވާ ދަރިވަރު ގްރޭޑް 8 ގެ ކުއްޖާ އަށް ހަމަލާދިނީ އޭނާ ކުލާހުގައި އިންދާ އެކްލާހަށް ވަދެ އެވެ. އެ ކުލާހުގައި ކިޔަވައިދޭން ހުރި ޓީޗަރު އެކަން ހުއްޓުވަން އުޅުމުގެ ތެރޭގައި ހަމަލާ އަމާޒުވީ ޓީޗަރަށެވެ.

މިމައްސަލަ އާއި ގުޅިގެން އަދި އެއްވެސް ދަރިވަރަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަން ރީނދޫ

    އަދި އެއްފަހަރު މެންކު ގެންދޭ. އަނެއް ދިވެހިރާއްޖެ އާދެވުނީ

    11
    4
  2. ކުދިން ހަލާކުކުރުން

    ހައްޔަރު ނުކުރެވި ފިޔަވަޅެއް ނޭޅެންޏާ އެއީ މިކަހަލަ ކަންކަމަށް ހަމަ ސީދާ ކަނޑައެޅިގެން ހިތްވަރު ދިނުން އެއީ ކުދިންނަށް އޯގާތެރިވުމެއް ނޫން މި ކުދިންނަށް އަދަބު ނުދިނުމަކީ އެ ކުދިންގެ މުސްތަގުބަލު ހަލާކުކޮއްލުން

    28
    1
    • މިތުރު

      އަދި އެހެން ކުދިންނަށް ދެއްކޭ ނުބައި ނަމޫނާއެއް. ދެވޭ ނުބައި މެސެޖެއް. ނުސީދާ ހިއްވަރެއް. އެހެންވީމަ ތިޔަކަން ބެލުމަށްފަހު ކުށްވެރިވާ ކުއްޖަކަށް އަދަބުދެވެން ޖެހޭނެ.

  3. އަހަްމަދު

    ކޮބާ މިކަން ސިއްރުކުހާ ހަހަމަޔަށްއައީތާ. މިކަހަލަ ނުލަފާ އެތަށްކުދިންނެއް އެސްކޫލްގައުޅޭ. މިއއިންކަމަކަށް ފިޔަވަޅެއް ދުވަހަކުވެސް އެޅިފައެއްނެތް. ސްކޫލް މޮޅުކުރަން މިކަހަލަ ކަންތައްކުރަނީ ސިއްރު.

  4. މައިސަން އެންޑް އާއިސް

    އޯއި ގަދަ ނިވޭ

  5. ގަމާރު

    ފުލުހުން ކޮން ރަށެއް ކަން ހާމައެއް ނުކުރޭ. ތަޅައިގަތީ ފުވައްމުލަކު ހާފިޒު އަހުމަދު ސުކޫލުގެ ދެ ދަރިވަރަކު .. އަނިޔާވެ ގެންދިޔައީ ފުވައްމުލަކު ހޮސްޕިޓަލައް .. ފުލުހުން ދެން ތިކަމުގެ ތަފްސީލު ހާމަ ކުރާނެ ކަމެއް ނެތެއްނުން ދޯ...

    12