ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތަހުގީގު ކުރުމަށް ފުލުހުންނަށް ލިބޭ މުއްދަތު ތިން މަހަށް އިތުރުކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި މި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގުކުރައްވައިފި ނަމަ، ދައުވާނުކޮށް ތިން މަސް ވަންދެން މީހުން ބަންދުގައި ބޭތިއްބުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންދާނެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނު މިހާރު އޮންނަ ގޮތުން، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތައް ފިޔަވާ ހުރިހާ މައްސަލަތަކެއްގައި ވެސް ތަހުގީގު ކުރުމަށް ފުލުހުންނަށް ލިބެނީ 75 ދުވަހުގެ މުއްދަތެކެވެ. އަދި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ފަހުން ހުށަހެޅި އިސްލާހާއެކު އެ ގާނޫނުގެ ދަށުން ބަންދުކުރާ މީހުންގެ ތަހުގީގަށް 90 ދުވަސް ލިބެއެވެ.
މިދިޔަ މޭ މަހު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހު، ކޮމެޓީން ފާސްކޮށް، މިއަދު މަޖިލީހުގެ ތަޅުމުން ވަނީ ފާސްކޮށްފައެވެ. މިގޮތުން، މިއަދުގެ ޖަލްސާގައި އެ އިސްލާހަށް ވޯޓުލީ 56 މެންބަރުންގެ އިއްތިފާހުން ވަނީ އެ އިސްލާހު ފާސްކޮށްފައެވެ.
އެހެންވެ، ރައީސް ބިލު ތަސްދީގުކުރައްވާ ދުވަހުން ފެށިގެން، ބޮޑެތި މައްސަލަތައް ތަހުގީގުކުރުމަށް ފުލުހުންނަށް ގިނަވެގެން ތިން މަސްދުވަސް ލިބޭނެއެވެ.
ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، މީހުން މެރުމާއި، ރޭޕާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، މަނީ ލޯންޑްރިންނާއި، މީހުން ޓްރެފިކް ކުރުމާއި، ޑްރަގް ޓްރެފިކިން އާއި، ނުރައްކާތެރި މާރާމާރީއާއި، އެއް ލައްކަ ރުފިޔާއަށްވުރެ މަތީ އަދަދެއްގެ ފައިސާ ހިމެނޭ ކުށްތަކާއި، ދިހަ އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު އަދަބު ހިމެނޭ ކުށްތަކެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނު ކުރިން އޮތް ގޮތުން، ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކުރާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ތަހުގީގު ނިންމާ ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހެއެވެ. އަދި، ބަންދުން ދޫކޮށްލާފައި ހުންނަ މީހެއްގެ ތަހުގީގު ނިންމަން ލިބެނީ 45 ދުވަހެވެ.
ހަމައެހެންމެ، ބޮޑު ކުށެއްގެ މައްސަލައިގާ ތުހުމަތު ކުރެވޭނަމަ 30 ދުވަހުގެ މުއްދަތު، 45 ދުވަހަށް އިތުރުކުރުމުގެ ބާރު ޕީޖީއަށް އޮވެއެވެ.
މިއަދު މަޖިލީހުން ފާސްކުރި އިސްލާހާއެކު، އެ މުއްދަތު އިތުރުވެގެންދާނެއެވެ. އެކަމަކު، ދައުވާނުކޮށް ބަންދުކުރާ މުއްދަތު ދިގުވުމުން ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިއީ އިންތިހާބާދިމާކޮށް ބަޔަކު ހައްޔަރުކުރަން ވެގެން ހުށަހަޅައި ފާސްކުރުވި އިސްލާހެއް، މިމުގެ ސަބަބުންވެސް ﷲ އިރާދަކުރެއްވިއްޔާ މިހާރު ވެރިކަންކުރާ ގައްދާރުން ބަލިވެގެންދާނެ!
ކަޑައެޅިގެން ޤާނޫނު އަސާސީޔާއި ހިލާފު ސިޔާސީ ޤާނޫނެއް، ތިޔައީ ކުރިން މައުމޫނު ޒަމާނުގައިވެސް ތިޔަގޮތަށް އޮވެގެން ހަޅޭލެވި ވައްވައްޖެހި އެމްޑީޕީ މީހުން ތޯ ؟
ނަތީޖާ ނުފެންނަނީ ޑީލް ތައް ގިނަ ވީމަ އެވެ.
މިއީ އިދިކޮޅު ސިޔާސީ ފަރާތްތައް ހައްޔަރު ކޮށް އަދަބު ދިނުމަށް ފާސްކުރި ގާނޫނެއް
ކަލޭމެންގެ ކަރައް ތިމަޅި މެހޭނެކަން ދަނެ ތިބެ ތިކަން ކުރާތި
މިއީ ވަރަށް ފައްކާ ގާނޫނެއް މިވެރިން ބޭނުންމީހަކު 3 މަހަށް ގަލުގަބަހައްޓަންވީ ، މިތަސްދީގު ކުރާނީވެސް ބޮލުރޮދި ކެންޑިފަހުރި މީހަކަށްވާނީ !!!
މައުމޫންގެ ވެރިކަމުގަ 45 ދުވަސްވަންދެން ސުވާލެއްވެސް ނުކޮށްލާ އޮވޭބާއްވާފަ ތިޔަ އެމް.ޑީ.ޕީޔައް މިކަން ގޯސްވީ މިހާރުކޮންތާކުބާ ތިޔަޖެހުނީ
ﷲގެހެޔޮރަހްމަތާއެކު 2023 ކާމިއާބުކޮށް ރައީސް ޔާމީންގެ ބެލުމުގެދަށުން މިހާރުގާނޫނާޚިލާފުވާ ހުރިހާބޭފުޅުންނައް ތިޔައިސްލާހުގެދަށުން ފުރިހަމަޚިދުމަތްތަކެއްލިބިގެންދާނެ އިންޝާﷲ