ގދ. ވާދޫ ކުޑަ ކަނޑާ ދިމާލުން މުދާ އުފުލާ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާފައި ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ނުފެނޭ ކަމަށް އެންއެމްޑީއެފްއިން ބުނެފި އެވެ.

އެމްއެންޑީއެފްއިން ބުނީ އިއްޔެ ލޭންޑިން ކްރާފްޓް އިން ގެއްލުނު ފަޅުވެރިޔާ އަދިވެސް ފެނިފައި ނުވާ ކަމަށެވެ.

އަދި އޭނާ ހޯދުމުގެ މަސައްކަތް ކަނޑުމަގުންނާއި ވައިގެ މަގުން މިއަދު ކުރިއަށްދާނެ ކަމަށެވެ.

ވާދޫ ކުޑަ ކަނޑާ ދިމާލުން 12 މޭލު ބޭރުން މުދާ އުފުލާ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ މެންދުރު 13:25 ހާއިރު ކަމަށެވެ.

އެ ކޮޅުވެއްޓި ކައިރީގައި ވާދޫ ސީވީޑް ދޯނި އެ ގަޑީގައި ހަރަކާތްތެރިވަމުންދިޔަ އެވެ. އަދި އޭގައި ތިބި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ސަލާމަތްކޮށްފައި ވެއެވެ.