ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ "ވަގެއް" ކަމަށް އެޕާޓީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ތުހުމަތު ކުރެއްވުމުން އެމަނިކުފާނަށް ތާއީދުކުރައްވާ ބައެއް މެންބަރުން އޭނާއަށް ވަރަށް ބޮޑަށް މަލާމާތްކޮށްފިއެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ، އަދި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ އެމްޑީޕީއަށް ވެރިކަން މި ލިބުނީ ދެވަނަ ފަހަރަށެވެ. އެކަމަކު، 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި އެޕާޓީގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދި، ބައިބައިވެފައެވެ.

ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭނެ ކަމަށް އެމްޑީޕީގެ ގިނަ މަޖިލީސް މެންބަރުން ތާއީދުކުރެއްވި ނަމަވެސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ގެންދަނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުމަށް ތާއީދުނުކުރާކަން ހާމަކުރަމުންނެވެ. މަޖިލީސް ތަޅުމުގައި އެފަދައިން ދެކެވޭ ވާހަކަތަކަށް ސަރުކާރު ފެކްޝަންގެ މެންބަރުން ގެންދަނީ އެޕާޓީގެ ވަޓްސްއެޕް ގުރޫޕުގަޔާއި ޓްވިޓާގައި ވެސް ރައްދުދެމުންނެވެ.

ރޮޒެއިނާ، ނަޝީދު އަރިހުގައި

އެ ބަހުސްގެ ތެރެއިން ކުރެއްވި ޓުވީޓެއްގައި ރޮޒައިނާ ވަނީ ނަޝީދު ކުރެއްވީ ކޮރަޕްޓް ވެރިކަމެއް ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"މުހައްމަދު ނަޝީދު ކުރީ ކޮރަޕްޓް ވެރިކަމެއް. މިފަހުން ރައީސަކު ކުރެއްވި އެންމެ މޮޅު ވެރިކަން ރައީސް ސޯލިހް ކުރައްވާތީ ތިއުޅުއްވަނީ ހަސަދަވެރި ވެގެން" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އޭރު ރާއްޖޭގައި ހުރި ހުރިހާ ފަޅަކާއި ރަށެއް ގާތް މީހުންނަށް ބަހާ ހުސްކޮށްލީ ކަމަށެވެ. ނަޝީދު މުޅި އުމުރު އެހެން މީހުންގެ އަގު ވައްޓާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާ ވިދާޅުވީ، ވެރިކަމުގައި ހުންނަވައިގެން ކުރެއްވި ހުރިހާ ވައްކަމެއްގެ ތަފްސީލު ހާމަކުރައްވާނެ ކަމަށެވެ.

"ބިތުފަންގި އެބަ ހިއްލޭ. ތިއީ ކާކުކަން މީހުންނަށް އެދަނީ ފަލީހަތް ވަމުން. ސިޔާސީ ބާރުވެރިކަމަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ، އަމިއްލަ އެދުން ބޮޑު މީހެއް" ނަޝީދަށް ނިސްބަތްކުރައްވާ ރޮޒައިނާ ވިދާޅުވިއެވެ.

އެއާއެކު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވަނީ ރޮޒައިނާއަށް ވަރަށް ބޮޑަށް ފާޑުކިޔަން ފަށާފައެވެ. މިގޮތުން، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ވައްޑޭ ވަނީ ރޮޒައިނާ، ނަޝީދަށް ތައުރީފު ކުރައްވާ ވީޑިއޯއެއް ހިއްސާކުރައްވާ "ދެން މި ކިޔަނީ ކީކޭތޯ" އައްސަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) : ފޮޓޯ މަޖިލސް އިދާރާ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) : ފޮޓޯ މަޖިލސް އިދާރާ

ހަމަ އެވީޑިއޯ ހިއްސާ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ރޮޒައިނާގެ "އަނގައިގާ 100 ދޫ" އޮންނަ ކަމަށެވެ. އަދި، ނަޝީދަށް ބޮމުގެ ހަމަލާއެއް ދީފައިވަނީ މި ސަރުކާރު އޮއްވާކަން ފާހަގަ ކުރައްވާ އިންތި ވަނީ "ލަދެއް ނުގަނޭތޯ" އައްސަވާފައެވެ.

ރޮޒައިނާ، ނަޝީދަށް އަމާޒުކުރައްވާ ތުހުމަތުތަކާއި ގުޅިގެން އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން މާބޮޑު ބަހުސެއް ނުކުރައްވައެވެ. ކުރައްވާ ކަމަކީ މީގެ ކުރިން ސިޔާސީ އެހެން ހާލަތްތަކުގައި އޭނަ ދައްކާވާފައިވާ ބައެއް ވާހަކަތައް ހިއްސާކުރެއްވުމެވެ.

މިގޮތުން، ރޮޒައިނާ ނަޝީދަށް ތައުރީފް ކުރައްވާ ވީޑިއޯއާއި، ރައީސް މައުމޫނަށް ތައުރީފް ކުރައްވާ ވީޑިއޯ އާއި ހަމަ އެބޭފުޅުންނަށް ފާޑު ވިދާޅުވާ ވީޑިއޯތައް އަންނަނީ ދައުރުކުރަމުންނެވެ. ނަޝީދު ފެކްޝަނަށް ތާއީދުކުރާ މެންބަރުން ގެންދަވަނީ އެވީޑިއޯތައް ބޭނުންކޮށްގެން ރޮޒައިނާއަށް މަލާމަތް ކުރަމުންނެވެ.

ރައީސް މައުމޫންގެ ޑީއާރްޕީން ސިޔާސީ ހަޔާތް ފެށި ރޮޒައިނާ އެމްޑީޕީއާ ގުޅުނީ 2013 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ވަނީ ރައީސް ވަހީދު ވެރިކަމަށް ގެންނަން ވެސް މަސައްކަތް ކުރައްވާފައެވެ. މިހާރު އޭނާއަކީ ރައީސް ސޯލިހްގެ އެންމެ އަރިސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އކކ

    އަދިކިރިޔާ ޕޮލިޓިކަލް މީހަކު ތެދެއްބުނިއަޑު މިއިވުނީ.

    32
    4
  2. ޢަބްދުލްމުހައިމިން

    އަޅުގަނޑަށް ހަމަ ޔަޤީން މިއީ ހިތާވެގެން އުޅެފައި މިހާރު މައްސަލަޖެހިގެން އުޅޭ ދެމީހުން.

    35
    2
  3. އާނ

    ނަޝީދު ގެ ސައުގެއް މަންޖެ އަށް ނެތީމާ ހަސަދަފިލުވާލަނީ އާނ ތިޔާހެން އުޅުނަސް ނަޝީދު ބުނީ ހޯހޯއޭ ނެތޭ ސައުގެއް އާނއާނ

    10
    2
  4. ބިތު ފަންގި

    ބިތު ފަންގި ހިއްލޭއިރު ކަމަނާ ވެސް އެބަފެނޭ ހާދަ ކެޔޮގަނޑެކޭ ކާލާފަތިޔަހުރީ ގުދޯގުދޯއޭ ނުގޮވާ ރޮޒޭނާ ތީ ޕަރީއެއްނޫނޭ ތީވެސް ނަޝީދު މެން ގެންގުޅުނު ދޫންޏެއް މިހާރު ފީކުކުޅެއްހެން ތިއުޅެނީ

    17
  5. Anonymous

    ރައީސް ނަޝީދު މަނިކުފާނު ރޮޒޭ އަށް ކޮންކަމެއް ނުކޮށްދީގެންތޯ އެކަމަނާ އެވަރަށް ނުރުހުންވެ ކުސްތަޅަނީ. ގޮތެއް ހައްދަވާލަދެއްވާ

    22
    1
  6. ޚަލީލު

    ނަޝީދު ވައްކަން ކުރިކަން ޝަރީޢަތަށް ސާބިތުވެގެން ރ. އަތޮޅަށް އަރުވާލި. ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި ސޮއިކޮށްފައިއޮތީ މާރިޔާ. އެހެންވީމާ، ރޮޒައިނާ އެ ބުނީ ދޮގެއް ނޫން. ެެ

    15
    6
  7. ޖެރާޑް

    ރޮޒޭނާ މަޖިލިސް ގޮޑި ހޯދީ އަންނިގެ ކޮނޑަށް އަރާއޮވެގެން.. ލަދުގަނެބަލަ

    28
  8. ނަމަ

    ރޮޒައިނާ މިކިޔަނީ ކީކޭބާ އަނެއްކާ

  9. ރަން ރީނދޫ

    ރޮޒައިނާ ހާމަކުރީ ތެދެއް ގެ އެއްބައި،އަނެއްބަޔަކީ ރޮޒައިނާ އަކީވެސް ހަމަ ކޮރަޕްޓް ބޮޑު ވަގެއް.

    18
  10. ޕީޖީ

    އެމްޑީޕީގެ ނަޝީދަށް ތާއީދުކުރާ ކުދިން ކިތަންމެ އަޑުގަދަކޮށް ބުނިނަމަވެސް ހަގީގަތެއް ނުފޮރުވޭނެ. އަރުޝީފުގައި ލިޔެކިޔުންތައްހުންނާނެ. ވެލާނާގެއިން ވައްކަންކޮށްގެން ޝަރީއަތަށް ސާބިތުވެ ރ.އަނގޮޅިތީމަށް ނަޝީދު އަރުވާލާފައިވޭ. ވައްކަންކުރާ މީހުނަށް ދިވެހިން ކިޔަނީ ވަގު. ނަޝީދަކީވަގެއް. ނަޝީދުކުރެން އަހާބަލަ އަނގޮޅިތީމަށް އަރުވާލީ ކޮންކަމެއްކޮށްގެންތޯ؟

    9
    4
  11. މުޖުތާޒު

    ދެން އެއްމެއަވަހަށް އިވޭނީ ރޮޒޭނާގެ އަގައިން އިބޫއަށްވަގައްގޯވާއަޑު

    15
  12. ރޯޒްރީޒް

    ރޮޒޭނާމެން މައުމޫނު އިރުއްސުރެ ތިދަނީ ސަރުކާރުން ވައްކަންކުރަމުން ވިޔަފާރި ޑީލްތަކާ ބެޑެތިގެތަކާ އެއްޗެހި ހޯދިގޮތް އެންމެނަށްވެސް އިނގޭ މިހާރު ފައްޔާޒާ ކާރިކޮށްލައިގެން ތިއުޅެނީވެސް ހަމަ އެކަމުގަ

    15
  13. ދަރަނި ދަންތުރަ

    ރީނދޫތަ ސަހަލު ނުވާނެ ދިވެހިންގެ ހަޒާނާ ނޮޅާ ކެއުން ތިމީހުނަން ކުރެވޭހާ ވެސް ކަމަކީ ރީކޯމޫސަ ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ، ސޯލިބޭ 32 މިލިޔަން ކަޅު ދަބަސް

  14. ޢެރިކް

    ޚަލޭތީ ކޮން އެއްޗެއްތޯ ؟