ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް (އީސީ ޝަރީފް) ވެރިކަން ކުރާ މައިޕާޓީ އެމްޑީޕިއަށް ސޮއި ކުރައްވައިފިއެވެ.

ޝަރީފް އެމްޑީޕިއަށް ސޮއި ކުރެއްވިކަން އެމްޑީޕީގެ މަޖިލިސް މެމްބަރަކު "ވަގުތު" އަށް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

އެހެން ނަމަވެސް ޝަރީފް އެމްޑީޕީއަށް ސޮއިކުރެއްވީ ކޮން އިރަކުކަމެއް ނޭނގެއެވެ. އެކަމާ ގުޅޭ ގޮތުން ޝަރީފްއަށް ގުޅުމުން ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ވަނީ ނުލިބިފައެވެ.

ޝަރީފް ވަނީ ނިމިގެން ދިޔަ ސަރުކާރުގައި ވެސް މި ސަރުކާރުގައި ވެސް އިލެކްޝަން ކޮމިޝަންގެ ރައީސްކަން ކުރައްވައިފައެވެ. އަދި މިދިޔަ މާޗު މަހު ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުވެވަޑައިގެންފައެވެ.

ޝަރީފް މިދިޔަ މޭ މަހު ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިނަމަ އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީއާ ގުޅެން ތައްޔާރަށް ހުންނެވި ކަމަށެވެ.

ހަމަ އެހެންމެ އެހެން ޕާޓީއެއްގައި ނުވަތަ ޕާޓީއަކަށް ނުވަދެހުރެ ވެސް މަސައްކަތް ކުރެވޭނަމަ ވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވިއެވެ.

"އެކަމަކު އަޅުގަނޑު ދަންނަވަން މި އުޅެނީ ރައީސް ސޯލިހު އަޅުގަނޑު ކައިރީގައި އެންމެ ބުއްދިވެރި ގޮތަކީ މިވެެނި ޕާޓީއަކަށް ވަދެެގެންނޭ އެ ޕްލެޓްފޯމްގައި މަސައްކަތް ކުރުމޭ ވިދާޅުވެއްޖެ ނަަމަ [އެގޮތަށް އަމަލުކުރާނަމެ] އަޅުގަނޑު ދަންނަވަން މި އުޅެނީ ސިޔާސީ ގޮތުން އަޅުގަނޑު މިހާރު ކޮމިޓްމަންޓް ދީފައިމިވަނީ ރައީސް ސޯލިހުގެ އަރިހުގައި މަސައްކަތް ކުރަން." ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުސޭނުބޭ

    ވޯޓު ވަގުގެ އަސްލު ކުލަ އެ އެރީ

    52
    2
  2. Anonymous

    މިނިކާވަގެއް ހުދު އަހަކަށް ހަދަންއުޅުނަސް ނެހެދޭވާނެ، މިހާރުވެސް އިތުރަށް ޔަގީންވާންފަށައިފި ފާއިތުވި ރިޔާސީ އިންތިޚާބު މި އީސީ މަކަރުވެރި ޝަރީފޫ މިރީނދޫ ހާމުދުރުންނަށް ރިޝްވަތަށް ބައިއަތު ހިފާފައިހުރިވަރު، އަދި މި މަކަރުވެރިކަލޭގެ ކޮންމެ މުވައްސަސާއެއްގަ ހުއްޓަސް ކުރީގަވެސް ކުޅި މަކަރުވެރި ކުޅިގަނޑު އަންނަރިޔާސީ އިންތިޚާބަށްވެސް ކުޅެދޭނެކަން ޔަގީން، ފުވާދު ތައުފީގު ހުއްޓަސް މިކަލޭގެ އަޑީގަ ހުންނާނީ، ފުވާދު ތައުފީގަކީވެސް ސަހަލު މަކަރުވެރިއެއްނޫން، އެއީ 2008ގަ ރިޔާސީ އިންތިޚާބަށް މަކަރުހަދައި ރ މައުމޫނު ފެއިލްކުރި ޚާއިނު😁😲

    48
    3
  3. ބީތާވެދާނެ

    ވޯޓް ފޮށިވެސް ތިގެއްލުނީ.. މުޅިން މިކަހަލަ އެކުސްޕާޓުން ގެންނަނީ..

    34
    2
  4. ޙަސަނާ

    ސައްކުކާރައްދެއްނެތޭ 2018.ގެ ވޯޓުވަނީއޮޅުވާލާފައޭ ވެރިކަންފެށކގެންވެސް އައީ ކޮރަޕުސަނާ ފަސާދަ އާއި މަކަރުންނެއް ދިވެހިރައްޔިތުންގެ ހައްގުނިގުޅައިގަނެގެން އިންޑިއާގެ އުގައްވެއްޓިގެން ދަރަނި މަތިންދަރަނި ބޮޅުއެޅިގެން ބައކތުލްމާލުބަހާ ހުސްކުރަމުން ބުރިޖުގަޑުވެސްނޭޅި ދިވެހިންނައްޖެހޭނީ ތިޔަބުރިޖަކައްވެސް ބަދަލުދޭށެވެ....ކަލޯމެންތިޔަހުރިހާސަކަރާތެއް ތިޔަޖަހަނީ ހަމަދިވެހިރައްޔިތުންކުރިމަތީ ގައެވެ...ކައްޗައްއެޅިބިންގާ ކެއްޗާހަމައައް ނެގިއަސް ދާނީ ކައްޗަށެވެ...ވަގުވޯޓު

    10
    1
  5. ޑައެލޯގް

    ދެންނެތްތަ އިތުރު ވަގެއް ތިޔަޕާޓީއަށް ވައްދަން؟ މިހާރު ތިޔަޕާޓީގައި ތިބީ ވަގުންނާއި ރަންޑިންނާއި، ލިވާތުންނާއި މަސްތުވާމީހުންނާއި ، ޝިރުކުންނާއި މިފަދަމީހުނަވެ.

    23
    1
  6. ގ

    އިންޑިޔާއިން ދިން މިލިއަން ޑޮލަރުތައް ބަހަނީ

    21
    1
  7. ހާމިދު ޝާހިދު

    ތިއީ ދެން ޝައްކެއްވެސް އޮތް ކަމެއް ނޫންނެންނޫންތޯ! ވޯޓު އޮޅުވާލުމަށް އެހީތެރިވެދިން މީހާ ތިއީ! ފަހުން ބޮޑު މަގާމެއް ދީފައި ބަހައްޓާފައި ތިހުރީ! ދެން ވާނީ ހަމަ އެއަށް ނޫންތޯ! 2023 އަންނަންވާއިރަށް، ރީކޯ މޫސަ ގެންދިއައީ، އީސީ ޝަރީފު ގެންދިއައީ، ދެން ބޮޑު އަގުގައި ގެންދާނެ އިތުރު މީހުންތައްވެސް ދާދި އަވަހަކަށް ފެންމަތިވާނެ.

    10
    2
  8. ތަކުރު

    ޝަރީފުބެ އެކަނި އެއްނޫން ، ތިމަރަ ކިޔައިފިއްޔާ ހަމަ ގިނަވާވީ ރުފިޔާ ނޮޅާ ކާމީހުން ،

  9. މުޙައްމަދު

    އިލެކްޝަން ވަގު މޑޕ އަށް ސޮއި ކުރީޔޯ ދެން އަތް ޖަހާ

  10. ބޮލި މުލައް

    ޝަރަފެއްގެ ގޮތުގަތަ އީސީގެ ދިދަ މިކަލޭގެ ފުރަގަހުގަ މި ހުންނަނީ

  11. އަނިލް

    ތ އަތޮޅު ވެރިޔަކަށް ހުރި އިރު ހިންގި ޖަރީމާގެ ބަދަލު ކަޅޯއަށް މާތްﷲ ދެއްވާނެ. ޢަސްލުވެސް ތީ ކޮރޮޕްޓް މީހެއް ތީ ވގއް ގެތައް ބެހީ ހިތުހުރި ގޮތަކަށް