އެމްޑީޕީ އަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާ ނުލުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ބަޖެޓުގެ ބޭރުން ސަރުކާރުން ހަރަދު ކުރި 5.8 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، މަޖިލިހުގެ މަޖެޓް ކޮމިޓީން ބަޖެޓް ފާސްކޮށްފައިވާތީ ހަސަން ލަތީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އޭގެ ތަފްސީލް ހޯދަން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ހުށަހެޅުއްވުމުން ކޮމެޓީން އެ އިސްލާހު ވަނީ ފާސް ނުކޮށް ދޫކޮށްލައިފައެވެ.

ހަސަން ލަތީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި މިއީ ވަރަށް ދެރަ ކަމެކެވެ. އަދި މި އަހަރު ހަރަދު ކުރުމަށް ފަހު އަންނަ އަހަރުގެ ބަޖެޓުގައި އެ ފައިސާ ހިމެނުން ވެސް ގޯސް ކަމަށާއި އެ ހިމެނި ފައިސާގެ ތަފްސީލް ނުދޭން ނިންމުން އަދި މާ ގޯސް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ނަހައްދަވާ، އެ ތަފްސީލް ދެއްވަވާ، އެމްޑީޕީގެ އިތުބާރު ގެއްލުވާނުލާ،" ހަސަން ލަތީފް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް، ކޮމިޓީން ރޭ ފާސް ކުރީ 160 މިލިޔަން ރުފިޔާ އިތުރުކޮށްގެންނެވެ. މި އަހަރު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައި ވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އިސްލާހުތަކާއެކު ބަޖެޓުގެ ޖުމްލަ އަދަދު 42.8 ބިލިއަން ރުފިޔާ އަށް އަރާނެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި 29 ބިލިއަން ރުފިޔާ ހޭދަ ކުރާނީ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ. އެއީ ބަޖެޓްގެ 70 އިންސައްތައެވެ. މީގެ އިތުރުން ޕީއެސްއައިޕީ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އެހެން މަޝްރޫއުތަކަށް ބަޖެޓުން ވަނީ 14 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ.

އަންނަ އަހަރަށް ލަފާކުރާ އާމްދަނީ ނުލިބި އަދި ހަރަދުތައް ކުޑަނުކޮށްފި ނަމަ އަންނަ އަހަރުގެ ބަޖެޓް ދަރަނި 14 ބިލިއަން ރުފިޔާއަށް އަރާފާނެކަމުގެ ބިރު އެބައޮތެވެ.

އަންނަ އަހަރަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާއެވެ. އަދި ހަރަދުގެ ގޮތުގައި ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާ އެވެ. އަންނަ އަަހަރު ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ބަލާފައި ވަނީ 23.5 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫން ގޮތުގައި 6.5 ބިލިއަން ރުފިޔާއެވެ. އެއާއެކު ބަޖެޓުގެ ދަރަންޏަކީ އަށް ބިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަހުމަދު

    އެމްޑީޕީން ރައްޔިތުންނަށް ދެއްކީ އަވާމެންދުރެއްކަން ރައްޔިތުންނަށް އެނގިއްޖެ. ތިއީ، ވަގުން، ލާދީނީ މީހުން، ޓެރަރިސްޓުން. މިގައުމަށް ޖެހިފަ އޮތް މުސީބާތެއް

    28
  2. މައި

    އެމް.ޑީ ޕީ ގެ އާންމު މެންބަރުން މާޔޫސްކޮށް ޕާޓީ ހަލާކުނުކުރައްވާ! ޙަސަން ލަޠީފަށް ދަންނަވަން.

    9
    16
  3. ޑައެލޯގް

    ދަރަނިނުނަގަންބުނި އިބޫ ދަރަނިމެކުހުގައެވެ. އެފައިސާއިން ސިޔާސީ މަގާމު އިތުރުކޮށް ވޯޓުހޯދާށެވެ. ރައްޔިތުން ވިސްނާށެވެ.

    23
  4. އަބުދުުﷲ

    މޑޕ ގެ އިތުބާރު އޮތްކަމަށް ހަސަނައް ހީވުމަކީ ހަމަ އަޖައިބުކަމެއް. ޚިޔާނާތާ ކޮރަޕްސަނުގެ ފައިދާ 4 އަހަރު ވަންދެންނަގާފަ ރައްޔިތުންނައް ތިމާގެ އިހުމާލެއް ޒިއމާއެއް އޮވެގެންވހިގަމުންދާ ކަންތަކެއް ނޫންކަމުގަ ދައްކަން ހުރެފަ ހުރެފަ އެއޗެކޭތިކިޔަނީ.

    16
  5. ަައިބޫ

    ތި ހަމަ ޖައްސާ ސްޓަންޓެއް. އެއް އަތުން ބާރަށް ކުރިޔަށް. އަނެއް އަތުން ހޯހޯ

    16
  6. ޙަދިސައިބު

    ޢެމްޑީޕީއަކޫ ލަދީނީ ފުކުރުގެ ޕާޓީއެއް، މިގައުމުގެ ރީތި ފޭރާން ހަލާކު ކުރި ޕާޓީއެއް، އިންޑިޔާއަށް ގައުމު ވިއްކާލު ޕާޓީއެއް!

    21
    2
  7. ފިޔާ

    އެމްޑީޕީ އަކީ އެންއިރެއްގައިވެސް ރައްޔަތުންގެ އިތުބާރު އޮތް ޕާޓީއެއްނޫން. މިފަހަރުވެއް ވެރިކަން ލިބުނީ ރައީސް މައުމޫނު ތިޕާޓީއާ ގުޅިވަޑައިގަތީމައި.

    14
    2
  8. ޙާލަތު

    ޢަންނައަހަރު ސްޓިކާޖެހުމާ ޖޫރިމަނާ މެކުހަށް ޖަހާނެ. ރައްޔިތުން ސަމާލުވެތިބޭތި

    9
    1
  9. ބުޅި

    އެމްޑީޕީގެ އިތުބާރު ގެއްލެނީ ނަޝީދު ވެރިކަމާހެދި އުޅޭވަރުންނެވެ. ކޮންމެ ފަދަ އަގެއްދައްކައިގެންވެސް ވެރިކަމުގެ ހުވަފެން ދެކެން ބޭނުންވާތީއެވެ.

    4
    6
  10. ޖަމިއްޔާ

    އިތުބާރު ގެއްލުނީ އަންނި ދީނާ ބީރައްޓެހި ވާހަކަތައް ދައްކާތީ!
    އިތުބާރު ގެއްލުނީ އަންނިގެ ކޮއްކޮ އަދި ޕާޓީގެ އެތެރޭގެކަންތަކުގަ އުޅޭ މީހާ ގިރިތަކަށް އުރޭތީ!
    އިތުބާރު ގެއްލުނީ ދީނީ އިލްމުވެރިން ހައްޔަރުކުރާތީ!
    އިތުބާރު ގެއްލުނީ ސްކޫލްތަކުގަ ދީނާ ދުރު ކަންތައް ކުޑަކުދިން ލައްވާ ކުރުވާތީ!

    12
    2
  11. ޙާމަ

    ޢިތުބާރެއް އޮވެގެން ދޯ ގެއްލުވާލެވޭނީވެސް،، ރައްޔިތުން އަށް ވަރައް ބޮޑައް އޮޅުވާލައިގެން ވެރިކަމައް އައި ބަޔެއް ތިޢީ...މަގޭ ވޯޓް ހަމަގައިމުވެސް ނުލިބޭނެ...

    9
    1
  12. ކުރުސީ

    ތިކަން ނޭގެނެނީ ހަމަ އެކަނި ހަސަން ކުރުސީއައް. ފާލުގަ ޕީޕީއެމް އައް ސަނާކާކިޔަމުން، އަމިއްލަޕާރޓީ ގެ ވެރިކަމައް އެ ގޮންޖަހަމުން ދަނީ. ގައިމުވެސް އިބޫ އައް މިހާރު ބޮޑުތާއީދެއް އެބައޮތް.

    1
    2
  13. ނަމަ

    ހަސަން ލަތީފް ކޮން އިތުބާރެއް އޮތީ ގެއްލުވާލަން