އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރެއް ނެތް ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމާއި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމުވެސް ފުރުއްވި ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިފާ މިހެން ވިދާޅުވީ، އެމްޑީޕީ އަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާ ނުލުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ހަސަން ލަތީފް މިގޮތަށް ވިދާޅުވީ، މިއަހަރުގެ ބަޖެޓުގެ ބޭރުން ސަރުކާރުން ހަރަދު ކުރި 5.8 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، މަޖިލިހުގެ ބަޖެޓް ކޮމިޓީން ބަޖެޓް ފާސްކޮށްފައިވާތީ ކުރެއްވި ޓްވީޓެއްގައެވެ. އޭގެ ތަފްސީލް ހޯދަން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ހުށަހެޅުއްވުމުން ކޮމެޓީން އެ އިސްލާހު ވަނީ ފާސް ނުކޮށް ދޫކޮށްލައިފައެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި މިއީ ވަރަށް ދެރަ ކަމެކެވެ. އަދި މި އަހަރު ހަރަދު ކުރުމަށް ފަހު އަންނަ އަހަރުގެ ބަޖެޓުގައި އެ ފައިސާ ހިމެނުން ވެސް ގޯސް ކަމަށާއި އެ ހިމެނި ފައިސާގެ ތަފްސީލް ނުދޭން ނިންމުން އަދި މާ ގޯސް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ނަހައްދަވާ، އެ ތަފްސީލް ދެއްވަވާ، އެމްޑީޕީގެ އިތުބާރު ގެއްލުވާނުލާ،" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފްގެ އެ ޓްވީޓް ރީޓްވީޓް ކުރައްވަމުން ސިފާ ވިދާޅުވީ، އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރު ނެތް ކަމަށާއި، މިއީ ކޯލިޝަނުން ބޭނުންވި ގޮތް ކަމަށެވެ.

"ކޯލިޝަން ޕާޓްނަރުންނާ އޮތް އެގްރީމެންޓަކީ މި ޕާޓީ ފުނޑާލުން، ދުވަސް ދުއްވާލުން، އިތުބާރު ގެއްލުވާލުން" ސިފާ ވިދާޅުވިއެވެ.

ސިފާގެ އެ ޓްވީޓް ރީޓްވީޓް ކުރައްވަމުން އްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ، މިވެރިކަމަކީ އެމްޑީޕީ މެންބަރުންގެ ދެލޮލުގެ ކޮއި ކަމަށެވެ.

"މި ވެރިކަމާއި ވައްޓާލުމުގެ މަސައްކަތުގައި ކޮންމެ ބައިވެރިއަކީ މި ޕާޓީގެ މެންބަރުންނަށް ގައްދާރުވާ މީހެއް"، ޝިފާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    އެމްޑީޕީއަކަށް އެމްޑީޕީ މީހުންވެސް އިތުބާރެއް ނުކުރެޔޯ! އަމިއްލަ ކަނޑިކި ބޮލުގައި އަޅައިގެން ތިބޭ ބައަކު ވެރިކަމަށް ގެނައިމާ މިކަހަލަ އަޑުތައް އިވޭނެ.

    49
    2
  2. ޑައެލޯގް

    އަސްލުވެސް އެމްޑީޕީއަށް ތާއިދުކުރަމުން އައިމީހުނަށްވެސް އެމްޑިޕީއަށް މިހާރު އިތުބާރެއްނެތެވެ. ޝިފާއު، މަވޯޓާ، ރޮޒޭނާމެންކަހަލަ ރީލޯޑަރުންނަށް އޯކޭވާނެއެވެ.

    35
    1
  3. ބީރުމީހާ

    އަހަރެން ކިހިނަކުން ދެން ހަދާނީ އޮޅިއްޖެ އޮޅުންބޮޑުކަމުންގޮސް ހަދާނެގޮތް ހުސްވެއްޖެ މަވާ ޝިފާއުއަށްސަލާމް ކިތަންމެ ގިނައިން ދިނަސް މަގޭ ލޮލުގެ ކޮއެ ކަމުގައިވާ ޝިފާއު ތިޔާގެން ނުހަދާ އާދޭސް މިކުރަނީ

    21
    1
  4. ދަރަނި ދަންތުރަ

    މިހާރު ތިއޮތީ އިބޫ އަށް ވޯޓުދިން މީހުން ބޯން އުޅުނު ބޮނޑި ރަނގަޅަށް ބޮވިފައި ރާކަނިމަސް ކެވިއްޖެދޯ މީރުތަ ، އައްނަ ޖެނުއަރީމަހުގެ އެކަކުން ފެށިގެން މި ކޯލިޝަނުން ދިވެހި ރައްޔިތުންނަށް އަލިފާން ކާންދޭނެ ، ރީނދޫ ގުރޫޕު ބާރަށް އަތްޖަހާ ...

    37
    2
  5. Anonymous

    ކަދުރޭ...ކަދުރޭ...ކަދުރޭ...

    15
    2
  6. މުހައްމަދު

    ބުއްޅަބެ ގުރޫޕް މިއުޅޭ ގޮތެއްދޯ

    10
  7. އިތުބާރު އޮތީ ރައީސް ޞާލިޙަށް

    އިތުބާރު އޮތީ ރައީސް ޞާލިޙަށެވެ. ވަޢުދަށް ކަމޭހިއްތަވާތީ އެވެ. އެންމެން ގޮވައިގެން އުޅުއްވަން އެނގިވަޑައިގެންނެވި ހަމައެކަނި ރައީސަށް ވާތީއެވެ. ކެތްތެރި، ޙިކުމަތްތެރި، ބޭކާރު ވާހަކަ ނުދައްކަވާ، ކޯފާމަޑު، ހިންގުންތެރި ބޭފުޅަކަށް ވާތީއެވެ.

    6
    17
  8. ެއެލެކުސް

    ރީދޫކުދިންނަށް ފެނޭތަ؟؟ ސިފާއްތަ އެބުނީހެޔޮކޮއް ކޮންއިރަކުބާ އެމްޑީޕީއަށް ރައްޔިތުން ސަޕޯޓްކުރީ؟؟ ސިފާމެންނުކުމެ އެމްޑީޕީ ފުޑުފުޑު ކޮއްލާފަ ގޮވާ ހަޅޭކަކީތީ. އޮޑިފެތި ރިޔަލު ދަށުގައި ސަލާމަތް ނުވެވިގެން ތި ހަޅޭއްލަނީ.

    14
  9. ޓިނު

    ސިފާމެން ރަނގަޅުވާނީ އަވަހަށް ޕީޕީއެމް އާ ގުޅުނީއްޔާ. ނަޝީދު އުޅުއްވާ ވައްތަރުން ޕާޓީ ހަލާކުވެއްޖެ.

    3
    3