ހއ. އަތޮޅުގެ ރައްޔިތުންނަށް ފައިދާ ހުރި އިޖްތިމާއީ ޕްރޮގްރާމްތަކާއި، ތަފާތު ޕްރޮޖެކްޓްތައް ހިންގުމަށް ހަތް ރަށަކަށް ލޯނު އެއް ލައްކަ ރުފިޔާ ދޫކުމަށް އަތޮޅު ކައުންސިލް އިން ނިންމައިފިއެވެ.

ހއ. އަތޮޅު ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އަތޮޅު ކައުންސިލް އިން ނިންމާފައި ވަނީ މި އަހަރު ތެރޭގައި އެ އަތޮޅުގެ ހަތް ރަށަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ކޮންމެ ރަށަކަށް އެއްލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައި ވެއެވެ.

އެހެންކަމުން ރައްޔިތުންނަށް ފައިދާ ހުރި އިޖްތިމާއީ ޕްރޮގްރާމްތަކާއި، ތަފާތު ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ މެންދުރު 12:00 ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެދިފައި ވއެވެ.

"މިގޮތުން ހުށަހަޅާ ޕްރޮޕޯސަލް ބެލުމަށްފަހު، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ހަތް ރަށަކަށް ފައިސާ ދޫކުރެވޭނެއެވެ". އެ އެ އިއުލާނުގައި ވެއެވެ.