ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދެވަނަ ދައުރެއް ހޯއްދެވުމަށް ފެއްޓެވި ރިޔާސީ ކެމްޕެއިންގައި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވަން ފައްޓަވައިފިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހް އެންމެ ފުރަތަމަ ވަޑައިގަތީ ށ. އަތޮޅަށެވެ. އޭގެ ފަހުގައި އެމަނިކުފާނު ވަނީ ކ. އަތޮޅާއި މ. އަތޮޅާއި ވ. އަތޮޅުގެ ރަށްތަކަކަށް ވަޑައިގެން ރިޔާސީ ކެމްޕެއިން ކުރައްވައިފައެވެ. ރައީސް އެންމެ ފަހުން ހއ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ހއ. ހޯރަފުއްޓަށެވެ.

ހޯރަފުށީގައި ރައީސަށް މަރުހަބާ ދަންނަވަން މިއަދު އެއްވެފައި ތިބި މީހުން. --- ފޮޓޯ: އެމްޑީޕީ

ހޯރަފުއްޓަށް ވަޑައިގެންނެވުމުން ރަށުގެ އެމްޑީޕީ ސަޕޯޓަރުން ވަނީ އެއާޕޯޓުގެ ބޭރުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ރައީސްގެ މި ދަތުރުފުޅުގައި މިއަދު ފަސް ރަށަކަށް ވަޑައިގަންނަވާނެއެވެ.

އެއީ ހޯރަފުށީގެ އިތުރުން ހއ. ތުރާކުނާއި ހއ. އުލިގަމާއި ހއ. މޮޅަދޫ އާއި ހއ. އިހަވަންދޫއަށެވެ. އަދި ހއ. މާރަންދޫ އާއި ހއ. ތަކަންދޫ އާއި ހއ. ކެލާ އަދި ހއ. ވަށަފަރު އަދި ހއ. ދިއްދޫ އަށް ވަޑައިގަންނަވާނީ މާދަމާއެވެ.

ރައީސް މިއަދު ހއ. ހޯރަފުށީގައި. --- ފޮޓޯ: އެމްޑީޕީ

ރައީސްގެ މި ދަތުރުފުޅުގައި މި ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައް އިފްތިތާހުކޮށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިހަވަންދޫ އާއި ދިއްދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ބާކީ ހުރި ރަށްރަށުގައި ކަންމަތީ ބައްދަލުވުންތައް ބާއްވާނެއެވެ.

ރައީސް މިއަދު އިފްތިތާހު ކުރެއްވުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް:

- ތުރާކުނު ފުޓްބޯޅަ ދަނޑު ހުޅުއްވައި ދެއްވުން.
- އުލިގަމު ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށް ދެއްވުން.
- އުލިގަމު އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުއްވައި ދެއްވުން.
- މޮޅަދޫ ބަނދަރު ހުޅުއްވައި ދެއްވުން.
- މޮޅަދޫ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުއްވައި ދެއްވުން.
- އިހަވަންދޫ ބަނދަރު ހުޅުއްވައި ދެއްވުން.
- އިހަވަންދޫ ފުޓްބޯޅަ ދަނޑު ހުޅުއްވައި ދެއްވުން.
- އިހަވަންދޫ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވުން.
- އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕަސް ހޯލް ހުޅުއްވައި ދެއްވުން.
- އިހަވަންދޫ ކޮމިއުނިޓީ ސެންޓަރު ހުޅުއްވައި ދެއްވުން.

ރައީސް މާދަމާ އިފްތިތާހު ކުރެއްވުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް:

  • - މާރަންދޫ ފެނަކަ އޮފީސް ހުޅުއްވައި ދެއްވުން.
    - ތަކަންދޫ ވޮލީބޯޅަ ކޯޓު ހުޅުއްވައި ދެއްވުން.
    - ވަށަފަރު ހެލްތު ސެންޓަރު އެކްސްޓެންޝަން ސެންޓަރު ހުޅުއްވައި ދެއްވުން.
    - ދިއްދޫ ފުޓްބޯޅަ ދަނޑު ހުޅުއްވައި ދެއްވުން.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުލޭމް

    ހަމަ އަންނައިރަށް މުޒާހަރާކުރުމަށް ހއ އިންތަށްޔާރު އެބަވޭ އިންޓަލިޖެންސު ރިޕޯޓު ފުރޮމް އިންޑިއަން އާމީ.

    5
    1
  2. ކިނބޫ

    އުމްރާނީ ތަރައްގީ ބޭނުމެއްނޫނޭ ކިޔާފަ އައި މީހުންގެ އަދުގެ ހާލު. މި މަޝްރޫއުތައް ހިންގާފަވަނީ އެކަށީގެންނުވާ ބޮޑެތި ދަރަނި ނަގައިގެން. ކާކު އެ ދައްކަނީ؟

  3. މީރާ

    މިމީހުން ރަތްދަކަ އަވީގަ ރައީސްއަށް މަރުހަބާ ކިޔަން ކޮޅަށް މިހުންނަނީ ކީއްވެބާ މީގެން މީހަކު ރައީސްއާއި ބައްދަލު ކުރަން ރައީސްއޮފީހައް ދޭބަލަ ނުވާނެ ބައްދަލެއް ސިޓީ އެއްލިޔުނަސް އެހީއަކަށް އެދެންވިޔަސް ތީގެން މީހަކު ފެންނާނީކީއްނޫން