ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށްޓަކައި އިންޑިއާ އިން ރާއްޖެ އަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 100 މިލިއަން ޑޮލަރަކީ އިންޑިއާ އިން ރާއްޖެއަށް ދިން އެހީއެއް ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ދިވެހިބަހުންނާއި އިނގިރޭސިބަހުން ނެރުނު ބަޔާނުގައި ވެސް އެއީ ލޯނެއް ކަމަށް ބުނެފައެއް ނުވެއެވެ. ނަމަވެސް އިއްޔެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އިންޑިއާ އިން ދިން 100 މިލިއަން ޑޮލަރަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ބޮންޑް ގަންނަން ދިން ލޯނެއް ކަމަށެވެ.

އިންޑިއާގެ އެމްބަސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިންޑިއާ އިން ދިން އެހީއަކީ ރައީސް ސޯލިހް މިއަހަރުގެ އޮގަސްޓް މަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ބޮޑުވަޒީރު ނަރެންދްރަ މޯދީ އަރިހުން އެދުނު އެދުމަށް ދިން އެހީއެއް ކަމަށެވެ.

އިއްޔެ ލޯނުގެ ރަސްމީ ލިޔުން ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގެ މައުލޫމާތު ހާމަކުރަމުން އިންޑިއާ އެމްބަސީގެ ބަޔާނުގައި ބުނެފައި ވަނީ "އިންޑިއާ އިން ދިން ދީލަތި އެހީއަށް" ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ރައީސް ސޯލިހާއި ދިވެހި ރައްޔިތުންގެ ނަމުގައި ބޮޑުވަޒީރު މޯދީ އަށް ޝުކުރު އަދާކޮށްފައި ކަމަށެވެ.

އިއްޔެގެ ރަސްމިއްޔާތުގައި އޮންލައިންކޮށް ބައިވެރިވެ ވަޑައިގެން އިންޑިއާގެ ފޮރިން މިނިސްޓަރ ޖައިޝަންކަރު ވިދާޅުވީ މި ފައިސާގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެ، އިގްތިސާދު ހަލުވިކަމާއެކު ކުރިއެރުވުމުގެ މަސައްކަތް ފަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އިންޑިއާ އިން ގެންގުޅޭ "އަވަށްޓެރިން ފުރަތަމަ" ސިޔާސަތާއި ރާއްޖެ އިން ގެންގުޅޭ "އިންޑިއާ ފުރަތަމަ" ސިޔާސަތުގެ ސަބަބުން މި ހާއްސަ ގުޅުން ވަރުގަދަވެފައިވާ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

މި ގުޅުމުގެ ވަރުގަދަ ކަމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ އެދުމާއި އުންމީދުތަކާއި ބޭނުން ޖެހިފައިވާ ކަންކަމަށް އިޖާބަދެވި، ރައްޔިތުންގެ ފައިދާ އާއި ލާބައަށް މަސައްކަތް ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ހުސޭނުބޭ

    100 މިލިއަން ދީފައި 500 މިލިއަން ފޭރޭ އެހީއެއްދޯ

    31
  2. ޖަކީ

    ހެހެހެ ލޯނު އެހީ ކިހާ ބޮޑު ޖޯކެއް

    31
  3. ސައުދީ

    ލޯނަކީ އެހީއެއްނޫން. ހޭހުރި މީހަކު ގަބޫލުނުކުރާނެ އިންޑިޔާ އިން 100 މިލިޔަން ޑޮލަރުގެ އެހީއެއް ދީފާނެކަމަކަށް. 3 މިލިއަން ދިވެހިރުފިޔާ ދޭންވެގެން 3 އެގްރީމަންޓްގައި ސޮއިކުރުވި ބަޔެކޭ. މިކިޔަނީ ހުޅުމާލެ ހޮސްޕިޓަލްގަ ހަދާފަ ހުރިއިމާރާތެއްގެ ބައެއް ރެނޮވޭޓްކޮށް އެތަނުގައި ކޮންމެވެސް ޔުނިޓެއް ހުޅުވާށާއި އަދި ކޮންމެވެސް އެހެންވެ ތަނެއްގައި ހަމައެޒާތުގެ ކަންތައްތަކެއް ކުރަން ވެގެން ދިން އެއްޗެއްގެ ވާހަކަ. ދެދުވަސްވަންދެން ޓީވީ މޯލްޑިވްސް އެހަބަރު ގެނެސްދިން. އިންޑިޔާއިން ދިން އަދަދު ކީ ރުފިޔާއިން އެކަމަކު ހަމަ އެދުވަހު ޖަޕާނުން ދިން ތިން ގުނަ ބޮޑު ހިލޭ އެހީގެ އަދަދު ހަބަރު ޑޮލަރުން. ަ

    24
  4. ސަސާ

    ލޯން ބަނޭގާ އެހީ. ހެއްވާ ކަމެއް މިއީ. ހެޔޮހިތުން ދިން އެއްޗެއް ކަމަށް ދައްކަން އިންޑިއާއިން މަސައްކަތް ކުރަނީ. ބޮޑު ލޯނެއް ސީދާ ރައްޔިތުންގެ ބޮލުގައި އަޅުވާލީ. އިންޓަރެސްޓް ކިހާ ވަރެއްކަމެއް އެނގޭ މީހަކު ނެތް. ތިޔަ ލޯނު ދައްކަން މިޖެހެނީ ރައްޔިތުންގެ ޖީބުން. ބަލާވެރި ސަރުކާރެއް

    22
  5. މުހަންމަދު

    "ދަރަނި ދަންތުރަ" އެއް....ނުސީދާކޮށް ކެމްޕޭނަށް ދިން ފައިސާ..........

    26
  6. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

    ދަރަނި މައްޗަށް ދަރަނި ނަގާ، ޗާގޯސް ވިއްކާލާ، މުޅި ރާއްޖެ ވެސް އިންޑިއާ އަށް ވިއްކާލާ، ކުރި އެގްރީމެންޓް ތައް ނުދެއްކި މީހުން ބިޑިއަޅުވާފައި ކުޑަގޮޅިއަށް ކޮށްޕާޕލާ ދުވަސް 2023 ގައި ފެންނާނެ އިރާދަކުރެއްވިއްޔާ. ފޫޅު ދަނޑި ކަރުގައި އޮޅިގެން ވިހާ ކުދިން ގޮތަށް ދަރަނި މިއޮތީ ދަރިންގެ ކަރުގައި "ދައްމަޅި އެއް-ހެން" އޮޅި ދަމަކުޖެހޭ ގޮތަށް ޖެހި ބާރުވެފައި.

    12
  7. Anonymous

    އެއީ އެހެން ވައްތަރެއްގެ އެހީއެއް. އެޔަކު އިޚްލާސްތެރިކަމެއް ނުހުންނާނެ. އެމީހުން ބޭނުންވާގޮތަކަށް އަހަރުމެން ދީން ބަދަލުކުރީމާ ދޭނެ ފާޑުފާޑުގެ އެހީ

    12
  8. ޙުސޭނުބެ

    ލޯނު ގަންނަން ލޯނު ދެނީ . ބޮންޑު ގަތުމަކީ ލޯނުގަތުން ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އެބޭންކުގެ ދަރަނި ވިއްކަނީ ސަރުކާރަށް. އެއީ ''ބޮންޑުވިއްކުމަކީ '' . އޭގެ މާނައަކީ ކޮބާ؟ އެ ބޮންޑަށް ވާ ވަރަށް ފައިސާ ލިބުނީމާ އެ ބޮންޑުގެ އިންޓަރެސްޓާ އެކީގާ އެ ބޭންކުން ސަރުކާރުން ގަނެފައިވާ ދަރަނިއަދާކުރުމުން އެ ދަރަނިން ސަލާމަތް ވެވޭނީ . މިއަށް ލޯނު ނުކިޔަން ވެގެން ބޮންޑު ގަތުމޭ ކިއަނީ .

    14
  9. ނަނަނަ

    އިއްޔެ ފޮޓޯއަށް އަރާ ތިބި މީހުން ފުރަގަހުގަ ހުރި ލިމުގަ އިނގިރޭސި ބަހުން އޮތީވެސް އެއީ ލޯނެކޭ. ބޮޑުވަރު..

    18
  10. Anonymous

    ލޯނު ދޭތަ ހިލޭ އެހީގެ ގޮތުގައި

    10
  11. އހ

    ފާޑު ކިޔާތީވެ ބަދަލުކޮއްލީ މަކަރުވެރި ބައެއް ތީ

    10
  12. އަޕްތީ

    ވޭތިވެދިޔަ 50 އަހަރު ތެރޭގަ އިންޑިއާ އިން ރާއްޖެ އަށް ފައަސާގެ އެހީއެއް ނުދޭ ނަމެއްގަ ލޯން އެއިގެ ބަދަލުގަ ކުރާކަމަކީ ކޮށްމެސް ޕުރޮޖެކުޓެއް ހިންގަނީ ނަމެއްގަ މިހާރުވެސް އައްޑޫގަ އެބަ ހިންގާ 800 މިލިއާންޑޮލަރު ހެ މަގު ހަދާ ޕުރޮޖެކްޓެއް މަކަރުވެރި ބައެއް އެމަގު ހަދަން ނުދާނެ 30 މިލިއަން ޑޮލަރު ދައުލަތް އެއްކޮށް ލޫޓުވާލައިފި އިންޑިއާ އަޑީގަ އޮވެގެން ގައުމަށް ވަންނަހާ ލާރި ދެނީ އިންޑިއާ އަށް.

  13. އަބްދޫ

    އަހަރުމެން އެހީ ކިޔަނީ އަބުރާ ދައްކަން ނުޖެހޭ ފައިސާއަށް ދަރަންނަކީ އެހީއެއް ނޫން.

  14. އަލިމުތް

    އޭގަ އެއޮތީ ރީއްޗަށް "ޓްރެޝަރީ ބޮންޑޭ" ލިޔެފަ. އެހީއަށް ކަލޭމެން ކިޔާ އުޅެނީ ޓްރެޝަރީ ބޮންޑުތަ؟ އެއީ ލޯނުގެ ވައްތަރެއް. ތަންކޮޅެއް ބޮޑުވަރު ދެންމި

  15. ރަން ރީނދޫ

    ތިޔަ ފާޑުގެ އެހީއެއް ބޭންކް އޮފް މޯލްޑިވްސް އިން މަށަށް ވެސް ދީގެން،އަނބުރާ ދައްކާ ދައްކާ ހުސްނުވެގެން މިއުޅެނީ. މިހާރު ދިން އެއްޗެއްގެ ދެގުނަ ދެއްކިއްޖެ.

  16. ހަތަރެސް

    އަމީރު އެހެރީ ކަތިލައި އެއްލާލި ކުކުޅެއް ކަރަށް ލޭ އެޅުނީމާ އިންނަ ހެން. މިހާވަރުން ދެން ވިސްނާ ބަޔަކަށް އެނގޭނެ. މީ ހާދަ ގޮތެއް ނެތް ގެރިއެކޭ. ދަރަންޏަށް ނޫނީ 100 މިލި ލިޓަރުގެ ކިރުފޮދެއްވެސް ނުލިބޭ. ކާން ދީދީ ވަރުބަލިވެއްޖެ.

  17. ހަތަރެސް

    ބޮޑު ދެ ގެރިއާއި، ކުޑަ ދެކަންބަޅީގެ ފޮޓޯއެއް.

  18. ލުޓޭރުންގެ ސަރުކާރު

    އެހެންވީމަ އަބުރާ ދައްކަންނުޖެހޭނެ...ފަހުން ނުބުނާތި ތި ލޯނު ދައްކަން.

    • މުނާފިގާ

      ހާދަ ކާންދީފަ ތިބި ދެއަޅުންނަށް ކަ ރުން ވައިލެވޭހެން ހީވެޔޭ

  19. ޢައްޑޫ

    ޜާއްޖޭ ދުވަސް ދުއްވާލަން އެމްޑީޕީ ވެރިކަމައް އައީ

  20. Anonymous

    ރިބާގެ ލޯން ނަގައިގެން ރިބާ ކެއުމަކީ ބޮޑުވެގެންވާ ހަރާމް ކަމެއް، ރިބާގެ ކަންކަމުން ދުރުވާންޖެހޭ !