އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި ލ.މާމެންދޫ ކައުންސިލް ގުޅިގެން، ލ.މާމެންދޫ މަސްވެރިންނަށް އަމާޒުކޮށްގެން ފަސްޓް އެއިޑްއާއި ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އެރަށުގެ 8 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގައި، ސީޕީއާރް ދޭނެ ގޮތާއި، ލިބޭ އަނިޔާތަކުގައި ބެންޑޭޖްކުރަންޖެހޭ ގޮތާއި، ސްޓްރެޗަރ ބޭނުންކުރާނެ ގޮތުގެ އިތުރުން، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ނިއްވުމަށް ބޭނުންކުރާ އަލިފާންނިވިއާއި ބްލޭންކެޓް ބޭނުންކުރާނޭ ގޮތް ކިޔައިދީ، ޢަމަލީގޮތުން ބައިވެރިންނަށް އެކަން ފަރިތަކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ލ.މާމެންދޫ ކައުންސިލް މެންބަރުންގެ ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާ މި ޕްރޮގްރާމްގައި، މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންނެވެ.