މި އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއި އޮކްޓޫބަރު މަހު ތަކެތީގެ އަގުތަށް ދަށަށް ގޮސްފިއެވެ.

ގައުމީ ތަފާސްހިސާބުތަކާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު، އޮކްޓޫބަރު މަހު ތަކެތީގެ އަގުތަށް ވަނީ 0.07 އިންސައްތަ ދަށަށް ގޮސްފައެވެ.

އޮކްޓޫބަރު މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) މަހުގެ އަގު ނުހިމަނައި އެ އަދަދު ވަނީ 0.17 އިންސައްތަ ދަށަށް ގޮސްފައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންފްލޭޝަން ރޭޓު ވެސް ސެޕްޓެމްބަރު މަހަށްވުރެ، އޮކްޓޫބަރު މަހު ވަނީ ދަށަށް ގޮސްފައެވެ. ނަމަވެސް މިދިޔަ އަހަރާއި އަޅާބަލާއި އެ މަހުގެ އިންފްލޭޝަން ރޭޓު ވަނީ 2.94 އިންސައްތަ އިތުރުވެފައެވެ.

އޮކްޓޫބަރު މަހު ކުލީގެ އިތުރުން މޭވާ އާއި ތަރުކާރީގެ އަގުތައް ދަށަށް ގޮސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން ކުލީގެ އަގުތައް 0.75 އިންސައްތަ ދަށަށް ވަނީ ގޮސްފައިވާއިރު، މޭވާގެ ބާވަތްތަކުގެ އަގުތައް 2.28 އިންސައްތައަށް ދަށަށް އަދި ތަރުކާރީގެ އަގުތައް ވަނީ 1.80 އިންސައްތަ ދަށަށް ގޮސްފައެވެ.

އޮކްޓޫބަރު މަހުގައި ތަކެތީގެ އަގުތަށް ދަށަށް ދިޔަ ނަމަވެސް މިހާރު ތަކެތީގެ އަގުތަށް ވަނީ އުފުލެން ފަށާފައެވެ އެގޮތުން ކުރިން ފަސް ރުފިޔާއަށް ލިބުނު އޮރެންޖެއްގެ އަގު މިހާރު ވަނީ 13 ރުފިޔާއަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަޒީފާ އަދާކުރާ މީހާ

    ކައިބޮއި އުޅުމެއް ނެތް
    އެއީވެސް މުއްސަނދިންގެ ހައްގަކަށްވެ ނިމިއްޖެ