އެމްއެންޑީއެފް މެރިންކޯރގެ ތަމްރީންތަކަށް ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ތައްޔާރު ވެއްޖެއެވެ.

ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެމްއެންޑީއެފް މެރިންކޯގެ ތަމްރީންތަކެއް އައްޑޫސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދިމި ތަމްރީންތައް އައްޑޫސިޓީ ގެ ހުރިހާ އަވަށްތަކުގައި އަންނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ސިފައިން ހަރަކާތްތެރިވަމުން ދާނީ ހަތިޔާރާއި އެކުގައި ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ދޭތެރެ ދޭތެރެއިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިފައިންގެ ތަމްރީންތައް ހިންގައެވެ. އަދި މި ތަމްރީންތަކުގައި ހަތިޔާރުވެސް ބޭނުން ކުރާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑައެލޯގް

    މިހާރު ސިފައިން ތަމްރީނު ހަދާނެކަމެއްނެތެވެ. އިންޑިޔާ ސިފައިން އައިސް ކަލޭމެން ގަތުލުކޮށްލާނެއެވެ.

    4
    1
  2. ރާއްޖެތެރެ

    އިންޑިޔާގެ ނުފޫޒު މުޅި ރާއްޖޭގަ. ދިވެހިން ގަޔައް އިންޑިޔާ މީހަކު ބަޑި ޖެހިޔަސް ރާއްޖޭގެ ގާނޫނެއް ނުހި ގާނެއް. ތަމްރީނު ހަދާނެ ކަމެއްނެއް ދެނެއް